ސިޙުރު ހެދުން

 ޤުރުއާނުގެ އާޔަތްތައް ލިޔެފައި ހުންނަ ތަށިތައް ބޭނުން ކުރުމުގެ ޙުކުމް - الشَّيْخ صَالح بن عَبد العَزيز آل الشيخ حفظه الله

ކެޓަގަރީ ރުޤްޔާ ކުރުން

ސުވާލު:  ބައެއް ފިހާރަތަކުގައި ވިއްކަން ހުންނަ ތަށިތަކުގައި ޤުރުއާންގެ އާޔަތްތައް ލިޔެފައި ހުރެ އެވެ. މިފަދަ ތަކެތީގެ ޙުކުމްއަކީ ކޮބައިތޯ އެވެ؟
 

ޖަވާބު: "ހަމަކަށަވަރުން މި ތަށިތައް ބޭނުން ކުރާ ޙާލަތެއްގެ ގޮތުން ތަފާތުވެ އެވެ. އެއްގޮތަކީ މިފަދަ ތަށިތައް ގަންނަނީ އޭގައި ލިޔެފައިވާ އާޔަތްތަކުން ބަރަކާތް ހޯދުމުގެ ބޭނުން ކަމުގައި ވެއްޖެހިނދު، ފަހެ އެގޮތުން އެތަށީގެ ތެރެއަށް ފެން އަޅަ އެވެ. އަދި އެފެން ބޮއެވެ. ސަބަބަކީ އެފެން އެއާޔަތްތަކުގައި އުނގުޅުމުން އެއީ ރުޤްޔާ ކުރުމުގެ ތެރެއަށް ގެންދިއުމެވެ. ފަހެ މިއީ ޝަރީޢަތުގައި ހުއްދަވެގެންނުވާ ރުޤްޔާ ކުރުމެކެވެ. ޝަރީޢަތުގައި ހުއްދަވެގެންވާ ރުޤްޔާއަކީ ފެނުގެ ތެރެއަށް ކިޔެވުމެވެ. ފަހެ އެތަށީގައި ލިޔެފައިވާ އާޔަތްތައް ފެނުގެ ތެރެއަށް (އެކުވެގެން) ނުދެ އެވެ. އަދި ކިޔެއްތަ! އެ އާޔަތްތަށްވަނީ އެ މަޢުދަނުން ނުވަތަ ލޮއިން ހަދައިފައިވާ ތަށީގަ އެވެ. އަދި އެއަށް އޮއްސާލެވޭފެން ލިޔެފައިވާ އާޔަތްތަކުގައި ހޭކިލުމަކީ ނުވަތަ ދުޢާތަކުގައި ހޭކިލުމުން އެފެން ބަރަކާތްތެރި ފެނެއް ކަމުގައި ނުވާނެ އެވެ. ފަހެ، މިފަދަ ބޭނުމުގައި އެތަށިތައް ހޯދައިގަތް ހިނދު، އެރުޤްޔާއަކީ ޝަރީޢަތުގައި ހުއްދަވެގެންވާ ރުޤްޔާއެއް ނޫނެވެ."
***
ފަތުވާ ނަގާފައިވަނީ : التمهيد لشرح كتاب التوحيد 599

ރުޤްޔާ ކުރުން: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 ރޭގަނޑުގެ ނުބައިކަަން، ސިޙުރުވެރިންގެ ނުބައިކަން އަދި ޙަސަދަވެރިންގެ ނުބައިކަމުން ސަލާމަތްވާނެ މަގު - العلاَّمة الشيخ محمد بن صالح العثيمين رحمه الله | 05 ޖެނުއަރީ 2018

 މުސްލިމް ޖިންނި ރުޤްޔާކުރުމުގައި ބޭނުންކުރާ މީހެއް ކައިރިން ބޭސްފަރުވާ ކުރުމުގެ ޙުކުމް - الشَّيْخ صَالح بن عَبد العَزِيز آل الشيخ حفظه الله | 04 ނޮވެމްބަރ 2017

 ރުޤްޔާ ކުރުމުގެ ނަމުގައި ޖިންނި ޝައިޠާނުން ބޭނުން ކުރުން - اللجنة الدائمة للبحوث العلمية والإفتاء | 22 އޮކްޓޯބަރ 2017

ރުޤްޔާ ކުރުމުގެ ނަމުގައި ސިޙުރު ހެދުމާއި ޝައިޠާނުން ބޭނުން ކުރުން - الإِمَامُ العَلَّامَة الشَّيْخُ رَبِيْع بن هَادِيْ حفظه الله | 19 ޖެނުއަރީ 2017

ރިކޯޑު ކޮށްފައި ހުންނަ ރުޤްޔާ ޖަހައި ރުޤްޔާކުރުން - الإِمَام المُحَدِّث نَاصِر الدِّين الألبَانِيْ رحمه الله | 23 މެއި 2016

ރިކޯޑު ކޮށްފައި ހުންނަ ރުޤްޔާ ޖަހައި ރުޤްޔާކުރުން - الإِمَامُ العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 22 މެއި 2016

ރުޤްޔާ ކުރާ ހިނދުގައި ޖިންނި ގާތުގައި ސުވާލު ކުރުން - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 12 ނޮވެމްބަރ 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...