5  ދިވެހިރާއްޖެ އޭރުގެ ވަލިއްޔުލް ޢަމްރު ކާފަރުކޮށް، ވަކިން ޖަމާޢަތް ހަދައި ނަމާދު ކުރުމުގެ ބިދުޢަ ރާއްޖެ ގެނައި "ބޮޑު ޝެއިޚް" ނަމުގައި މަޝްހޫރުވެފައިވާ ޚާރިޖީގެ ހަޤީޤަތް - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 ދިވެހިރާއްޖެ އޭރުގެ ވަލިއްޔުލް ޢަމްރު ކާފަރުކޮށް، ވަކިން ޖަމާޢަތް ހަދައި ނަމާދު ކުރުމުގެ ބިދުޢަ ރާއްޖެ ގެނައި "ބޮޑު ޝެއިޚް" ނަމުގައި މަޝްހޫރުވެފައިވާ ޚާރިޖީގެ ހަޤީޤަތް

ލިޔެ ތައްޔާރުކުރީ: المَكْتَبَة السَّلَفِيَّة المَالدِيْفِيَّة. ކެޓަގަރީ ޑޮޓުން

قال شيخ الإسلام ابن تيمية رحمه الله: " و من أصول أهل السنة و الجماعة أنهم يصلون الجمع و الأعياد و الجماعات, لا يدعون الجمعة و الجماعة كما فعل أهل البدع من الرافضة و غيرهم, ............و أما إذا لم يمكن الصلاة إلا خلف المبتدع أو الفاجر كالجمعة التي إمامها مبتدع أو فاجر و ليس هناك جمعة أخرى فهذه تصلى خلف المبتدع و الفاجر عند عامة أهل السنة و الجماعة. ............و من قال إن الصلاة محرمة أو باطلة خلف من لا يعرف حاله فقد خالف إجماع أهل السنة و الجماعة. [ مجموع الفتاوى, جزء 3 , ص 278-292 ]
 

އުސްތާޒް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله:
”شيخ الإسلام لأمام ابن تيمية رحمه الله މި އަޤީދާ ޒިކުރުކޮށް ވިދާޅުވަނީ؛ مجموع الفتاوى ގައި و من أصول أهل السنة و الجماعة އަދި އަހުލުއް ސުންނާ ވަލް ޖަމާޢަތުގެ އުޞޫލުތަކުގެ ތެރޭގަ ހިމެނިގެންދޭ أنهم يصلون الجمع ހަމަކަށަވަރުން އެބައިމީހުން ހުކުރު ކުރުމާއި و الأعياد އަދި ޢީދު ނަމާދު ކުރުން و الجماعات އަދި ޖަމާޢަތުގައި ނަމާދު ޤާޢިމް ކުރާނޭ لا يدعون الجمعة އެބައިމީހުން ހުކުރެއް ދުލެއް ނުކުރާނޭ و الجماعة އަދި އެބައިމީހުން ޖަމާޢަތުގައި ނަމާދުކުރުން ދުލެއް ނުކުރާނޭ كما فعل أهل البدع ބިދުޢައިގެ އަހުލުވެރިން ޢަމަލު ކުރި ފަދައިން من الرافضة و غيرهم ރާފިޟީންނާއި އަދި ބިދުޢާއިގެ އަހލުވެރިން ކުރެ އެހެނިހެން މީސްތަކުން ޢަމަލުކުރިފަދައިން އަހުލުއް ސުންނާ ވަލް ޖަމާޢަތެއް ޢަމަލެއް ނުކުރާނޭ، އެއަށްފަހުގައި ބަސްތަކެއް ފަހުގައި ވިދާޅުވަނީ و أما إذا لم يمكن الصلاة إلا خلف المبتدع ބިދުޢަވެރިޔަކު ނޫނީ ނެތޭ އިމާމެއް ގޮތުގައި ނަމާދު ކުރެވޭނޭ، މާނަޔަކީ ވެރިޔާ އައްޔަންކޮށްފައި ހުރި މީހަކީ ބިދުޢަވެރިޔެއް، އޭނަ ނޫނީ ނެތް އެހެން މީހެއް ނަމާދު ޤާއިމް ކުރެވޭނެ، މާނަޔަކީ އެހެން ސުންނީ މީހަކު ނުވަތަ ސުންނަތާއި އެއްގޮތަށް ނަމާދު ކުރާމީހަކު ނެތް، ވެރިޔާ އައްޔަން ކޮފަ ހުރި މީހުންނަކީ ހުސް ބިދުޢަވެރިންނޭ، އެނޫން މީހެއް ނެތް ނަމާދު ކުރެވޭކަށް ފަހަތުގައި، ابن تيمية رحمه الله ވިދާޅުވަނީ إلا خلف المبتدع أو الفاجر ފާޖިރު މީހެއް ނޫނީ، ބިދުޢަވެރިއެއް ނޫނީ ނެތޭ، كالجمعة ހުކުރު ނަމާދު ކުރުމައްޓަކާވެސް ނެތޭ التي إمامها مبتدع أو فاجر އެ ހުކުރު ނަމާދުގެ އިމާމްވެ ނަމާދު ކުރައްވަނީ މުބްތަދިޢެކޭ، ބިދުޢަވެރިއެކޭ، أو فاجر ނުވަތަ ފާޖިރެކޭ ނަމާދު ކުރަނީ و ليس هناك جمعة أخرى އެހެން ހުކުރު ޖަމާޢަތެއް ދެނެއް ނެތޭ، رحمه الله ވިދާޅުވަނީ فهذه تصلى خلف المبتدع މި ހާލަތުގައި އެ ބިދުޢަވެރިޔާ ފަހަތުގައި އަހަރުމެން ނަމާދު ކުރުމޭ އޮތީ و الفاجر އެ ފާޖިރު މީހާ ފަހަތުގައި ނަމާދު ކުރުމޭ އޮތީ عند عامة أهل السنة و الجماعة އަހުލުއް ސުންނާ ވަލް ޖަމާޢަތުގެ އެންމެހާ އަހުލުވެރިން އާންމުކޮށް ބުނެފައިވަނީ މިފަދައިންނޭ و من قال إن الصلاة محرمة މީހަކު ބުނަނީއޭ، މިހާލަތުގައި އޭނަ ފަހަތުގައި ނަމާދު ކުރުން ޙަރާމޭ، ކޮށްގެން ނުވާނޭ أو باطلة ނުވަތަ ނަމާދު ކުރުން ބާޠިލޭ، خلف من لا يعرف حاله އޭނަގެ ހާލަތް އަހަރެމެންނަކަށް ނޭގޭ، މިފަދައިންވާ މީހެއްގެ މީހެއްގެ ފަހަތުގައި ނަމާދު ކުރުން ޙަރާމް ވާނޭ ބާޠިލް ވާނޭ فقد خالف إجماع أهل السنة و الجماعة. ފަހެ އެމީހަކު އެވަނީ އަހުލުއް ސުންނާ ވަލް ޖަމާޢަތުގެ އިޖްމާޢުއާއި ޚިލާފްވެފައޭ. އެކަމަކު ސިފަވަނީ ކީކޭ؟ ބޮޑު ޝެއިޚް އޭ! ބޮޑު ދަންނަ ބޭކަލު! މިއީ ސިފަވެގެން އައި ގޮތް މިފަދަ މީހުންވެސް! لله سبحانه وتعالى ގެ ހެޔޮކަމާއި، މިއުންމަތަށް ފާޅުވި ހުރިހާ ޞަޙާބީން، ހުރިހާ ތާބިޢީން، އުންމަތަށް ނަޤުލުވެގެން އައި މިދީން ނަގުލު ކޮށްފައިވާ ހުރިހާ އިމާންމުން ވިދާޅުވެފަ ހުރި ގޮތާއި ޚިލާފްވެ ދިޔައީމަ، އޭނަގެ ސިފަ ޖެހިގެން އައީ ބޮޑު ޝެއިޚް އަށް، އޭނަޔަށް ސިފަ ޖެހިގެން އައީ ކާކުހޭ؟ ސުންނަތް ދިރުވި މީހާއޭ، އޭނަގެ ނަން ޒިކުރުވެގެން އައީ ކިހިނެއް ބޮޑު ފޮތް ތަކުގައި؟ އޭނަޔަކީ ސުންނަތް ދިރުވާލި މީހާއެވެ. ސަހާބީންގެ ހިދާޔަތާއި ޚިލާފް، އުންމަތަށް ފާޅުވި އިމާމުންގެ އަޤީދާ އާއި ޚިލާފް، އަހުލުއް ސުންނަތް، ސުންނަތް ޒިކުރުކޮށްފައި އޮތް ހުރިހާ އުޞޫލް ތަކާއި ޚިލާފް އެކަމަކު!“ (25 ރަބީޢުއްޘާނީ 1435 – 25 ފެބުރުއަރީ 2014، އުސޫލުއް ސުންނާ ގެ ދަރުސް، ޖަލާލުއް ދީން މިސްކިތް، މާލެ، ދިވެހިރާއްޖެ)

(1) ބާބުލް އަވާލީ، ބޮޑު ޝެއިޚް؛ މިއީ ވަކިން ޖަމާޢަތް ހަދައިގެން ހުކުރު ކުރުމާއި، ނަމާދުކުރުމުގެ ބިދުޢަ ރާއްޖެއަށް އެންމެ ފުރަތަމަ ގެނައުމުގައި އެންމެ އިސްކޮށް ހުންނެވި މީހާއެވެ. މީނާ ވަނީ އޭރުގެ ވެރިޔާ ﷲ ގެ ޙުކުމަށް ހުކުމް ނުކުރައޭ ކިޔާފައި ޞަރީހަ ބަހުން އޭނާ ކާފަރުކޮށް މުުރުތައްދުވެފައިވާ މީހެއްކަމަށް "ޙުކުމް" ކޮށްފައެވެ. މި އެންމެހައި ކަންތައްތައް މިހެން ހުރި އިރު މީނާ ވެގެންދިޔައީ ދިވެހި ރާއްޖޭގައި ސުންނަތް ދިރުވި މީހާ އަށެވެ. ﷲ ޤަންދީ ބުނަމެވެ. މިނާ ދިވެހި ރާއްޖޭގައި ދިރުވީ ޚަވާރިޖުންގެ ސުންނަތެވެ. ނަބިއްޔާގެ ސުންނަތްވަނީ މީނާގެ ގޮވާލުމުން ބަރީޢަވެގެންނެވެ. ޚަވާރިޖުންނަކީ މުސްލިމުން ބޮޑުފާފައިން ކާފަރު ކުރާ ބަޔަކަށްވީއިރު މިފަދަ މީހަކު ޚަވާރިޖަކަށްނުވި ބަޔަކަށް ޚަވާރިޖަކު އިނގޭނެ ބާވައެވެ. ޑޮޓުންގެ ނަމުގައި މަޝްހޫރުވެގެން އުޅެނީ އޭނާގެ މި ދަޢުވަތުގައި ޖެހި މަގުފުރެދިފައތިބި ބައިގަނޑެކެވެ. މިހާރު އެބައިމީހުންގެ އެއްބަޔަކު ވަނީ އައިއެސް އަށް ބައިޢަތު ހަފާފައެވެ.

Like what you see?

Close

Hit the buttons below to follow us, you won't regret it...