ސިޙުރު ހެދުން

ތަވީދު ލިޔެ ހަދާ މީހެއްގެ ފަހަތުގައި ނަމާދުކުރުން ހުއްދަވާނެ ހެއްޔެވެ؟ - الشَّيْخ العَلاَّمَة عبد العَزِيزبن بَاز رحمه الله

ކެޓަގަރީ ޖަމާޢަތުގެ ނަމާދު صلاة الجماعة

ސުވާލު: އަހަރެމެންގެ ތެރޭގައި ދީނީ މާއްދާތައް ކިޔަވާދޭ މުދައްރިސެއް އަދި މިސްކިތުގެ އިމާމްކަން ކުރާ މީހާއަކީ އޭނާގެ ގާތަށް މީހުން އައުމުން ތަވީދު ހަދައިދޭ މީހެކެވެ. މި މީހާގެ ފަހަތުގައި ނަމާދުކުރުން ހުއްދަވާނެ ހެއްޔެވެ؟

ޖަވާބު: ތިޔައީ ބޮޑުވެގެންވާ ނުރައްކަލެކެވެ. އަދި ތިޔަ ޢަމަލުތައް ކުރާމީހާގެ ޢަމަލީ ބޮޑުވެގެންވާ މުންކަރާތެކެވެ. ތިފަދަ ތަވީދު ހެދުމަކީ މުންކަރާތެކެވެ. ބައެއްމީހުން އެއަށް ޙުޖްބް އޭވެސް ކިޔަ އެވެ. އަދި އެއްބަޔަކު އެއަށް ޖަވާމިޢު ނަމުން ނަންދީފައިވެ އެވެ.
 

ނަބިއްޔާ ﷺ އަރިހުން ޞައްޙަވެގެންވެ އެވެ. (من تعلَّقَ تميمةً فلا أتمَّ اللهُ له، ومن تعلقَ ودعةً فلا ودعَ اللهُ له)  "ތަވީދެއް އަޅައިފި މީހާއަށް، އެކަމެއް ﷲ އޭނާއަށް ފުއްދައި ނުދެއްވާނެތެވެ. އަދި ވަދަޢަ އެއް އަޅައިފި މީހާއަށްވެސް އޭނާ ބޭނުންވާކަމެއް ﷲ ފުއްދައެއް ނުދެއްވާނެ އެވެ."

ފަހެ، ތަމީމައަކީ މިއަދު އެއީ ޙިރްޒް އޭ ބުނެވޭ އެއްޗެވެ. އަދި އެއީ މިއަދު މީސްތަކުން ޖާމިޢަގެ ނަމުން ނަންދީފައިވާ އެއްޗެވެ. މިތަކެއްޗަކީ ކުޑަކުދިންގެ ހަށިގަނޑުގައި އަޅާފައި ހުންނަ އެއްޗެކެވެ. އަދި ބަލިމީހުންގެ ހަށިގަނޑުގައިވެސް އަޅަ އެވެ. އެސްފީނާއިން ސަލާމަތްވުމަށާއި، ޖިންނީންގެ ކިބައިން ރައްކާތެރިވުމަށް އަޅަ އެވެ.
 

އޭގައި އެކި ލިޔުންތައް ލިޔެފައި ހުރެ އެވެ. އޭގެ ތެރެއަށް އެކިއެކި އެއްޗެހިލައިފައިވެސް ހުރެ އެވެ. ނުވަތަ ތަލާސިމް (އަކަ ކުރަހާފައި، ކިޔަން ނޭނގޭގޮތަށް) އެކިއެކި ގޮތްތަކަށް ލިޔުން ލިޔެފައި ހުރެ އެވެ. އެ ލިޔުމުން އެއްވެސް މާނައެއް ދޭހައެއް ނުވެ އެވެ. މިފަދައިން ތައްޔާރުކޮށް އެއްޗެއް އޭގައި އޮޅާލާފައި ކުޑަކުދިންގެ ހަށިގަނޑުގައި އަޅަ އެވެ. އަދި ބަލިމީހުންނާއި ޢުމުރުން ދޮށީ މީހުންގެ ހަށިގަނޑުގައި އަޅަ އެވެ. އެބައިމީހުން ދަޢުވާކުރާ ގޮތުގައި އެއިން އެސްފީނާއިން ސަލާމަތް ކޮށްދެ އެވެ. އަދި ޖިންނި ޝައިޠާތުންގެ ކިބައިން ރައްކާތެރި ކޮށްދެ އެވެ. މިއެންމެހައި ކަންތައްތަކަކީ ބާޠިލް ކަންތައްތަކެވެ. މި އެންމެހައި ކަންތައްތަކަކީ އުރެދުންތަކެވެ. މުންކަރާތްތަކެވެ. ސަބަބަކީ ރަސޫލާ صلى الله عليه وسلم މިކަންތައް އިންކާރު ކުރެއްވި އެވެ.
 

ފަހެ މީސްތަކުންނަށް ވާޖިބުވެގެންވަނީ މިއެންމެހައި ޢަމަލުތަކުން ރައްކާތެރިވެ ސަމާލުވުމެވެ. މިފަދަ ޢަމަލުތަކުން އެކުއެކީގައި ދުރުވުމެވެ. މިއީ ޝިރުކެވެ. ކުޑަ ޝިރުކެވެ. އެހެނަސް އެ ބޭނުންކުރާ މީހާ ދެކެނީ އެތަކެއްޗަކީ ﷲ ފިޔަވައި ފައިދާކޮށްދޭނެ އަދި ގެއްލުންދޭނެ އެއްޗެއްކަމުގަ އެވެ. ފަހެ، އެހިނދުގައި އެއީ ބޮޑުވެގެންވާ ޝިރުކެވެ.
 

މިކަންތަކުން ޙާޞިލްވާންޖެހެނީ، މިއީ ހުއްދަވެގެންނުވާނެ ކަމެއްކަމާއި .... އަދި މިފަދައިން ކަންތައްކުރާމީހެއް އިމާމެއްގެ ގޮތުގައި ބެހެއްޓުން އެދެވިގެންނުވެ އެވެ. އެދެވިގެންވަނީ މިފަދަ މީހާގެ ފަހަތުގައި ނަމާދު ނުކުރުމެވެ. އަދި އިމާމް ކަމުން ދުރުވުމެވެ. ފުރިހަމަ ތެދުވެރި ތަޥްބާއަކުން ފާޅުވެ ބަޔާންވެގެންވާ ގޮތުގައި ތަޥްބާވުމަށް ދާންދެނެވެ. ފަހެ، ތަޥްބާއަކީ އޭގެ ކުރީގައި އިސްވެދިޔަ ކަންތައްތައް ފުއްސަވާނެ ޢަމަލެއް ގޮތުގައިވެ އެވެ. الله المُستَعَان."    
****** 

ފަތުވާ ނަގާފައިވަނީ : https://goo.gl/A8iJ4V  

Like what you see?

Close

Hit the buttons below to follow us, you won't regret it...