ރަޤާއިޤް

 އެންމެހައި މުޑުދާރު ޝުބުހަތަކާއި ޝައްކުތަކުގެ އާފަތްތަކުން ހިތް ސަލާމަތް ކުރުން - ا الإِمَام ابن القَيِّم رحمه الله

ކެޓަގަރީ ރަޤާއިޤް

الإِمَام ابن القَيِّم رحمه الله ވިދާޅުވެފައިވެއެވެ. "ހަމަކަށަވަރުން ﷲ، އެ އިލާހުގެ ޚަލީލް ގެ ހިތްޕުޅަކީ ސަލާމަތްކަމުގައިވާ ހިތްޕުޅެއްގެ ގޮތުގައިވުމުން އެކަމަށް މަދަޙަ އާއި ޘަނާގެ ބަސްފުޅު ވިދާޅުވެފައިވެ އެވެ.


ﷲ ވަޙީ ކުރެއްވި އެވެ. ﴿
وَإِنَّ مِن شِيعَتِهِ لَإِبْرَاهِيمَ * إِذْ جَاءَ رَبَّهُ بِقَلْبٍ سَلِيمٍ "ހަމަކަށަވަރުން نُوح عَليه السلام ފަދައިން، ތަބަޢަވެގެންވާ މީހުންގެ ތެރެއިން إبراهِيم عَليه السلام ވެ އެވެ. އެއީ، ސަލާމަތުންވާ ހިތްޕުޅަކާއިގެން إبراهِيم عَليه السلام ގެ ވެރި އިލާހުގެ ޙަޟުރަތަށް ކުއްތަންވެވަޑައިގެންނެވި ހިނދުގަ އެވެ." 

 

އަދިވެސް އެ ރަސޫލާ މެދުގައި ވަޙީކުރެއްވި އެވެ. ﴿يَوْمَ لَا يَنْفَعُ مَالٌ وَلَا بَنُونَ * إِلَّا مَنْ أَتَى اللَّهَ بِقَلْبٍ سَلِيمٍ﴾ [الشعراء: 87 - 89] "އެ ދުވަހަކީ މުދަލެއްވިޔަސް އަދި ދަރިންނެއްވިޔަސް މަންފާއެއް ނުކުރާނެ ދުވަހެކެވެ. ސަލާމަތްވެގެންވާ ހިތަކާއިގެން ﷲ ގެ ޙަޟުރަތަށް އައިމީހަކަށް މެނުވީ އެވެ."
 
ފަހެ، ސަލާމަތްވެގެންވީ ހިތަކީ، އެ ހިތެއް ޝިރުކުން، ޙަސަދަވެރިކަމުން، ނަފްރަތުން، ދަހިވެތިކަމާއި، ކިބުރުވެރިކަމުން އަދި ދުނިޔެއަށް ލޯބިކުރުމާއި ރިޔާސަތަށް ލޯބިކުރުމުން ސަލާމަތްވެގެންވާ ހިތެވެ. ސަލާމަތްވެގެންވާ ހިތެވެ.

 

ފަހެ، ﷲ އާއި ދުރުކޮށްދޭނެ އެންމެހައި އާފާތްތަކުން ސަލާމަތްކަމުގައިވުން އޭގައި ހިމެނެ އެވެ. އަދި ﷲ އާއި ރަސޫލާގެ އެންމެހައި ޚަބަރުފުޅުތަކެއްގެ މައްޗަށް ނެރެވިފައިވާ ޝުބުހާތްތަކުން ހިތް ސަލާމަތްވެފައިވުން އޭގެ ތެރޭގައި ހިމެނެ އެވެ. ﷲ އާއި ރަސޫލާގެ އެންމެހައި އަމުރުފުޅު ތަކުގެ މައްޗަށް ގެނެވޭ އެންމެހައި ޝަހުވަތްތަކުން ސަލާމަތްވެގެންވުން އޭގެތެރޭގައި ހިމެނެ އެވެ. " كتاب الداء و الدواء ص 282

Like what you see?

Close

Hit the buttons below to follow us, you won't regret it...