އެންމެހައި

ދަޢުވަތަށް އެހީވެދެއްވުމަށް

ޝާއިޢުކުރީ: މައްކްތަބާ ސަލަފިއްޔާ. ކެޓަގަރީ އަހަރުމެން

بسم الله الرّحمن الرّحيم
الحمد لله ربّ العالمين ، وصلّى الله وسلّم على رسوله الأمين ، وبعد:

މާތް ﷲ ތިޔަ އަޚުންގެ އުމުރާއި މުދަލުގައި ބަރަކާތް ލަށްވާށިއެވެ.

ތިޔަ ލޮބުވެތި އަޚުންގެ އެހީ ޞަލަފުއް ޞާލިހުންގެ މި ހައްޤު ދަޢުވަތަށް ބޭނުންވާ މިންވަރު ބަޔާންކުރުމަށް ލިޔެފައިވާ ކަލިމަތަކެކެވެ. މާތް ﷲ އަހަރެމެން އެންމެނަށް އިޚްލާޞްތެރިވުމުގެ ހެޔޮ ތައުފީޤު ދެއްވާށިއެވެ.

 

ވެބްސައިޓް އަދި ރޭޑިއޯ

މަކްތަބާ ސަލަފިއްޔާގެ ވެބްސައިޓް ޑޮމައިން އަދި ހޯސްޓިންއާއި މަކްތަބާ ސަލަފިއްޔާ އޮންލައިން ރޭޑިއޯއަށް ހޭދަވެއެވެ. މި ސައިޓު އަދި އޮންލައިން ރޭޑިއޯ ސްޓޭޝަން ފުރިހަމަ ކަމާއެކު ކުރިޔަށް ގެންދިޔުމަށް ތިޔަ އިޚުވާނުންގެ އެހީ ބޭނުންވެއެވެ.

 

ފޮތްތައް ޕަބްލިޝްކުރުން

މީގެ އަހަރުތަކެއް ކުރިން ދިވެހި ބަހުން ސަލަފުއް ޞާލިހުންގެ މި ހައްޤު ދަޢުވަތުގެ ހަޤީޤަތް ބަޔާންކޮށް ޕަބްލިޝްކުރެވިފައިވާ ފޮތްތަށް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަދި އޭގެ އިތުރަށް މި ދަޢުވަތާއި ޚިލާފް މީހުންގެ ފަރާތުން ވަނީ އެބައިމީހުންގެ ބާޠިލް ދަޢުވަތްތަށް (މިސާލަކަށް އިޚްވަނުލް މުސްލިމީންގެ ދައުވަތް، ޚަވާރިޖު ދައުވަތް) ފެތުރުމަށް ނުހަނު ގިނަ ފޮތްތައް ދިވެހި ބަހުން ތަރުޖަމާކޮށް ފޮތްތައް ޗާޕުކޮށްފައެވެ. ﷲ ގެ މިންނަތާއި ތައުފީޤާއެކު މަކްތަބާ ސަލަފިއްޔާއިން ސަލަފީ އުސްތާޛުންގެ އަތްޕުޅުން ދިވެހި ބަހަށް ތަރުޖަމާކޮށް އަހަރެމެންގެ ލޮބުވެތި އިޚުވާނުންގެ އެހީއާއެކު މިހާރު ވަނީ ދިވެހިބަހަށް ސަލަފީ ދައުވަތަކީ ކޮބައިން ބަޔާންކޮށް ފޮތްތައްނެރެ ޗާޕުކޮށްފައެވެ. އަދި އެކިއެކި ލީފްލެޓްތައްވެސް ބަހާފައެވެ. އަދިވެސް ޗާޕްކުރަންޖެހޭ ފޮތްތަކާއި ޕްރިންޓުކުރަންޖެހޭ ލީފްލެޓްތަށް ނުހަނު ގިނައެވެ. މި މަސައްކަތްތައް ކުރިޔަށް އޮތްތަނުގައި ކުރިޔަށްގެންދިޔުމަށް ތިޔަ ލޮބުވެތި އިޚުވާނުންގެ އެހީ ބޭނުންވެއެވެ. ފޮތްތަށް ޕަބްލިޝްކުރަން ހޭދަކުރި އަޚުންނާއި އަދި ފޮތްތަކާއި ލީފްލެޓްތަށް ތަރުޖަމާކުރި އަހަރެމެންގެ ލޮބުވެތި އުސްތާޛުންނަށް މާތް ﷲ ހެޔޮ ޖަޒާ ދެއްވާށިއެވެ.  

ދަޥްރާ ޢިލްމިއްޔާތަށް އިންތިޒާމްކުރުން

ތިޔަ ލޮބުވެތި އަޚުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން އަހަރެމެންގެ ތެރޭގައި ފަތުވާދޭ ފެންވަރުގެ ބޮޑެތި ޢިލްމުވެރިންނެއް ނެތެވެ. މަކްތަބާ ސަލަފިއްޔާއިން އަބަދުވެސް ދަނީ ތިޔަ ލޮބުވެތި އަޚުންނާއި ދުނިޔޭގައި ތިއްބެވި ބޮޑެތި ޢިލްމުވެރިންނާއި އެބޭފުޅުންގެ ދަރިވަރުންނާއި ގުޅުވައިދެމުންނެވެ. އެގޮތުން މަކްތަބާ ސަލަފިއްޔާގެ ދަޢުވަތަކަށް އަހަރެމެންގެ ޝެއިޚް ފަޟީލަތުއް ޝައިޚް ޑރ. ޢަބްދުﷲ ބުޚާރީ حفظه الله (ސަޢުދި އަރަބިއްޔާއިން) ވަނީ 2013 ،2014 ވަނަ އަހަރު ރާއްޖެ ޒިޔާރަތްކޮށް މާލޭގައި ބޭއްވުނު ދަޥްރާ ޢިލްމިއްޔާއެއްގައި ބައިވެރިވެ ވަޑައިގެންފައެވެ. އަދި 2015 އަހަރުގައި މަކްތަބާ ސަލަފިއްޔާއިންވަނީ ޝެއިޚް މުހައްމަދު ޣާލިބް حفظه الله ރާއްޖެގެނެސް ދަޥްރާ ޢިލްމިއްޔާއެއް ބާއްވާފައެވެ. އަދި މީގެ ކުރީގެ އަހަރުތަކުގައިވެސް ޢިލްމުވެރިންނާއި އެ ޢިލްމުވެރިން ތަޒްކިޔާ ދެެއްވާފައިވާ ދަރިވަރުން ރާއްޖެވަނީ ޒިޔާރަތްކޮށްފައެވެ. އަދި ކުރީ އަހަރުތެކޭ އެއްފަދައިން ފަޟީލަތުއް ޝައިޚް ޑރ. ޢަބްދުﷲ ބުޚާރީ حفظه الله މި އަހަރު (2016 ވަނަ އަހަރު) ރަމަޟާން މަސް ފަހުން ރާއްޖެ ޒިޔާރަތް ކުރުމަށްވަނީ ހަމަޖެހިފައެވެ. މި ދަޥްރާ ޢިލްމިއްޔާއަށް ޝެއިޚުން ސަޢުދި އަރަބިއްޔާ ނުވަތަ އެހެން ޤައުމުތަކުން ގެނައުމާއި އެބޭފުޅުންގެ މެހެމާންދާރީ އަދާކުރުމަކީ ނުހަނު ގިނަ ޚަރަދު ދާކަމެކެވެ. މިފަދަ އިލްމީ ދަޥްރާތަށް ކޮންމެ އަހަރަކުވެސް މެދުކެޑުމެއްނެތި ހިންގުމަށް ހަމަ އެފަދައިން ތިޔަ ލޮބުވެރި އަޚުންގެ އެހީ ބޭނުންވެއެވެ. މިހާތަނަށް މިއަށް ހޭދަކުރި އަޚުންނާއި އަދި ކުރިޔަތް އޮތްތަނުގައި ހޭދަކުރާ އަޚުންނަށް މާތް ﷲ ހެޔޮ ޖަޒާދެއްވައި އެއަޚުންގެ އުމުރާއި މުދަލުގައި ބަރަކާތް ލައްވާށިއެވެ.

ތަރްބިއްޔާ ލާރނިންގ ސެންޓާރ (އަލް-މަދްރަސަތުއް ސަލަފިއްޔާ)

މަކްތަބާ ސަލަފިއްޔާގެ ބެލުމުގެ ދަށުން، ޚާއްސަ ގޮތެއްގައި އަހަރެމެންގެ ސަލަފީ އުސްތާޛުން އިސްވެ މި ޞައްހަ އަޤީދާގެ މަތީގައި ތުއްތު ކުދީން ތަރުބިއްޔަތުކުރުމަށް ޕްރީ ސްކޫލެއްގެ ގޮތުގައި ރިޖިސްޓްރީ ކުރެވިގެން ކުދީންނަށް އުންގަންނައިދެއެވެ. އަމާޒަކީ މި ފުޅާކޮށް ސަލަފީ މަދްރަސާއެއްގެ ގޮތުގައި ކުރިޔަށް އޮތްތަނުގައި ހިންގުމެވެ. މިތަން ހިންގަމުންދަނީ ދަރިވަރުން އަތުން ލިބޭ އެއްޗަކަށްވުރެ އަހަރެމެންގެ ލޮބުވެތި އިޚްވާނުންގެ ދީލަތި ހޭދައިންނެވެ. މި އެެންމެހައި ކަންތައްތަކަކީ އެއަށް ތިޔަ އަޚުންގެ ދީލަތި އެހީއަށް ބޭނުންވެފައިވާ ކަންތައްތަކެވެ. މި ތަޞްފިއްޔާ ވައް ތަރްބިއްޔާގެ މަތިވެރި ޝިޢާރު ކުރިއެރުވުމަށްޓަކައި ރެއާއި ދުވާލު މަސައްކަތް ކުރަމުންދާ އުސްތާޛުންނާއި އަޚުންނާއި އަދި މިކަމަށް ހޭދަކުރާ އެންމެހައި ފަރާތްތަކަށް މާތް ﷲ ހެޔޮވެގެންވާ އަޖުރު ދެއްވާށިއެވެ.

 

އެހީ ދޭނީ ކިހިނެއް؟

މިހާރު މަކްތަބާ ސަލަފިއްޔާ ވެބްސައިޓް މެދުވެރިކޮށް ތިޔަ ލޮބުވެތި އަޚުންނަށް އޮންލައިންކޮށްވެސް ޑޮނޭޓް ކުރެވިދާނެއެވެ. މާތް ﷲ ގެ ވަޖްހުފުޅަށްޓަކައި އިޚްލާސްތެރި ނިޔަތަކާއިގެން އެހީދޭން ބޭނުން އަޚަކު އެހީން ދޭންވީއެވެ. އެންމެހައި ހެވެއްވަނީ ﷲ އަށް ތަޤްވާވެރިވެ އެކަނލާންގެއަށް އިޚްލާސްތެރިވުމުގައެވެ.

وصلّى الله وسلّم على نبيّنا محمّد وآله وصحبه أجمعين ، والحمد لله ربّ العالمين

 

Like what you see?

Close

Hit the buttons below to follow us, you won't regret it...