5 އުސާމާ ބިން ލާދިން އަކީ ޚަވާރިޖެއް - العَلاَّمة الشَّيخ صَالح بن الفَوزَان الفَوزَان حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

އުސާމާ ބިން ލާދިން އަކީ ޚަވާރިޖެއް - العَلاَّمة الشَّيخ صَالح بن الفَوزَان الفَوزَان حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ އުސާމާ ބިން ލާދިން

ސުވާލު:  ދުނިޔޭގެ ކަންކޮޅުތަކުގައިވާ ޒުވާން ކުދިންނަށް އުސާމާ ބިން ލާދިން ބިންމަތީގައި ފަސާދަ ކުރުމަށް ހިތްވަރު ދެއްވާފައިވާކަން، ސަމާޙަތުއް ޝެއިޚަށް ވަންހަނާވެފަ އެއް ނުވާނެ އެވެ. މި (އުސާމާ ބިން ލާދިން) އަކީ ޚަވާރިޖެއް ކަމުގައި ސިފަކުރުން އަހަރެމެންނަށް ހުއްދަވާނެ ހެއްޔެވެ؟ އަދި އޭނާ ވަނީ އަހަރެމެންގެ މި ޤައުމުގައި ބޮންގޮއްވުމަށާއި އަދި އެހެނިހެން ޤައުމުތަކުގައި ބޮންގޮއްވުމަށް ހިތްވަރު ދީފަ އެވެ.

ޖަވާބު: "ތިޔަ ފިކުރު ހޯދައިގަނެފައިވާ ކޮންމެ މީހަކީ ޚަވާރިޖެކެވެ. ތިޔަ ފިކުރު ހޯދައިގަނެފައިވާ ކޮންމެ މީހެއް، އަދި އެއަށް ދަޢުވަތް ދިން ކޮންމެ މީހަކީ އަދި އެކަމަށް ހިތްވަރު ދިން ކޮންމެ މީހަކީ ޚަވާރިޖެކެވެ. އެމީހެއްގެ ނަމަކަށް ބަލާލުމެއްނެތި، އެމީހަކު އުޅޭ ތަނަކަށް ބަލާލުމެއްނެތި، (އޭނާ އަކީ ޚަވާރިޖެކެވެ.)
ފަހެ، މިއީ (މިކަމަށްއޮތް ޤަވާޢިދެވެ.) ތިޔަ ފިކުރަށް ދަޢުވަތްދިން ކޮންމެ މީހެއް، އެއީ، މުސްލިމް ވެރިންނާ ދެކޮޅަށް ނުކުތުމާއި، މުސްލިމުން ކާފަރު ކުރުމާއި، މުސްލިމުންގެ ލޭ އޮހޮރުވުން ހުއްދަވުމާއި، (މިފަދަ ކަންތަކުގައި ވެއްޖެ މީހަކީ) ފަހެ ޚަވާރިޖެކެވެ." ފަތުވާ ނަގާފައިވަނީ : http://goo.gl/trLFpi

 

އެންމެހައިމީސްތަކުނޭވެ. މިއަދު އަހަރެމެންނަށް، އަހަރެމެން ދަންނަ މީހުން ކިޔައިދީފައިވަނީ، އުސާމާ ބިން ލާދިން އަކީ ކޮންފަދަމީހެއްތޯ އެވެ؟ މުޖާހިދް، ޚަލީފާ، ޤާއިދް، އައް-ޝަހީދު ފަދައިން ނޫން ހެއްޔެވެ؟ ޢިލްމުވެރިންގެ ޤައުލަކީ ކޮބައިތޯ؟ އެބައިމީހުން ބަޔާންކޮށްފައިވަނީ ކޮންފަދަ ސިފައަކުން ތޯ އެވެ؟ ދަންނަހުއްޓެވެ. މި ޢިލްމުވެރިންނަށް ނޭނގުނު އެއްޗެއް ތިބާއަށް ތިޔަ ކިޔައިދިނީ ކާކުތޯ އެވެ؟
 

ދަންނަހުއްޓެވެ! މިއަދު އެމީހުން ބުނެ އެވެ. "އަހަރެމެންނަކީ މައްކާ މަދީނާ، ސަޢުދީ ޢަރަބިއްޔާ" އިން ކިޔަވައިގެން އައިސްތިބި ބައެކެވެ. މިއީ ޢާންމު މީސްތަކުންގެ ބޮލަށް ސަވާރުވުމަށް މިބައި މީހުން ގެންގުޅޭ ހަތިޔާރެވެ. އެތަންތަނުން ކިޔަވައިގެން އައިސް އެ ޢިލްމުވެރިންގެ ބަސްތަކުގައި ކޮޅުފައިން ޖަހައި، އެ ބަސްތައް ދޫކޮށް މީސްތަކުންނަށް ޢިލްމުވެރިންނޭ ކިޔައިއުޅޭ ކިތައްބަޔަކު އެއީ ޣައްދާރުވެފައިވާ ބައެއްތޯ އެވެ؟

 العلامة الشيخ صالح الفوزان حفظه الله

އުސާމާ ބިން ލާދިން އަށް އަދި އޭނާގެ އެންމެހައި ރޭވުންތެރިކަމަށް އިންޒާރު ދިނުން ވާޖިބުވެގެންވޭ

ސުވާލު: ބައެއް ޢިލްމުވެރިން އުސާމާ ބިން ލާދިން އާ ބެހޭގޮތުން ވާހަކަ ދައްކާ އަދި އުސާމާ ބިން ލާދިންގެ މައްޗަށް އިންޒާރު ދެ އެވެ. އަދި އަހަރެންނަށް އަޑުއިވިފައިވާ ގޮތުގައި الشيخ ابن باز ވަނީ އޭނާގެ މައްޗަށް އިންޒާރު ދެއްވާފައިވެ އެވެ. އަދި ހަމަ އެފަދައިން ބިން ލާދިން ދިފާޢު ކުރާ ބަޔަކުވެސްވެ އެވެ. އަދި އޭނާފަދައިން ޤާއިމްވާ މީހުންނެވެ. ޝެއިޚްގެ އަރިހުން އަހަރެން އެދެނީ މި ކަންތައް ތަފްޞީލުކޮށް ބަޔާންކޮށްދިނުމަށެވެ. އަދި އޭނާފަދަ ގޮތަށް ޤާއިމްވެގެންވާ މީސްތަކުންނާ މެދުގައި އަހަރެންނަށް ބަޔާންކޮށްދޭށެވެ.  

ޖަވާބު: އަހަރެންގެ އަމިއްލަ ނަފްސަށް ނިސްބަތްކޮށް ބުނަންޏާ ބުނާނީ އަހަރެންނަށް އުސާމާ ބިން ލާދިން (އޭނާ އަކީ ކާކު) ކަން ނޭނގެ އެވެ. އެހެނަސް އޭނާގެ ޢަމަލު ތަކުން އަދި އޭނާގެ ރޭވުންތަކުން ބަޔާންވެގެންދަނީ، އޭނާގެ ކިބައިން ރައްކާތެރިވެ އިންޒާރު ލިބިގަތުން ވާޖިބުވެގެންވެ އެވެ. އަދި އޭނާގެ މައްޗަށް އިންޒާރުދިނުން ވާޖިބުވެގެންވެ އެވެ.
 

އޭނާގެ ރޭވުންތަކުގެ މައްޗަށް ޒުވާނުންނަށް އޭނާގެ މައްޗަށް އިންޒާރު ދޭން ޖެހޭނެ އެވެ. އެއީ، އޭނާގެ ފަރާތުން އައިސްފައިވާ ޚަބަރުތަކުންނާއި، އޭނާ ބެހޭގޮތުން ފެތުރި ފާޅުވެފައިވާ ގޮތުގައި އަދި ތަވާތުރުކޮށް އޭނާގެ ކިބައިން ބަޔާންވެގެންވަނީ، އޭނާ އަކީ ފިތުނަ މީސްތަކުންގެ ތެރެއަށް ފާޅުކުރާ މީހެކެވެ. އޭނާ އަކީ މުސްލިމުންގެ މެދުގައި ފިތުވެރިކަން ފަތުރާ މީހެކެވެ. އާއެކެވެ.
*** ފަތުވާ ނަގާފައިވަނީ :   https://goo.gl/zHZL1P

 

އަޚުންނޭވެ! މިއީ ޝަރުޢީ ޢިލްމު އޭގެ އަހުލުވެރިންގެ ފަރާތްޕުޅުން ހޯދާފައިވާ، އިމާމުން އަދި ޢިލްމުވެރިން އުސާމާ ބިން ލާދިންގެ ޢަމަލުތަކާއި އޭނާގެ ބަސްތަކުގެ މައްޗަށް ޝަރީޢަތުގެ ބިންގަޑުތަކުގެ މައްޗަށް ޙުކުމް ކުރައްވާފައިވާ ގޮތެވެ. އެހެނަސް އުސާމާ ބިން ލާދިން ފަދައިން، އިޚްވާނީންގެ ޖަމާޢަތުގެ އަހުލުވެރިންގެ ގޮތުގައިވެ، ތަކްފީރީ، ޚަވާރިޖުންގެ ކޯރުން ފެންބޮއި، އެ މަންހަޖުގެ ތެރޭގައިވާ ބައެއް ކަމުގައި މި ބަސްތައް ނުފުދޭތޯ އެވެ؟

20161115-iyad-binladen.jpg


ޢަޤީދާގެ އުޞޫލްތަކާއި، އުއްމަތުގެ ތެރެއަށް ފާޅުވެފައިވާ ޙައްދު ފަހަނަ އަޅައިފައިވާ ބައިގަނޑުތަކަކީ ކޮބައިކަން ޑޮކްޓަރުކަން ކިޔަވާއިރު ނޭނގިފައިވާ މީހާއަށް ޝަރީޢަތުން އޮޅުންފިލައިފައިވަނީ ކޯންޗެއް ބާ އެވެ؟ ޙައްޤުމަގުގައިވި ޢިލްމުވެރިންގެ މައްޗަށް ގޮންޖަހައި ބަސްތައް ބުނެ، މީސްތަކުންނަށް އެބައިމީހުންގެ ދީނާއި ޙައްޤުގެ އަހުލުވެރިން ވަންހަނާކޮށް، ބާޠިލްގެ އަހުލުވެރިން، އަދި ކިޔެއްތޯ! ބާޠިލްގެ ލީޑަރުން އެއީ މުޖާހިދުންނަށް ހަދައިފައިވި މި މީހުންނަކީ ކޮންފަދަ ނުބައިނުލަފާ ބައެއްތޯ އެވެ؟އުސާމާ ބިން ލާދިން މުޖާހިދަކަށް ހެދުން އެއީ ﷲ ގެ ޝަރީޢަތުގެ މައްޗަށް ޙުކުމް ކުރުންތޯ އެވެ؟

العلامة الشيخ صالح الفوزان حفظه الله ވިދާޅުވެފައިވެ އެވެ.

”މަގު ފުރެދިފައިވާ ޢިލްމުވެރިންނަށާއި ނުބައި މީސްތަކުންނަށް ޘަނާގެ ބަސްތައް ބުނާ މީހަކު ތިބާއަށް ފެނިއްޖެ ހިނދުގައި، ތިބާ ދަންނާށެވެ! އެފަދަ މީހާއަކީ ފަސާދަ ވެފައިވާ އަދި މަގުފުރެދިފައިވާ މީހެކެވެ.“ http://goo.gl/ivn5Bb

ޢިލްމުވެރިންގެ ބަސްފުޅުތަކުގެ މައްޗަށް ގޮންޖަހައި، ޢިލްމުވެރިންގެ ބަސްތައް ވަންހަނާކޮށްފައިވި މީސްތަކުން މިއަދުވަނީ އެއީ ހެޔޮ ބައެއްގެ ގޮތުގައި ހަދައިފަ އެވެ؟ މިއީ މި އެންމެހައި މީސްތަކުންނަކީ އެއްތަނަކުން، އެއް މަންހަޖެއްގައި ތިބި ކަމުގައި ބަޔާންވެގެންވާ ޢަލާމާތެކެވެ. އެބައިމީހުން މުއައްސަސާތަކަށް އަދި ޖަމްޢިއްޔާތަކަށް ކިޔާ ނަންތައް ތަފާތުވީ ކަމުގައިވިޔަސް އެވެ.

ޖޭއެސް އަހުމަދު ސަމީރު ޢަދާލަތު ޕާޓީ އިޔާޟަށް ޕާލިމެންޓަށް ވަނުމަށް ކެމްޕެއިން ކުރަނީ20161115-sameerhizbi.jpg


އިސްލާމީ އުއްމަތަށް ފާޅުވި އެންމެ ނުރައްކާތެރި ފިރުޤާގެ ތެރޭގައި ޚަވާރިޖުން ހިމެނެ އެވެ. އިސްލާމްދީނުގެ ނަމުގައި ވެރިންނާ ދެކޮޅަށް ނުކުތުމާއި، މަޢުޞޫމް ނަފްސުތަކަށް އެއްވެސް ޙުރުމަތްތެރި ކަމެއް ނުދިނުމާއި، މުސްލިމް ބިން ތަކުގައި ލޭއޮހޮރުވާލައި، ބިންތައް ފަސާދަ ކުރުމެވެ. މިއަދު މައްކާ މަދީނާއި ބޮންގޮއްވައި، ނަފްސުތައް ޤަތުލުކުރަނީ ޚަވާރިޖުންގެ އެންމެ ކުރީގެ އަހުލުވެރިންވެސް ކަންތައް ކުރި ފަދައިންނެވެ.

 

20161115-adamshameem.jpg

މިއީ އުއްމަތަށް އިންޒާރުދީ، އެބައެއްގެ ހައްދުފަހަނައަޅައި ގޮސްފައިވާ ބާޠިލުން މީސްތަކުން ރައްކާތެރި ކުރުމަށް ރައްދުދެވި، އެބަޔަކާ ވަކިވުމަށް އިންތިހާއަށް ދަޢުވަތުދޭން ޖެހޭ ކަމެކެވެ. އުސާމާ ބިން ލާދިން އަދި އެ މަންހަޖު ޚިޔާރުކޮށްފައިވާ މީހުންގެ މައްޗަށް ލުއިކޮށް ދެކި، އެމީހުންވެސް ހެޔޮކަންތައް ކުރާނޭ ބުނެ، މިފަދަ ފާސިޤު، ބާޠިލް ލީޑަރުން ސުންނަތުގެ މީހުން ދިފާޢުކޮށް ނަހަދާނެ އެވެ.


الإِمَام العلامة ابن باز رحمه الله  ވިދާޅުވެފައިވެ އެވެ .
”މުންކަރާތް ފާޅުކޮށްފި މީހާ ނުވަތަ ބިދުޢަތައް ފާޅުކުރުމުން އޮތީ މީސްތަކުންނަށް އޭނާގެ މައްޗަށް އިންޒާރު ދިނުމެވެ. އޭނާ ކޮށްފައިވާ ހެޔޮކަންތަކަށް ބެލުމެއް ނުވެ އެވެ. އޭނާ ކޮށްފައިވާ ހެޔޮކަންތައްވަނީ އޭނާއާއި އޭނާގެ ރައްބު ދެމެދުގަ އެވެ.“ https://goo.gl/qyyBGx    

 

އާދަމް ނިޝާން ޢަލީ އާދަމްގެ މުވާޒަނާތުގެ މަންހަޖު ބިދުޢަ 20161115-nishanbinladen.jpg

 

ބިން ލާދިން ކުރި ޖިހާދަކީ ކޮބައިތޯ އެވެ؟ އާއެކެވެ. ޝައިޠާނާގެ މަގުގައި ޖިހާދު ކުރި އެވެ. މި މީސްތަކުން މިއަދު އުސާމާ ބިން ލާދިންގެ ދަރިވަރުން ގެ ގޮތުގައިވާ ISIS  ކުރާ ކަންތައް އިންކާރު ކުރެވޭނެ އެއްވެސް އުޞޫލެއް ނެތެވެ. ބިންލާދިންވެސް ކުރި "ޖިހާދަކީ" މި އެވެ. މިއަދު މި ޖަމާޢަތްތައްވެސް ކުރާ "ޖިހާދަކީ" ހަމަ މި އެވެ.  
 

العلامة الشيخ صالح الفوزان حفظه الله ވިދާޅުވެފައިވެ އެވެ .
” މީހަކު ދީނުގައި ބިދުޢައެއް ކުރުމަށްފަހުގައި، އެއިން ރުޖޫޢަވުމަށް އޭނާ ދެކޮޅުވެރިވެއްޖެ ހިނދުގައި، (މި ޙާލަތުގައި) ސަލަފުންގެ މަންހަޖަކީ އެފަދަ މީހާ ހަޖުރުކޮށް އޭނާއާ ދުރުވުމެވެ. އަދި އޭނާއާ އެކުގައި ނުއިށީންނާނެ އެވެ.“ المنتقى  1-63   

 

މުޅި ޙަޔާތުގައި، ފިތުނަ ފަސާދަ، ބޮން ގޮއްވުމާއި، ލޭ އޮހުރުވުމާއި، ޤައުމުތަކުގެ ވަލިއްޔުލް އަމްރުން ކާފަރުކުރުމާއި، ޚަވާރިޖު ޢަޤީދާތަކަށް ގޮވައި އެގޮތުގައި ހޭދަކުރި މި އިންސާނާއަށް، އުއްމަތުގެ ޢިލްމުވެރިން ނަޞޭޙަތް ދިނުމަށްފަހުގައިވެސް، ބޮޑާވެރި ކަމާއި ކިބުރުވެރިކަމާއި އެކުގައި ޙައްޤަށް ގުރަގަސްދީފައިވާ ބިން ލާދިންއާ މެދުގައި ދިވެހި ރާއްޖޭގެ މި "ޢިލްމުވެރިން" ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ވިސްނާލުން ހުއްޓެވެ.
 

އެހެން ކަމުގައިވިއްޔާ ބަޣުދާދީވެސް ރަނގަޅު ކަމުގައި ބުނަންޖެހޭނެ އެވެ. އަދި އެހެން ފަސާދައިގެ ލީޑަރުންވެސް ރަނގަޅު ކަމުގައި ބުނަން ޖެހޭނެ އެވެ. ޢިލްމުވެރިން ބާޠިލްއަށް ރައްދޫ ދީފައި ވުމުގެ ބޭނުމަކީ ކޮބަތޯ އެވެ؟ އުއްމަތަށް ނަޞޭޙަތްތެރިވެ، މީސްތަކުންނަށް ބާޠިލްގެ އަހުލުވެރިންގެ މައްޗަށް އިންޒާރު ދީފައި ވުމުގެ ބޭނުމަކީ ކޮބައިތޯ އެވެ؟

 

20161115-iyadonshabdulmuhsin.jpg
ޝެއިޚް ޢަބްދުލް މުޙްސިން ޢައްބާދް އަށް އިޔާޟު ރައްދުދިނުން

ޝެއިޚް މުޤްބިލްގެ ބަސް ބިން ލާދިން އާއި މެދު

ބިންލާދިން އަކީ މަހުދީތޯ ނުވަތަ ޝައިޠޯނެއްތޯ؟ - ޝެއިޚް ނަޖްމީ

ބިންލާދިން އާއި މެދު ޝެއިޚް ބިން ބާޒް

ޝެއިޚް ޢަބދުﷲ ބުޚާރީ އުސާމާއަށް ނަޞޭހަތްތެރިވުން

 

އުސާމާ ބިން ލާދިން: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 އުސާމާ ބިން ލާދިން އަށް ތަޢުރީފު ކުރާ މީހުންނީ ޙައްޤަށް ފުރަގަސްދީ ދުރަށްދާ ޖާހިލުންނެވެ. ޖަރީމާގެ އަހުލުވެރިންނެވެ. ހަވާ ނަފްސުގެ އަހުލުވެރިންނެވެ. - الشَّيْخ زَيْدُ بْنُ محمد بْنُ هَادِي المَدْخَلِي رحمه الله | 23 އޭޕްރީލް 2019

 އައް-ޒަރްޤާވީ އާއި އުސާމާ ބިން ލާދިންގެ ކިބައިން މުސްލިމުންނަށް ލިބުނީ ހަލާކާއި، ޚަރާބާއި، އިޚްތިލާފުވުމާއި، ބައިބައިވުން މެނުވީ ކޮން އެއްޗެއް ހެއްޔެވެ؟ - الشَّيْخ صَالِحُ بْنُ سَعْد اَلسُّحَيْمِي حفظه الله | 06 އޮގަސްޓު 2017

 އުސާމާ ބިން ލާދިންގެ ޖިހާދަކީ ޝައިޠާނާގެ މަގުގައިވާ ޖިހާދެކެވެ. ހަވާ ނަފްސުގެ އަހުލުވެރިންގެ ޖިހާދެކެވެ. - الشَّيْخ عَبْدُ اللهِ بْنُ عَبْدِ الرَّحِيم البُخَارِي حفظه الله | 04 އޮގަސްޓު 2017

އުސާމާ ބިން ލާދިން އަށް އަދި އޭނާގެ އެންމެހައި ރޭވުންތެރިކަމަށް އިންޒާރު ދިނުން ވާޖިބުވެގެންވޭ - الإمام العلامة الشيخ صالح الفوزان حفظه الله | 23 އޮގަސްޓު 2015

ތަދު ހަޤީޤަތެއް: އަލް ޤާއިދާ އަކީ އިޚްވާނުލް މުސްލިމީންގެ ތެރެއިން ފާޅުވި ބައެއް އަދި އުސާމާ ބިން ލާދިން އަކީ އިޚްވާނީއެއް | 20 އޭޕްރީލް 2015

އުސާމާ ބިން ލާދިން އަކީ ޚަވާރިޖެއް - الشَّيْخُ العَلَّامة صَالح الفوزان حَفِظَه الله | 19 އޭޕްރީލް 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...