5 ޒީނަތްތެރި ވުމަށްޓަކައި އަންހެނުން ކަންފަތް އަދި ނޭފަތް ތޮރުފުމުގެ ޙުކުމް - الإِمَامُ العَلَّامَة الشَّيْخُ مُحَّمَدُ بن صَالِحُ العُثَيْمِين رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ޒީނަތްތެރިކަން الزينة

ޒީނަތްތެރި ވުމަށްޓަކައި އަންހެނުން ކަންފަތް އަދި ނޭފަތް ތޮރުފުމުގެ ޙުކުމް - الإِمَامُ العَلَّامَة الشَّيْخُ مُحَّمَدُ بن صَالِحُ العُثَيْمِين رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ޒީނަތްތެރިކަން الزينة

ސުވާލު: ޒީނަތްތެރި ވުމުގެ މަޤްޞަދުގައި އަންހެން ދަރިފުޅުގެ ކަންފަތް ނުވަތަ ނޭފަތް ތޮރުފުމުގެ ޙުކުމް؟
 

ޖަވާބު: ކަންފަތް ތޮރުފުމުގެ ޞައްޙަ ގޮތަކީ އެކަމުގައި މައްސަލައެއް ނެތުމެވެ. ސަބަބަކީ އެއީ ޒީނަތްތެރިވުމަށް ޤަސްދުކޮށް ގަހަނާ ބޭނުންކުރުމުގެ ވަޞީލަތުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. ހަމަކަށަވަރުން ޞަޙާބީންގެ އަނބިއަނބިކަނބަލުންގެ ކަންފަތުގައި ގަހަނާ (ޒީނަތްތެރިވުމަށް ކަންފަތުގައި އެލުވާފައި ހުންނަ އެކިއެކި ސިފަތަކުގެ ގަހަނާ) ބޭނުންކޮށްފައިވާކަން ޘާބިތުވެގެންވެ އެވެ. އަދި ކަންފަތް ތޮރުފުމުގައި ހަށިގަނޑަށް އަޅާ ވޭނަކީ އެކީ ވަރަށްވެސް ކުޑަ، އާދައިގެ ވޭނެކެވެ. އަދި ޅަފަތުގައި ކަންފަތް ތޮރުފައިފިނަމަ، ފަސޭހަވުން ވަރަށް އަވަސްވެދެވެ.
 

އެހެނަސް ނޭފަތް ތޮރުފުމާއި ބެހޭގޮތުން: އަހަރެންނަށް ޢިލްމުގެ އަހުލުވެރިންގެ ކިބައިން މިކަމަށް އެއްވެސް ބަސްފުޅެއް ވިދާޅުވެފައިވާކަން ހަނދާނެއް ނުވެ އެވެ. އެހެނަސް އަހަރެން ދެކޭ ގޮތުގައި (ނޭފަތް ތޮރުފުމަކީ) އެއިން ގުނަވަން ޢަޢިބުވެ، ޚަލްޤު ކުރެވިފައިވާ ސިފައަށް އުނިކަން ލިބިފައި ހުންނަ ކަމެއް ގޮތުގަ އެވެ. އަދި ފަހަރެއްގައި އަހަރެމެން ނޫން އެހެން ފަރާތްތައް (އެހެން ޢިލްމުވެރިން) މިގޮތުގައި ދެކިވަޑައި ނުގަންނަވާފާނެ އެވެ. ފަހެ، އަންހެނާ އުޅޭ މުޖުތަމަޢު އަކީ ޒީނަތްތެރި ވުމުގެ ގޮތުން ނޭފަތުގައި ގަހަނާ ބޭނުންކުރާ މުޖުތަމަޢެއް ކަމުގައި ވާނަމަ ނޭފަތް ތޮރުފައި، ގަހަނާ އެޅުން މައްސަލައެއް ނެތެވެ.
****

ފަތުވާ ނަގާފައިވަނީ : فتاوى المرأة المسلمة 2- 737

Like what you see?

Close

Hit the buttons below to follow us, you won't regret it...