އަންހެނުންގެ ޢަބާއަ ކަޅު ކުލައިގައި ވުން ލާޒިމްވެގެންވޭތޯ އެވެ؟ - الشَّيْخ أ.د. عَبْدُ اللهِ بِنْ عَبْدُ الرَّحِيْم البُخَارِي حفظه الله

ސުވާލު: އަންހެނުން ކަޅު ކުލައިގެ ޢަބާއަ ލުން މުޞްތަޙައްބުވެގެންވޭ ތޯ އެވެ؟ ނުވަތަ، ޤައުމުގެ އަހުލުވެރިން ބޭނުންކުރާ ބާވަތުގެ ކުލަ ބޭނުންކުރާނީ ތޯ އެވެ؟
ޖަވާބު: އެއީ ޝަރުޠެއް ނޫނެވެ. އަހަރެން ބުނަމެވެ. އެކަނބަލުން ޢައުރަ ނިވާކުރުމަށްޓަކައި ބޭނުންކުރާ ލިބާސް، ޖިލްބާބް، ޚިމާރް އަކީ ޞައްޙަވެގެންވާ ފޭރާމެއްގެ ގޮތުގައިވުމަށް ކަޅުކުލައިގައިވުން ޝަރުޠެއް ނޫނެވެ. މިއީ ޝަރުޠެއް ނޫނެވެ. ކަޅު ކުލައިގައި ވުމަކީ އެއީ ޝަރުޠެއް ނޫނެވެ.
އެހެނަސް ބައެއް ޤައުމުތަކުގައި މީސްތަކުން މި ކުލަ (ކަޅުކުލަ ބޭނުންކޮށް) އެއީ ހެޔޮ ރަނގަޅު ގޮތެއް ކަމުގައި ދެކެފައިވެ، މީސްތަކުން އެގޮތަށް ތަބަޢަވަމުން (ޢަމަލުކުރަމުން) ގެންދެ އެވެ. ފަހެ، މި ގޮތާ ޚިލާފް ވުމަކީ، (ޚިލާފްވެ ޢަމަލުކުރުމުން) އޭނާގެ މައްޗަށް ޝައްކުކުރެވިގެން ދިއުމާއި، ނުބައި ގޮތްގޮތަށް އޭނާގެ މައްޗަށް ހީކުރެވިގެން ދިއުމާއި، އޭނާގެ މައްޗަށް އެކިއެކި ޒާތްޒާތުގެ ވާހަކަ ދެކެވިގެން ދިއުމުގެެ މައްޗަށް ބިރުވެތިވަމެވެ. އަދި އެ ލިބާސްއަކީ ޝުހުރަތުގެ ބާވަތުގެ ފޭރާމެއް ގޮތުގައި ވެދާނެކަމަށްޓަކައިވެސް ބިރުވެތިވަމެވެ. ޝުހުރަތުގެ ބާވަތެއްގެ ފޭރާމެއް ކަމުގައި ވެދާ ހުއްޓެވެ.
އެހެނަސް އަޞްލަކީ އެ ކުލައަށް ވުމަކީ ޝަރުޠެއް ނޫނެވެ. އެހެނަސް ޝަރުޠު ކުރެވެނީ، އެ ފޭރާމަކީ ހަށިގަނޑު ފަރުދާ (ނިވާ) ކޮށްދޭނެ، ހަށިގަނޑަށްވުރެ ފުޅާ، އޭގެ އަނެތްފަރާތް ނުފެންނާނެ އަދި މިނޫންވެސް ޢިލްމުގެ އަހުލުވެރިން ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވެގެންވާ ފޭރާމެއް ގޮތުގައިވުމެވެ.
އޮޅުންފިލައިފި ތޯ އެވެ؟"
****
ފަތުވާ ނަގާފައިވަނީ : https://goo.gl/hyAU6E