5 أَبُوهُرَيرة އިބިލީހުގެ ކިބައިން ފައިދާ ހާޞިލްކުރިކަމަށް ބުނެ ކޮންމެ މީހެއް ކައިރިން ދީން އުނގެނުމަށް ބުނާ ޝުބުޙައިގެ ރައްދު - العلاَمَة الشيخ محمد بن هَادي المَدخَلِي حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

أَبُوهُرَيرة އިބިލީހުގެ ކިބައިން ފައިދާ ހާޞިލްކުރިކަމަށް ބުނެ ކޮންމެ މީހެއް ކައިރިން ދީން އުނގެނުމަށް ބުނާ ޝުބުޙައިގެ ރައްދު - العلاَمَة الشيخ محمد بن هَادي المَدخَلِي حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ޢިލްމު ނަގަންޖެހޭ މަޞްދަރުތައް

 

ޖާހިލު، ތަންދޮރުނޭގޭ ހަވާނަފްސަށް ބަސްބުނާ މީހާ އެވެ! ތިބާ ކިޔެވީ ކޮންތާކުންތޯ؟

20161123-zamzamfarishibleess.jpg

الشيخ العلاَّمة محمد بن هَادِي المَدخَلي حفظه الله ވިދާޅުވެފައިވެ އެވެ. "އާޔަތުލް ކުރުސީ، މި އާޔަތުގެ މައްޗަށް އިބްލީސް لَعنه اللهތިން ރެއަށްފަހު أَبُوهُرَيرةއަރިހުގައި ދެންނެވި އެވެ. "ތިބާ އަހަރެން ދޫކޮށްލާށެވެ. ﷲ ގެ ފޮތުގައިވާ އެންމެ މަތިވެރިވެގެންވާ އާޔަތް އަހަރެން ތިބާއަށް ކިޔައިދެމެވެ." ފަހެ ޢިލްމަށް އޮތް ޝައުޤުވެރިކަމެއްގެ ބޮޑުކަމުން أَبُوهُرَيرة އޭނާ ދޫކޮށްލެއްވި އެވެ. ޢިލްމާއި އެފައިދާ ޙާޞިލް ކުރެއްވުމުގެެ ބޭނުންފުޅުގައި އޭނާ ދޫކޮށްލެއްވި އެވެ. ފަހެ އެހިނދު (އިބްލީސް)أَبُوهُرَيرةއަރިހުގައި ދެންނެވި އެވެ. "اللَّهُ لَاإِلَٰهَ إِلَّاهُوَالْحَيُّ الْقَيُّومُ..."އާޔަތުލް ކުރުސީ އުގަންނައިދީ ކިޔައިދިނެވެ. އަދި އެއީ ޝައިޠާނާގެ ކިބައިން ރައްކައުތެރިކޮށްދޭނެ އެއްޗެއް ކަމުގައި ދެންނެވި އެވެ.
 

ފަހެ، ހެނދުނު ވުމުން أَبُوهُرَيرة ނަބިއްޔާ صلى الله عليه وسلم އަރިއަހަށް ވަޑައިގެންނެވި އެވެ. އަދި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. "އޭ أَبُوهُرَيرة އެވެ. ރޭގައި أَبُوهُرَيرة ގެ އަސީރު ޢަމަލުކުރީ ކިހިނަކުންތޯ އެވެ؟" އަދި أَبُوهُرَيرة ނަބިއްޔާ صلى الله عليه وسلم އަށް ކަންތައް ހިނގައިދިޔަގޮތް ބަޔާންކޮށްދެއްވި އެވެ.
 

ދެން ޙަދީޘް ކުރެއްވި އެވެ. "އޭ أَبُوهُرَيرة އެވެ. އެއީ ކާކުކަން އިނގޭ ހެއްޔެވެ؟" (أَبُوهُرَيرة) ވިދާޅުވި އެވެ. "اللَّهُوَرَسوله أَعلم"
ޙަދީޘް ކުރެއްވި އެވެ. "އެއީ ޝައިޠާނާ އެވެ." ތިން ރޭވެސް އައީ ޝައިޠާނާ އެވެ. އެހެނަސް أَبُوهُرَيرة އަށް ޙަދީޘް ކުރެއްވި އެވެ. "އޭނާ އަކީ ދޮގުވެރިއެކެވެ. ތިބާ ގާތުގައި ތެދަށް ބުނެފި އެވެ."

 

ފަހެ، ނަބިއްޔާ صلى الله عليه وسلم މިތަނުގައި ޚަބަރު ދެއްވާފައިވަނީ، ޝައިޠާނާ ތެދު ބުނި ކަމެވެ. މެން މިތަނުގައި ނެގީ ނަބިއްޔާ صلى الله عليه وسلم ގެ ބަސްފުޅެވެ. ޝައިޠާނާގެ ބަހެއް ނޫނެވެ.
 

މިއަދު ބައެއް ތަންދޮރު ފިލާފައިނުވާ، ޢާއްމު މީހުން، ހަމަނުޖެހޭ މީހުން، ޖާހިލުން އަދި ހަވާނަފްސުގެ އަޞްހާބުން ބުނާފަދައިން (އަހަރެމެން ނުބުނަމެވެ.) ތަންދޮރު ފިލާފައި ނުވާ ޢާއްމު މީހުން، ހަމަނުޖެހޭ މީހުން، ޖާހިލުން ބުނެއެވެ. އެއީ ޔުނިވާސިޓީތަކުން ދަސްވެނިވެ ނިމިފައިވާ ޕީ.އެޗް.ޑީ ނަގައިގެން ތިބީ މިހުންކަމުގައިވިޔަސް އެވެ. އެހެނަސް މިބައިމީހުންގެ އަތުގައި ޝަރުޢީ ޢިލްމެެއް ނެތެވެ.ހަވާނަފްސުގެ އަހުލުވެރިން ބުނެ އެވެ. "އޭ އަޚާއެވެ. ޝައިޠާނާގެ ކިބައިން ކަމުގައިވިޔަސް ފައިދާ ހޯދުން ހުއްޓެވެ."

ﷲعزوجل ވަޙީ ކުރައްވާފައިވަނީ

(إِنَّ الشَّيْطَانَ لَكُمْ عَدُوٌّ فَاتَّخِذُوهُ عَدُوًّا ۚ إِنَّمَا يَدْعُو حِزْبَهُ لِيَكُونُوا مِنْ أَصْحَابِ السَّعِيرِ) "ހަމަކަށަވަރުން،شيطانއާއަކީ،ތިޔަބައިމީހުންނަށްވާعداوةތެރިޔެކެވެ.ފަހެ،އެشيطان އާއީ، عداوةތެރިޔަކުކަމުގައިތިޔަބައިމީހުންދެކޭށެވެ! އޭނާގެجماع އަށް އޭނާގޮވާކަންކަށަވަރީ، ނަރަކައިގެأهل ވެރިންގެތެރެއިންވުމަށެވެ."

އަދިވެސް ﷲ ވަޙީކުރެއްވި އެވެ.

(وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ) "އަދިިشيطانއާގެފިޔަވަޅުތަކަށްތިޔަބައިމީހުންتبعނުވާށެވެ! (އެހެނީ)ހަމަކަށަވަރުންއެشيطانއާއީ،ތިޔަބައިމީހުންނަށްހުރިކަނޑައެޅިބަޔާންވެގެންވާعداوةތެރިޔެކެވެ."

ތިބާ އޭނާ ތެދުކުރާނީ ކިހިނަކުން ހެއްޔެވެ؟ އަހަރެމެން މިތަނުގައި ޝައިޠާނާގެ ބަސް ނުނަގަމެވެ. އެހެނަސް އަހަރެމެން ނެގީ ރަޙްމާންވަންތަ އިލާހުގެ ރަސޫލާ ، ގެ ބަސްފުޅެވެ. ޙަދީޘް ކުރެއްވި އެވެ. "އޭނާ އަކީ ދޮގުވެރިއެކެވެ. ތިބާ ގާތުގައި ތެދު ބުނެފި އެވެ." ފަހެ، އަހަރެމެންނަށް ޚަބަރުދެއްވާ ޙަދީޘް ކުރެއްވީ އެއީ ދޮގުވެރިއެއް ކަމެވެ. އެހެނަސް މިތަނުގައި ތެދު ބުނެފި އެވެ. އެ އާޔަތަކީ (އާޔަތުލް ކުރުސީ) އަކީ ﷲގެ ފޮތުގައިވާ އާޔަތެވެ. އަދި އެ އާޔަތް ކިޔަވައިފި މީހާއަށް ﷲ ގެ ޙަޟުރަތުން ރައްކައުތެރިކަން ލިބި އަދި ޝައިޠާނާ ގާތްނުވާނެ ކަމުގައި ބުނެފައިވާ ބަސް ތެދުކުރެއްވި އެވެ.
 

މިތަނުގައި ނަބިއްޔާ صلى الله عليه وسلم ޚަބަރުދެއްވީ މިތަނުގައި އޭނާ ތެދުބުނެފައިވާ ކަމެވެ. އެހެނަސް އެއީ ދޮގުވެރި އެކެވެ. އެހެންވުމުން ފައިދާއެއް ވިއްޔާ ޝައިޠާނާ ކަމުގައިވީނަމަވެސް އެފަރާތުން ހޯދަންޖެހޭނެ ކަމުގެ ދަލީލެއް ގޮތުގައި ހަދައިގެން ނުވާނެ އެވެ. ޝައިޠާނާގެ ކިބައިން ފައިދާ ހޯދުން ހެއްޔެވެ؟ ޝައިޠާނާއަކީ ފައިދާ ގެންނާނެ މީހެއް ނޫނެވެ. ޝައިޠާނާ ބޮޑެތި ގެއްލުންތައް މެނުވީ ނުގެންނާނެ އެވެ. ހަލާކު ނޫނީ ޝައިޠާނާ ނުގެންނާނެ އެވެ. ބަލާވެރިކާމާއި ފިތުނަވެރިކަން ނޫނީ ނުގެންނާނެ އެވެ. ޙައްޤުމަގު ގެއްލެވުމާއި މަގުފުރެދުން ނޫނީ ނުގެންނާނެ އެވެ. އޭނާއަކީ ތިބާއަށް ނަޞޭޙަތްތެރިވުމަށް ބަހައްޓާފައިވާ ފަރާތެއް ނޫނެވެ.
 

ﷲ ވަޙީކުރެއްވި އެވެ.

(فَدَلَّاهُمَا بِغُرُورٍ ۚ فَلَمَّا ذَاقَا الشَّجَرَةَ بَدَتْ لَهُمَا سَوْآتُهُمَا) "މަކަރުވެރިކަމުން އެކަލޭގެ އެދެކަނބަލުން ހަލާކުގެތެރެޔަށް ވައްޓާލިއެވެ. ދެންފަހެ، އެދެކަނބަލުން، އެގަހުން ރަހަބެއްލެވިހިނދު، އެދެކަނބަލުންގެعورة އެދެކަނބަލުންނަށް ފާޅުވެއްޖެއެވެ."


ﷲއެ ދެ ފަރާތަށް މުޚާޠަބު ކުރައްވާ ވަޙީކުރެއްވި އެވެ.

(أَنْهَكُمَاعَن تِلْكُمَا الشَّجَرَةِ وَأَقُل لَّكُمَا إِنَّ الشَّيْطَانَ لَكُمَا عَدُوٌّ مُّبِين) "އެގަހާ ކައިރިވެވަޑައިގަތުން ތިމަންރަސްކަލާނގެ ތިޔަދެކަނބަލުންނަށް ނަހީ ނުކުރައްވަން ހެއްޔެވެ؟އަދިހަމަކަށަވަރުން، شيطانއާއީ، ތިޔަދެކަނބަލުންނަށް بيانވެގެންހުރި عداوة ތެރިއެއްކަމަށް وحى ނުކުރައްވަންހެއްޔެވެ؟

އަދި އެ ދެކަނބަލުންދެންނެވި އެވެ.

"(قَالَا رَبَّنَاظَلَمْنَا أَنْفُسَنَا) "އެދެކަނބަލުން ދެންނެވިއެވެ. އަޅަމެންގެވެރި އިލާހެވެ!އަޅަމެންގެ އަމިއްލަنفسތަކަށް އަޅަމެން އަނިޔާވެރިވެއްޖައީމުއެވެ."

އަދި މީގެ ކުރިން އިބްލީސް ބުނެފައިވެ އެވެ.

(وَقَاسَمَهُمَا إِنِّي لَكُمَا لَمِنْ النَّاصِحِينَ) "އަދިއެކަލޭގެހުވާކޮށް،އެދެކަނބަލުންނަށްދެންނެވިއެވެ. ހަމަކަށަވަރުން، ތިމަންނާވަނީ، ތިޔަދެކަނބަލުންނަށް ހެޔޮنصيحة ދޭމީހުންގެތެރެއިން ކަންކަށަވަރެވެ."

މިއީ ކޮންކަމަކާ ބެހޭގޮތުން ހެއްޔެވެ؟ އެއީ އެބައިމީހުންނަށް ޒީނަތްތެރި ކޮށްފައިވާ އަމުރާއި ބެހޭގޮތުންނެވެ.

(قَالَ مَا نَهَاكُمَا رَبُّكُمَا عَنْ هَٰذِهِ الشَّجَرَةِ إِلَّا أَن تَكُونَا مَلَكَيْنِ أَوْ تَكُونَا مِنَ الْخَالِدِينَ) "އަދިއެކަލޭގެދެންނެވިއެވެ. ތިޔަދެކަނބަލުންދެ ملائكةންކަމުގައިވެދާނެކަމަށްޓަކައި، ނުވަތަ އަބަދަށްދެމިތިބެނިވި މީހުންގެތެރެއިން ތިޔަދެކަނބަލުން ވެދާނެކަމަށްޓަކައި މެނުވީ ތިޔަދެކަނބަލުންގެ ވެރިރަސްކަލާނގެ ތިޔަދެކަނބަލުން އެގަހާ ކައިރިވެވަޑައިގަތުން منعއެއްނުކުރައްވަތެވެ."

އަދި މިގޮތުގައި އެ ދެމީހުންނަށް ހުވާކުރި އެވެ. އަދި އެންމެފަހުން ދޮގުހެދި އެވެ. އެއަށްފަހު (މިފަދަ އެހެން އާޔަތްތައްވެސް ވެ އެވެ.)

(وَإِنِّيجَارٌ لَكُمْ فَلَمَّا تَرَاءَتِ الْفِئَتَانِ نَكَصَ عَلَى عَقِبَيْهِ وَقَالَ إِنِّي بَرِيءٌ مِنْكُمْ إِنِّي أَرَى مَا لَا تَرَوْنَ إِنِّي أَخَافُ اللَّهَ) "އަދިހަމަކަށަވަރުން،ތިމަންމިހުރީތިޔަބައިމީހުންގެރައްކާތެރިޔަކަށެވެ. ފަހެ،ދެ ލަޝްކަރު،އެއްބަޔަކު،އަނެއްބަޔަކަށްފެނިގެންއައިހިނދު،އެކަލޭގެފުރަގަސްދީފިލަންދުއްވައިގަތެވެ. އަދިއެކަލޭގެބުންޏެވެ. ހަމަކަށަވަރުން،ތިޔަބައިމީހުންގެކިބައިންތިމަންބަރީއަވެގެންވަމެވެ. ހަމަކަށަވަރުން،ތިޔަބައިމީހުންނަށްނުފެންނަކަންތައް،ތިމަންނާއަށްއެބަފެނެއެވެ. ހަމަކަށަވަރުން،اللَّهއަށްތިމަންބިރުގަނެއެވެ."

مَاشَاء الله މިއީ އޭނާ ބުނެފައިވާ ގޮތެވެ. އެއަށްފަހު ބިރުގަތުމުން އޭނާ ބުންޏެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ސަބަބަކީ އޭނާއަށް ޣަޛާބު އޭނާގެ ކުރިމަތިން ފެނުމެވެ. ހަނގުރާމަކޮށް މަރުވެގެންދާތަން ފެނުމެވެ. މަލާއިކަތުން އަތްޕުޅުން ކަނޑިތަކާއިގެން ހަނގުރާމަކުރައްވާތަން ފެނިއްޖެ އެވެ. ފަހެ، އެހިނދު އޭނާ ފުރަގަސްދީ ދޫކޮށްފަ ދިޔަ އެވެ. މިއީ އޭނާ ޢަމަލުކުރާ ގޮތެވެ.

(إِنِّي بَرِيءٌ مِنْكُمْ إِنِّي إِنِّي أَخَافُ اللَّهَ) "ހަމަކަށަވަރުން،ތިޔަބައިމީހުންގެކިބައިންތިމަންބަރީއަވެގެންވަމެވެ. ހަމަކަށަވަރުން،ތިޔަބައިމީހުންނަށްނުފެންނަކަންތައް،ތިމަންނާއަށްއެބަފެނެއެވެ. ހަމަކަށަވަރުން،اللَّهއަށްތިމަންބިރުގަނެއެވެ."

ޔަހޫދީންނާ އެކުގައިވެ އެވެ. އަދި އެބައިމީހުން ދޫކޮށް ފުރަގަސްދިނެވެ. ފަހެ، "ޝައިޠާނާގެ ކިބައިން ވީނަމަވެސް ފައިދާއެއް ވިއްޔާ ހޯދުން ހުރި"މިހެން ބައެއް މީހުން ބުނެތެވެ.ނަމަވެސް، ދުވަހެއްގެ ކޮޅުންވެސް، ގަނޑިއިރަކަށް، ހިނދުކޮޅަކަށް ނުވަތަ އިސްފިޔަޖަހާލެވޭހައި ހިނދުކޮޅަކަށްވެސް، ޝައިޠާނާ އަކީ ފައިދާއެއް، ޙިކްމަތެއް އޮތް ފަރާތެއް ނޫނެވެ.


"أَبُوهُرَيرة ޝައިޠާނާގެ ކިބައިން ފައިދާއެއް ފައިދާ ހޯއްދެވި" މިހެންބުނާ މީހާ ވަނީ އެ ހިނދުގައި، ﷲ ގެ މައްޗަށް، ﷲ ގެ ރަސޫލާގެ މައްޗަށް އަދި أَبُوهُرَيرة ގެ މައްޗަށް ދޮގު ހަދާފަ އެވެ.  أَبُوهُرَيرة ޝައިޠާނާގެ ކިބައިންވީ ނަމަވެސް ނުހޯއްދަވަ އެވެ. أَبُوهُرَيرةއަށް އެއީ ޝައިޠާނެއް ކަމުގައި ޚަބަރު ދެއްވީ ނަބިއްޔާ އެވެ. أَبُوهُرَيرةއަށްއެއީ ޝައިޠާނެއް ކަމުގައި ނޭނގެ އެވެ. ހީފުޅުކުރެއްވީ އެއީ އިންސާނެއް ކަމުގަ އެވެ. ސަބަބަކީ އޭނާގެ ޅަ ދަރިންތިބި ކަމުގައި އެނާ ޙާޖަތް ޖެހިފައިވާ، ފަޤީރެއް ކަމުގައި ބުންޏެވެ. ކަންތައްވެގެންދިޔައީ މިފަދައިން ނޫންތޯ އެވެ؟ އަދި އެއާއެކު އެ ޞަދަޤާތް ގޮތުގައި ނެރެފައިވާ ކަދުރުން ބޭނުންކަމުގައި ބުންޏެވެ. އަދި އެކަދުރު ނަގައިގެން ދިޔައީ އިންސާނެއްގެ ގެތުގައި އެވެ. ޝައިޠާނެއްގެ ގޮތުގައި ނޫނެވެ. އަދި އެއީ ޝައިޠާނެއް ކަމުގައި އެނގިވަޑައިނުގަންނަވަ އެވެ. ފަހެ ނަބިއްޔާ صلى الله عليه وسلمأَبُوهُرَيرةއަށް އެއީ ޝައިޠާނާ ކަމުގައި ޚަބަރު ދެއްވެވި އެވެ. ފަހެ، ޝައިޠާނެއްގެ ކިބައިން (ފައިދާ) ނެގިއޭ ތިބާ ބުނަނީ ކިހިނަކުން ހެއްޔެވެ؟

 

އެހެނަސް ޢާންމު މީހުން، ޖާހިލުން، ތަންދޮރު ފިލައިފައި ނުވާ ބުއްދި ހަމަނުޖެހޭ މީހުން އަދި ހަވާނަފްސުގެ އަހުލުވެރިން، މިފަދަ ޢިބާރާތްތައް ބޭނުން ކުރަނީ މި ހަތަރު ބާވަތުގެ މީހުންނެވެ. ﷲ ގެ ޝަރީޢަތުގެ މައްޗަށް ޖާހިލު ކަމުގައިވާ ޖާހިލުންނެވެ. އަދި ޢާންމު މީހުންނެވެ. ދުވާލުގެ ހެދުނުއްސުރެން ފަށައިގެން ހަވީރުވަންދެން ވާހަކަ ދެއްކި ކަމުގައިވިޔަސް އެއިން މީހަކަށް ނުވިސްނޭ މީހުންނެވެ. މިއީ ޙުއްޖަތް ފަހުމްވާނޭ މީހުންނެއް ނޫނެވެ. މިއީ އެބަޔަކަށް މުޚާޠަބުކޮށް ބަސްބުނުމަށް އެދެވިގެންވާ ބައެއްވެސް ނޫނެވެ. ސަބަބަކީ މިއީ، ޝަރީޢަތުގައިވާ ދަލީލުތައް ފަހުމްވާނޭ ބައެއް ނޫނެވެ. މިދަފަ މީހާއަށް އޮތީ ޚުލާޞާކޮށް އޭނާގެ ނަފްސަށް ފައިދާވާނެ މިންވަރަށް ބަޔާންކޮށްދިނުމެވެ.
 

ފަހެ، ބުއްދި ހަމަނުޖެހޭ މީހުން، އެބައިމީހުން މިފަދައިން ޢަމަލު ކުރަނީ، އެބައިމީހުން ބޭނުންވާ ބާޠިލަށް ދަލީލު ނެރުމަށްޓަކައި އެވެ. އަހަރެމެންނަށް މިހާރު ނޫސްމަޖައްލާ ތަކުން، މަޖައްލާތަކުން ފެންނަ މިފަދަ ބަސްތައް ބުނާމީހުންގެ ޢަމަލުތައް ހުންނަފަދައިންނެވެ...... މިބައިމީހުން ކާފަރުންގެ ބާޠިލް ބަސްތައް ގެނެސް ބުނެ އެވެ. "ފައިދާ ހާޞިލް ކުރާށެވެ. أَبُوهُرَيرةޝައިޠާނާގެ ފަރާތުން ފައިދހޯއްދެވި އެވެ."
 

مَاشَاء الله! ޝައިޠާނާއަކީ ފައިދާ ލިބިދޭނެ ފަރާތެއްގެ ގޮތުގައިވީ ކޮންއިރަކުތޯ އެވެ؟ ޝައިޠާނާއަކީ محمد صلى الله عليه وسلم ގެ އުއްމަތަށް، އާދަމުعليه السلامގެ ދަރިފަސްކޮަޅަށް ހެޔޮ ނަޞޭޙަތްދޭ ފަރާތެއްގެ ގޮތުގައިވީ ކޮންއިރަކު ތޯ އެވެ؟
 

(إِنَّ هَٰذَا عَدُوٌّ لَّكَ وَلِزَوْجِكَ) "މިއީކަލޭގެފާނާއި، ކަލޭގެފާނުގެ އަނބިކަނބަލުންނަށްހުރި عداوة ތެރިޔެކެވެ."
(إِنَّ الشَّيْطَانَ لَكُمْ عَدُوٌّ فَاتَّخِذُوهُ عَدُوًّا إِنَّمَايَدْعُوحِزْبَهُ لِيَكُونُوامِنْ أَصْحَابِ السَّعِيرِ) "ހަމަކަށަވަރުން،شيطانއާއަކީ،ތިޔަބައިމީހުންނަށްވާعداوةތެރިޔެކެވެ. ފަހެ،އެشيطانއާއީ،عداوةތެރިޔަކުކަމުގައިތިޔަބައިމީހުންދެކޭށެވެ! އޭނާގެجماعةއަށްއޭނާގޮވާކަންކަށަވަރީ،ނަރަކައިގެأهل ވެރިންގެތެރެއިންވުމަށެވެ."
 

ޝައިޠާނާގެ ވަޒީފާއަކީ މިއެވެ. ދުވަސްތަކުގެ ތެރެއިން އެއްމެ ދުވަހެއްގައިވެސް އޭނާއަކީ ނަޞޭޙަތްތެރިވި މީހެއް ނޫނެވެ. ހަވާނަފްސުގެ އަހުލުވެރިން މި ދަލީލު ޙުއްޖަތެއް ކަމުގައި ނަގަ އެވެ. އަދި ބުނެ އެވެ. "މިތަނުގައި ހެޔޮކަންތައް ޛިކުރުކުރައްވާފައިވެ އެވެ." "އަދި ނަބިއްޔާ . ޝައިޠާނާގެ ކިބައިންވިޔަސް (ފައިދާ) ހޯދުމަށް أَبُوهُرَيرةއަށް އަމުރުފުޅު ކުރެއްވި އެވެ." ޝައިޠާނާއަކީ އެތައްނުބައިކަމެއް އެކުލެވިގެންވާ ފަރާތެއް ކަމުގައިވީ ނަމަވެސް ފައިދާ ގެނައުމުން އެ ހޯއްދެވި އެވެ.
أَبُوهُرَيرة އެ ފައިދާ ޙާޞިލް ކުރެއްވީ ޝައިޠާނާގެ ފަރާތުން ތޯ އެވެ؟ ނުވަތަ ހޯއްދަވާފައިވަނީ ވަޙީގެ ބަސްފުޅުން އެކަމަށް އިޤްރާރުވަޑައިގެންނެވުމުން އަދި ނަބިއްޔާ ޚަބަރު ދެއްވުމުންތޯ އެވެ؟

 

އެ ޙާޞިލް ކުރައްވައި ނެންގެވީ ނަބިއްޔާ صلى الله عليه وسلم އެކަމަށް ޚަބަރު ދެއްވުމުންނެވެ. އެހެނަސް އެބައިމީހުންނަކީ މީސްތަކުން ﷲ ގެ ޙައްޤު ހިދާޔަތުގެ މަގުން މީސްތަކުން އެއްކިބާ ކުރުމުގައިވާ މީހުންނެވެ. އަހަރެމެން ﷲ ގެ ޙަޟުރަތުން ރައްކާތެރިކަމާއި ސަލާމާތްކަމަށް އެދެމެވެ.
ފަތުވާ އަޑުއެއްސެވުމަށް :  https://goo.gl/a84xSB
*****


އިޚްވާނުންނޭވެ! ދުނިޔެމަތީގައި މިހާރު ޤާއިމްވެ ދެމިތިއްބެވި ސުންނަތުގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ދަޢުވަތާއި ބަޔާންކޮށްފައިވާ ޝުބުހާތްތަކާއި، ބާޠިލް ކަޝްފުކޮށް ދެއްވާފައިވާ ވުމުގެ މައްޗަށް މި "ޒަމްޒަމް" ދައްކާފައިވާ ވާހަކަތަކާއި މެދުގައި ވިސްނާލުން ހުއްޓެވެ. މަދީނާއިން ކިޔަވައިގެން ނުކުމެފައިވާ މީހެއްކަމުގައި ބުނާ ހިނދު، މަދީނާގެ ޢިލްމުވެރިންގެ ބަސްތަކާއި "ޒަމްޒަމް" ގެ ބަސްތަކާ އަޅުވާ ކިޔާލުން ހުއްޓެވެ. މިއީ ޙަޤީޤަތުގައިވެސް މަދީނާގެ ޢިލްމުވެރިން ބަޔާންކޮށްފައިވާ މަންހަޖު ތޯ އެވެ؟ ބާޠިލް ބަސްތަކާއި، ބާޠިލް ޤަވާޢިދުތައް ތިމާމެންގެ ދިފާޢުގައި، ޙައްޤު ސާފުދީން ﷲ ގެ އަޅުތަކުންނަށް އޮޅުވާލުމަށްޓަކައި ގެނެސްފައިވާގޮތް ބަލައިލުން ހުއްޓެވެ. ތިމާއަކީ މަދީނާއިން ކިޔަވައި ދަރިވަރުވެފައިވާ މީހެއްކަމުގައި ބުނުމަށް ލަދުގަންނަން ޖެހޭނެ އެވެ.
 

الشيخ عَرَفات المحمدي حفظه الله އަރިހުގައި ދެންނެވުނެވެ.

ސުވާލު: އިބްލީސްއަކީ ނުބައި ނުލަފާ ފަރާތެއް ކަމުގައިވީ ހިނދުގައިވެސް، (أَبُوهُرَيرة އާ ދެމެދު ހިނގައިދިޔަ ޙާދިޘާގައި) އާޔަތުލް ކުރުސީ ވިދާޅުވުމަށް(އިބްލީސް ދެންނެނުމުން) ނަބިއްޔާ صلى الله عليه وسلم ޤަބޫލުފުޅު ކުރެއްވި އެވެ. މިފަދައިން ބުނާ މީހަކާ މެދުގައި ޝެއިޚް ވިދާޅުވަނީ ކީކޭތޯ އެވެ؟
ޖަވާބު: (އިބްލީސް ބުނެފައިވަނީ) އެއީ ޙައްޤު ވާހަކަ އެކެވެ. ޙައްޤު ޤަބޫލުކުރަން ޖެހޭނެ އެވެ. އަދި ޙައްޤު ރައްދެއް ނުކުރެވޭނެ އެވެ. މިއީ މީސްތަކުން އިޖްމާޢުވެގެންވާ ކަމެކެވެ.

 

ސުވާލު: މިފަދައިން ބުނާމީހާގެ ޤަސްދަކީ ސަލަފީން ބާޠިލް ފިކުރުތަކުގެ އަހުލުވެރިންނާ އެކުގައި އިށީނުން އިންކާރު ކުރާތީވެ، ސަލަފީންނަށް ރައްދު ދިނުމެވެ.
ޖަވާބު: أَبُوهُرَيرة އިބްލީސް ކައިރީގައި (ބަސްތައް އަޑުއެހުމަށް) އިށީނދެ ވަޑައިގެންނެވި ހެއްޔެވެ؟ أَبُوهُرَيرةއަށް އެއީ ޝައިޠާނެއްކަމެއް އެނގިވަޑައެއް ނުގަންނަވަ އެވެ. އަދި ނަބިއްޔާ صلى الله عليه وسلم އަރިހުގައި ސުވާލުކުރެއްވުމަށް ފަހުގައި މެނުވީ އޭނާގެ ބަސްތައް ޤަބޫލުފުޅު ނުކުރައްވަ އެވެ. އަދި ނަބިއްޔާ صلى الله عليه وسلم އެއީ ދޮގުވެރިއެއް ކަމާއި، ގާތުގައި ތެދުހަދައިފި ކަމުގައި ޙަދީޘް ކުރެއްވި އެވެ. (އިބްލީސްގެ) މައްޗަށް ނަބިއްޔާ صلى الله عليه وسلم ޖަރަޙަ ކުރެއްވި އެވެ."

 

20161123-zamzamfarishiblees.jpg

"ޒަމްޒަމް" އެވެ. ދީނޭކިޔައިގެން ވާހަކަދައްކާ ކޮންމެ މީހެއްގެ ފަރާތުން ޢިލްމު ހޯދުމަށް، ފައިދާ ހޯދަންޖެހޭނެކަން، ޤަބޫލުކުރަންޖެހޭނެކަން މި ޢިލްމުވެރިންނަށް އެނގިވަޑައި ނުގަންނަވަނީ ހެއްޔެވެ؟


އަޚުންނޭވެ! މި "ޒަމްޒަމް" އަދި އޭނާ އެއްފަދަ އަހުލުވެރިން ބާޠިލް ޒީނަތްތެރިކޮށްފައިވާ ގޮތް ބަލާލުން ހުއްޓެވެ. ޙައްޤަކީ ކިތަންމެ ނުބައި ނުލަފާ ފާސިޤް، ފާޖިރެއް ނުވަތަ މުޖުރިމެއް ބުނިކަމުގައިވިޔަސް ރައްދުކުރެވޭނެ އެއްޗެއް ނޫނެވެ. މިޘާލަކަށް ދުނިޔެމަތީގައިވާ މުޝްރިކެއް "ﷲ އީ އެއްކައުވަންތަ ފަރާތެއް" ކަމުގައި ބުނެފިހިނދުގައި، އެކަން ޤަބޫލުކުރަންޖެހޭނެ އެވެ. ސަބަބކީ އެއީ ޙައްޤުކަމުގައި ވުމެވެ. އެބަސްތައް ބުނި ފަރާތަކީ މުޖިރިމެކެވެ. ފާސިޤެކެވެ. އެހެނަސް އެ ބުނެފައިވަނީ ޙައްޤުކަމުގައި ވުމުން އެ ދޮގު ކުރެވޭނެ ގޮތެއް ނޯންނާނެ އެވެ. ޝައިޠާނާ އަކީ މީސްތަކުންގެ މައްޗަށް ހުރި ޢަދުއްވެކެވެ. ބޮޑުވެގެންވާ ކުފުރަކުން ކާފަރުވެފައިވާ ބޮޑާވެރި ނުބައި ދޮގުވެރި އެކެވެ. އެހެނަސް ޙައްޤު ބުނެފި ހިނދުގައި އެއީ "ޝައިޠާނާ ބުނުމުން" ދޮގެކޭ ބުނެވޭނެ ތޯ އެވެ؟ ނުބުނެވޭނެ އެވެ.

ދެވަނައީ: ދޮގުވެރިއެއް ކަމުގައިވުމުން، ފާސިޤު ފާޖިރެއް ކަމުގައިވުމުން އޭނާގެ ދުލުން ޙައްޤު ބަހެއް ބޭރުވުމާއި، އޭނާގެ ގާތަށް ގޮސް ޢިލްމު ހޯދުމުގައި އިށީނދެ އިނުމަކީ މުޅިން ތަފާތު ދެކަމެކެވެ. ޝެއިޚް الشيخ عَرَفات المحمدي حفظه الله ވިދާޅުވެފައިވާ ފަދައިން أَبُوهُرَيرة ޢިލްމު ޙޮއްދެވުމަށް، ނުވަތަ ނަޞޭޙަތް ހޯއްދެވުމަށް އިބިލީހުގެ ކައިރިއަށް ވަޑައެއް ނުގަންނަވަ އެވެ. އެއީ، އިބްލީސްކަން އެނގިވަޑައިގެންފި ހިނދެއްގައި ވަޑައިނުގަންނަވާނެކަން ކަށަވަރެވެ. ދޮގުވެރިއެއްކަން އިނގޭހާ ހިނދެއްގައި ނުދާނެކަން ކަށަވަރެވެ. ދީނުގައި ހަލާކުވެ، ޤަވާޢިދާއި އުޞޫލްތަކުން ބޭރުވެފައިވާ ފަރާތެއްކަމުގައި އިނގޭހާ ހިނދެއްގައި ނުއިށީންނާނެކަން ކަށަވަރެވެ.
އެހެނަސް މި ނުބައިނުލަފާ، މީސްތަކުން ޢަމަލު ހުރިގޮތް ބަލާލުން ހުއްޓެވެ. ދޮގުވެރިއަކަސް އަޑުއަހާށެވެ. މަކަރުވެރިއަކަސް އަޑު އަހާށެވެ. ހަލާކުވެފައިވާ މުރުތައްދުވެފައިވާ ދީނުން ބޭރުވެފައިވާ މީހެއްކަމުގައިވިޔަސް އަޑު އަހާށެވެ. ފައިދާ ހޯދާށެވެ.

ތިންވަނައީ: މި ޙާދިޘާގައި ނަބިއްޔާ صلى الله عليه وسلم ވަނީ ވަރުގަދަ ޖަރަޙައަކުން ޖަރަޙަ ކުރައްވާފަ އެވެ. ޘަނާއެއް، ރިވެތި ބަސް އިބްލީސްއަށް ނިޞްބަތް ކުރައްވާފައެއް ނުވެ އެވެ. "އެއީ ދޮގުވެރި އެކެވެ." "ކައްޒާބު" ދޮގުވެރިން ގާތުން ޢިލްމު ހޯދޭ ހެއްޔެވެ؟ ރިވާކުރެވޭ ހެއްޔެވެ؟ ބަސްތައް ނަޤުލު ކުރެވޭ ހެއްޔެވެ؟
މި ހުރިހައި ޙަޤީޤަތެއް ވަންހަނާކޮށް، ބާޠިލް ދަލީލުކޮށް މި "ޒަމްޒަމް" ޢަމަލުކޮށްފައިވާ ގޮތް ފެނުމުން ޢަޖައިބުވެ އެވެ.


ޝެއިޚް محمد بن هادي المدخليحفظه الله ވިދާޅުވެފައިވާ ފަދައިން މިފަދަ ބާވަތުގެ ވާހަކަ ހަތަރު މީހެއްގެ ކިބައިން މެނުވީ ނޫނީ ނުފެންނާނެ އެވެ. ޢާންމު ތަންދޮރު ފިލައިފައި ނުވާ މީހުން، ޖާހިލުން، ތިމާއަށް ކިޔޭނުކިޔޭ އެއް ނޭނގޭ ހަމަނުޖެހޭ މީހުން އަދި ހަވާ ނަފްސުގެ އަހުލުވެރިންނެވެ.


އަޚުންނޭވެ! މަދީނާއިން ކިޔަވައިގެން ދަރިވަރުވެގެން ނުކުތްމީހެއްގެ ޙާލަކީ މިއީ ކަމުގައި ވެއްޖެ ހިނދުގައި އެމީހަކު "މަދީނާއިން ކިޔެވީ" ކޮންއެއްޗެއްތޯ އެވެ؟ ދީނުގައި އެންމެ ދަށްދަރަޖައިން "ޢިލްމާއި" "ޢިލްމުގެ" އަހުލުވެރިން އެމީހަކަށް ރޯފިލާފައިވާ މިންވަރުކަން ވަރަށް ސާފުކޮށް ދޭހަވެ އެވެ.


الشيخ العلامة صالح الفوزان حفظه اللهވިދާޅުވެފައިވެއެވެ.

"ﷲގެދީން، ބާޠިލްގެ އަހުލުވެރިންގެ ކައިރިން ހޯދުމެއްނުވެއެވެ. ސަބަބަކީ އެބައިމީހުންނަކީ،އެބައިމީހުންގެ ބާޠިލްކުރިއެރުވުމަށްޓަކައި އެބާޠިލް ޙައްޤުގެތެރެއަށް ގެނެސް އެއްކޮށްލާފައިވާބައެކެވެ."اللباب ص 185
 

ބާޠިލް އަދި ބާޠިލްގެ އަހުލުވެރިންގެ ކައިރިން ފައިދާ ހޯދުމަށް، ފައިދާ ޙާޞިލްކުރުމަށްޓަކައި އިށީނުމަށް އުއްމަތަށް ނަޞޭޙަތްތެރިވީ ކޮން ޢިލްމުވެރިއެއްތޯ އެވެ. ސާފު ސީދާކަންމަތީގައި ޤާއިމްވި އެކަކުވެސް ބަޔާންކޮށްފައިނުވާނެ އެވެ. އެހެނަސް ސާފު ސީދާކަން ގެއްލި، ބާޠިލްއާއި ބާޠިލްގެ އަވަގައިގައި ޖެހިފައިވާ މީސްތަކުން ޙައްޤު ދީނާއި މަންހަޖުން ބޭރުވެ، ކޮންމެފަދަ ވާހަކައެއް ދައްކާފާނެ ކަމާއި މެދު ޝައްކެތްވެސް ނުވެ އެވެ.
 

الإِمَام العلامة ابن بازرحمه اللهވިދާޅުވެފައިވެ އެވެ."މުންކަރާތް ފާޅުކޮށްފި މީހާ ނުވަތަ ބިދުޢަތައް ފާޅުކުރުމުން އޮތީ މީސްތަކުންނަށް އޭނާގެ މައްޗަށް އިންޒާރު ދިނުމެވެ. އޭނާ ކޮށްފައިވާ ހެޔޮކަންތަކަށް ބެލުމެއް ނުވެ އެވެ. އޭނާ ކޮށްފައިވާ ހެޔޮކަންތައްވަނީ އޭނާއާއި އޭނާގެ ރައްބު ދެމެދުގަ އެވެ."https://goo.gl/qyyBGx

ދީން ހޯދުމާއި، ދީނުގައި ފައިދާ ޙާޞިލްކުރުމަށް ސަމާލުވެ، ފަރުވާތެރިވުމަށް އުއްމަތުގެ ސަލަފުއް ޞާލިޙުން ނަޞޭޙަތްތެރިވެފައިވާ މިންވަރަށް ނަޞޭޙަތްތެރިވި ބަޔަކު ނުވާނެ އެވެ.


العَلاَّمَة الشَّيْخُ أَحْمَدُ بِن يَحْيَى النَّجْمِي

ޢިލްމު ޙާޞިލްކުރުން އޮތީ ސަލަފީ ޢިލްމުވެރިންގެ ފަރާތުންނެވެ.

"ޢިލްމު ޙާޞިލްކުރާ އެންމެހައި ދަރިވަރުންނަށް އަހަރެން ބަޔާންކުރާ ވަޞިއްޔަތަކީ، ﷲ އަށް ތަޤްވާވެރި ވުމެވެ. އަދި ރަސޫލާ صلى الله عليه وسلم އަދި ޞަޙާބީންގެ މަގަށް ތަބަޢަވުމެވެ. އެއީ ސަލަފިއްޔަތުގެ މަގެވެ. އަދި ސަލަފީ މަންހަޖެވެ. އަދި ސަލަފީ ޢިލްމުވެރިންގެ އަރިހުގައި އިށީނދެ ޢިލްމު ޙާޞިލް ކުރުމަށް ވަޞިއްޔަތް ކުރަމެވެ. އަދި ތަޥްޙީދުގެ ފޮތްތައް ކިޔުމަށާއި، ޢަޤީދާ، ޙަދީޘް އަދި ފިޤުހު ފޮތްތައް ކިޔުމަށް ވަޞިއްޔަތް ކުރަމެވެ. މިފަދައިން ޤާއިމްވެ ދެމިތިބުން ހުއްޓެވެ. އަދި ޢިލްމު ހޯދުމުގައިވާ ދަރިވަރުން ﷲ އަށް ތަޤްވާވެރިވުން ހުއްޓެވެ.
 

އަދި ޙިޒްބީ ތަޢައްޞުބު ވެގެންވާ އެންމެހައި ދަޢުވަތްތަކުގެ މައްޗަށް އިންޒާރުދެމެވެ. އެ ދަޢުވަތްތަކަކީ މީސްތަކުންގެ ސަފުތައް ބައިބައިކޮށް، އެބައިމީހުން ބައިބައިކޮށްލާ ބާރުނެތިކޮށް، އެބައިމީހުންގެ ކަލިމަ ބައިބައި ކުރުމުގައިވާ ދަޢުވަތްތަކެވެ. އަދި ނަރަކައަށް ދަޢުވަތް ދިނުމުގައިވާ މީހުންގެ މައްޗަށް ނަބިއްޔާ صلى الله عليه وسلم ވަނީ އަހަރެމެންނަށް އިންޒާރު ދެއްވާފަ އެވެ. والعياذ بالله.އެއްވެސް ޝައްކެތްނުވާ ގޮތުގައި، ޙިޒްބިއްޔަތަކީ ފާޙިޝް ނުބައިވެގެންވާ ކަންތައްތައް އޭގައި ހިމެނިގެންވާ އެއްޗެކެވެ. މި ޙިޒްބިއްޔާއިން ސަމާލުވެ، އިންޒާރު ލިބިގަތުމަށް ޢިލްމު ޙާޞިލްކުރާ ދަރިވަރުއަށް ވާޖިބުވެގެންވެ އެވެ. އަދި ސަލަފީ ޢިލްމުވެރިންގެ ޙަލަޤާތް (ޢިލްމީ މަޖްލިސް) ތަކަށް ދިއުން ވާޖިބުވެގެންވެ އެވެ.
 

އަދި (ޢިލްމު ޙާޞިލް ކުރާ) ދަރިވަރު ސަލަފީން ލިޔެފައިވާ ފޮތްތައް ކިޔުން ހުއްޓެވެ. އަދި ޙިޒްބީން ލިޔެފައިވާ ފޮތްތަކުން އިންޒާރު ލިބިގަންނާށެވެ. ފަހެ ހަމަކަށަވަރުން ބުނެވޭފަދައިން އެ ފޮތްތަކުގައި މާމުތް އަދި ވިހަ ވެ އެވެ. وبالله التوفيق.
****
ފަތުވާ ނަގާފައިވަނީ : فتاوى الجلية عن المناهج الدعوية ص 17

الإِمَام مالك بن أنس رحمه الله ވިދާޅުވެފައިވެ އެވެ.

"ހަމަކަށަވަރުން މި ޢިލްމަކީ ތިބާގެ ހަށިގަނޑުގައިވާ މަހެވެ. މި ޢިލްމަކީ ތިބާގެ ހަށިގަނޑުގައިވާ ލެ އެވެ. މި ޢިލްމާއި މެދުގައި ޤިޔާމަތް ދުވަހުގައި ތިބާއާ ސުވާލު ކުރެވޭނެ އެވެ. ފަހެ، ތިބާ މި ޢިލްމު ހޯދަނީ ކޮންތަނަކުންތޯ ބެލުން ހުއްޓެވެ."بُغيَةِ المُلتَمِس للعلائي بسنده77

މި ޢިލްމަށް އުއްމަތުގެ އެންމެ ކުރީގެ އިމާމުން ދެއްވި ޤަދަރު މި އެވެ. މިއަދު ޢިލްމު ހޯދުމަށް ސުވާލުކުރުމުގެ ބަދަލުގައި "އިބިލީސް" ކައިރިންވެސް ފައިދާ ހޯދުމެވެ. މިއީ މިއިމާމުން ދުވަހެއްގައިވެސް ޢިލްމާއި މެދުގައި މިފަދަ ފަރުވާކުޑަ ކުރުމަކުން، އިހުމާލުވެދާނެ ތޯ އެވެ؟
މި ޒަމާނުގައި "ޢިލްމް" އޭ ބުނެ މީހަކު ފާޅުވުމުން، އެމީހަކީ ކާކުތޯ؟ ކޮންކަހަލަ ޢަޤީދާއެއްގެ މީހެއްތޯ؟ ސުވާލުކުރާ މީހާއަކީ، ހައްދުފަހަނައަޅައިފައިވާ މީހެއްކަމުގައި ސިފަވެ އެވެ. އެއީ ޙައްޤުން ބޭރުވެފައިވާ، ހެޔޮމަގުތަކުން މީސްތަކުން އެއްކިބާކޮށް މީސްތަކުން ދީނުން ބޭރުކުރާ މީހެއްކަމުގައިވެ އެވެ. ޙަޤީޤަތުގައި ޢިލްމުގެ މައިދާނުގައި ރައްކާތެރިވި މިންވަރު ބަލާލުން ހުއްޓެވެ! އުއްމަތުގެ ސަލަފުއް ޞާލިޙުން މި މައުޟޫގައި ނުހަނު ރިވެތި މިޘާލެއް އުއްމަތަށް ބަޔާންކޮށްދެއްވާފައިވެ އެވެ.

الشيخ عبد الله البخاري حفظه الله ލިޔުއްވާފައިވާ ފޮތް وصايا سنية لمن أراد النجاة ގައި ވިދާޅުވެފައިވެ އެވެ.

"ބުނަމެވެ. ލޯބިވާ އަޚާއެވެ. އެހެން ވުމުން މިއުއްމަތުގެ ސަލަފުން رَضْوَانُ الله عَلَيْهِمْ جَمِيْعًا މިބާބުގައި ނުހަނު ފުރިހަމަ މިޘާލެއް ދައްކަވައިދެއްވާފައިވެ އެވެ. އެގޮތުން މިކަމަށްالإِمام  مُحَمَّدُ بِنْ سِيْرِيْنرحمه الله ވިދާޅުވެފައިވާ ބަސްފުޅުވެ އެވެ. الإِمَامُ مَالِكُ رحمه الله ވެސް ހަމައެފަދައިން މިބަސްފުޅު ވިދާޅުވެފައިވެ އެވެ. އެބަސްފުޅަކީ (إِنَّ هَذَا العِلْمُ دِيْنُ، فَانْظُرُوْا عَمَّنْ تَأْخُذُوْنَ دِيْنَكُمْ) "ހަމަކަށަވަރުން ތިޔަ ޢިލްމަކީ ދީނެކެވެ. ތިޔަބައި މީހުންގެ ދީން ހޯދައިގަންނަނީ ކާކުގެ ކިބައިން ކަމުގައި ބަލާހުއްޓެވެ." މީހެއްގެ ފަރާތުން އެބައި މީހުން ދީނުގެ ޢިލްމު ހޯދުމަށް އުޅޭހިނދުގައި އެމީހަކާ ބެހޭގޮތުން ސުވާލުކުރެވޭލެއް ގިނަކަމުން ބުނެވެ އެވެ. (أَتُرِيْدُوْنَ أَنْ تُزَوِّجُوْهُ) "އޭނައާއި ކައިވެނިކޮށްދިނުމަށް ބޭނުންވަނީ ހެއްޔެވެ."
 

އުއްމަތުގެ ސަލަފުއް ޞާލިޙުންނަށް ޙައްޤުގޮތުގައި ތަބަޢަވެ، އެ މަންހަޖުގައި ދެމިހުރި ކޮންމެ މީހަކަށް އެންމެ ރިވެތި މިޘާލެއް ކަމުގައި އުއްމަތުގެ އެންމެ ފުރަތަމަ ޤަރުނުތަކުގައި ފާޅުވި ސަލަފުއް ޞާލިހުން އަދި އެއަށްފަހު އެ މަންހަޖުގައި ޤާއިމްވެ ދެމި ތިއްބެވި އެންމެހައި އަހުލުވެރިން ފުދެ އެވެ. އެމީހުންގެ ގާތަށް ޢިލްމަށް ނިޞްބަތްވެ މީހަކު އައުމުން އެމީހަކާ މެދުގައި ސުވާލު ކުރެ އެވެ. "ކާކުތޯ" އޮޅުންފިލުވަ އެވެ. ޙަޤީޤަތް ހޯދަ އެވެ. "ފައިދާ ހޯދާ!""ފައިދާ ލިބިގަނޭ!" އިބްލީސް ކަމުގައިވިޔަސް އެވެ. މިއީ އެބައިމީހުންގެ ޝިޢާރެއް ނޫނެވެ. މިއީ ޖާހިލު، ބުއްދިހަމަ ނުޖެހޭ، ހަވާނަފްސުގެ އަހުލުވެރިންގެ ޝިޢާރެވެ.
 

ހިތާމައަކީ، މިއަދު މި ޒަމާނުގައި ސަލަފުއް ޞާލިހުން ޢިލްމު ހޯދުމާއި، ފައިދާ ހޯދުމުގެ މަންހަޖުގައި ޤާއިމްވެ ތިބި މީސްތަކުން އެއީ ދީނަށް އަލަށް ގެނެސްފައިވާ ކަންތައްތައް ކަމުގައި އަދި ހައްދުފަހަނައަޅައިފައިވާ ހަރުކަށި ބައެއްގެ ގޮތުގައި ސިފަކުރުމެވެ. ކޮންމެ ކަމެއް ވަރިހަމަވެ، ޖެހުނުހާ ދިމާލަކުން، ޖެހުނު ތަނަކުން އަޑުއެހުން އެއީ ދީން ކަމުގައިވުމެވެ. އެހެންވުމުން މި މަންހަޖު ޤާއިމްކުރި އުއްމަތުގެ ސަލަފުންނަށް ދީން ރަނގަޅަށް އެނގިވަޑައިނުގެންނެވީ ބާ އެވެ؟
وصلى الله على نبينا محمد و على آله و صحبه وسلم.

 

Like what you see?

Close

Hit the buttons below to follow us, you won't regret it...