5 މިފަދަ މަތިވެރި އަޚްލާޤުން އެއްކިބާވެ، ތިބާއަކީ ސަލަފީއެކޭ ބުނުމުގައި ހުރީ ކޮން އަގެއް ތޯ! - العلامة محمد بن عمر بن سالم بازمول حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

މިފަދަ މަތިވެރި އަޚްލާޤުން އެއްކިބާވެ، ތިބާއަކީ ސަލަފީއެކޭ ބުނުމުގައި ހުރީ ކޮން އަގެއް ތޯ! - العلامة محمد بن عمر بن سالم بازمول حفظه الله

ލިޔެ ތައްޔާރުކުރީ: المَكْتَبَة السَّلَفِيَّة المَالدِيْفِيَّة. ކެޓަގަރީ އާޢިލާގެ އަޙްކާމްތައް

ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން


العلامة محمد بن عمر بن سالم بازمول حفظه الله

އަނބީންނަށް ހެޔޮކޮށް ހިތުން

ސުވާލު: ދީނުގައި ޤާއިމްވެ ދެމިހުންނަ އަންހެނެކެވެ. އަދި ޤާއިމްވެ ދެމިހުރުމަށް މަސައްކަތްކުރެ އެވެ. އެހެނަސް ފިރިމީހާގެ ފަރާތުން ނުހަނު ގިނަވެގެންވާ އުނދަގޫތަކާއި ގޯނާތައް ލިބެމުންދެ އެވެ. މިކަންތަކުގެ މައްޗަށް ބިރުވެތިކަމުގައި މި އަންހެންމީހާ ދެމިހުރެ އެވެ.


ޖަވާބު: އަހަރެން ބުނަމެވެ. އޭ މުސްލިމް ފިރިހެނާ އެވެ..... ތިބާ، ތިބާގެ އަނބިމީހާގެ މައްޗަށް ﷲ އަށް ބިރުވެތިވުން ހުއްޓެވެ.
ރަސޫލާ صلى الله عليه وسلم ބަލިކަށި ދެ މީހެއްގެ މައްޗަށް (ޟަޢީފައިން) އަށް ވަޞިއްޔަތް ކުރައްވާފައިވާކަން ތިބާ ނުދަންނަމު ހެއްޔެވެ؟ އެ ދެބައި މީހުންނަކީ ޔަތީމު ކުދިންނާއި އަންހެނުން ނެވެ.


އިމާމް أحمد މުސްނަދުގައި (2-439 الميمنية) އަދި އިމާމް ابن ماجه އަލް-އަދަބުގެ ބާބު "ޔަތީމު ކުއްޖާގެ ޙައްޤުތައް" ޙަދީޘް (3678)  ގައި أبوهريرة ގެ އަރިއަހުން ރިވާކުރައްވާފައިވެ އެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (اللَّهمَّ إنِّي أحرِّجُ حقَّ الضَّعيفينِ اليتيمِ والمرأةِ) "ހައްދަވާ ގެންގުޅުއްވާ އަޅުގެ ވެރި ﷲ! ދެރަ ބަލިކަށި ދެ މީހެއްގެ ޙައްޤުތައް ގެއްލުވާލުމުން ބޮޑުވެގެންވާ އިންޒާރަކުން އިންޒާރުދެމެވެ. ޔަތީމު ކުއްޖާ އަދި އަންހެނުންނެވެ." ސުނަނު ތަޙްޤީޤު ކުރައްވާ الأرنؤوط ވިދާޅުވެފައިވެ އެވެ. "މިއީ ބާރުގަދަ ސަނަދެކެވެ." އަދި މިފަދައިން المسند ތަޙްޤީޤު ކުރެއްވި ޢިލްމުގެ އަހުލުވެރިން ވިދާޅުވެފައިވެ އެވެ.


ރަސޫލާ صلى الله عليه وسلم ޙައްޖަތުލް ވަދާޢުގައި އަންހެނުންނަށް ހެޔޮކޮށްހިތުމަށް ވަޞިއްޔަތް ކުރެއްވިކަން ތިބާ ނުދަންނަމު ހެއްޔެވެ؟


عمرو بن الأحوص الجشمي رضي الله عنه ވިދާޅުވެފައިވެ އެވެ. ނަބިއްޔާ صلى الله عليه وسلم ޙައްޖަތުލް ވަދާޢުގައި ޙަދީޘް ކުރެއްވި އަޑު ތިމަންނަ އެހީމެވެ. ﷲ އަށް ޙަމްދު ކުރެއްވުމަށްފަހު އަދި އެ އިލާހަށް ޘަނާ ވިދާޅުވުމަށްފަހުގައި، މީސްތަކުންނަށް ވަޢުޟު ދެއްވާ ނަޞޭޙަތްތެރިވެ ޙަދީޘް ކުރެއްވި އެވެ. (ألا واستوصوا بالنساء خيرًا، فإنما هن عوانٌ عندكم . ليس تملكون منهن شيئًا غير ذلك، إلا أن يأتين بفاحشةٍ مبينة . فإن فعلن فاهجروهن في المضاجعِ واضربوهن ضربًا غير مبرِّحٍ . فإن أطعنكم فلا تبغوا عليهن سبيلًا . ألا إنَّ لكم على نسائكم حقًّا . ولنسائكم عليكم حقًّا . فأما حقُّكم على نسائكم فلا يوطئنَ فرُشَكم من تكرهون ولا يأذنَّ في بيوتكم لمن تكرهون . ألا وحقُّهن عليكم أن تحسنوا إليهن في كسوتهن وطعامهن) "އަންހެނުންނަށް ހެޔޮކޮށް ހިތުމަށް ތިޔަބައިމީހުންނަށް ތިމަންނަބިއްޔާ ވަޞިއްޔަތް ކުރަމެވެ. ފަހެ، ހަމަކަށަވަރުން އެކަނަބަލުންނަކީ ތިޔަބައިމީހުންގެ ގާތުގައިވާ އަސީރުންނެވެ. މިނޫން އެއްޗެއް ތިޔަބައިމީހުންނަކަށް އެކަނބަލުންގެ ފަރާތުން ލިބިގެނެއް (މިލްކުވެގެން) ނުވެ އެވެ. އެކަނބަލުން ބަޔާންވެގެންވާ ފާޙިޝް ކަމަކަށް އަރައިގަތުމަށް ދާންދެނެވެ. ފަހެ، އެފަދަ ފާޙިޝްކަމަކަށް އެކަނބަލުން އަރައިގެންފި ހިނދުގައި، އެކަނބަލުންނާ އެއްދާން ކުރުން ދޫކޮށްލާށެވެ. އަދި މުބައްރިޙް (ހަށިގަނޑަށް ގެއްލުން ނުވާނެ ގޮތަށް) އެކަނބަލުންގެ ހަށިގަނޑުގައި ޖެހުން ހުއްޓެވެ. ފަހެ، އެކަނބަލުން ތިޔަބައިމީހުންނަށް ކިޔަމަންގަނެއްޖެ ހިނދުގައި އިތުރުގޮތަކަށް އަމަލުކުރުމެއް ނުވެ އެވެ. ތިޔަބައިމީހުންގެ ފަރާތުން ތިޔަބައިމީހުންގެ އަނބިންގެ މައްޗަށް ޙައްޤުތަކެއްވެ އެވެ. އަދި އަނބިންގެ ފަރާތުން ތިޔަބައިމީހުންގެ މައްޗަށް ޙައްޤުތަކެއްވެ އެވެ. ފަހެ، އެ އަނބިންގެ ފަރާތުން ތިޔަބައިމީހުންނަށްޓަކައި އަދާކުރަންޖެހޭ ޙައްޤުތަކުގެ ތެރޭގައި، ފިރިމީހާ ނޭދޭ މީސްތަކުން ދިރިއުޅޭތަންތަނަށް ވައްދައިގެން ނުވާނެ އެވެ. އަދި ފިރިމީހާ ނޭދޭ މީސްތަކުން ގެއަށް ވަނުމަށް ހުއްދަ ދީގެން ނުވާނެ އެވެ. އަދި ފިރިންނަށް އެ އަނބިންނަށް އަދާކުރަންޖެހޭ ޙައްޤުތަކުގެ ތެރޭގައި އެ ކަނބަލުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގައި އަދި އަންނައުނު ހޯދައިދިނުމުގައި އޯގާތެރިވެ ހެޔޮކޮށް ހިތުން ހުއްޓެވެ." الترمذي މި ޙަދީޘް ރިވާކުރެއްވި އެވެ. އަދި ވިދާޅުވި އެވެ. حديث حسن صحيح.


ނަބިއްޔާ صلى الله عليه وسلم ޙަދީޘްގައިވާ عَوَانٍ ގެ މާނައަކީ އަސީރުންނެވެ.


ތިބާގެ އީމާންކަން ފުރިހަމަވަނީ ތިބާގެ އަނބިމީހާއާ މުޢާމަލާތް ކުރުމުގައި އިޙްސާންތެރިވުމުން ކަމުގައި ތިބާ ދަންނަމު ހެއްޔެވެ!
أبوهريرة رضي الله عنه ގެ އަރިއަހުން ރިވާކުރައްވާފައިވެ އެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (أكملُ المؤمنينَ إيمانًا أحسنُهمْ خُلُقًا، و خِيارُكُمْ خِيارُكُمْ لِنِسائِهِمْ) "މުއުމިނުންގެ ތެރޭގައި އީމާންކަން އެންމެ ފުރިހަމަވެގެންވާ މީހާއަކީ، އެބައިމީހުންގެ ތެރޭގައި އެންމެ އަޚްލާޤު ރިވެތި މީހާ އެވެ. އަދި ތިޔަބައިމީހުންގެ ތެރޭގައިވާ އެންމެ ހެޔޮ މީހާއަކީ އޭނާގެ އަނބީންނަށް އެންމެ ހެޔޮ މީހާ އެވެ." الترمذي މި ޙަދީޘް ރިވާކުރެއްވި އެވެ. އަދި ވިދާޅުވި އެވެ. حديث حسن صحيح.


ޞާލިޙް އަތްބަކީ މި ދުނިޔޭގައި އެންމެ ހެޔޮވެގެންވާ އުފަލާއި އަރާމް ކަމުގައި ތިބާ ދަންނަމުހެއްޔެވެ!


عبد الله بن عمرو بن العاص رضي الله عنهما ގެ އަރިއަހުން ރިވާކުރައްވާފައިވެ އެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (الدُّنيا متاعٌ، وخيرُ متاعِ الدُّنيا المرأةُ الصَّالحةُ) "ދުނިޔެއަކީ އަރާމާއި އުފާ ހޯދުމުގައިވާ ތަނެކެވެ. އަދި މި ދުނިޔޭގައިވާ އެންމެ ހެޔޮވެގެންވާ އުފަލާއި އަރާމަކީ ހެޔޮލަފާ ޞާލިޙް އަތްބެކެވެ." الإمام مسلم މި ޙަދީޘް ރިވާކުރެއްވި އެވެ.
ތިޔަބައިމީހުންގެ އަނބިންނަށް ތިޔަބައިމީހުން ހެޔޮކޮށްހިތުމަށް ވަޞިއްޔަތް ކުރަމެވެ.


أبوهريرة رضي الله عنه ގެ އަރިއަހުން ރިވާކުރައްވާފައިވެ އެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. (استوصُوا بالنساءِ ، فإنَّ المرأةَ خُلقتْ من ضِلعٍ ، وإنَّ أعوجَ شيءٍ في الضِّلعِ أعلاه ، فإن ذهبتَ تقيمُه كسرتَه ، وإن تركتَه لم يزلْ أعوجَ ، فاستوصُوا بالنِّساءِ) "ތިޔަބައިމީހުންގެ އަނބިންނަށް ހެޔޮކޮށް ހިތުމަށް ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރަމެވެ. ފަހެ، ހަމަކަށަވަރުން އަންހެނުން ހެއްދެވުނީ އަރިކަށިންނެވެ. ފަހެ، އަރިކަށީގައިވާ އެންމެ ގުދުވެފައިވާ ކަށްޓަކީ އެންމެ މަތީގައިވާ ކަށްޓެވެ. ފަހެ ތިބާ އެކަށި އެކުގައި ސީދާކުރަން އުޅެފި ހިނދުގައި އެ ދާނީ ބިންދައިގެންނެވެ. އަދި ތިބާ އެ އެގޮތުގައި ދޫކޮށްފި ހިނދުގައި އޭގައި އަބަދުމެ ގުދުކަމެއް ހުންނާނެ އެވެ. ފަހެ ތިޔަބައިމީހުން އަންހެނުންނަށް ހެޔޮކޮށްހިތުމަށް ވަޞިއްޔަތް ކުރަމެވެ." البخاري مسلم މި ޙަދީޘް ރިވާކުރެއްވި އެވެ. އަދި ވިދާޅުވި އެވެ.
ތިބާ، ތިބާގެ އަނބިމީހާ އާއި ދަރިންނާ މެދުގައި ހެޔޮގޮތުގައި މުޢާމަލާތް ނުކުރާހިނދުގައި، ތިމަންނައަކީ ސަލަފީއެކޭ ބުނެ، އަދި ތިމަންނަ އަކީ ސަލަފީންނާ އެކުގައި އުޅޭ މީހެކޭ ބުނުމުގެ ހުރި ފައިދާއަކީ ކޮބައި ހެއްޔެވެ؟!


ސަލަފީ އަޚްލާޤުތަކުން އެއްކިބާވެ، މިފަދަ މުޑުދާރު ސޫރައެއް ތިބާ ދައްކާހިނދުގައި، ތިމަންނައަކީ ސަލަފީއެކޭ ބުނުމުގައި ހުރި އަގަކީ ކޮބައިހެއްޔެވެ؟
ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރޭގައިވާ އެންމެ ހެޔޮ މީހަކީ ތިޔަބައިމީހުންގެ އަނބިންނަށް އެންމެ ހެޔޮވެގެންވާ މީހާ ކަމުގައިވެ އެވެ.


وبالله التوفيق.
****
ފަތުވާ ނަގާފައިވަނީ : https://goo.gl/JR9so5

Like what you see?

Close

Hit the buttons below to follow us, you won't regret it...