ވިޔަފާރި البيوع

ބުޅާ ގެންގުޅުމާއި ބުޅާ ވިއްކުން - الشَّيخ العَلاَّمَة صَالح الفَوزَان رحمه الله

ކެޓަގަރީ ވިޔަފާރި البيوع

ސުވާލު: ބުޅާ ގަނެވިއްކުމާއި އަދި ބުޅާ ގޭގައި ގެންގުޅުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟

ޖަވާބު: "އެ ގޭގައި ގެންގުޅުމުގައި މައްސަލައެއް ނެތެވެ. އެކަމުގައި އެއްވެސް މައްސަލައެއް ނެތެވެ. އެއީ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވާ ފަދައިން ތިޔަބައިމީހުންނާ އެކުގައިވާ (ޚިދުމަތުގައިވާ) އެއްޗެކެވެ. އެގޮތުން އޭތި ފެންބޮއިފައިވާ އެއްޗެއްގެ ބާކީ ހުރި ތަކެތިން ވުޟޫކުރުން ހުއްދަވެގެންވެ އެވެ. އެ ބޮއެފައިވާ އެތީގެ ބާކީ ތަކެތިން ވުޟޫ ކުރުން ހުއްދަވެފައިވުމުން ބަޔާންވަނީ އޭގެ ކުޅަކީ ނަޖިހެއް ނޫން ކަމެކެވެ. ޙުކުމަކީ އެއީ ޠާހިރު އެއްޗެއް ކަމެވެ. އަދި އޭތި ކައިފައިހުންނަ އެތިންވެސް ހަމައެފަދަ އެވެ. މިއީ އަޅުތަކުންނަށް އެކަމުގައި ލުއިފަސޭހަވެގެންވުމެވެ. ބުޅަލަކީ މީސްތަކުންނާ އެކުގައި އުޅޭ އެއްޗެއް ކަމުގައިވެ، އެތަކެއްޗަށް އޭނާ ނުރުހުނު ކަމުގައިވިއަސް ފާރުމަތިން އަރައިގެންވިޔަސް އެތަކެތި އަންނާނެ އެވެ. ފަހެ، ބުޅާ ގެންގުޅުމަކީ މައްސަލައެއްނޫނެވެ.
 

އެހެނަސް ބުޅާ ވިއްކުމަކީ ޙަރާމްވެގެންވާ ކަމެކެވެ. ސަބަބަކީ ނަބިއްޔާ صلى الله عليه وسلم ބުޅާ ވިއްކައިގެން ލިބޭ ފައިސާ ނަހީކުރެއްވި އެވެ. އަދި ކުއްތާ ވިއްކައިގެން ލިބޭ ފައިސާވެސް ނަހީ ކުރެއްވި އެވެ. ފަހެ، އެއީ ޙަރާމްވެގެންވާ ކަމެކެވެ. އާނއެކެވެ."
****
ފަތުވާ ނަގާފައިވަނީ : https://goo.gl/dqpFyB

Like what you see?

Close

Hit the buttons below to follow us, you won't regret it...