ޙަރާމް ފާފަތައް

 ތިބާގެ ފަރާތުން މީހަކަށް އަނިޔާއެއް ލިބުމުން، އޭނާ ތިބާގެ މައްޗަށް ކުރާ ދުޢާ އަކީ ކޮންފަދަ އެއްޗެއްކަން ދަންނަމު ހެއްޔެވެ؟ - الشَّيْخ العَلاَّمة مُحمَّد بن صالح العُثَيمِين رحمه الله-

ކެޓަގަރީ ދުޢާ

ސުވާލު: ﷲ ޝެއިޚް އަށް ތަޥްފީޤު ދެއްވާށި އެވެ. ﷲ އަށް ޚާލިޞްވެގެންވާ ޢަމަލެއް މެނުވީ އަދި ނަބިއްޔާ ގެ ސުންނަތަށް ތަބަޢަވެގެންވާ ގޮތުގައި ކުރެވޭ ޢަމަލެއް ނޫނީ އެ އިލާހު ޤަބޫލުވޮޑިނުގަންނާނެ ކަމުގައި ބަޔާންވެގެންވާހިނދު، ﷲ ގެ މި ވަޙީބަސްފުޅާއި މެދު ޝެއިޚް ދެއްވާ އިރުޝާދަކީ ކޮބައިތޯ އެވެ؟  فَإِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ إِذَا هُمْ يُشْرِكُونَ "ފަހެ، އެބައިމީހުން ނަވަށް އެރި ހިނދު، އެކަލާނގެއަށް އީމާންކަން ޚާލިޞްކުރާ ޙާލުގައި، اللهއަށް އެބައިމީހުން ދުޢާކުރެ އެވެ. ފަހެ، އެކަލާނގެ އެބައިމީހުން ސަލާމަތް ކުރައްވައި، އެއްގަމަށް ގެންނެވިހިނދު، އެބައިމީހުން އެކަލާނގެއަށް ޝަރީކު ކުރެތެވެ."

ޖަވާބު: "ދަތި އުނދަގޫ ޙާލަތުގައިވާ އިންސާނާ ދުޢާކުރާހިނދު ވާނީ އިޚްލާޞްތެރި ކަމުގަ އެވެ.  ﷲ އެ އިލާހުގެ ފޮތުގައި ވަޙީ ކުރައްވާފައިވެ އެވެ. أَمَّن يُجِيبُ الْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ السُّوءَ وَيَجْعَلُكُمْ خُلَفَاءَ الْأَرْضِ ۗ أَإِلَٰهٌ مَّعَ اللَّهِ ۚ قَلِيلًا مَّا تَذَكَّرُونَ "ނުވަތަ ދަތި އުނދަގޫ ޙާލު ޖެހިފައިވާމީހާ، އެކަލާނގެއަށް ދުޢާކުރާ ހިނދު، އެމީހާގެ ދުޢާ އިޖާބަކުރައްވައި، އަދި ނުބައިކަން ދުރު ކުރައްވައި އަދި ބިމުގެ ޚަލީފާއިން ކަމުގައި ތިޔަބައިމީހުންލައްވާ އިލާހު ހެއްޔެވެ؟ ﷲ އާއެކު އެހެން އިލާހެއްވޭ ހެއްޔެވެ؟ ތިޔަބައިމީހުން ހަނދުމަކުރަނީ ވަރަށްވެސް މަދުންނެވެ."


އިންސާނަކު ކޮންމެފަދަ ކަމާކާއި ގުޅިގެން، ދަތި އުނދަގޫ ޙާލަތް ދިމާވެ ﷲ އަށް ދުޢާކޮށްފިހިނދު، އެއީ ކާފަރެއްކަމުގައިވިޔަސް އޭނާގެ ދުޢާ ﷲ އިޖާބަ ކުރައްވާނެ އެވެ. އެހެންވުމުން، އަހަރެމެން ބުނަމެވެ. ނަވަށް އަރައިގެން ކަނޑުމަތީގައި ﷲ އަށް ދީން އެކުއެކީގައި ޚާލިޞްކޮށް ދުޢާކުރި މީހުންނަކީ، ދަތި އުނދަގޫ ޙާލު ދިމާވެ ﷲ އަށް ދުޢާކުރި މީހުންނެވެ. ދަތި ޙާލަތު ދިމާވެ އެގޮތުގައި ދުޢާ ކުރާމީހާގެ ދުޢާ ﷲ ޤަބޫލުވޮޑިގަންނަވާނެ އެވެ. އެއީ، އަނިޔާ ލިބިފައިވާ ފަރާތަކީ ކާފަރެއް ކަމުގައިވީނަމަވެސް އޭނާގެ ދުޢާ އިޖާބަކުރެއްވޭނެ ފަދައިންނެވެ.


ތިބާ ކާފަރަކަށް އަނިޔާވެރިވެ، ފަހެ އެ ކާފަރު ތިބާގެ މައްޗަށް ބަދު ދުޢާކޮށްފިހިނދު ﷲ އެ ކާފަރު މީހާގެ ދުޢާ އިޖާބަ ކުރައްވާހުއްޓެވެ. ފަހެ، މި މުނާސަބަތުގައި އަހަރެން މަސައްކަތު މީހުންގެ ބެލެނެވެރިންގެ ގޮތުގައިވާ ފަރާތްތަކަށް އެބައިމީހުން ގެންގުޅޭ މުޥައްޒަފުންނަށް އަނިޔާވެރިވުމުގެ މައްޗަށް ރައްކާތެރިވުމަށް އަންގަމެވެ. ފަހެ، އެ މުޥައްޒަފުންގެ މުސާރަ ނުދީ ބައިތިއްބަ އެވެ. އެ މަސައްކަތު މީހުން ތިޔަބައިމީހުންގެ މައްޗަށް ދުޢާކޮށްފާނެ ކަމުގެމައްޗަށް އިންޒާރު ދެމެވެ. އެ މަސައްކަތު ގެންގުޅޭ މީހުންނަކީ ކާފަރުން ކަމުގައިވީނަމަވެސް އެވެ. ފަހެ، ހަމަކަށަވަރުން ﷲ އެބައިމީހުންގެ ދުޢާ އިޖާބަ ކުރައްވާނެ އެވެ. އެކަމުގެ ދަލީލަކީ ނަބިއްޔާ ޙަދީޘް ކުރައްވާފައިވެ އެވެ. (واتقِ دعوةَ المظلومِ، فإنه ليس بينَه وبين اللهِ حجابٌ) "އަނިޔާ ލިބިފައިވާ މީހާގެ ދުޢާއަށް ތިޔަބައިމީހުން ބިރުވެތިވާށެވެ. ހަމަކަށަވަރުން އެމީހާގެ ދުޢާ ﷲގެ ޙަޟުރަތުގައި އިޖާބަވެގެންދިއުމުގައި އެއްވެސް ހުރަހެއް ނެތެވެ." 


ބުއްދިން ވިސްނައިފި ކަމުގައިވާނަމަ އޭގެ ދަލީލަކީ، ﷲ އަކީ ޙިކްމަތްވަންތަ، ޢަދުލުވެރިވަންތަ ފަރާތެކެވެ. އަނިޔާވެރިކަމަށް އެކަލާނގެ ނުރުހުންތެރިވޮޑިގެންވެ އެވެ. އަނިޔާ ލިބިފައިވާ މީހާ އޭނާއަށް އަނިޔާވެރިވި މީހާގެ މައްޗަށް ދުޢާކޮށްފިހިނދު ﷲ އެ ދުޢާ އިޖާބަ ކުރައްވަ އެވެ. އެއީ ޢަދުލުވެރިކަން ޤާއިމް ކުރެއްވުމަށާއި، ޙައްޤު ލިބެންޖެހޭ އަހުލުވެރިޔާއަށް އެ ޙައްޤު ލިބިދިޔުމަށްޓަކަ އެވެެ. ފަހެ، އެހެންވުމުން ބުނަމެވެ. ދަތި ޙާލަތު ދިމާވެގެންވާ ފަރާތް ދުޢާ ކުރުމުން އެއީ އިޖާބަކުރެވޭ ދުޢާއެކެވެ. އެއީ ކާފަރެއް ކަމުގައިވީނަމަވެސް އެވެ. އަދި އަނިޔާ ލިބިފައިވާ މީހާއަކީ ކާފަރެއް ކަމުގައިވީނަމަވެސް އޭނާގެ ދުޢާވެސް އިޖާބަ ކުރެވިގެންވެ އެވެ. އެހެނަސް ﷲ އަށް އަޅުކަން ކުއްތަން ކުރުމުގެ ގޮތުން ކުރެވޭ ނަމާދާއި އަދި އެފަދަ އެހެނިހެން އަޅުކަންތައް އިސްލާމް ކަމާއި އަދި އިޚްލާޞްތެރިކަން ނެތްހިނދެއްގައި ޤަބޫލުވެވޮޑިއެއް ނުގަންނަވާނެ އެވެ."
*****
ފަތުވާ ނަގާފައިވަނީ : للقاء الشهري الشريط الخامس  الدقيقة 51-55

ދުޢާ: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 އަޑު އުފުލައި، ރާގު ރާގަށް، ޤުރުއާން ތިލާވަތް ކުރާގޮތަށް ދުޢާ ކުރުމަކީ ދުޢާ އިޖާބަ ނުކުރެވޭނެ ސަބަބެއް - الإِمَام محمد ابن الهُمَام الحَنَفِي رحمه الله | 02 ޖޫން 2018

 ޤިޔާމުއް ލައިލްގެ ޤުނޫތު ދިގުކޮށް ކިޔުމާއި ރާގު ރާގަށް ދުޢާ ކުރުމަކީ ސުންނަތާއި ޚިލާފު ބިދުޢަތައް - الشيخ العلامة عبيد الجابري حفظه الله | 19 މެއި 2018

ވާރޭ ވެހުމާއި އަދި އެކަމުގެ ސުންނަތްތައް - أُسْتَاذ أبو أنس محمد حسن حفظه الله | 15 ފެބުރުއަރީ 2017

ދުޢާ ކުރާ ހިނދު އަދި ދުޢާ ކޮށްދޭ ހިނދުގައި إِنْ شَاء الله ނުކިޔުން - الشيخ العلامة ابن باز رحمه الله | 21 ނޮވެމްބަރ 2016

ވަރަށްގިނަ ދުވަސް ވަންދެން ދުޢާ ކޮށްފިން، އެހެނަސް ދުޢާ އިޖާބައެއް ނުކުރެވޭ - سَماحة الشَّيخُ الإِمَامُ العَلَّامة عَبْدُ العَزِيز بن بَاز رحمه الله | 26 މެއި 2016

ވާރޭ ވެހެން ފެށުމާއެކު، ސުންނަތުގައި ޢަމަލުކުރުމަށް ބަޔާންވެގެންވާ ގޮތް - الإِمَامُ العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 02 މެއި 2016

ފަރުޟު ނަމާދަށް ފަހު ދުޢާކުރާ އިރު ދެ އަތް އުފުލުމުގެ ޙުކުމް - الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله | 28 ނޮވެމްބަރ 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...