ނަޞާރާއިންގެ ފައްޅިތައް ގޮއްވާލުމާއި ސުންނާފަތި ކުރުމުގެ ޙުކުމް އަދި ޤަރަޟާވީގެ އިރުހާބީ ފަތުވާ - الشَّيْخ العَلاَّمَة صَالح الفَوزَان حفظه الله

--- ފޮޓޯ: 10 އެޕްރީލް 2017 ގައި އައިއެސް އިން ބޮމުގެ ހަމަލާ ދީފައިވާ މިސްރުގެ ފައްޅިއެއް ----
ސުވާލު: ޝެއިޚްއަށް ﷲ ހެޔޮގޮތް މިންވަރު ކުރައްވާށި އެވެ. މިސްރުގެ އިސްކަންދަރިއްޔާގައި ގޮއްވާލެވުނު ކަނީސާގެ ޙާދިޘާގެ މައްޗަށް ޝެއިޚް ދެއްވާ ނަޞޭޙަތަކީ ކޮބައިތޯ އެވެ؟
ޖަވާބު: ތިޔައީ ޣައްދާރުވުމެވެ. އެއީ މިސްރުގައި އުޅޭ މުސްލިމުންގެ ފަރާތުން ހިންގި ޢަމަލެއްކަމުގައިވާނަމަ އެއީ ޣައްދާރުވުމެކެވެ. ސަބަބަކީ، އެތަނުގައިވާ ނަޞާރާއިންނަށް މުސްލިމުންގެ މައްޗަށް (ރައްކާތެރިވާންޖެހޭ) އަހުދެއް ވެ އެވެ. ތަނުގައި ނަޞާރާއިން އެބައިމީހުންނާ އެކުގައި އެތަށް ޒަމާނެއް ކުރިން ފަށައިން ދިރިއުޅެމުންދެ އެވެ. ފަހެ، އެބައިމީހުންގެ މައްޗަށް ޣައްދާރުވެގަތުން ހުއްދައެއް ނުވާނެ އެވެ. ފަހެ، އެ ޢަމަލު ހިންގައިފައިވަނީ މިޞްރުގެ އަހުލުވެރިންގެ ތެރޭގައި ނުހިމެނޭ، އެހެން ރަށަކުން މިޞްރަށް ވަދެހުރި މީހެއްގެ ކިބައިން ކަމުގައިވެއްޖެ ހިނދު އެއީ މިޞްރުގެ އަހުލުވެރިންގެ މައްޗަށް ނިޞްބަތްކުރެވޭނެ ކަމެއް ނޫނެވެ."
****
ފަތުވާ ނަގާފައިވަނީ : https://goo.gl/hNnyLD
އަޚުންނޭވެ! މިއީ ކުލައަކަށް، ނަޞްލަކަށް، ޙިޒްބިއްޔަތަކަށް، ޕާޓީއަކަށް ނިޞްބަތްވުމެއްނެތި، ﷲ ގެ ދީނުގައި އަބަދުގެ އަބަދަަށް ބަޔާންވެގެންވާ ޙައްޤުބަސްފުޅެވެ. އެ ޤައުމަކީ މުސްލިމުންގެ އާބާދީ ބޮޑު، އިންސައްތައިގެ ގޮތުން ގިނަކަމުގައިވިޔަސް، އެޤައުމުގައި ދިރިއުޅޭ އެހެން މީސްތަކުންގެ މައްޗަށް މުސްލިމުންގެ ބޮލުގައި އެޅިފައިވާ އަހުދެއްވެ އެވެ. އެއީ އެބައިމީހުންނަށް ޣައްދާރު ނުވުމެވެ. މުސްލިމުންނަށް ރައްކާތެރިކަން ލިބިގެންވާ ފަދައިން އެބައިމީހުންނަށްވެސް ރައްކާތެރިކަން ލިބިފައިވުމެވެ. ރައްކާތެރިކަން ދިނުމެވެ. އަމާންކަމާއި ސުލްޙައިގައި ދިރިއުޅުމެވެ.
އެހެނަސް ތިމާ ނިޞްބަތްވާ ސަރުކާރު ވެއްޓުމުން، ތިމާގެ ޖަމާޢަތް ނޫން ޕާޓީއަކުން ވަލިއްޔުލް އަމްރު އައުމުން ދީން ބަދަލުވެ، ޓެރަރިޒަމާއި، ލޭއޮހޮރުވުމާއި ފިތުނަ ފަސާދަށް ގޮވައި ހިތްވަރު ދިނުމަކީ އެ "ދަންނަ ބޭކަލުންގެ" އިޚްލާޞްތެރިކަމާއި، ޙައްޤު އެނގިތިބި އޮޅުވާލުން ނޫން ކޮންއެއްޗެއް ހެއްްޔެވެ؟
އަޚުންނޭވެ! އަދިވެސް މުސްލިމުން އެފަދަ މީހުންގެ މަގަށް ހެއްލި، އަވައިގައި ޖެހެނީ ތޯ އެވެ؟

ޤަރަޟާވީ ބުނެފައިވެ އެވެ. "ފައްޅިތައް ފުނޑުފުނޑުކޮށް ސުންނާފަތި ކުރާށެވެ. ފަހެ، ހަމަކަށަވަރުން އެއީ އެތައް ނުބައިކަމެއް އެކުލެވިގެންވާ ތަނެކެވެ...."
މިއީ އެބައެއްގެ ފަތާރުން ތިބާ ދީން ހޯދާ މީހުން ކަމުގައިވެއްޖެ ހިނދު، މިއަދު އޮންނާނީ ފަތުވާ އެކެވެ. މާދަމާ އޭނާގެ ޕާޓީ ނޫން ޕާޓީއެއް އައުމުން އޮންނާނީ ފަތުވާއެކެވެ. އިޚްވާނުލް މުސްލިމޫންގެ ނުބައި ކަމާއި ފާސިޤު ފާޖިރުކަމަށް މިވަރު ނުފުދޭ ހެއްޔެވެ؟ ޙައްޤު އަދި ޙައްޤު ޢިލްމުވެރިންގެ މަގުތަކުން އެއްކިބާވެގެންވަނީ ކޮންބައެއްކަން ތިޔަ އަޚާއަށް އަދިވެސް ވަންހަނާވެފައިވަނީ ހެއްޔެވެ؟ ލޭއޮހޮރުވާލުމަށް ގޮވުމާއި، ޣައްދާރު ވުމަށް ހިތްވަރު ދިނުމާއި، ފަސާދަ އަދި ފިތުނަވެރިކަމަށް ގޮވާ މީހުންނަކީ އެއީ އުއްމަތަށް ހިދާޔަތް ދެއްކޭނެ ބައެއް ތޯ އެވެ؟ މިފަދަ މީހުންނަކީ ތިބާގެ "ޝެއިޚުން" ކަމުގައި ވުމަށް ތިބާ ލަދުވެތި ނުވަނީ ހެއްޔެވެ؟
ޝެއިޚް ފަޥްޒާންގެ ފަތުވާ
2016- މިސްރުގައި ފައްޅިއަކަށް ދިން ބޮމުގެ ހަމަލާއެއްގައި 25 މަރު
2016- ފައްޅިތަކަށް ދިން ހަމަލާއަށް ފަހު މިސްރުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު