މުޙައްމަދު ޙަސަނުގެ މައްޗަށް އަދި މަކްތަބާ ސަލަފިއްޔާގެ މައްޗަށް ޙަސަން ފިކުރީ ހަދައިފައިވާ އަނިޔާވެރިކަމުގެ ދޮގުތައް ކަޝްފުކޮށް އެއަށްދެވޭ ރައްދު - (މަދީނާ ޔުނިވާސިޓީން ކިޔަވާ ނިންމާފަ ތިބި 04 އުސްތާޛުންގެ ބަސް)

ލިޔެ ތައްޔާރު ކުރީ:
އުސްތާޛް އަބޫ ނޫޙު މުޙައްމަދު ރިފާދު حفظه الله
(މަދީނާގެ ޖާމިޢަތުލް އިސްލާމިއްޔާއިން ޝަރީޢާއިން ޑިޤްރީ ޙާޞިލް ކުރައްވާފައި)
އުސްތާޛް އަބޫ ޙުނައިން އަޙްމަދު ތަޥްފީޤު حفظه الله
(މަދީނާގެ ޖާމިޢަތުލް އިސްލާމިއްޔާއިން ޙަދީޘްއިން ޑިޤްރީ ޙާޞިލް ކުރައްވާފައި)
އުސްތާޛް އަބޫ ޢައްމާރު ޢަބްދުއް ފައްޠާޙު حفظه الله
(މަދީނާގެ ޖާމިޢަތުލް އިސްލާމިއްޔާއިން ޝަރީޢާއިން ޑިޤްރީ ޙާޞިލް ކުރައްވާފައި)
އުސްތާޛް އަބޫ ޢަބްދުﷲ ސަލްމާން ރަޝީދު حفظه الله
(މަދީނާގެ ޖާމިޢަތުލް އިސްލާމިއްޔާއިން އުޞޫލުއް-ދީން އިން ޑިޤްރީ ޙާޞިލް ކުރައްވާފައި)
الحمد لله رب العالمين، و العاقبة للمتقين، ولا عُدوَان إلا علَى الظَّالمين و أشهد أن محمدا عبده ورسوله صلى الله عليه وعلى آله وصحبه وسلم : وبعد
الإمام ابن القيم درء التعارض العقل و النقل މިފޮތުގައި ވިދާޅުވެފައިވާ ފަދައިން ﷲ އެއިލާހުގެ އަޅަކަށް ދެއްވާނެ އެންމެ މަތިވެރި އެއް ނިޢުމަތަކީ ހެޔޮވެގެންވާ ފަހުމެއްގެ އިތުރުން ރަނގަޅުވެގެންވާ ޤަޞްދެއްގެ އަހުލުވެރިއެއް ކަމުގައި އެމީހަކު ލެއްވުމެވެ. ހަމަ އެފަދައިން كتاب الروح މި ފޮތުގައި ނުބައި ފަހުމާއެކު ނުބައިޤަޞްދު ޖަމަޢަވެއްޖެނަމަ އެއީ ހުރިހައި މަގުފުރެދުމެއްގެ އަޞްލުކަމަށް އިޝާރާތް ކުރައްވާފައިވެ އެވެ. އަދި އެއްވެސް ޝައްކެތްނެތް ގޮތުގައި މި ނުބައި ފަހުމާއި، ނުބައި ޤަޞްދު މަތީގައިވެ އެކަމުގެ ޝިކާރައަކަށް ވުމުން، ﷲ ގެ ތަޥްފީޤަށްފަހު އެކަމުން ސަލާމަތްވެވޭނެ ހަމައެކަނި މަގަކީ ރައްބާނީ ބޮޑެތި ޢިލްމުވެރިންނަށް ހުރިހައި ކަމެއްގައިވެސް ރުޖޫޢަވުމެވެ.
ހަމައެފަދައިން އަމާނާތްތެރިކަމާއި ތެދުވެރިކަމުގެ ސިފަ ނެތިއްޖެނަމަ، ހުރި މުޞީބާތެއްގެ ބޮޑުކަމާ އެވެ. އެހެނީ އަމާނާތްތެރިކަމުގެ އިދިކޮޅު ސިފަ ކަމުގައިވާ ޚިޔާނާތްތެރިކަމަކީ އަދި ތެދުވެރިކަމުގެ އިދިކޮޅު ސިފަކަމުގައިވާ ދޮގުވެރިކަމަކީ ހުތުރުކަން ބޮޑުވެގެންވާ ދެސިފަ އެވެ. ވަކިން ޚާއްޞަކޮށް ދީނާއި، ޝަރީޢަތަށް ޚިޔާނާތްތެރިވުމަކީ ހުތުރުކަންބޮޑު ސިފައެއްގެ ގޮތުގައި ޛިކުރު ކުރައްވަމުން ﷲ ވަޙީކުރައްވާފައިވެ އެވެ. يَا أَيُّهَا الَّذِينَ آمَنُوا لَا تَخُونُوا اللَّهَ وَالرَّسُولَ وَتَخُونُوا أَمَانَاتِكُمْ وَأَنتُمْ تَعْلَمُونَ (الأنفال 27) "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲ އަށާއި ރަސޫލާއަށް ތިޔަބައިމީހުން ޚިޔާނާތްތެރި ނުވާށެވެ. އަދި ތިޔބައިމީހުންގެ އަމާނާތްތަކަށް، އެނގިއެނގިތިބެ ތިޔަބައިމީހުން ޚިޔާނާތްތެރި ނުވާށެވެ."
އަދިވެސް ވަޙީ ކުރައްވާފައިވެ އެވެ. وَاعْلَمُوا أَنَّ اللَّهَ يَحُولُ بَيْنَ الْمَرْءِ وَقَلْبِهِ وَأَنَّهُ إِلَيْهِ تُحْشَرُونَ الأنفال 24 "ހަމަކަށަވަރުން ﷲ، އިންސާނާއާއި އޭނާގެ ހިތުގެ އެދުންތަކާ ދެމެދު ހުރަސްއަޅުއްވަތެވެ. އަދި ހަމަކަސަވަރުން ތިޔަބައިމީހުން (ޤިޔާމަތްދުވަހުން) އެއްކުރައްވާހުށީ، އެކަލާނގެ ޙަޟުރަތަށެވެ." އަދި ތެދުވެރިކަމާއި މެދު ﷲ ވަޙީކުރައްވާފައިވެ އެވެ. يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَكُونُوا مَعَ الصَّادِقِينَ التوبة 119 "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރި ވާށެވެ. އަދި ތެދުވެރިންނާ އެކުގައި ތިޔަބައިމީހުން ވާށެވެ."
ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެ އެވެ. (و إيَّاكُم و الكَذِبَ؛ فإنَّ الكَذِبَ يهدي إلى الفُجورِ، و الفُجورُ يَهدي إلى النَّارِ، و إنَّ الرَّجلَ ليَكذبُ حتَّى يُكْتَبَ عِند اللهِ كذَّابًا) صحيح أبوداود 4989 "ހަމަކަށަަވަރުން ތިޔަބައިމީހުން ދޮގުހެދުމުން ރައްކާތެރިވުން ހުއްޓެވެ. ފަހެ، ހަމަކަށަވަަރުން ދޮގުހެދުން މަގުދައްކައިދެނީ ފުޖޫރަށެވެ. އަދި ފުޖޫރު މަގުދައްކައިދެނީ ނަރަކައަށެވެ. އަދި ހަމަކަށަވަރުން އަޅާ ދޮގު ހެދުމުގައި ދެމިހުރުމުން ﷲގެ ހަޟުރަތުގައި ކައްޛާބެއްގެ ގޮތުގައި ލިޔެވިގެންދެ އެވެ."
ވުމާއެކު ޒަމާނުއްސުރެ ސަލަފީ މަންހަޖުގެ މާތްވެގެންވާ އުޞޫލުތަކާމެދު ނުބައި ފަހުމެއްގެ އިތުރުން އުއްމަތުގެ ރައްބާނީ ޢިލްމުވެރިންގެ މަގު އެނގިދިއުމަށްފަހުގައިވެސް އިޚުވާނީ ފިކުރުގެ މަގު އިޚްތިޔާރުކުރުމުގެ ނުބައި ޤަޞްދު އޮތްބަޔަކު އެ ދެކަންތައްތަކުގެ ތެރެއަށް ދޮގުވެރިކަމާއި ޚިޔާނާތްތެރިކަން ވެއްދުމުން، އެބައިމީހުންގެ ދޫތަކުން ނުކުންނާނެ ބަސްތަކުގެ އަނިޔާވެރިކަމުގެ މިންވަރު ތަޞައްވުރުކޮށްލުން ހުއްޓެވެ.
މިޙާލަތުގައި ކިތަންމެބޮޑު ދޮގެއް ހަދާކަށްވެސް އެބަޔަކު ފަސްނުޖެހޭނެކަމަކީ އެއްވެސް ޝައްކެތް އޮތް ކަމެއް ނޫނެވެ. ޖަމުޢިއްޔަތުލް-ސަލަފް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޙަސަންފިކުރީ މުޙައްމަދު ހަސަނަށް ނިޞްބަތްކޮށް ބުނެފައިވާ އަނިޔާވެރިކަމުގައި ޙައްދުފަހަނައަޅައިފައިވާ، ދޮގު ހެދުމުގައި އެފަދަ ދެވަނައެއް ނުވާ ބަސްތަކުން މި ޙަޤީޤަތް ވަރަށް ރަނގަޅަށް ސާފުވެގެންދެ އެވެ.
ފަހެ، ހަމަކަށަވަރުން ދޮގުވެރިކަމާއި ޚިޔާނާތްތެރިކަމުގެ ބަސްތަކުން މީސްތަކުންގެ ލޯތައް ކަނުކުރަން މިއަދު މަސައްކަތްކޮށް، ފަހަރެއްގައި އެކަން ޙާޞިލްވިޔަސް، އެއްވެސް ކަމެއް ވަންހަނާއެއް ނުވާނެ ދުވަހެއްގައި ދޭނެ ޖަވާބަކާމެދު ވިސްނާލުން ހުއްޓެވެ. ﷲ ވަޙީކުރައްވާފައިވެ އެވެ. يَوْمَئِذٍ تُعْرَضُونَ لَا تَخْفَىٰ مِنكُمْ خَافِيَةٌ الحاقة 18 "އެދުވަހުން (ޙިސާބު ބެއްލެވުމަށް) ތިޔަބައިމީހުން ހުށަހަޅުއްވާނެތެވެ. ތިޔަބައިމީހުންގެ އެއްވެސް ކަމެއް ވަންހަނާއެއް ނުވާނެތެވެ."
ﷲ ގެ ހަޟުރަތުގައި ކޮޅަށް ހުންނަން ޖެހޭނެކަން ހަނދާންކުރާށެވެ. ﷲ ވަޙީކުރައްވާފައިވެ އެވެ. لِيَوْمٍ عَظِيمٍ (5) يَوْمَ يَقُومُ النَّاسُ لِرَبِّ الْعَالَمِينَ المطففين 5-6 "ބޮޑުވެގެންވާ ދުވަހަކަށް އެބައިމީހުން ފޮނުއްވާނޭ ކަމުގައި އެބައިމީހުން ޔަޤީން ނުކުރަނީ ހެއްޔެވެ. އެއީ، ޢާލަމްތަކުގެ ވެރިއިލާހުގެ ޙަޟުރަތުގައި މީސްތަކުން ޤާއިމްވެ ތިބޭނެ ދުވަހެވެ."
ހަސަން މޫސާ ފިކުރީ ބުނެފައިވެ އެވެ. ""ޝަރުޢީ އުޞޫލުން ބޭރުން މީހުން ކުފުރުވެރި ކުރުމަށް، މީހުން ބިދުޢަވެރި ކުރުމަށް، މިއަދު ރިޕޯޓްތަކުން މިއަދު ތިޔަ ބޭފުޅުންނަށް ފެންނަމުން މިދާ، ޑޮޓް ފިކުރާއި އަދި ތިނަދޫ މުޙައްމަދު ހަސަންގެ އެސް. އެސް ފިކުރާ، މިއީ ޖަމުޢިއްޔަތު ސަލަފްއާ ގުޅުންހުރި ބައިބައެއް ބައެއް ނޫން. މިއަދުވެސް ތިޔަބޭފުޅުންނަށް މީޑިޔާއިން ފެނިގެންދާނެ މަކްތަބާ ސަލަފިއްޔާ، އާއި ސަލަފީ ޕޯސްޓު ތަކާއި މިއީ ޖަމުޢިއްޔަތުއް ސަލަފްގެ، 'ޢިލްމުވެރިންގެ' މަސައްކަތެއް ނޫން. މިއީ ފަރުދާގެ ފުރަގަހުގައި ފިތުނަ އުފައްދަން ކުރާ ބައެއްގެ މަސައްކަތް. އަޅުގަނޑުމެންގެ މުޖްތަމަޢުގެ ޒުވާނުންނަށް މި ދަންނަވާލަނީ! ބައްލަވާލައްވާށޭ ޝޯޝަލް މީޑިއާ. ޝޯޝަލް މީޑިއާގައި ޢިލްމުވެރިން ކުފުރުވެރިކޮށް، ޢިލްމުވެރިނަށް ހަޖޫޖަހާ، ޢިލްމުވެރިން ދެކެ ރުޅި އައިސްގެން ވާހަކަ ދައްކާ ފަރާތްތައް އެއީ ހަނގުރާމަތަކަށް ގޮވާލާ، މީސްތަކުން ކާފަރުކޮށް އަދި އެނޫންވެސް ފިތުނަވެރި ބަސްތައް ގޮވާލާ ބަޔަކީ އެފަރާތްތައް."
ތަފާތު މޭރުންތަކުން ތިޔަ ބަސްތަކަށް ޚުލާޞާކޮށް ރައްދު ދިނުމަށް ﷲ ތަޢާލާގެ ވާގިފުޅާއެކު ފަށަމެވެ.
(1) ފުރަތަމަ މޭރުމަކީ: ފިކުރީވަނީ ޙައްދުފަހަނައަޅައިފައިވާ ޑޮޓު ފިކުރާއި، ސަލަފީ ދަޢުވަތަކީ ދާދި އެކައްޗެއް ކަމުގައި ހަދައި، ބޮޑު އޮޅުވާލުމަކުން އޮޅުވާލަން މަސައްކަތްކޮށްފަ އެވެ. ހުރި އަނިޔާވެރިކަމުގެ ބޮޑު ކަމާ އެވެ. މަކްތަބާ ސަލަފިއްޔާއަށްވުރެ ބޮޑަށް ޙައްދުފަހަނައެޅުމާއި، ޓެރެރިޒަމާއި ދެކޮޅަށް މި ލޮބުވެތި ދިވެހި ދައުލަތުންވެސް މަސައްކަތް ކުރެވިފައިވާނެކަމަށް އަހަރެމެންނަށް ހިޔެއް ނުވެ އެވެ.
އެއީ އެކަމުގައި ޞައްޙަ ދީނީ ޢިލްމު ފެތުރުމާއި، ޢިލްމުވެރިންގެ ބަސްތައް ފޯރު ކޮށްދިނުމުގަ އެވެ. ޢަދުލުވެރިކަމަށް ލޯބިކުރާ ކޮންމެ މީހަަކަށް އިރު އޭގެ އަލިކަމުގައި ފާޅުވެގެންވާ ފަދައިން މި ޙަޤީޤަތް ވާނީ ފާޅުވެގެންނެވެ. އެހެނަސް ތިމާމެން ތިގޮތަށް ވާހަކަ ދައްކަން ލަދެއް ނެތުނީތީ ޙައިރާންވަމެވެ.
ޑޮޓު ފިކުރުގައި އަދިވެސް ހިފަހައްޓައިގެން ތިބުން ގާތްކުރަނީ ތިޔަބައިމީހުން ނޫން ހެއްޔެވެ؟ ޖާނުން ފިދާވުމުގެ ޙަމަލާތައް ހުއްދަވުމާއި، ސީރިޔާ ފަދަ ޤައުމުތަކުގައި ހިނގާ ދާޚިލީ ހަނގުރާމަ ތަކަށް ބާރުދިނުމާއި، ތަކްފީރީ ފިކުރުތަކުގެ އަޞްލު ބާނީން ކަމުގައިވާ ސައްޔިދު ޤުޠުބާއި، އޭނާގެ އިޚްވާނީ ފިކުރާއި އޭގެ އަހުލުވެރިންނަށް ތާއީދުކުރުން ފެނިފައިވަނީ މުޙައްމަދު ހަސަންގެ ކިބައިން ހެއްޔެވެ؟ ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި ހިނގަމުންދާ، ސައްތައިން ސައްތަ ޓެރެރިސްޓް ޙަމަލާތަކަށް ތާއީދުކޮށް، އެއަށް ބާރުއަޅާ، އެއިން ޢިބްރަތް ނަގަން ބުނަނީ ކާކުކަމާއި، ކޮން ޙައްދުފަހަނައެޅި ފިކުރަކުންކަން ޖެހިލުން ކުޑަވެ، ﷲގެ މައްޗަށް ބިރެއްނެތި ދޮގުބަސްބުނާ ތިބާއަށް ނޭގެނީ ހެއްޔެވެ؟ ނުވަތަ ދުނިޔެވީ މަޤްޞަދެއް ހޯދުމަށް ތިޔަ ޙައްދުފަހަނައަޅާފައިވާ ފިކުރުން ދޮގުހެދުން ހުއްދަވީ ހެެއްޔެވެ؟
ދިވެހި ރާއްޖޭގައި ޑޮޓް ފިކުރުގެ އޮށް އިންދައި، އެފިކުރުގެ ބާނީންނަކީ ކާކުގެ ބައްޕަކަަން، ތިބާ ދޮގު ހަދަމުން ދިޔައިރު ޓީވީ ކުރިމަތީގައިހުރެ ބުނަން ހަނދާންނެތުނީ ހެއްޔެވެ؟
މާތް ނަބިއްޔާ ﷺ ގެ ކާޓޫނު ކުރެހި މީހުންނާ ދެކޮޅަށް ހަމަލާދިން، ޚަވާރިޖު، ޑޮޓް ފިކުރު މީހުންގެ ކިބައިން ނަމޫނާ ލިބިގަންނަން ބުނެ ޓެރަރިޒަމްގެ ޢަމަލުތަކަށް ހިތްވަރު ދިނީ ކާކު ހެއްޔެވެ؟ ބައްޕަ އާއި ދަރީގެ ވައްތަރުވެފައިވާ ބޮޑު ކަމާ އެވެ.
ލިޔުން: ޓެރަރިޒަމްގެ ޢަމަލުތަކަށް އަރައިގަންނަށް ޖ.ސަލަފު ރައީސް ބާބުލް އަވާލީ ޢަބްދުﷲ ހިއްވަރު ދިނުމުން އެކަމަށް ރައްދު - الشيخ العلامة عُبَيْدُ الجَابِرِيْ حَفِظَه الله https://salafi.mv/nirubaverikama-dhekolhah/117
އާނއެކެވެ! ބައްޕަ އާއި ދަރީގެ ވައްތަރުވެފައިވާ ބޮޑު ކަމާ އެވެ. އުސާމާ ބިން ލާދިންއަކީ ޖިހާދު ކުރި މީހެއްގެ ގޮތުގައި ހަދައި، އުއްމަތަށް އެއީ ހެޔޮ މީހެއް ކަމުގައި ދެއްކީ ކާކުގެ ރަޙްމަތްތެރިންކަންވެސް ތިބާ ހަނދާނުން އެއްކިބާވީ ހެއްޔެވެ؟
ތިބާ ޙައްދުފަހަނައަޅައިފައިވާ ފިކުރު ތިކިޔަނީ ކޮންއެއްޗަކަށް ހެއްޔެވެ؟ ބުއްދި ފިލާފައިހުރި މީހެެއްތޯ ނުވަތަ ތިބާ ހުރީ ހަމަ ބުއްދީގައިތޯވެސް ސުވާލު އުފެދޭ ޙާލުގައި ވެ އެވެ.
ލިޔުން: ޖާނުން ފިދާވެ ބޮންގޮންވުން ޖ.ސަލަފު އާދާމް ޝަމީމް އަދި އާދަމް ނިޝާން ހަލާލު ކުރުމުން އެއަށް ރައްދު - العَلاَّمة الشَّيخ صَالح الفَوْزان حفظه الله ،الإِمَامُ العَلاَّمة عَبد العَزِيز بن عبْدُ الله بن بَاز رحمه الله https://salafi.mv/bida/suicide-bombing/519
![]() |
ލިޔުން: ސަފީރުން މެރުމުން ޖަމްޢިއްޔަތުއް ސަލަފު ފިކުރު މީހުން އެކަމުގެ މައްޗަށް އުފާ ފާޅުކުރުމުން އެއަށް ދިން ރައްދު (هيئة كبار العلماء السعودية ގެ ފަތުވާއެކު) https://salafi.mv/nirubaverikama-dhekolhah/574
މިއީ ހައްތަހާވެސް ތިޔަބައިމީހުން ޑޮޓް ފިކުރާ ގާތްކޮށްދޭ، ގާތް ކުރުވާ އިރުފަދައިން ފެންނަ ހެކިތަކެވެ.
ދެންފަހެ، ޑޮޓް ފިކުރަށް މަގުފަހިވާގޮތަށް މުޙައްމަދު ޙަސަން ދެއްކި އެއްވެސް ވާހަކައެއް ނިކަން ގެނެސްދީ ބަލާށެވެ. قُلْ هَاتُوا بُرْهَانَكُمْ إِن كُنتُمْ صَادِقِينَ البقرة 111 "ތިޔަބައިމީހުން ތެދުބުނާ ބަޔަކު ކަމުގައިވަނީނަމަ، ތިޔަބައިމީހުން އެކަމަށް ދަލީލު ގެންނާށެވެ."
ދެން ނިކަން ޑޮޓު ފިކުރާ ދެކޮޅަށް މުޙައްމަދު ޙަސަން އަދި މުޙައްމަދު ޙަސަންގެ އަޚުންތައް މަކްތަބާ ސަލަފިއްޔާގެ ވެބް ސައިޓްގައި ކޮށްފައިހުރި މަސައްކަތާއި ތިމީހުން ކޮށްފައިހުރި މަސައްކަތް އަޅާކިޔާލަން ކެރޭނެ ހެއްޔެވެ؟ ގާތްކުރާ މިންވަރަށްވެސް ތިޔަމީހުންގެ މަސައްކަތެއް ނުހުންނާނެ އެވެ. ނޫނީ ISIS އާއި ޓެރެރިޒަމާ ދެކޮޅު ހަރަކާތްތަކުގައި ތިޔަބައިމީހުންގެ ވާހަކަތައް ތިރިގައިވާ ޕޯސްޓުތަކުން ފެންނަ ފަދައިން އެކިފަހަރު އެކިގޮތްތައް ބަދަލުވަމުން ނުދޭ ހެެއްޔެވެ؟
ހައްދުފަހަނައެޅި ޖަމާޢަތްތަކާއި ދެކޮޅަށް މުޙައްމަދު ޙަސަން އަދި މަކްތަބާ ސަލަފިއްޔާއިން ނެރެފައިވާ ލިޔުންތައް:
1. މި ޒަމާނުހެ ހަރުކަށި ފިކުރުގެ މައި ޖަމާޢަތް ކަމުގައިވި އިޚްވާނުލް މުސްލިމީން ދެކޮޅަށް (52 ލިޔުން) https://salafi.mv/groups-parties/muslimbrotherhood
2. އަލް-ޤާއިދާ ޖަމާޢަތާ ދެކޮޅަށް (17 ލިޔުން) https://salafi.mv/groups-parties/alqaida
3. އައިއެސްއައިއެސް ދެކޮޅަށް (27 ލިޔުން) https://salafi.mv/groups-parties/isis
4. ޖަބަހަތުއް ނުޞްރާ ދެކޮޅަށް (5 ލިޔުން) https://salafi.mv/groups-parties/nusrafront
5. ބޯކޯ ހަރާމް ދެކޮޅަށް (2 ލިޔުން) https://salafi.mv/groups-parties/bokoharam
6. ހަމާސް ޖަމާޢަތާ ދެކޮޅަށް (5 ލިޔުން) https://salafi.mv/groups-parties/hamas
7. ރާއްޖޭގެ އަލް-ޤާއިދާ ޑޮޓުންނާ ދެކޮޅަށް (14 ލިޔުން) https://salafi.mv/groups-parties/dots
ހައްދު ފަހަނަ އެޅި ހަރުކަށި ނިރުބަވެރި އިމާމުންނާ ދެކޮޅަށް ނެރެފައިވާ ލިޔުންތައް:
1. ސައްޔިދު ޤުތުބް (16 ލިޔުން) https://salafi.mv/biduaverin-hawaanfsuge-ahluverin/qutb
2. އުސާމާ ބިން ލާދިން (8 ލިޔުން) https://salafi.mv/biduaverin-hawaanfsuge-ahluverin/usamabilladin
3. އަބޫ ބަކުރު ބަޣުދާދީ (3 ލިޔުން) https://salafi.mv/biduaverin-hawaanfsuge-ahluverin/165
4. ރާއްޖޭގެ އަލް-ޤާއިދާ ޑޮޓު އަލީ ޖަލީލު (3 ލިޔުން) https://salafi.mv/biduaverin-hawaanfsuge-ahluverin/takfiri-ali-jaleel
5. ރާއްޖޭގައި ތަކްފީރީ އޮށް އިންދި ބާބުލް އަވާލީ މުޙައްމަދު އިބްރާޙިމް (ސަލަފް ޢަބްދުﷲ ގެ ބައްޕަ) (1 ލިޔުން) https://salafi.mv/groups-parties/dots/549
ހަރުކަށި ނިރުބަވެރި ފިކުރުތަކާއި ދެކޮޅަށް ނެރެފައިވާ ލިޔުންނަށްތައް:
1. ނިރުބަވެރިކަމާ ދެކޮޅަށް (32 ލިޔުން) https://salafi.mv/nirubaverikama-dhekolhah
2. ޖާނުން ފިދާވުމުގެ ހަމަލާ ދެކޮޅަށް (9 ލިޔުން) https://salafi.mv/bida/suicide-bombing
3. ހައްޤަކާއި ނުލައި ކާފަރު ކުރުމާ ދެކޮޅަށް (33 ލިޔުން) https://salafi.mv/sects/takafiris
4. ޚަވާރިޖުންނާއި ދެކޮޅަށް (52 ލިޔުން) https://salafi.mv/sects/kharajites
5. ހައްޤަކާއި ނުލައި ބިދުޢަވެރިކުރުމާ ދެކޮޅަށް (5 ލިޔުން) https://salafi.mv/aqeeda-manhaj/tabdee
އެންމެ ފުރަތަމަ ދުވަހުން ފަށައިގެން މިއަދާ ހަމައަށްވެސް މުޙައްމަދު ހަސަން މިހުރީ ސާބިތުކަންމަތީގަ އެވެ. ވުމާއެކު، މިހިސާބުން ތުހުމަތުކުރި ޑޮޓް ފިކުރުން މުޙައްމަދު ހަސަން ބަރީއަވެގެންވާ މިންވަރާއި އަދި އޭގައި ތިމާމެން އަމިއްލައަށް ހޭކިފައިވާ މިންވަރު ސާފުވާނެކަމަށް އުއްމީދު ކުރަމެވެ.
(2) ދެވަނަ މޭރުމަކީ: ސަލަފީންނަކީ މީހުން ކުށްވެރިކޮށް އަދި މީހުން ބިދުޢަވެރިކުރުމަށް މަސައްކަތްކުރާ ބައެއްކަން ސިފަކުރުމަށް ހަސަން ފިކުރީ ކޮށްފައިވާ މަސައްކަތަކީ ކަނޑައެޅިގެން ބޮޑުވެގެންވާ ދޮގެކެވެ. ތިޔަ ސިފަތަކާ އެންމެ ނުރުހުންވެގެންވާ ބަޔަކީ ސަލަފީންނެވެ. ބޭރުފުށުން ތިމާމެން ކޮށްފައިވާ ޢަމަލުތަކުންމިފަދަ ރޫޙެއް ހުންނަނީ ޚުދު ތިމާމެންގެ އަމިއްލަ ނަފްސުގައިކަން ވަރަށް ސާފެވެ. އެކަން ތަފްސީލު ކުރުމުގެ ގޮތުން ބުނަމެވެ. ISIS އާދެކޮޅަށް ހަނގުރާމަ ކުރުމަށް އިސްލާމީ ދަޥްލަތްތަކުން ކޯލީޝަން ހެދުމުން އެދަޥްލަތްތަކުގެ މައްޗަށް ކުފުރުގެ ޙުކުމްޖެހީ ކާކު ހެއްޔެވެ؟
ލިޔުން: ސަޢުދީ އަދި މުސްލިމް ދަޥްލަތްތަކުން އެމެރިކާ އެކު އައި.އެސް އަލް-ޤާއިދާ (ޓެރަރިޒަމް) އާއި ދެކޮޅަށް ނުކުތުމުން އެ ދަޥްލަތަކަށް ކުފުރުގެ ޙުކުމްޖަހައި ސަލަފު އާދަމް ޝަމީމް އަދި އާދަމް ނިޝާން ޖެހުމުން އެއަށް ރައްދު https://salafi.mv/nirubaverikama-dhekolhah/296
ޙައިރާން ނުވޭ ހެއްޔެވެ؟ ޚަވާރިޖުން، ޙައްދުފަހަނައަޅައިފައިވާ ޖަމާޢަތާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ކޮލީޝަން ހެދުން އެއީ ކާފަރުވުންބާ އެވެ؟ ޙައްދުފަހަނަ އެޅުމާއި، ލޭއޮހޮރުވުމާއި، މަޢުޞޫމް މީހުން މަރައި، މުޖުތަމަޢުތައް ބިރުވެރި ޙާލަތަށް ގެންދާ މުޅި އުއްމަތް އެއީ ޚަވާރިޖުންކަމަށް އިއްތިފާޤުވެވަޑައިގެންފައިވާ ބަޔަކާއި ދެކޮޅަށް ހަނގުރާމަ ކުރުން އެއީ ކާފަރުވުން ކަމުގައިވެއްޖެ ބައެއްގެ ފިކުރަކީ ކޮބައި ހެއްޔެވެ؟ ފިކުރީ ތިޔަ ގޮވާ ޙައްދުފަހަނަ އަޅައިފައިވާ ބަޔަކީ ހަމަ ތިޔަ ފިކުރު ނޫން ކޮން ފިކުރެއް ހެއްޔެވެ؟
އެއް އިރެއްގައި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މައުމޫން ޢަބްދުލް ޤައްޔޫމް އަކީ ކާފަރެއްކަން ކަނޑައެޅީ ކާކު ހެއްޔެވެ؟ ކުފުރުގެ ޢަމަލުތަކާއި ކުފުރުގެ ޢަމަލު ކުރާ މީހާ މި ދެކަންތައް ވަކިނުކޮށްމުޖުތަމަޢުގައި ފިތުނަ ފަސާދަ އުފެދޭގޮތަށް ވާހަކަ ދައްކާފައިވަނީ ކާކު ހެއްޔެވެ؟ މިއާ ޚިލާފަށް މުޙައްމަދު ހަސަނުގެ ދަރުސްތަކުން ފެންނަން ހުންނާނީ ތަފްސީލުކޮށް ކުފުރު ކުރުމާއި، އިޖްމާލީ ގޮތުން ކުފުރެެއް ކަމުގައި ބުނުން މިކަންތައް ވަކިކޮށް، ކާފަރު ކުޅައުމުގައި ޢިލްމުވެރިން ކަނޑައަޅުއްވާފައިވާ ޝަރުޠު ތަކާއި، ޤަވާޢިދުތައް ބަޔާންކޮށް އެކަމުގެ ތަފްޞީލުތައްކަން ޢަދުލުވެރިކަމާ އެކު ހޯދާބަލައިލި ކޮންެމެ މީހަކަށް ފެންނާނެ އެވެ
.
ސިޔާސީ މަޤްޞަދަށްޓަކައި ފަލަސްޠީނުގައި މުސްލިމުން ފިދާ ކުރަމުންދާ އިޚްވާނީ ޙަމާސް ޖަމާޢަތަށް މުޙައްމަދު ހަސަން ރައްދެއް ލިޔުމުން އެއީ ނިފާޤުގެ ޢަމަލެއްކަމުގައި ޞިފަކޮށް ޝޯޝަލް މީޑިޔާގައި ހަލޭއްލެވީ ކޮންބައެއް ހެެއްޔެވެ؟
މިފަދަ ބަސްތައް ނަގައިގެން، ޖަމްޢިއްޔަތުއް ސަލަފުގެ ބެރުތަކަށް ނަށާ ޒުވާންކުދިން މުޙައްމަދު ޙަސަން ދިމާލަށް ތިއީ މުނާފިޤެކޭ ބުނެ ގޮވިއެވެ. މިއީ ތިމާމެން ތިމާމެންގެ ޖަމާޢަތް ތަރުބިއްޔަތު ކުރާ ގޮތެވެ. މި ފެންނަނީ ހެއްކެވެ. މި ލިޔުން ލިޔުނު މީހާގެ އެ ބަސް މުޙައްމަދު ޙަސަން އަށް ރައްދުވުމުގެ ކުރިން އެ ރައްދުވަނީ ޙަމާސް ޖަމާޢާތާ މެދު އިންޒާރުދެއްވި ޢިލްމުވެރިންނަށެވެ. މުޙައްމަދު ޙަސަން ކުރި ހަމައެކަނި ކަމަކީ ޢިލްމުވެރިންގެ ބަސް ނަޤުލުކުރުމެވެ. |
|
ކަނާތްފަރާތުގައި އެވަނީ މުޙައްމަދު ޠައްޔިބު ކުރި ޓްވީޓެކެވެ. އޭގައި އޭނާ ލިޔެފައި އެވަނީ "ޣައްޒާގެ މުސްލިމުންނާއި ހަނގުރާމަކުރުމަށް ޔަހޫދީންނާއެކު އެސް.އެސް ޖަމާޢަތުން ވެސް ބައިވެރި ވެއްޖެ" މިހެނެވެ. އަދި އެބަސްތަކާއެކު ޙަމާސްޖަމާއަތަކީ އިޚްވާނުލް މުސްލިމީންގެ ފިޔައެއްކަން ބަޔާންކޮށްދިނުމަށް الشّيخ مقبل -رحمه الله- ގެ ބަސްކޮޅެއް މުޙައްމަދު ޙަސަން ތަރުޖަމާކުރުމުން އެ ފޮޓޯ ޖަހާފައި ވެއެވެ. نعوذ بالله! މިފަދަ ތުހުމަތްތައް ކުރުމަކީ މިއީ ހައްދުފަހަނައަޅައި ދިޔުން ނޫން އެހެން ކޯންޗެއް ހެއްޔެވެ؟ ޢިލްމުވެރިން އެ ދެކިލައްވާގޮތަށް ޙަމާސްޖަމާޢަަތާމެދު ދެކޭ މީހުންނަކީ ޔަހޫދީންނަށް އެއްބާރުލުންދޭ ބައެއްކަމުގައި ދެއްކުމުން، ޒުވާނުން ވަޅި ހިފައިގެން ޔަހޫދިންނާ އެއްބާރުލުންދޭ މީހުން މަރަން ނުކުތުމުން، އެއީ ޓެރަރިޒަމް ނޫން ހެއްޔެވެ؟ ނިކަން ބަލައިބަލާށެވެ! އެ ޓްވީޓަށް ޖަވާބުދެމުން ތިބާގެ ގާތް ބައިވެރިޔާ ބުނެފައިވާ ބަސްތަކުން އެ ފިކުރަކީ އެއީ ބިދުޢަވެރި ފިކުރެއް ކަމުގައި ބުނާކަން ދޭހަނުވޭ ހެއްޔެވެ؟ الشّيخ مقبل -رحمه الله- އާއި އަދި އެގޮތަށް ދެކިލައްވާ އެހެން ޢިލްމުވެރިންނާއި މީސްމީހުންނަކީ އެއީ ބިދުޢަވެރިވެފައިވާ 72 ބައިގަނޑު ކަމުގައި ހަދާފައިވާކަން ދޭހަ ނުވޭ ހެއްޔެވެ؟ ބިދުޢަވެރިކުރުމުގައި ޙައްދުފަހަނައަޅައި ދިޔުމަކީ މިއީ ނޫން ހެއްޔެވެ؟ ޢިލްމުވެރިންނާއި އެބޭކަލުން ވިދާޅުވާގޮތަށް ވިދާޅުވާ މީހުން، ތިމާމެން ދެކޭ ގޮތާ ޚިލާފްވާތީ ބިދުޢަވެރި 72 ބަޔަށް ފައްތާލުމެވެ. | ![]() |
މި ބަސްތައް މިއީ މުޙައްމަދު ޙަސަން އަށް ނިސްބަތްކޮށްގެން ދައްކާފައިވާ ވާހަކަތަކެއް ކަމަށް އަޙްމަދު ސަމީރުގެ އަޢުވާނުން ދަނީ ކިޔަމުންނެވެ. އަދި މިބަސްތައް ރައްދުކުރީ މުޙައްމަދު ޙަސަން އަށް ކަމާއިމެދު މިކަންކަން ދަންނަ މީހަކު އިންކާރެއްވެސް ނުކުރާނެއެވެ. |
|
ކާފަރު ކުރުމުގެ ރޫޙު މުޙައްމަދު ޙަސަންގެ ހަށިގަނޑުގައި ހުރެގެން މުޙައްމަދު ޙަސަން ދެއްކި އެންމެ ބަހެއް ނިކަން ގެނެސްދީ ބަލާށެވެ. ތިޔައީ ކޮންފަދަބޮޑު ދޮގުވެރިއެއް ހެއްޔެވެ؟ الله المستعان!
ތިޔައީ ޢިލްމުވެރިންނެއް ނޫނެވެ. އެހެނަސް ޢިލްމުގެ އަހުލުވެރިންނަށް ރުޖޫޢަވާންޖެހޭ ބައެކެވެ. އެހެނަސް ޙަޤީޤީ ޢިލްމުވެރިންނަށް ބަދުބަސް ބުނުމާއި، އެއްޗެހި ކިޔައި، ޢިލްމުވެރިން ބިދުޢަވެރިކޮށް، ސުންނަތުން ބޭރުކުރުމަކީ ތިޔަ ފިކުރުގެ ސިފައެކެވެ. އެހިނދު އުއްމަތުގެ ޙާލަތު އޮންނާނީ ކޮންފަދަ ޙައްދުފަހަނަ އަޅައިފައިވާ ޙާލަތެއްގައި ހެއްޔެވެ؟
ޢިލްމުވެރިން ބިދުޢަވެރި ކުރުމާއި، ޢިލްމުވެރިންނަށް ބަދުބަސް ބުނުމުގައި ތިޔަ ފިކުރު (ޖޭ.އެސް ފިކުރުގެ) ބައިގަނޑުގެ ޢަމަލާއި ބަސްތަކުގެ ތެރެއިން އޮށްޓަރެއްގެ މިންވަރު، ތިބައިގަނޑުގެ ޙަޤީޤަތް ހޯދާ މީހަކަށް ބަޔާންވެ ދިއުމަށް މިތަނުގައި އިޝާރާތެއް ކޮށްލަމެވެ.
ފަހުގެ ދުވަސްތަކުގައި މި އުއްމަތް ދޫކުރެއްވި ޝެއިޚުލް އިސްލާމުންގެ މަޤާމުގައި ތިއްބެވި އިމާމުން ކަމުގައިވާ الإمَام الأَلبَانِي، الإمَام ابن بَاز، الإمام العُثَيمِين އަދި الإِمَام مُقْبِل رحمه الله ދުނިޔެ ދޫކުރެއްވިހިނދު އެބޭކަލުންނަށް ފަހުގައި ޢިލްމުގައި ދެވަނައެއް ނުވާފަދަ ބޭކަލެއްގެ ގޮތުގައި ނުހަނު ރިވެތިވެގެންވާ ބަސްފުޅުތަކާ އެކުގައި ދޫކުރެއްވި ޢިލްމުވެރިޔަކީ މިއަދު މަދީނާއި ދިރިއުޅުއްވަމުން ގެންދާ الإِمَام رَبِيع بن هَادِي المَدخَلِي (އައްޝެއިޚް ރަބީޢު) حفظه الله އެވެ. މި ޢިލްމުވެރިޔާއަށް އެހެނިހެން ޢިލްމުވެރިން ދެއްވާފައިވާ ތަޒްކިޔާތަކުގެ ތެރޭގައި:
الإِمام الشَّيخ رَبِيع حفظه الله އަރިހުން سماحة الشيخ عبد العزيز بن باز رحمه الله އެދިވަޑައިގަންނަވަނީ ﷲ ގެ ސިފަފުޅުތައް ތައުވީލުކުރާ މީހުންނަށް ރައްދުދެއްވުމަށް އަދި އެކަމުގެ އަޖުރު އަދި ޘަވާބު ﷲ ގެ ހަޟުރަތުން ލިބުމަށް އުއްމީދު ކުރުމަށް
العلامة محمد بن صالح العثيمين رحمه الله الشَّيخ رَبِيع حفظه الله އަށް ޘަނާގެ ބަސްފުޅު ވިދާޅުވެ ބަޔާންކުރައްވާ އެވެ. ”الشَّيخ رَبِيع އަހަރެން ވަރަށް ރަނގަަޅަށް ދަންނަމެވެ. އަދި އެއީ އަހަރެންގެ ގާތުގައި ޘިޤާއެކެވެ. “
الأَلبَاني رحمه الله ވިދާޅުވެފައިވެ އެވެ. ”ތިބާ (ޝެއިޚް ރަބީ) ސައްޔިދު ޤުޠުބްއަށް ދެއްވާފައިވާ އެންމެހައި ރައްދުތަކަކީ ޙައްޤު ރައްދުތަކެވެ. ފަހެ ކޮންމެ މުސްލިމަކަށް މިއިން ބަޔާންވެގެންވަނީ ސައްޔިދު ޤުޠުބަކީ އިސްލާމްދީނުގެ އުޞޫލްތައް އަދި ފަރުޢީ ކަންތައްތައް ރޯފިލައިފައިވާ މީހެއް ނޫން މެވެ.“
الإمام الأَلبَاني ވިދާޅުވެފައިވެ އެވެ.” الشَّيخ رَبِيع އަދި الشَّيخ مقبِل އަށް ކުޑައިމީސް ބަސްތައް ބުނާނީ ޖާހިލެއް ނުވަތަ ހަވާނަފްސުގެ އަހުލުވެރިއެކެވެ.“
الإِمَام العَلاَّمَة الأَلْبَانِي رحمه الله ވިދާޅުވެފައިވެ އެވެ. ”ޚުލާޞާކޮށް އަހަރެން ބުނަމެވެ. މިއަދު، މި ޒަމާނުގައި ޖަރަޙް ވައް ތަޢްދީލު ގެ ދިދަ އުފުއްލަވައި، އެކަމުގައި ޙައްޤުގޮތުގައި ޤާއިމްވެގެންވާ ފަރާތަކީ އަހަރެމެންގެ އަޚް ޑޮކްޓަރ ރަބީޢު ބިން ހާދީ އަލް-މަދްޚަލީ އެވެ. (ރަބީޢު) އަށް ރައްދުދޭ މީހުންނަކީ، އެއްވެސް ޙާލެއްގައި އެއްވެސް ގޮތަކަށް ޢިލްމުގެ މަތީގައި ރައްދުދޭ ބައެއް ނޫނެވެ.“
މި އިމާމް، ޢިލްމުވެރިޔާ، މިއަދުވެސް ދުނިޔެމަތީގައި ތިއްބެވި ސުންނަތުގެ އެންމެހައި ބޭފުޅުންގެ ފަރާތުން ޤަދަރާއި، އިޚްތިރާމް ލިބިވަޑައިގެންވާ ސުންނަތާ، ސަލަފީ އިމާމެއްގެ ގޮތުގައިވާ ޢިލްމުވެރިޔާއަށް ނިޞްބަތްކޮށް ޙަސަންފިކުރީގެ ފިކުރުގެ ބައިގަނޑުގެ ތެރޭގައިވާ "ޠޮއްޔިބު" މި އިމާމްއަށް ބަދުބަސް ބުނެ، ސުންނަތުން ބޭރުކޮށްފައިވާ ތަން ފިކުރީ ލޮލަށް ނުފެންނަނީ ހެއްްޔެވެ؟ ޢިލްމުވެރިންނަށް ބަދުބަސް ބުނަނީ ކޮންބައެއްތޯ އެވެ؟ ޙައްދުފަހަނައަޅައިފައިވާ ފިކުރު އޮތީ ކޮންތާކު ތޯ އެވެ؟ ޝޯޝަލް މީޑިޔާގެ ޤުރޫޕެއްގައި ސުންނަތުގެ އަހުލުވެރިންގެ މައްޗަށް ޙަސަދަ އާއި ނަފްރަތުން ފުރިގެންވާ އެބައިމީހުންގެ ބައިގަނޑުގެ އަހުލުވެރިއަކު ޝެއިޚް ރަބީޢުގެ ފޮޓޯޖަހައި ޝެއިޚް އަކީ ބޮޑު ދޮގުވެރިއެއް ކަމުގައި، ޢަރަބިބަހުން ބާޠިލްފަތުރާ އަހުލުވެރިއެއްކަމުގައި ބުނުމުން މުޙައްމަދު ޠޮއްޔިބު އެއަށް ހިތްވަރުދީ މިފަދައިން ލިޔެފައިވެ އެވެ.
(3) ތިންވަނަ މޭރުމަކީ: މުޙައްމަދު ޙަސަނަކީ ނުޙައްޤުން ބިދުޢަވެރިކުރާ މީހެއްކަން ދައްކަން މަސައްކަތް ކުރުމެވެ. ބައެއްގެ މަގުފުރެދުންތައް ބަޔާންކޮށް ރައްދު ދިނުމަކީ، ބިދުޢަވެރި ކުރުން ލާޒިމްކުރާ ކަމެއް ނޫނެވެ.
ހަމައެފަދައިން ﷲ އަށްޓަކައި ހަޖުރު ކުރެވޭ ކޮންމެ ބަޔަކީ ބިދުޢަވެރިން ކަމުގައިވާތީ ހަޖުރު ކުރެވޭ ބައެއްކަމުގައިވުން ލާޒިމެއް ނުކުރެވެ އެވެ. މުޙައްމަދު ޙަސަނަކީ އަމިއްލަ ނަފްސަށް މީހުންގެ މައްޗަށް ބިދުޢަވެރިން ކަމުގައި ޙުކުމްޖަހަން ކުރިމަތިލާފައިވާ މީހެއް ނޫނެވެ. އެހެނީ އެކަންކަމުގައި، ރުޖޫޢަވާން ޖެހޭނީ ޢިލްމުވެރިން ކަމުގައި ވާތީ އެވެ. އެހެންކަމުން ޢިލްމީ ރައްދުތައް ލިޔާތީ ނުވަތަ ސަލަފުއް ޞާލިޙުންގެ މަންހަޖާ ޚިލާފަށް ތިޔަބައިގަނޑު ކުރާ ކަންތައްތަކުގައި އެއްގަލަަށް ނާރައި، ދެކޮޅަށް ވާހަކަ ދައްކާތީ މުޙައްމަދު ޙަސަނާ ދިމާލަށް ކޮންމެ އެއްޗެކޭ ބުންޏަސް ފަރުވާލެއް ނެތެވެ. އެހެނީ، އަހަރެމެން މިކަންތައްތައް ކުރަނީ ވަރަށްވެސް މަތިވެރި ޝިޢާރު ތަކެއްގަ އެވެ.
އެގޮތުން އެއީ އިސްލާމީ އުންމަތަށް ދެވޭ ނަސޭހަތެކެވެ. ފަހެ ދީނަކީ ނަސޭހަތެއްކަން تميم الداري رضي الله عنه ގެ (الدّين النّصيحة) މި ހަދީޘުން ޘާބިތުވެގެން ދެއެވެ. ހަމައެފަދައިން އެކަންވަނީ ހެޔޮ ކަންތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީ ކުރުމުގެ މަތިވެރި ޝިއާރުގެ ތެރެއިންނެވެ. لُعِنَ الَّذِينَ كَفَرُوا مِن بَنِي إِسْرَائِيلَ عَلَىٰ لِسَانِ دَاوُودَ وَعِيسَى ابْنِ مَرْيَمَ ۚ ذَٰلِكَ بِمَا عَصَوا وَّكَانُوا يَعْتَدُونَ (78) كَانُوا لَا يَتَنَاهَوْنَ عَن مُّنكَرٍ فَعَلُوهُ ۚ لَبِئْسَ مَا كَانُوا يَفْعَلُونَ المائدة 78-79 "إسرائيل ގެދަރިންގެ ތެރެއިން، كافر ވި މީހުންނަށް، داود ގެފާނާއި، مريم ގެފާނުގެ ދަރިކަލުން عيسى ގެފާނުގެ ދޫފުޅުމަތިން لعنة ލައްވާފައިވެ އެވެ. އެއީ އެއުރެން އުރެދުނު ކަމަށްޓަކައެވެ. އަދި އުރެދުމުގައި ހައްދުފަހަނަޅައިދާކަމުގައި އެއުރެން ވީކަމަށްޓަކައެވެ. އެބައިމީހުން ކުޅަ ނުބައިކަންތައް، އެއްބަޔަކު އަނެއްބަޔަކަށް ނަހީކޮށެއް ނުއުޅެތެވެ. އެއުރެން ކޮށްއުޅުނު ކަންތަކުގެ ނުބައިކަމާއެވެ."
ހަމަ އެފަދައިން އެކަން ވަނީ ޢިލްމު ފޮރުވުމަކާއި ނުލައި އެ ޢިލްމު މީސްތަކުންނަށް ފޯރުކޮށްދިނުމުގައި އަމާނާތްތެރިވުމުގެ މަތިވެރި ޝިއާރުގެ ތެރެއިންނެވެ. إِنَّ الَّذِينَ يَكْتُمُونَ مَا أَنْزَلْنَا مِنَ الْبَيِّنَاتِ وَالْهُدَىٰ مِنْ بَعْدِ مَا بَيَّنَّاهُ لِلنَّاسِ فِي الْكِتَابِ ۙ أُولَٰئِكَ يَلْعَنُهُمُ اللَّهُ وَيَلْعَنُهُمُ اللَّاعِنُونَ البقرة 159 "ހަމަކަށަވަރުން ބަޔާންވެގެންވާ ހެކިތަކާއި ތެދުމަގުގެ ތެރެއިން ތިމަން އިލާހުގެ ބާވައިލެއްވި ތަކެތި މީސްތަކުންނަށް ތިމަންއިލާހު އެފޮތުގައި ބަޔާންކޮށް ދެއްވުމަށްފަހު، އެތަކެތި ވަންހަނާކުރާ މީހުން (ދަންނާށެވެ!) އެބައިމީހުންނަށް اللَّه، لعنة ލައްވާނެތެވެ. އަދި لعنة ދޭ މީހުންވެސް އެއުރެންނަށް لعنة ދޭނެތެވެ."
ހަމައެފަދައިން އެކަން ވަނީ ބާތިލުގެ މައްޗަށް ހަނު ހުރުމުގެ ބަދަލުގައި ޙައްޤުބަސް ބުނުމުގެ މަތިވެރި ހިތްވަރާއި ޢަޒުމުގެ މާތްވެގެންވާ ޝިއާރުގެ ތެރެއިންނެވެ. ހަމަ އެފަދައިން އެހެން ހުރިހާ ކަމެއްގެ މައްޗަށް اللَّه ތަޢާލާ ގެ ދީނުގައިވާ ހައްޤުގޮތް ވަކި ބައެއްގެ މަސްލަހަތަށް ބެލުމެއްނެތި ހާމަކުރުމުގެ މަތިވެރި ޝިއާރުގެ ތެރެއިންވެސް މެއެވެ.
ޙައްޤަކާ ނުލައި ބޮޑެތި ޢިލްމުވެރިން ބިދުޢަވެރިން ގޮތުގައިހަދައި، ޤަދަރާއި އިޚްތިރާމް ނަގާފައިވަނީ ކޮންފިކުރެއްގެ އަހުލުވެރިންކަން ކުރީގެ ޞަފްޙާގައި ފެންނަން އެއޮތީ އެވެ؟
ލިޔުން: أبو أنس محمد حسن حفظه الله ގެ މައްޗަށް ފޯކައިދޫ އަޙުމަދު ސަމީރު ލިޔެ ފަތުރަމުން ގެންދާ "އިރުޝާދުގެ ސިޓީ" ތަކަށް ދެވޭ ރައްދުތައް (1) : ޝެއިޚް ޢަބްދުލް މުޙްސިން އަލްޢައްބާދް حَفِظَهُ الله އާއި މެދު ދައްކާފައިވާ ވާހަކަތައް - https://salafi.mv/salafiliyun/868
ލިޔުން: أبو أنس محمد حسن حفظه الله ގެ މައްޗަށް ފޯކައިދޫ އަޙުމަދު ސަމީރު ލިޔެ ފަތުރަމުން ގެންދާ "އިރުޝާދުގެ ސިޓީ" ތަކަށް ދެވޭ ރައްދުތައް (2) : فلسطين ގެ މައްސަލައާއި މެދު އަޙްމަދު ސަމީރު ލިޔެފައިވާ ބަސްތަކާއި ގުޅޭ - https://salafi.mv/salafiliyun/871
(4) ހަތަރުވަނަ މޭރުމަކީ: ތިމާމެންނަކީ "ޢިލްމުވެރިންކަމާއި" އަދި މުޙައްމަދު ޙަސަނަކީ "ޢިލްމުވެރިންނަށް" ހަޖޫޖަހާ އަދި ޢިލްމުވެރިންނާ މެދުގައި ރުޅިވެރިކަން އުފައްދަން މަސައްކަތްކުރާ މީހެއްކަމުގައި ދައްކާ އޮޅުވާލުމަށް މަސައްކަތް ކުރުމެވެ. ޙަސަންފިކުރީ ތިމާގެ ފެންވަރަކީ ކޮބައިކަން އޮޅިގެން ނުދިއުމަށް ނަޞޭޙަތްތެރިވަމެވެ. އިލްތިމާސް ކުރަމެވެ. ޙަސަން ފިކުރީއަށް ރައްބާނީ ބޮޑެތި ޢިލްމުވެރިންނަކީ ކޮބައިކަމާއި، ރުޖޫޢަވާންޖެހޭނީ ކޮންބަޔަކަށްކަން ނޭނގޭނަމަ ވާނީވެސް ތިހެންނެވެ. އެހެންކަމުން، ރައްބާނީ ޢިލްމުވެރިންނަކީ ކޮންބައެއް ކަމާއި، އެބައިމީހުންގެ ސިފަތަކާއި އަދި މިހާރު އުއްމަތުގައި ތިއްބެވި އެފަދަ ބޮޑެތި ޢިލްމުވެރިންގެ ނަންތަކާއި، މިހުރިހައި އެއްޗެއް އުނގެނި، ދަސްކޮށް އެ ޢިލްމުވެރިންގެ ބަސްފުޅުތަކުގެ މައްޗަށް ތަރުބިއްޔަތުވުމަށް ނަޞޭހަތްތެރިވަމެވެ.
(5) ފަސްވަނަ މޭރުމަކީ: ފިކުރީ ބުނާގޮތަށް، ފިކުރީ މެންނަކީ ޢިލްމުވެރިންކަމުގައި ހަދައިފައި، ޢިލްމުވެރިންނަށް މަލާމަތްކުރަން މުޙައްމަދު ޙަސަނު ކުރީ ކޮންކަމެއް ހެެއްޔެވެ؟
ތިތަނުގެ މުރާދަކީ ޢިލްމީ ގޮތުން ރައްދުދީ އިންކާރު ކުރުން ކަމުގައިވާނަމަ، އޭގެ ޖަވާބު ތިންވަނަ މޭރުމުގައިވާނީ ޛިކުރުކޮށްފަ އެވެ. އެނޫން މާނައެއްގައިނަމަ ބުނަމެވެ. މުޖުތަމަޢުގައި މުޙައްމަދު ޙަސަން އާއި ނަފްރަތު އުފެއްދުމަށްޓަކައި SS ފިކުރުގެ ޕޭޖްތައް ހަދައި މުޙައްމަދު ޙަސަން އެކިއެކި ޞޫރަތަކަށް ހަދައި، ރަސްގެލައި، މި ނޫންވެސް އެތައް މުޑުދާރުޢަމަލުތައް ހިންގަމުން ދާއިރުވެސް، ތަޘައްބުތު ކުރުމަކާ ނުލައި، އޭގެ ޒިންމާ ވަކި ފަރުދެއްގެ ބޮލުގައި މުޙައްމަދު ޙަސަން ނާޅުވާ ފަދައިން މުޙައްމަދު ހަސަންގެ ބޮލުގައިވެސް ފާޑުފާޑުގެ އިލްޒާމް ނާޅުވާށެވެ. އަހަރުމެންނަށްވެސް މިފަދަ މުޑުދާރު ޢަމަލުތަކުގެ ފަހަތުގައި ޖޭ.އެސް ފިކުރުގެ އަތެއް ޖުމްލަގޮތުގައި ނޯވެ ނުދާނެކަމަށް ތުހުމަތު ކުރެވިދާނެ އެވެ. ފަހެ، ﷲ ގެ ވާގިފުޅާ މިންވަރު ފުޅުން ރައްދު ދިނުމުގައިވެސް ޢިލްމުވެރިންގެ ނަމޫނާ އަހަރެމެން ދޫކޮށް ނުލާނަމެވެ.
(6) ހަވަނަ މޭރުމަކީ: ޑޮޓް ފިކުރާ ގުޅުވައިގެން ޙަސަން ފިކުރީގެ ބަސްތަކުގައި މުޙައްމަދު ޙަސަނަކީ، ޝަރުޢީ އުޞޫލުން ބޭރުން ކާފަރުކޮށް އަދި ބިދުޢަވެރިކޮށް ހަދާމީހެއްކަމަށް ބުނެ، ބޭނުންވަނީ މުޙައްމަދު ޙަސަނު ޑޮޓް ފިކުރާ ގުޅުވުމަށް ހެއްޔެވެ؟ އެއީ، މީގެ ކުރިން ބަޔަކު، މުޙައްމަދު ޙަސަނަކީ ޑިޤްރީވެސް ނުނިންމާ މީހެއްކަމުގައި ބުނެ ދޮގު ހަދާފައިވާ ފަދައިންނެވެ. ތިރީގައި މި ހިމަނާލަނީ ޢިލްމުވެރިން މުޙައްމަދު ޙަސަންއަށް ދެއްވާފައިހުރި ތަޒްކިޔާތަކެވެ. އަދި ޢިލްމުވެރިންގެ ކިބައިން ތަޒްކިޔާލިބުމާއި، އޭގެ މުހިންމުކަންވެސް ބަޔާން ކުރަމެވެ.
مُحمد بن سيرين رحمه الله ވިދާޅުވެފައި ވެއެވެ. (إن هذا العلم دين فانظروا عمن تأخذون دينكم ) رواه مسلم في المقدمة "ހަމަކަށަވަރުން މި ޢިލްމަކީ ދީނެވެ. އެބައްގެ ކިބައިން ތިބާ ދީންނަގާބަޔަކީ ކޮންބައެއްތޯ ބަލާހުށިކަމެވެ."
މިބަސްފުޅުގެ މައްޗަށް އިޝާރާތްކުރައްވައި الحافظ النووى رحمه الله ވިދާޅުވެފައިވެ އެވެ. "އެމީހެއްގެ ޤާބިލިއްޔަތުކަން ފުރިހަމަވެ އަދި ދީންވެރިކަން ފާޅުވެ އެމީހެއްގެ ޢިލްމާއި މެދު ޔަޤީންވުމުގެ އިތުރުން ޢިލްމާއިމެދު ރައްކާތެރިވުމުގައި މަޝްހޫރުވެފައިވާ މީސްތަކުންގެ ކިބައިން މެނުވީ ޢިލްމު އުނގެނުމެއް ނުވެ އެވެ." التبيان في آداب حملة القرآن 1-25
އިސްވެދިޔަ ސިފަތައް ލިބިވަޑައިގެންފައިވާ ރައްބާނީ ޢިލްމުވެރިން ނުތިބެ އެއްވެސް ޖީލެއް ނުދާނެއެވެ. ابن العَرَبِي رحمه الله ވިދާޅުވެފައިވެ އެވެ. "އެއްބަޔަކު އަނެއްބަޔަކަށް ތަޒްކިޔާ ދިނުމުގައި ސަލަފުއް ޞާލިޙުން ވަނީ އަދިވެސް ޤާއިމްވެގެންނެވެ. އިހުގެ މީހުންގެ ފަރާތުން ފަހުގެ މީހުން ތަޒްކިޔާތައް ވާރުތަކުރެއެވެ. ތަޒްކިޔާއެއް ނުވަތަ އެމީހެއްގެ ޝެއިޚުންގެ ކިބައިން ސަނަދު އޮންނަ މީހެއްގެ ކިބައިން މެނުވީ އަހަރެމެންގެ ޢިލްމުވެރިން ޢިލްމުނަގައި ނުއުޅެ އެވެ." الجنوب ص 4
سير أعلام النّبلاء ގައި عبد الملك بن عبد العزيز بن جريج رحمه الله (ت 150 هـ) ގެ ސީރަތު ޛިކުރުކުރައްވަމުން، الإمام الذّهبي އެބޭފުޅާގެ ސަނަދު عبد الرّزّاق الصّعناني رحمه الله އާއި ހަމަޔަށް ޛިކުރުކުރައްވައި ގެނެސްދެއްވާފައިވެ އެވެ. عبد الرّزّاق رحمه الله ވިދާޅުވި އެވެ. "މައްކާގެ އަހުލުވެރިން ބުނެއެވެ. ابن جُريج ނަމާދު ނެންގެވީ (އެބަހީ: ދަސްކުރައްވައި ރިވާކުރެއްވީ) عطاء ގެ އަރިހުންނެވެ. އަދި عطاء އެ ނެންގެވީ ابن الزّبير ގެ އަރިހުންނެވެ. އަދި ابن الزّبير އެ ނެންގެވީ أبو بكر ގެ އަރިހުންނެވެ. އަދި أبو بكر އެ ނެންގެވީ ނަބިއްޔާ ﷺ ގެ އަރިހުންނެވެ."
تذكرة الحفّاظ ގައި الإمام أبو داود رحمه الله (ت 275) ގެ ސީރަތުގައި الإمام الذّهبي ގެނެސްދެއްވާފައިވާ ރިވާޔަތެއްގައިވެ އެވެ. "ސަލަފުންގެ ތެރެއިން ބޭކަލަކު ވިދާޅުވެފައިވެއެވެ. އުޅުއްވި ގޮތާއި، މަޑުމައިތިރިކަމުގައި أحمد بن حنبل އާއި أبوداود އެއްވައްތަރުވެގެންވެ އެވެ. އަދި އެކަންކަމުގައި وَكيع އާއި أحمد އެއްވައްތަރުވެގެންވެ އެވެ. އަދި އެކަންކަމުގައި سفيان އާއި وَكيع އެއްވައްތަރުވެގެންވެ އެވެ. އަދި އެކަންކަމުގައި مَنصور އާއި سفيان އެއްވައްތަރު ވެގެންވެ އެވެ. އަދި އެކަންކަމުގައި إبراهيم އާއި منصور އެއްވައްތަރުވެގެންވެ އެވެ. އަދި އެކަންކަމުގައި عَلقَمة އާއި إبراهيم އެއްވައްތަރުވެގެންވެ އެވެ. އަދި އެކަންކަމުގައި ابنُ مسعود އާއި علقمة އެއްވައްތަރުވެގެންވެ އެވެ. އަދި علقمة ވިދާޅުވި އެވެ. އުޅުއްވި ގޮތާއި، މަޑުމައިތިރިކަމުގައި ابن مسعود ނަބިއްޔާ ﷺ އާ އެއްވައްތަރުވެވަޑައިގެންވެ އެވެ."
ކޮންމެ ޢިލްމުވެރިޔަކުވެސް ޢިލްމާއި، ހިދާޔަތާއި، އަދަބު އަޚްލާޤު އުގެނިވޑައިގެންނެވީ އެބޭކަލެއްގެ ޝެއިޚުގެ އަރިހުންނެވެ. އެގޮތުގައި އެ ސިލްސިލާ ނަބިއްޔާ ﷺ އާ ހަމަޔަށް ވާޞިލްވެއްޖައުމަށް ދާންދެނެވެ. ފަހެ، ޢިލްމުވެރިންގެ އަރިހުން ޢިލްމު ނުހޯދައި، ޢިލްމުވެރިންގެ އަރިހުން ހިދާޔަތާއި ރިވެތި އަދަބުތައް ނުހޯދައިފިމީހަކަށް ތިމަންނާއަކީ ޢިލްމުވެރިއެކޭ، ނުވަތަ ޙައްޤުގޮތުގައި ޢިލްމު އުނގެނޭ މީހެކޭ ބުނެވިދާނެހެއްޔެވެ؟ ނަބިއްޔާ ﷺ އާއި ހަމަޔަށް އޭނާގެ 'ސަނަދު' އުފުލިގެން ދާނޭ ހެއްޔެވެ؟ އަދި އޭނާ ދައްކާ ދީނީ ވާހަކަތަކުގައި އޭނާއަށް އިތުބާރު ކުރެވޭނެހެއްޔެވެ؟
ހަމައެފަދައިން އެމީހެއްގެ ކިބައިން ޢިލްމުނެގޭ މީހާގެ ސިފަ ބަޔާންކުރައްވަރުން الحافظ السيوطي ވިދާޅުވެފައިވެ އެވެ. "އެމީހަކީ ޢިލްމުވެރިންގެ މެދުގައި އެމީހެއްގެ ޢަދާލާތްތެރިކަން މަޝްހޫރުވެ އެމީހަކާއި މެދު ޘަނާގެ ބަސްތައް އާންމުވެފައިވާ މީހާއެވެ." تدريب الراوي
އުއްމަތުގެ އެންމެ ބޮޑު އެއް-ޢިލްމުވެރިއެއް ކަމުގައިވާ މަދީނާގެ އަދި ޖާމިޢަތުލް އިސްލާމިއްޔާގައި ކުރިން ޢިލްމު އުނގަންނަވައި ދެއްވި ޝެއިޚް ކަމުގައިވާ العلاَّمَة عُبَيد الجَابِري حفظه الله މުޙައްމަދު ޙަސަންއަށް ދެއްވާފައިވާ ތަޒްކިޔާވެސް ހިމެނެ އެވެ.
މިއީ މަދީނާގައި ޝެއިޚް ކިޔަވައިދެއްވާ މިސްކިތުގައި އެތައް ސަތޭކަ ކިޔަވާކުދިން، އެތައް ޤައުމުތަކެއްގެ އަހުލުވެރިން ޖަމަޢަވެފައިވާ މަޖްލިސްއެއްގައި ޝެއިޚް ވިދާޅުވެފައިވާ ބަސްކޮޅެ ކެވެ.
ތިރީގައިމިވަނީ މަދީނާގެ ޖާމިޢަތުލް-އިސްލާމިއްޔާގެ ޕްރޮފެސަރެއްް ކަމުގައިވާ އަދި މަދީނާގެ އެކި މިސްކިތްތަކުގައި ކިޔަވާ ދެއްވާ أ. د. عَبد الله البخَاري حفظه الله އެބޭފުޅާ ލިޔުއްވާފައިވާ ފޮތްތައް ތަރުޖަމާ ކުރުމަށް މުޙައްމަދު ހަސަންއަށް ދެއްވާފައިވާ ހުއްދަ އެވެ.
އަހަރުމެން މިދޭ ދަޢުވަތަކީ އެތައް ޢިލްމުވެރިންނާއި ގުޅުން ބާއްވައިގެން ޢިލްމުގެ އަހުލުވެރިންގެ މަޝްވަރާގެ މަތިން ޤާއިމްވެފައިވާ ދަޢުވަތެކެވެ. އެހެނަސް މިހާތަނަށް ތިޔަބައިމީހުން އެބައެއްގެ ޓުވީޓްތައް ނަގައި ފަތުރާފައިވާ، އެބަޔަކު ރާއްޖެގެނެސް ޕްރޮމޯޓް ކޮށްފައިވާ ފަރާތްތަކަށް ބަލާއިރު، ތިޔަ ބައިގަނޑުގެ ފަހަތުގައިވަނީ ކޮންބައެއްކަން އަހަރެމެންނަށް ވަރަށް ސާފެވެ.
(7) ހަތްވަނަ މޭރުމަކީ: މުޙައްމަދު ޙަސަނަކީ ހަނގުރާމައަށް ގޮވާލާ، އެކަމަށް ހިތްވަރުދޭ މީހެއްކަމަށްބުނެ ޙަސަން ފިކުރީ އަޅުވާފައިވާ ބޮޑު ބުހުތާން ތުހުމަތެވެ. ޙަސަން ފިކުރީ އެވެ! ދިވެހި ދަޥްލަތުގެ އިސްވެރިންނަށްވެސް ޖިހާދީ ފިކުރާ ދެކޮޅަށް އަހަރެެމެން ކުރަމުންދާ މަސައްކަތް އިނގޭނެ އެވެ. އިސްލާމް ދީނުގައި ޖިހާދު ކުރުން މި ނަމުގައި މުޙައްމަދު ޙަސަން ތަރުޖަމާ ކޮށްފައިވާ، މަދީނާގެ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެއް ބޭފުޅެއް ކަމުގައިވާ އަދި މަސްޖިދުއް ނަބަވީގައި ޢިލްމު އުނގަންނަވައި ދެއްވާ ޢިލްމުވެރި ބޭފުޅާ الشيخ أ. د. عَبد السلام السحَيمي حفظه الله ގެ ފޮތް އެއޮތީ ހާމައަށް ފެންނާށެވެ.
އަދިވެސް އެނޫން ކިތަންމެ ލިޔުމެއް އެހުރީ ފެންނާށެވެ. ކިތަންމެ ލިޔުންތަކެކެވެ. ތިބާ އަދި ތިބާގެ ބައިގަނޑު މިއަށްވުރެ ބޮޑު ފަޟީޙަތަކުން މީސްތަކުންގެ ކުރިމަތީގައި ފަޟީޙަތްވާނޭ ހެއްޔެވެ؟
އެއަށްފަހު ދެންއޮތީ ﷲ ގެ ޙަޟުރަތުގައި ކޮޅަށްތިބެ އިންސާފާއި ޢަދުލު ޤާއިމްކުރެވޭނެ ދުވަހެވެ. ތިބާ އެދުވަހުގައި ދޭންޖެހޭނެ ޖަވާބަކަށް ތައްޔާރު ވާށެވެ. ތިމާމެންނަކީ ކިޔަވައިގެން ތިބި ބައެކޭ ބުނަން ތިފަދަ ވާހަކަތައް ބުނަން ލަދެއް ނުގަނޭ ހެއްޔެވެ؟ ދޮގުހެދުމުގެ ނަމޫނާ އުއްމަތަށް ދައްކައި، އެފާފައިގައި ހަލާކުވުމަށް ބޭނުންވަނީ ހެއްޔެވެ؟
ހަނގުރާމަ ތަކާއި ފިތުނަތަކަށް ގޮވާ މީހުންނަކީ ކޮބައިކަން ފިކުރީ އަދި ފިކުރީގެ ޖަމާޢަތަށް ނޭނގޭ ކަމުގައިވާނަމަ އެކަން އެނގިގަތުން ހުއްޓެވެ. ޢިލްމުވެރިންގެ ބަސްފުޅުތައް ބަޔާންކޮށް އުއްމަތަށް ޢިލްމުވެރިންގެ ބަސްފުޅުތައް މަކްތަބާ ސަލަފިއްޔާއިން ކުރަމުންދާ މަސައްކަތް އެއީ ކަނު ނޫން ކޮންމެ ލޮލަކަށް ފެންނާނެ އެއްޗެކެވެ. ޢަދުލުއިންސާފުގެ ނަޟަރުން ބަލާލި ކޮންމެ ނަފްސަކަށް ފެންނާނެ އެވެ.
ލިޔުން: الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله ސޫރިޔާގައި ހިނގަމުންދަނީ ޖިހާދު ނޫންކަމަށް ފަތުވާ ދިނުމުން ޖ. ސަލަފަށް ނިޞްބަތްވާ ދިވެހި ޝޭޚުންނޭ ބުނާ މީހުން ސޫރިއާގެ ޖިހާދަށް ފަތުވާ ދިނުން https://salafi.mv/nirubaverikama-dhekolhah/416
ލިޔުން: ސޫރިޔާގެ ހާލަތު އެހިސާބަށް ގެންދިޔައީ ޖަމްޢިއްޔަތުއް ސަލަފް އިން "ޝެއިޚުން" ކަމުގައި ބަލައިގަތް މީހުންނެވެ! - (الإمام العلامة الشيخ صالح الفوزان حفظه الله ގެ ފަތުވާއަކާއި އެކު) https://salafi.mv/groups-parties/jamiyythsalaf/329
ޙަސަންފިކުރީ އެވެ! ﷲ އަށް ތަޥްބާވުމަށް ގޮވާލައި، ތިޔަ އަނިޔާވެރިކަމުގެ ބަސްތަކުން ރުޖޫޢަވުމަށް ތިބާއަށް ނަޞޭޙަތްތެރިވަމެވެ. ބަޔަކު މެދުގައި އުފެދިފައިއޮންނަ ރުޅިވެރި ކަމަކީ ނަހަމަ ގޮތުގައި އަނިޔާވެރިވުމަށްއޮތް ސަބަބެއް ކަމުގައި ނަހަދާށެވެ. ﷲ ވަޙީކުރައްވާފައިވެ އެވެ. وَلَا يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَىٰ أَلَّا تَعْدِلُوا ۚ اعْدِلُوا هُوَ أَقْرَبُ لِلتَّقْوَىٰ ۖ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ المائدة 8 "އަދި ބަޔަކު މީހުންދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން ޢަދުލުވެރި ނުވުމުގެ މައްޗަށް ބާރުއަޅާ ކަމެއްގެ ކަމުގައި ނަހަދާށެވެ. ތިޔަބައިމީހުން ޢަދުލުވެރި ވާށެވެ. އެގޮތް ތަޤްވާވެރިކަމާ ގާތްކަން ބޮޑެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ. ﷲ އީ ތިޔަބައިމީހުން ކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ."
ދަންނާށެވެ! މި ބަސްތަކުން ރުޖޫޢަވެ ތަޥްބާ ނުވެއްޖަނަމަ، ގަދަފަދަ ވެގެންވާ ދުވަހެއްގައި އަނިޔާވެރިވި ބަސްތަކުން ޙައްޤު އިންސާފު ހޯދުމަށް ތިބާގެ ޚަޞްމެއްގެ ގޮތުގައި މުޙައްމަދު ހަސަން އަދި އަހަރެމެން އެންމެން ވެސް ވާނެކަން ހަނދާންކޮށްދެމުން ކުރުކޮށްލަމެވެ.
وصلى الله على نبينا محمد وعلى آله وصحبه وسلم
****