ރަޤާއިޤް

 ޢަރަފާތް ދުވަހުގައި ނަރަކައިން މުއްތިވުމަކީ ޢަރަފާތު ބިމުގައިވާ އަހުލުވެރިންނަށް ޚާއްޞަވެގެންވާ ކަމެއް ހެއްޔެވެ؟ - الحَافِظ ابن رَجَب الحَنْبلي رحمه الله

ކެޓަގަރީ ޢަރަފާތް ދުވަހުގެ މާތްކަން

رَسُولُ الله  ޙަދީޘް ކުރެއްވި އެވެ.
(
ما من يومٍ أكثرَ من أن يُعتِقَ اللهُ فيهِ عبدًا من النارِ ، من يومِ عرفةَ) رواه مسلم
"ޢަރަފާތް ދުވަހުގައި ﷲ އެ އިލާހުގެ އަޅުތަކުން ނަރަކައިން މުއްތިކުރައްވާ މިންވަރަށް، އަޅުތަކުން ނަރަކައިން މުއްތިކުރެއްވޭ އެހެން ދުވަހެއް ނުވެ އެވެ."
الحَافِظ ابن رَجَب رحمه الله ވިދާޅުވެފައިވެ އެވެ.

 

"ޢަރަފާތް ދުވަހަކީ ނަރަކައިން މުއްތިވެވޭ ދުވަހެވެ. ފަހެ، ﷲ އެ ދުވަހުގައި ޢަރަފާތު ބިމުގައި ތިބޭ އަހުލުވެރިން އަދި ޢަރަފާތު ބިމުގައި ނޫން ތަންތަނުގައި، ދުނިޔޭގެ އެކިއެކި ހިސާބުތަކުގައިވާ މުސްލިމުން ނަރަކައިން މުއްތި ކުރައްވަވަ އެވެ. ފަހެ، އެގޮތުން (އެންމެހައި މުސްލިމުން މި ދަރުމައިގައި ޝާމިލްވެގެންވާކަން ބަޔާންވަނީ) ޢަރަފާތު ދުވަހާ ވިދިގެން އަންނަ ދުވަހަކީ މުޅި ދުނިޔެގޭ އެންމެހައި ކަންކޮޅުތަކެއްގައިވާ އެންމެހައި މުސްލިމުންނަށް ޢީދެއްގެ ގޮތުގައިވެ އެވެ. އެއީ ޢަފަރާތުގައި (އެ އަޅުކަމުގައި ޤާއިމްވެ ތިބި މީސްތަކުންނަށާއި) އެ އަޅުކަމުގައި ބައިވެރިނުވި މީސްތަކުންނަށްވެސް ޢީދެއްގެ ގޮތުގައިވެ އެވެ. ސަބަބަކީ އެ އެންމެހައި މީސްތަކުންނަކީ ޢަރަފާތް ދުވަހުގައި ނަރަކައިން މުއްތިވުމާއި ފާފަ ފުހެވިގެން ދިއުމުގައި ބައިވެރިވާ މީސްތަކުން ކަމުގައިވެގެން ދިއުމުންނެވެ."
***
ފަތުވާ ނަގާފައިވަނީ : لطائف المعارف

Like what you see?

Close

Hit the buttons below to follow us, you won't regret it...