5  އަޑު އުފުލައި، ރާގު ރާގަށް، ޤުރުއާން ތިލާވަތް ކުރާގޮތަށް ދުޢާ ކުރުމަކީ ދުޢާ އިޖާބަ ނުކުރެވޭނެ ސަބަބެއް - الإِمَام محمد ابن الهُمَام الحَنَفِي رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 އަޑު އުފުލައި، ރާގު ރާގަށް، ޤުރުއާން ތިލާވަތް ކުރާގޮތަށް ދުޢާ ކުރުމަކީ ދުޢާ އިޖާބަ ނުކުރެވޭނެ ސަބަބެއް - الإِمَام محمد ابن الهُمَام الحَنَفِي رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ދުޢާ

"ދުޢާ ކުރުމުގައި ދަމަދަމާފައި ކުރުމާއި އަދި ޙައްދުފަހަނައަޅާ މިންވަރަށް އަޑު އުފުލުމާއި، އަޅުކަމުގެ އެއްވެސް ނިޔަތެއްނެތި ހަމައެކަނި ހުނަރުވެރިކަން ދެއްކުމަށްޓަކައި ރާގު ތަކުގައި މަޝްޣޫލުވުން ފަދަ މިހާރު މި ޒަމާނުގައި ފެންނަ ކަންތައްތަކަކީ އޭގެ ސަބަބުން ދުޢާ އިޖާބަވުމަށް މެދުވެރިވާ ކަންތައްތަކެއް ނޫނެވެ. އަދި ކިޔެއް ހެއްޔެވެ؟ އެއީ ދުޢާ ރައްދުވުމަށް އޮތް ސަބަބުތަކެވެ.


މިހާރު މި ޒަމާނުގައި ޤާރީވެރިން ކަންތައްކުރާ ފަދައިން އެކި ރާގުތަކުގެ ބައްޓަމަށް ދުޢާ ކުރުމަކީ، ދުޢާގެ މާނަ ދަންނަ މީހަކު ކޮށްފާނެ ކަމެއް ކަމުގައި އަހަރެން ނުދެކެމެވެ. އެހެނީ، އެފަދައިން ޢަމަލު ކުރުމާ ވަތްތަރީ ކުޅިވަރެއް ކަމުގައި މެނުވީ ނުވެ އެވެ. އެހެނީ ރަސްކަލެއް ކައިރިއަށް ޙާޖަތަކަށް އެދި އަންނަ މީހާ، އޭނާގެ އެ ޙާޖަތަށް އެދި ވާހަކަ ދައްކާއިރު އަޑު ތިރިކޮށް އަދި އުފުލައި، މިއުޒިކީ މޭރުމަށް އަޑު ކަރުތެރޭގައި ތަކުރާރު ކުރަމުން ވާހަކަ ދައްކާނަމަ، އެފަދަ މީހާގެ ޤަޞްދަކީ ސަމާސާކޮށް ކުޅިވަރު ކުޅުން ނޫނީ މަލާމާތް ކުރުން ކަމުގައި ބެލެވޭނެކަން ކަށަވަރެވެ. އެއީ، ޙާޖަތަކަށް އެދޭ ދަތިޙާލަތުގެ ވަޤުތުގައި އެކަށީގެންވަނީ ދެރަ ނިކަމެތިވުމެވެ. އެއީ ރާގު ރާގަށް (ލަވަކިޔާފަދައިން) ކިޔުމަށް އޮތް ދަޑިވަޅެއް ނޫނެވެ. އެހެން ކަމުން އެނގި ފާޅުވަނީ އެކަންތައްތަކަކީ އަބާއްޖަވެރިކަމާއި (ދުޢާ އިޖާބަވުން) މަޙްރޫމުވުމުގެ ސަބަބުތައް ކަމެވެ."
***

ފަތުވާ ނަގާފައިވަނީ : فتح القدير 1-229


އަޚުންނޭވެ! މިއީ 861 ގައި ދުނިޔެ ދޫކުރެއްވި އިމާމް އެ ޒަމާނުގެ ޙާލަތު ބަޔާންކުރައްވާފައިވާ ގޮތެވެ. މިއަދު މި ޒަމާނުގައި އިމާމުން، ޤާރީވެރިން ޢަމަލު ކުރާ ގޮތާއި މެދު ބުނާނީ ކީކޭ ހެއްޔެވެ.

ދުޢާ: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 ތިބާގެ ފަރާތުން މީހަކަށް އަނިޔާއެއް ލިބުމުން، އޭނާ ތިބާގެ މައްޗަށް ކުރާ ދުޢާ އަކީ ކޮންފަދަ އެއްޗެއްކަން ދަންނަމު ހެއްޔެވެ؟ - الشَّيْخ العَلاَّمة مُحمَّد بن صالح العُثَيمِين رحمه الله- | 04 މާރޗް 2019

 ޤިޔާމުއް ލައިލްގެ ޤުނޫތު ދިގުކޮށް ކިޔުމާއި ރާގު ރާގަށް ދުޢާ ކުރުމަކީ ސުންނަތާއި ޚިލާފު ބިދުޢަތައް - الشيخ العلامة عبيد الجابري حفظه الله | 19 މެއި 2018

ވާރޭ ވެހުމާއި އަދި އެކަމުގެ ސުންނަތްތައް - أُسْتَاذ أبو أنس محمد حسن حفظه الله | 15 ފެބުރުއަރީ 2017

ދުޢާ ކުރާ ހިނދު އަދި ދުޢާ ކޮށްދޭ ހިނދުގައި إِنْ شَاء الله ނުކިޔުން - الشيخ العلامة ابن باز رحمه الله | 21 ނޮވެމްބަރ 2016

ވަރަށްގިނަ ދުވަސް ވަންދެން ދުޢާ ކޮށްފިން، އެހެނަސް ދުޢާ އިޖާބައެއް ނުކުރެވޭ - سَماحة الشَّيخُ الإِمَامُ العَلَّامة عَبْدُ العَزِيز بن بَاز رحمه الله | 26 މެއި 2016

ވާރޭ ވެހެން ފެށުމާއެކު، ސުންނަތުގައި ޢަމަލުކުރުމަށް ބަޔާންވެގެންވާ ގޮތް - الإِمَامُ العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله | 02 މެއި 2016

ފަރުޟު ނަމާދަށް ފަހު ދުޢާކުރާ އިރު ދެ އަތް އުފުލުމުގެ ޙުކުމް - الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله | 28 ނޮވެމްބަރ 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...