5 ސިޔާސީ ކަންތައްތައް މީސްތަކުންގެ ތެރެއަށް ފާޅުކޮށް ޢާންމު މީސްތަކުންގެ މަޖްލިސްތަކުގެ ތެރޭގައި ދެއްކުމަކީ ސަލަފުންގެ ހިދާޔަތާއި ޚިލާފްކަމެއް - الشيخ محمد بن صالع العثيمين رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ސިޔާސީ ކަންތައްތައް މީސްތަކުންގެ ތެރެއަށް ފާޅުކޮށް ޢާންމު މީސްތަކުންގެ މަޖްލިސްތަކުގެ ތެރޭގައި ދެއްކުމަކީ ސަލަފުންގެ ހިދާޔަތާއި ޚިލާފްކަމެއް - الشيخ محمد بن صالع العثيمين رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ވެރިންނާއި މެދު ސަލަފުންގެ މަންހަޖު


ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން


ސުވާލު : ފަޟީލަތުއް ޝެއިޚްއެވެ. ބައެއް މަޖްލިސްތަކުގައި ސިޔާސީ ވާހަކަތައް ވަރަށް ގިނައިން ދެކެވެއެވެ. އެބައި މީހުންގެ މައްޗަށް އެކަން އިންކާރުކޮށް ބުނުމުން އެބައި މީހުން ބުނަނީ ސިޔާސަތަކީ ދީނުގައިވާ ކަމެކެވެ. އަދި ބައެއްފަހަރުގައި އެމަޖްލިސްތަކުގައި ޣީބަވެސް ބުނެއެވެ. އެހެނަސް އެ މަޖްލިސްތަކަކީ ﷲ ގެ މަތިން ޒިކުރު ކުރެވޭ މަޖްލިސްތަކެވެ. މިފަދަ މީސްތަކުންނާއި އެކުގައި އިށީދެ އިނުމަށް ޝެއިޚްގެ ރައުޔުއަކީ ކޮބާތޯއެވެ؟

ޖަވާބު : ތިޔަކަމުގައި އަހަރެންގެ ރައުޔަކީ، ޢާންމު މީސްތަކުންގެ ކުރިމަތީގައި ސިޔާސީ ވާހަކަތަށް ދެއްކުމަކީ ކުށެކެވެ. ސަބަބަކީ ސިޔާސީ ކަންތައްތަކަކީ އެކަމަށް ޚާއްޞަ ވަކި ބަޔަކަށް އޮތް ކަމެކެވެ. އެކަމަށް ޚާއްޞަ މީހުން ތިބޭކަމެކެވެ. އެކަމުގެ މީސްތަކުންނަކީ ވެރިންނާއި އަދި އެކަމުގެ މަސްޢޫލު ވެރިންނެވެ. ސިޔާސީ ކަންތައްތައް މީސްތަކުންގެ ތެރެއަށް ފާޅުކޮށް ޢާންމު މީސްތަކުންގެ މަޖްލިސްތަކުގެ ތެރެއަށް ނެރެ ހެދުމަކީ ސަލަފުންގެ ހިދާޔަތާއި ޚިލާފްވެގެންވާ ކަމެކެވެ. 


عمر بن الخطاب އަދި އެއަށްވުރެ ކުރީގައިވި أبوبكر - رضي الله عنهما - އެބައި މީހުންގެ ސިޔާސީ ވާހަކަތައް އެންމެހައި މީސްތަކުން ތިބޭ މަޖްލިސް ތަކުގައި ފާޅުކޮށެއް ނަހަދައެވެ. ހަނގު މީހުންނާއި، ބޮޑެތި މީހުންނާއި، ބޯހަމަނުޖެހޭ މީސްތަކުންނާއި އަދި ވިސްނޭ ޙާލުގައިވާ، މި އެއްމެހައި މީސްތަކުންގެ ތެރޭގައި އެފަދައިން ޢަމަލު ކުރައްވާފައި ނުވެއެވެ. ސިޔާސަތަކީ މިގޮތަށް އޮންނަ ކަންތަކެއް ނޫނެވެ. ސިޔާސަތަކީ އެކަމަށް ޚާއްޞަ ވެގެންވާ ބަޔަކު ލެވިގެންވާ ކަމެކެވެ. އެކަމުގެ އެތެރޭގައި ލެވިގެންވާ ކަންތަކާއި، އެކަމުގެ ބޭރުގައި ލެވިގެންވާ ކަންތައްތަކާއި އެކަމުގެ އެތެރެއާއި ގުޅިފައިވާ ކަންތައް ދަންނަނީ އެކަމުގެ އަހުވެރިންނެވެ. މިއީ ގިނަ މީސްތަކުން ދަންނަ ކަންތަކެއް ނޫނެވެ. ޒުވާނުންނާއި އަދި ޒުވާނުން ނޫން އެހެން ފަރުދުންތައް މިކަންތަކުގައި އެބައި މީހުންގެ ވަޤުތުތައް ބޭކާރުކޮށް ބުންޏޭ ބުންޏޭ ފަދަ ބަސްތަކުން އެ ވަޤުތުތައް ހޭދަކުރުމަކީ  އެއިން އެއްވެސް ފައިދާއެއް ޙާޞިލް ކުރެވޭނެ ކަމެއް ނޫނެވެ.


ބައެއް ފަހަރުގައި އަހަރުމެންނަށް ފެންނަގޮތުގައި މީސްތަކުންގެ ތެރެއިންވާ ފަރުދެއް ވަނީ ކުށަކަށް އަރައިގެންފައެވެ. އެހެނަސް އެކަމަށް ނަޟަރު ހިންގައި ބަލާއިރު ޙައްޤުވަނީ އެމީހަކާއި އެކުގައެވެ. ސަބަބަކީ އެމީހާއަށް އަހަރުމެންނަށް ފެންނާންނެތް އެތަށް ކަމެއް އެކަމެއްގައި އެނގިފައި ވުމެވެ. މިއީ އަހަރުމެންނަށް ފެންނަންހުރި އަދި ތަޖުރިބާ ކުރެވިފައިވާ ކަންތައްތަކެވެ.


މީސްތަކުންގެ ތެރޭގައި ސިޔާސީ ވާހަކަތައް ދައްކާ ގިނަ މީސްތަކުންގެ ޙާލަތަކީ، އެކަންތަކުން އެބައި މީހުންނަށް ނެރެވެނީ އެއްވެސް އަޞްލެއް ނުވާ އަދި އެކަމުގައި އެއްވެސް ޙަޤީޤަތެއް ނުވާ އެކި ކަންތަކެވެ. އެއީ އެބައި މީހުންނަށް އޮޅިފައިވާ އޮޅުންބޮޅުންތަކުގެ މައްޗަށް ބިނާކޮށް އެމީހުން އެވާހަކަތައް ދައްކައެވެ. އެހިނދު ވެގެންދަނީ އެމީހުންނަށް ޢިލްމު ލިބިގެންނުވާ ކަންތަކުގެ މައްޗަށް ބަސްބުނުމެވެ. ހަމަކަށަވަރުން ﷲ ތަޢާލާ ވަޙީކުރައްވާފައި ވަނީ މިފަދައިންނެވެ. وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ ۚ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَٰئِكَ كَانَ عَنْهُ مَسْئُولًا "އަދި ތިބާއަށް އެކަމަކާމެދު އެނގުމެއް ނުވާކަމަކަށް ތިބާ ތަބަޢަ ނުވާށެވެ. ހަމަކަށަވަރުން އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ އެއާމެދު ސުވާލު ކުރައްވާނެ ކަމެއްކަމުގައި ވިއެވެ."


އެބައިމީހުންނާއި އެކުގައި އިށީނުމާއި ބެހޭގޮތުން ބުނެވޭނީ : އެބައި މީހުން ﷲގެ މަތީން ހަނދުމަ ކުރުމުގައި ދެމިތިބޭ ކަމުގައި ވާނަމަ އެމީހުންނާއި އެކުގައި އިށީންނާށެވެ. މި ބޭކާރު އެއްވެސް ފައިދާއެއް ނުލިބޭނެ ކަންތަކުގައި އެމީހުން ކޯޅެން ފެށުމުން، އެންމެ ފުރަތަމަ އެބައި މީހުންނަށް ނަޞޭޙަތްތެރި ވާށެވެ. އެ ނަޞޭޙަތުން އެބައިމީހުންނަށް ހިދާޔަތް ލިބިއްޖެކަމުގައި ވާނަމަ، އެހިނދު ބޭނުންވި މަޤްޞަދު ޙާސިލްވެވުނީއެވެ. އެހެން ނޫން ކަމުގައި ވާނަމަ އެބައި މީހުންނާއި ވަކިވެ ގަންނާށެވެ.


އަނެއްގޮތަކީ އެބައިމީހުންގެ (ޒިކުރުގެ) މަޖްލިސްތަކަށް ތިބާ ދިއުމަކީ، އެބައިމީހުންތިބި ބާތިލު ގޮތާއި މެދު އެބައިމީހުންނަށްވެސް އޮޅި ނުވަތަ އެތަނަށް ތިބާ ހާޒިރު ވުމުގެ ސަބަބުން އެހެން މީސްތަކުންނަށް އެމަޖްލިސް ތަކުގައި ތިބި މީސްތަކުންގެ ބާތިލު ކަންތައްތަކާއި މެދު އޮޅިގެން ދަނީއެވެ.  އަދި  ބުނަނީއެވެ. "އެފަދަ މަޖްލިސް ތަކުގައި އެވާ މީސްތަކުން އެތިބީ ހެއުގޮތުގައި ނޫންނަމަ، މިވެނި އެވެނި މީހަކު (އެހެނީ ތިބާ) އެމަޖްލިސް ތަކަކަށް ނާންނާނެއެވެ."  މިޙާލަތުގައި ތިބާ އެބައި މީހުން ކައިރިއަށް ނާންނާށެވެ. އެއީ އެބައި މީހުން ﷲގެ މަތިން ޒިކުރު ކުރި ކަމުގައި ވިޔަސްމެއެވެ. އެހެނީ ﷲގެ މަތީން ހަނދުމަކުރުން އެއީ ދީނުގައި ނުލާހިކު ފުޅާ ދާއިރާއެއްގައި ކުރެވޭ ކަމެކެވެ.

 

އަނެއްގޮތަކީ ތިބާ އެމީހުންގެ އެ ޒިކުރުކުރާ މަޖްލިސް ތަކަށް އައުމުން އެމީހުން ތިބާއަށް ކަންތައްތައް އޮޅުވާލަނީ ނުވަތަ އެބައި މީހުންނަށް ފެންނަނީ ތިބާ އެމަޖްލިސްތަކަށް ހާޒިރުވުމުން އެމީހުންނަށް ކަންތައްތަކެއް އޮޅިގެންދާކަމަށް، ނުވަތަ އެތަނަށް ތިބާ ހާޒިރު ވުމުގެ ސަބަބުން އެހެން ބަޔަކަށް ކަންތައްތަކެއް އޮޅިގެން ދަނީއެވެ. އަދި ބުނެވެއެވެ. "މިވަނި އެވަނި މީހަކު އެމީހުން ހެޔޮގޮތުގައި ނުވާނަމަ، އެމީހުން ކައިރިއަކަށް އެމީހަކު ނާންނާނެއެވެ." މިޙާލަތުގައި އެބައި މީހުން ކައިރިއަށް ނާންނާށެވެ. އެއީ އެބައި މީހުން ﷲގެ މަތިން ޒިކުރު ކުރި ކަމުގައި ވިޔަސްމެއެވެ. އެހެނީ ﷲގެ މަތީން ހަނދުމަކުރުން އެއީ ދީނުގައި ނުލާހިކު ފުޅާ ދާއިރާއެއްގައި ކުރެވޭ ކަމެކެވެ. އާއެކެވެ.

ވެރިންނާއި މެދު ސަލަފުންގެ މަންހަޖު: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 ޢިލްމުވެރިންނާއި ވެރިންނަށް އެއްޗެހިކިޔާ ވެބްސައިޓުތަކަށް ވަނުން ހުއްދަވެގެން ނުވޭ - العَلاَّمَة الشَّيْخ صَالح الفَوْزَان حفظه الله | 03 ޖެނުއަރީ 2018

ވެރިންގެ މައްޗަށް ބަސްބުނެ އެބައިމީހުންގެ މައްޗަށް (ނުކުމެ، ބަސްތައްބުނުމަށް) ހިތްވަރުދޭ މީހާއަކީ ޚަވާރިޖުންގެ ތެރޭގައިވާ މީހެކެވެ. - الشيخ العلامة صالح الفوزان حفظه الله | 24 އޭޕްރީލް 2015

ޚަވާރިޖުންނަކީ ހަމައެކަނި ޢަދުލުވެރި ވެރިޔާއާއި ދެކޮޅަށް ނުކުންނަ މީހުންތޯއެވެ؟ - الشيخ أبومحمد ربيع بن هادي المدخلي حفظه الله | 22 އޭޕްރީލް 2015

މުސްލިމް ވެރިންނާއި ދެކޮޅަށް ނުކުތުމަކީ ހަމައެކަނި ކަނޑި ހިފައިގެން ނުކުތުކުން ކަމަށް ބުނާ މީހުންނަށް ރައްދު - الشيخ العلامة ربيع بن هادي المدخلي حفظه الله | 31 މާރޗް 2015

ސަލަފުން އެބައި މީހުންގެ ޒަމާނުގައި އުޅުނު އަނިޔާވެރި ޚަލީފާއިންނާއި މެދުގައި މުޢާމަލާތް ކުރައްވާފައިވަނީ ކިހިނެތް؟ - الشيخ العلامة محمد بن صالح العثيمين رحمه الله | 31 މާރޗް 2015

މުސްލިމް ވެރިންނާއި ދެކޮޅަށް ނުކުތުމަށް ގޮވާ މީހުންނަކީ ނަރަކައަށް މީސްތަކުން ވަނުމަށް ގޮވާ ބައެއް - الشيخ محمد بن صالح العثيمين رحمه الله | 07 މާރޗް 2015

ވެރިންނާއި ދެކޮޅަށް ނުކުންނަ މީހުންނަކީ ޖާހާއި މަޤާމާމުގެ ބޭނުމުގައި ނުކުންނަ ބައެއް - الشيخ محمد بن صالح العثيمين رحمه الله | 26 ފެބުރުއަރީ 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...