5 د.عبد الله المطلق ގެ މައްޗަށް މީސްތަކުންނަށް އިންޒާރުދީފައިވުން - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ޢަބްދުﷲ އަލް-މުޠްލަޤް

د.عبد الله المطلق ގެ މައްޗަށް މީސްތަކުންނަށް އިންޒާރުދީފައިވުން - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ޢަބްދުﷲ އަލް-މުޠްލަޤް

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)


الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

د.عبد الله المطلق ގެ މައްޗަށް މީސްތަކުންނަށް އިންޒާރުދީފައިވުން

ސުވާލު ކުރާ މީހާ: ޝެއިޚް އެވެ. ބައެއް ޝެއިޚުން ބުނާއަޑު އަހަމެވެ. އެމީހުން ބުނަނީ "އިޚްވާނުލް މުސްލިމީންއަށް ހެޔޮ ދުޢާ ކޮށްދިނުން އަހަރެމެންގެ މައްޗަށް ވާޖިބެވެ." މިކަމަށް ޝެއިޚް ގެ ރައުޔަކީ ކޮބައިތޯ އެވެ؟
الشيخ صالح الفوزان: އެއީ ކޮންބައެއްތޯ އެވެ؟ (ހެޔޮ ދުޢާކޮށްދިނުމަށް ބުނަނީ ކޮންބައެއްތޯ އެވެ)
ސުވާލު ކުރާ މީހާ: މިޘާލަކަށް ހައިއަތު ކިބާރު ޢިލްމުވެރިންގެ ތެރޭގައިވާ عبد الله المطلق އެވެ. ބުނެ އެވެ. "އަހަރެމެން އިޚްވާނުލް މުސްލިމީންނަށް ހެޔޮ ދުޢާ ކުރުން ހުއްޓެވެ."
الشيخ صالح الفوزان: އާއެކެވެ. ސަބަބަކީ އޭނާ އަކީ އޭގެ ތެރެއިންވާ މީހެކެވެ.  
ސުވާލު ކުރާ މީހާ: ޝެއިޚް އެވެ. الشيخ عبد الله المطلق އަކީ އިޚްވާނުލް މުސްލިމީންގެ ޖަމާޢަތުގެ މީހެއްތޯ އެވެ؟
الشيخ صالح الفوزان : އާއެކެވެ.
ސުވާލު ކުރާ މީހާ: أَعوذ بالله، أَعوذ بالله އެވެ. الله المستعان އެވެ.  
الشيخ صالح الفوزان : حياك الله
ސުވާލު ކުރާ މީހާ: جزاك الله خيرا، السلام عليكم.
***

ފަތުވާ އަޑުއައްސަވާ : https://goo.gl/8pW4Oq
 
އަޚުންނޭވެ. ސުންނަތުގެ އިމާމުން، ޢިލްމުވެރިން ބާޠިލް ފިރުޤާތްތައް، ބާޠިލްގެ އަހުލުވެރިންގެ ޙަޤީޤަތް ކަޝްފުކޮށް ބަޔާންކުރުމަކީ ﷲ ގެ ދީނާއި ސުންނަތާއި އަދި ޙައްޤު ދިފާޢު ކުރުމަށްޓަކައި، ﷲ އަށް ކުށްތަންވުމުގެ ގޮތުން ކުރާ ހެޔޮވެގެންވާ ޞާލިޙް ޢަމަލެކެވެ. العلامة يحيى النجمي رحمه الله، العلامة الشيخ ربيع بن هادي حفظه الله، العلامة الشيخ عبيد الجابري حفظه الله، މި ޢިލްމުވެރިން އަދި މިފަދަ އެހެން ސުންނީ، ސަލަފީ ޢިލްމުވެރިން ބާޠިލްގެ އަހުލުވެރިންނާއި އެކިއެކި މަންހަޖުތަކުގެ އަހުލުވެރިންގެ ޙަޤީޤަތް ބަޔާންކޮށްދިނުމުން، ދުނިޔޭގެ އެކިއެކި ހިސާބުގައިވާ އެންމެހައި މުސްލިމުން އަޤީދާއަކަށް، ސުންނަތަކަށް، ޞައްޙަ، ބާޠިލަށް ބެލުމެއްނެތި ޢަމަލު ކުރާ މީހުންނަށް ބުނަންފަށަ އެވެ. "ތިއީ ފިތުނަ ފަސާދަ އުފައްދާ މީހުންނެވެ." "ތިޔައީ މަޞްލަޙަތު ނަގާލާ މީހުންނެވެ." "މީހުންގެ މައްޗަށް ޙުކުމް ޖަހާ މީހުންނެވެ." "ތިޔައީ ... ތިޔައީ ..." ބުނަމުން ދިޔަ އެވެ.


ހިތާމައަކީ މި އިޚްވާނީންނަށް އެނގިތިބެ މީސްތަކުންނަށް ބައިގަނޑު ބޮޑު ކުރުމަށްޓަކައި ޙައްޤުގެ އަހުލުވެރިންނާއި ބާޠިލްގެ އަހުލުވެރިން ވަކިނުކުރާ ކަމެކެވެ. ސަލަފިއްޔާ އަދި ސަލަފީ ދަޢުވަތް ފިޔަވައި ދެން ބާކީ ހުރީ ބާޠިލް ހައްދުފަހަނައަޅައިފައިވާ ދަޢުވަތް ކަމުގައި މީސްތަކުންނަށް ބަޔާންކޮށްދީފި ހިނދުގައި މި އެންމެހައި އިޚްވާނީންގެ ހަޤީޤަތް ކަޝްފުވެ، ފާޅުވެގެން ދާނެތީވެ އަދި ޚާއްޞަކޮށް ޢިލްމުވެރިންނޭ ކިޔައި ދަޢުވަތުގެ މައިދާނަށް ނުކުމެފައިވާ ގިނަ މީހުންގެ ޙަޤީޤަތަކީ އެއީ ސަލަފިއްޔާ އާއި އެއްވެސް ގުޅުމެއްނުވާ ބައެއްކަން އެމީހުންގެ ޢަމަލުތަކުން ބަޔާންވާނެތީވެ، ޙައްޤު ވަނީ ފޮރުވާފަ އެވެ.


ތިމަންނަ ސަލަފީއެކޭ ނުކިޔަނީ މިސްތަކުން ބައިބައި ވެގެންދާނެ ކަމުގެ ބިރަށްޓަކައޭ ބުނާ މީސްތަކުންނަށް ޝެއިޚް  الأَلْبَانِيْ ދެއްވާފައިވާ ރައްދު.
الشَّيْخ العلامة الإمام الأَلْبَانِيْ  އަރިހުގައި ސުވާލު ދެންނެވުނެވެ. "އަހަރެމެންގެ ތެރޭގައި ދަޢުވަތް ދިނުމުގައިވާ ބައެއް ދާޢީން ބުނެއެވެ. އަހަރެން އަމިއްލައަށް "އަހަރެންނަކީ ސަލަފީއެއް" ކިޔުމަށް އަހަރެން ދެކޮޅުވެރިވަމެވެ. އެއީ މީސްތަކުން އެހިނދުގައި މިއީ ޕާޓީ އެއްފަދައިން ދެކޭނެ ކަމުގެ ބިރަށެވެ. (އެފަދައިން ބުނެދާނެ ކަމަށް އަހަރެން ބިރުގަނެ އެވެ.)
ޝެއިޚް އެވެ. މިބަސްތަކަކީ މިއީ ޞައްޙަވެގެންވާ ބަސްތަކެއް ތޯ އެވެ. ނުވަތަ އަހަރެންނަށް މީސްތަކުންނަށް ސަލަފިއްޔަތު ބަޔާންކުރަން ޖެހޭނެތޯ އެވެ؟

ޖަވާބުގައި، ޝެއިޚް ވިދާޅުވެފައިވެ އެވެ.
އިސްލާމްދީނުގެ ދީނީ ލިޔުންތައް ލިޔާ ކާތިބަކާ، އެއީ އަހަރެމެންނާ އެކުގައި ޤުރުއާން އަދި ސުންނަތުގައި ހުރި މީހެކެވެ. އަހަރެންނާ ދެމެދު މުނާޤަޝާއެއް ހިނގައި ދިޔަ އެވެ.
އަހަރެމެންގެ ކިޔަވާދަރިވަރުން، މި މުނާޤަޝާ ދަސްކޮށް އެއަށް ބަލާނެކަމަށް އަހަރެން އުއްމީދު ކުރަމެވެ. ސަބަބަކީ އޭގެ ފައިދާ ނުހަނު ބޮޑުކަމުގައިވާތީ އެވެ.
އަހަރެން އޭނާކައިރީގައި ބުނީމެވެ. ތިބާ ކައިރީގައި މީހަކު ސުވާލު ކުރީ އެވެ. ތިބާގެ މަޛްހަބަކީ ކޮބައިހެއްޔެވެ؟ ތިބާގެ ޖަވާބަކީ ކޮބައިހެއްޔެވެ؟
އޭނާ ބުންޏެވެ. މުސްލިމެކެވެ.
އަހަރެން ބުނީމެވެ. ތިޔައީ، ޞައްޙަ ޖަވާބެއް ނޫނެވެ.
އޭނާ ބުންޏެވެ. ކީއްވެގެން ހެއްޔެވެ؟
އަހަރެން ބުނީމެވެ. ފުރަތަމައީ، އަހަރެން ތިބާ ކައިރީގައި ތިބާގެ ދީނަކީ ކޮބައިކާމާއި މެދުގައި ސުވާލެއް ނުކުރަމެވެ. އަހަރެން ތިބާ ކައިރީ ސުވާލުކުރީ ތިބާގެ މަޛްހަބަކީ ކޮބައިތޯ އެވެ؟ އަދި ތިބާ ދަންނާނެއެވެ. ހަމަކަށަވަރުން ބިމުގެ ކަންކޮޅުތަކުގައި އިސްލާމްދީނުގައި ނުހަނުގިނަ އެތަކެއް މަޛްހަބުތަކެއް، މަޛްހަބުތައް ނުހަނު ގިނަ އެވެ. ތިބާ އަހަރެންނާއި އެކުގައި، އެ މަޛްހަބުތަކުގެ ތެރެއިން އިސްލާމްދީނާއި އެއްވެސް ގުޅުމެއް ނެތްކަމުގައިވާ ބައެއް މަޛްހަބުތައްވާނެ ކަމުގައި ދެކޭނެ އެވެ. މިޘާލަކަށް، ދުރޫޒު، އިސްމާޢީލިއްޔާ، ޢަލަވިއްޔާ އަދި މިނޫންވެސް މަޛްހަބުތަކެވެ. މިއެންމެހައި ކަންތަކާއި އެކީގައި އެމީހުންބ ބުނަނީ : ތިމަންމެންނަކީ މުސްލިމުންނެވެ.  އަދި (އިސްލާމްދީނުގައި އުފެދިފައިވާ) ބައެއް ފިރުޤާތްތަކަކީ އިސްލާމީ ގިއުގަނޑު ތެރެއިން ބޭރުވެފައިވާ ބައެއް ކަމުގައި އަހަރެމެން ނުބުނަމެވެ. އެހެނަސް އެއްވެސް ޝައްކެތްނުވާ ގޮތުގައި އެއީ މަގުފުރެދިފައިވާ ބައިގަޑުތަކެއްގެ ގޮތުގައިވެ، އެތަކެއް ގިނަ މައްސަލަތަކުގައި އެބައިމީހުންވަނީ ޤުރުއާނާއި ސުންނަތުން ބޭރުވެފަ އެވެ. މިޘާލަކަށް، މުޢުތަޒިލާ، ޚަވާރިޖުން، މުރުޖީން އަދި ޖަބްރިއްރާ އަދި އެފަދަ އެހެން ބައިގަނޑުތަކެވެ.
ތިބާ މިކަމުގައި މިފަދައިން ދެކެންތޯ އެވެ؟
އޭނާ ބުންޏެވެ. އާއެކެވެ.
އަހަރެން ބުނީމެވެ. އެބައިގަނޑުގެ މީސްތަކުންގެ ތެރެއިން މީހަކާ ތިބާ އޭނާގެ މަޛްހަބާ ބެހޭގޮތުން ސުވާލުކުރުމުން، އޭނާ އެހިނދުގައި ޖަވާބުގައި ބުނާނެ އެވެ. (ތިމަންނާއަކީ) މުސްލިމެކެވެ.
ފަހެ، ތިބާއަކީ މުސްލިމެއްގެ ގޮތުގައިވެ އޭނާވެސް މުސްލިމެއްގެ ގޮތުގައިވި އެވެ.
އެހެންވުމުން، އަހަރެމެން ބޭނުންވަނީ، ތިބާގެ ޖަވާބުގައި ފާޅުކަންބޮޑު ގޮތުގައި، ތިބާ އިސްލާމްވުމަށް ފަހުގައި އަދި ތިބާގެ ދީނަށްފަހުގައި، ތިބާގެ މަޛްހަބަކީ ކޮބައިކަން ބަޔާންކޮށްދިނުމެވެ.
އެހިނދުގައި އޭނާ ބުންޏެވެ. އެހެންވުމުން، އަހަރެންގެ މަޛްހަބަކީ ޤުރުއާނާއި ސުންނަތެވެ.
އަހަރެން ބުނީމެވެ. ތިޔަ ޖަވާބަކީވެސް ފުރިހަމަ (ފުދިގެންވާ) ޖަވާބެއް ނޫނެވެ.
އޭނާ ބުންޏެވެ. އެއީ ކީއްވެތޯ އެވެ؟
އަހަރެން ބުނީމެވެ. އަހަރެމެން ބަޔާންކުރި (ބައިގަނޑުތައް) އެބައިމީހުންގެ އަމިއްލަ ނަފްސަށް އެބައިމީހުންނަކީ މުސްލިމުން ކަމުގައި ބުނެ އެވެ. އެބައިމީހުންގެ ތެރެއިން އެކަކުވެސް "ތިމަންނަވަނީ ޤުރުއާނާއި ސުންނަތުގައި ނޫނޭ" ނުބުނެ އެވެ.
މިޘާލަކަށް، ޝީޢީން "ތިމަންމެންނަކީ ޤުރުއާން އަދި ސުންނަތާއި ދެކޮޅު ބައެކޭ ބުނޭ ހެއްޔެވެ؟" އެހެނަސް އެބައިމީހުންވެސް ބުނަނީ "އަހަރެމެންވަނީ ޤުރުއާނާއި ސުންނަތުގައި އެވެ. އަދި ތިޔަބައިމީހުންވަނީ ޤުރުއާނާއި ސުންނަތުން ބޭރުވެފަ އެވެ." އޭ އުސްތާޛެވެ! އަރެންނަކީ ޤުރުއާނާއި ސުންނަތުގައި ހުރި މީހެކޭ ބުނުމަކީ ފުދިގެންވާނެ މިންވަރެއް ނޫނެވެ. މިއަށް އެހެން އެއްޗެއް އިތުރުކުރުން ކޮންމެހެންވެސް ޖެހެ އެވެ.
"އަހަރެމެންނަށް ޤުރުއާނާއި ސުންނަތް ހެޔޮވެގެންވާ (ރަނގަޅު) ގޮތުގައި ފަހުމް ވާނެ ހެއްޔެވެ. ނުވަތަ އަހަރެމެން ޤުރުއާނާއި ސުންނަތް ފަހުމް ވުމަށްޓަކައި ކޮންމެހެންވެސް ޞަލަފުއް ޞާލިޙުން ޤާއިމްވެ ދެމިތިއްބެވި ގޮތުގައި ލާޒިމްވެ ދެމިތިބެން ޖެހޭނެ ހެއްޔެވެ؟" މިކަމާއި މެދު ތިބާގެ ރައުޔަކީ ކޮބައި ހެއްޔެވެ؟
އޭނާ ބުންޏެވެ. ކޮންމެހެންވެސް ތިޔަގޮތުގައި ދެމިތިބެން ޖެހޭނެ އެވެ.
އަހަރެން ބުނީމެވެ. އެހެނިހެން މަޛްހަބުތަކުގެ އަހުލުވެރިން، އެއީ -އިސްލާމް ދީނުގެ ގިއުގަނޑުތަކުން ބޭރުވެފައިވާ ނުވަތަ އިސްލާމްދީނުގައި ތިބިކަމަށް ދަޢުވާކުރާ އިސްލާމްދީނުގެ ގިއުގަނޑުތަކުގެ ތެރޭގައި ތިބި އެހެނަސް ބައެއް ޙުކުމްތަކުގައި މަގުފުރެދިފައިވާ- މިބައިގަނޑުތަކުގެ އަހުލުވެރިން، އަހަރެންނާއި ތިބާ އެކުގައި "އަހަރެމެންވަނީ ޤުރުއާނާއި ސުންނަތުގައި ޞަލަފުއް ޞާލިޙުންނަށް ފަހުމްވި ފަދައިން" ބުނާނެ ކަމަށް ތިބާ ޤަބޫލު ކުރަމު ހެއްޔެވެ؟
އޭނާ ބުންޏެވެ. ނޫނެކެވެ. އެބައިމީހުން ތިޔަގޮތުގައި އަހަރެމެންނާ އެއްގޮތެއް ނުވާނެ އެވެ.
އަހަރެން ބުނީމެވެ. އެހެންވުމުން ތިބާ "އަހަރެންނަކީ ޤުރުއާނާއި ސުންނަތުގައި ހުރި މީހެއް" މިފަދައިން ބުނުމަކީ ތިބާއަށް އެފަދައިން ބުނުމަށް ފުދޭނެ މިންވަރެއް ނޫނެވެ. އެހެނަސް އެއަށް ކޮންމެހެންވެސް އެހެން އެއްޗެއް އިތުރުކުރަން ޖެހެ އެވެ.
އޭނާ ބުންޏެވެ. އާއެކެވެ.
އަހަރެން ބުނީމެވެ. އެހެންވުމުން، ތިބާ ބުނުންއޮތީ މިފަދައިންނެވެ. ޞަލަފުއް ޞާލިޙުންނަށް ފަހުމްވި ގޮތަށް ޤުރުއާނާއި ސުންނަތުގެ މަތީގަ އެވެ.
އަހަރެން އޭނާ ކައިރީގައި ބުނީމެވެ. (އޭނާ އަކީ، އަދަބީ މީހެކެވެ. ކާތިބެކެވެ.) ޢަރަބި ބަހުގައި މިއެންމެހައި ބަސްތަކެއް އެއްމެ ބަހެއްގައި ޖަމަޢަކޮށް ކިޔާލެވޭނެ ކަލިމައެއް ވޭ ހެއްޔެވެ. މިޘާލަކަށް "އަހަރެންނަކީ ސަލަފީ އެއް"
އޭނާ ބުންޏެވެ. ތިޔައީ އެފަދަ (ކަލިމަ އެކެވެ.)
އަދި އޭނާ އޭނާގެ އަތްމައްޗަށް ބަލިކަށިވެ ދިޔަ އެވެ. ޖަވާބަކި މި އެވެ.
ފަހެ، ތިބާގެ މައްޗަށް މީހަކު ނުކުމެ މިކަމަށް އިންކާރު ކޮށްފި ހިނދުގައި މިބަސްތައް އޭނާއަށް މިތަނުގައި ބަޔާންކުރި ބަސްތައް ބަޔާންކޮށްދޭށެވެ. ތިބާއަކީ ކޮން (މަޛްހަބެއްގެ މީހެއްތޯ) އެވެ. އެނާ އެ ހިނދުގައި ބުނާނެ އެވެ. (އަހަރެންނަކީ) މުސްލިމެކެވެ.
މިތަނުގައި ބަޔާންކޮށްފައިވާ މުނާޤަޝާ އެހިނދު އޭނާއެކު ކުރިއަށް ގެންދާށެވެ.
سبحانك اللهم وبحمدك، اشهد أن لا إله إلا أنت، أستغفرك و أتوب إليك.
سلسلة الهدى و النور  رقم الشريط 725
***

މިއަދު العلامة الشيخ صالح الفوزان މިފަދައިން ވިދާޅުވެފައިވުމުން، އިޚްވާނީންތައް ބުނާނީ ކީކޭތޯ އެވެ؟ މިއީވެސް ފިތުނަ ފަސާދަ އުފެއްދުންތޯ އެވެ؟ މިއީވެސް މަޞްލަޙަތު ނަގާލުން ހެއްޔެވެ؟
އާއެކެވެ! އެނޫން އެއްޗެއް ބުނެވޭކަށެއް ނެތެވެ. ސަބަބަކީ މިބައިމީހުންވެސް ވަނީ عبد الله بن المطلق ފަދައިން އިޚްވާނުލް މުސްލިމީންއަށް ޘަނާ ކިޔާފަ އެވެ. އިޚްވާނުލް މުސްލިމީންގެ ލީޑަރުންނަކީ ޢިލްމުގެ އަހުލުވެރިންނަށް ހަދާފަ އެވެ. يوسف القرضاوي (އިޚްވާނުލް މުސްލިމީންގެ އެންމެ ބޮޑު އެއް ލީޑަރ ޔޫސުފް އަލް-ޤަރަޟާވީ) އެއީ ޢިލްމުވެރިއެއް ކަމުގައި ނަހަދާ ހެއްޔެވެ؟
މީގެ އިތުރަށް އިޚްވާނުލް މުސްލިމީންއަށް ޘަނާކިޔައި އެބައިމީހުންގެ މޮޅު ވާހަކަތަކާއި ހެޔޮބަސްތައް ބުނުމުގައި ކިތަންމެ ބަޔަކު ވާކަމީ އެންމެން ދަންނަ ކަމެކެވެ.

Like what you see?

Close

Hit the buttons below to follow us, you won't regret it...