5 ދީނަށް ވެއްދުމުގައި މަޖްބޫރު ކަމެއް ނެތް ކަމަށް ބުނެ ޖިހާދަށް އިންކާރު ކުރާ އިޚްވާނީންނަށް ރައްދު - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ދީނަށް ވެއްދުމުގައި މަޖްބޫރު ކަމެއް ނެތް ކަމަށް ބުނެ ޖިހާދަށް އިންކާރު ކުރާ އިޚްވާނީންނަށް ރައްދު

ލިޔެ ތައްޔާރުކުރީ: المَكْتَبَة السَّلَفِيَّة المَالدِيْفِيَّة. ކެޓަގަރީ އަލް ޙިޒްބުލް ޢަދާލަތު

މީސްތަކުންނަށް ﷲ ގެ ދީން އޮޅުވާލުމުގައި ޙައްދެއްނެތެވެ. ﷲ ވަޙީކުރައްވާފައިވެ އެވެ. ِنَّ الَّذِينَ يَكْتُمُونَ مَا أَنزَلْنَا مِنَ الْبَيِّنَاتِ وَالْهُدَىٰ مِن بَعْدِ مَا بَيَّنَّاهُ لِلنَّاسِ فِي الْكِتَابِ ۙ أُولَـٰئِكَ يَلْعَنُهُمُ اللَّـهُ وَيَلْعَنُهُمُ اللَّاعِنُونَ (ބަޤަރާ 159) "ހަމަކަށަވަރުން ބަޔާންވެގެންވާ ހެކިތަކާއި ތެދުމަގުގެ ތެރެއިން ތިމަންއިލާހު ބާވައިލެއްވި ތަކެތި މީސްތަކުންނަށް ތިމަންއިލާހު އެފޮތުގައި ބަޔާންކޮށްދެއްވުމަށްފަހު، އެތަކެތި ވަންހަނާ ކުރާމީހުން ދަންނާށެވެ. އެބައިމީހުންނަށް ﷲ ލަޢުނަތް ލައްވާނެތެވެ. އަދި ލަޢުނަތްދޭ މީހުންވެސް އެބައިމީހުންނަށް ލަޢުނަތް ދޭނެތެވެ."

އެންމެހައި އަޚުންނޭވެ! އަމިއްލަ ނަފްސުގެ މައްޗަށް ރައްކާތެރިވެ، އަމިއްލަ ނަފްސަށް ސަމާލުވުން ހުއްޓެވެ. މިއަދު ބާޠިލްވެގެންވާ އަދި އިސްލާމްދީނުގައި ބަޔާންވެގެންނުވާ އެތައް ކަމެއް ހަވާނަފްސުގެ އަހުލުވެރިން އެބައިމީހުން ހިތް އެދޭހާ ގޮތްތަކަށް ދީނުގެ ނަމުގައި ކުރަމުން ގެންދާ ކަންތައްތައް މިވަނީ ނުހަނު ގިނަވެފަ އެވެ. ދީނުގައިވާ ﷲ ގެ އާޔަތްތަކާއި، މާތް ނަބިއްޔާގެ ޙަދީޘްތައް ބާޠިލް ގޮތްތަކުން، އެބަޔަކު ހިތްއެދޭ ބާޠިލްއަށް ގެންގޮސް ޢަމަލު ކުރަމުން ދެ އެވެ. އެ ކަންތައް އެންމެފަހުން ﷲ ގެ ގެކޮޅު ކަމުގައިވާ މިސްކިތްތަކުގައިވާ މިންބަރު ތަކުގެ މަތީގައި މިވަނީ ފާޅުކުރަމުންނެވެ. ހިތާމައިގެ ކޮޅެއްނެތެވެ. މިއީ މީސްތަކުންގެ މައްޗަށް ބާވައިލެއްވުނު މަތިވެރި ޝަރީޢަތުގެ މައްޗަށް ދީނުގެ ނަމުގައި ކުރަމުންގެންދާ ކަންތަކެވެ. މިއީ ނަބިއްޔާ صلى الله عليه وسلم ބަޔާންކޮށްފައިވާ ފިތުނަވެރި ކަންތަކެވެ. އަދި އެބައެއްގެ ފަރާތުން ދުރުވެގަނެ އެބައެއްގެ ފަރާތުން އެއްކިބާވުމަށް ޙަދީޘް ކުރައްވާފައިވާ މީސްތަކުން ކުރަމުން ގެންދާ ޢަމަލުތަކެވެ.

الإمام مسلم رحمه الله (مقدمة صحيح مسلم) ގައި ރިވާކޮށްފައިވެ އެވެ. (سيَكونُ في آخرِ أمَّتي أناسٌ يحدِّثونَكم ما لَم تسمعوا أنتُم ولا آباؤُكم . فإيَّاكُم وإيَّاهُم) "ތިމަންނަބިއްޔާގެ އުއްމަތުގެ ފަހު ޒަމާނުގައި، ތިޔަބައިމީހުންގެ ތެރެއަށް، ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ ކާބަފައިން އަޑުއަހާފައި ނުވާ ވާހަކަތަކެއް ދައްކާނެ ބަޔަކު އަންނާނެ އެވެ. ތިޔަބައިމީހުން އެބައިމީހުން ކައިރިން ރައްކާތެރިވާށެވެ."

މި އުއްމަތުގެ ދެވަނަ ޚަލީފާ عُمر رضي الله عنه ވިދާޅުވެފައިވެ އެވެ. "ސުންނަތުގެ ޢަދުއްވުން ކަމުގައިވާ، އަމިއްލަ ރައުޔުގެ އަހުލުވެރިންނާއި ތިޔަބައިބީހުން ދުރުވާށެވެ. (އެމީހުންގެ ފަރާތުން ރައްކާތެރިވާށެވެ.) –އެބައިމީހުންގެ މަސައްކަތަކީ- ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްތައް ދަސްކުރުމެވެ. އެއަށްފަހުގައި އެބައިމީހުންގެ އަމިއްލަ ރައުޔަށް އެ ޙަދީޘްތައް ނެރެ އެވެ. ފަހެ، އެބައިމީހުން އަމިއްލަ ނަފްސު މަގުފުރައްދާ އަދި އެހެނިހެން މީސްތަކުން މަގުފުރެއްދި އެވެ."

އިޚްވާނުންނޭވެ. ﷲ ގެ ދީނުގައި، އެކަލާނގެ އާޔަތްތައް އެބަޔަކަށް ފެންނަ ގޮތެއްގައި ނަގައި އޭގެއިން ދަލީލުކޮށް، ޙައްޤުން އެއްކިބާ ވެފައިވާ އެ ބަސްތައް އެކަލާނގެ ގެކޮޅުތަކުގައި އަޑުއަރުކޮށް، ﷲ ގެ އަޅުތަކުންގެ މައްޗަށް ބަޔާންކޮށްދޭ އިރުގައި، އެކަމާއި ހިތާމަކޮށް އޭނާގެ ޅަގޮނޑިއަށް އަސަރު ކުރަނީ ކިތައް މީސްތަކުންނަށް ހެއްޔެވެ. ދީނުގައިތިބެ، ދީނުގެ ނަމުގައި އެކަލާނެ ދީނުގެ ޙައްޤުން މީސްތަކުން އެއްކިބާ ކުރުން ނޫންކަމެއް ނުވެ އެވެ.

އެންމެހައި އިޚްވާނުންނޭވެ. މިތަނުގައި ނަޤުލު ކުރަނީ މީގެ އެއްހަފްތާ ކުރިން ހުކުރު ދުވަހު މިސްކިތުގައި ދެވުނު ޚުޠުބާގައި ގޮވައިލެވުނު ބަސްތަކެވެ.

ޑައުންލޯޑު ކުރުމަށް

Like what you see?

Close

Hit the buttons below to follow us, you won't regret it...