5 ޖާނުން ފިދާވެ ބޮންގޮންވުން ޖ.ސަލަފު އާދާމް ޝަމީމް އަދި އާދަމް ނިޝާން ހަލާލު ކުރުމުން އެއަށް ރައްދު - العَلاَّمة الشَّيخ صَالح الفَوْزان حفظه الله ،الإِمَامُ العَلاَّمة عَبد العَزِيز بن عبْدُ الله بن بَاز رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ޖާނުން ފިދާވެ ބޮންގޮންވުން ޖ.ސަލަފު އާދާމް ޝަމީމް އަދި އާދަމް ނިޝާން ހަލާލު ކުރުމުން އެއަށް ރައްދު - العَلاَّمة الشَّيخ صَالح الفَوْزان حفظه الله ،الإِمَامُ العَلاَّمة عَبد العَزِيز بن عبْدُ الله بن بَاز رحمه الله

ލިޔެ ތައްޔާރުކުރީ: المَكْتَبَة السَّلَفِيَّة المَالدِيْفِيَّة. ކެޓަގަރީ ޖާނުން ފިދާވުމުގެ ޢަމަލުތައް

25 އޭޕްރީލް, 2016

العَلاَّمة الشَّيخ صَالح الفَوْزان حفظه الله

އިސްލާމް ދީނުގައި ބޮން ގޮއްވުމާއި، ޖާނުން ފިދާވުމުގެ ޙުކުމް

ސުވާލު: ބޮން ގޮއްވުމާއި ޖާނުން ފިދާވުމުގެ ޙަމަލާތައް ދިނުމަކީ ދަޢުވަތް ދިނުމަށް އޮތް ވަޞީލަތްތަކުގެ ތެރެއިން ހިމެނޭ ކަންތައް ތޯއެވެ؟
 

ޖަވާބު: ތިޔަ ޢަމަލުތައް ކުރަމުންދާ މީހުންނަށް ﷲގެ ފޮތާއި އެކަލާނގެ ރަސޫލާ ﷺ ގެ ސުންނަތަށް ދަޢުވަތް ދިނުން ހުއްޓެވެ. އެމީހުން އެވަނީ އެދަޢުވަތަށް ޙާޖަތް ޖެހިފައެވެ. މީސްތަކުންގެ ތެރޭގައި ބޮން ގޮއްވުމުގައި، ތަންތަން ހަލާކު ކުރުމުގައި ދެމިތިބި ބަޔަކު މީސްތަކުންނަށް ދަޢުވަތް ދޭނީ ކިހިނަކުން ހެއްޔެވެ. ތިޔައީ ދަޢުވަތް ދިނުމެއް ނޫނެވެ. ތިޔައީ މީސްތަކުން ދީނުން ދުރުކުރުމެކެވެ. އަދި ތަންތަން ހަލާކު ކުރުމެވެ. و العياذ بالله.
 

ނަބިއްޔާ ﷺ މީސްތަކުންނަށް ތިކަމަށް ދަޢުވަތް ދެއްވި ހެއްޔެވެ؟ އެދުވަހުގައި ނަބިއްޔާ ޞަޙާބީންނާ އެކުގައި މައްކާގައި ހުންނެވި ހިނދުގައި، އެބައިމީހުން ތަންތަން ހަލާކު ކުރި ހެއްޔެވެ؟ ނުވާނެއެވެ. މިއީ ކުރެއްވި ކަންތަކެއް ނޫނެވެ. އެހެނަސް ﷲ އަށްޓަކައި ޙިކްމަތްތެރި ކަމާއި، ހެޔޮ ވަޢުޟާއެކުގައި މީސްތަކުންނަށް ދަޢުވަތް ދެއްވިއެވެ. މީސްތަކުންގެ ކައިރީގައި ވިދާޅުވީ ދަޢުވަތަށް އެހީތެރިވުމަށާއި އެކަމުގައި ޤާއިމްވުމަށެވެ. އެބައިމީހުންގެ ތެރޭގައި އެއްވެސް ގޮތެއްގައި ތަންތަނަށް ގެއްލުންދީ ތަންތަން ހަލާކުކޮށް ސުންނާފަތި ކޮށްގެނެއް ނޫނެވެ. ސަބަބަކީ މިއީ މުސްލިމުންނަށް އެތަށް ގުނައަކަށް ގެއްލުން ލިބިދޭނެ ކަމެކެވެ. މިއީ އެކަންކަމުގެ ސަބަބުން ކާފަރުން އުފާވާނެ ކަންކަމެވެ. މިއީ އެއްވެސް އިރެއްގައި އެއްވެސް ޙާލަތެއްގައި ހުއްދަވާނެ ކަންތަކެއް ނޫނެވެ. މިއީ ހުއްދަ ދެވިގެންވާ ކަމެއްނޫނެވެ. މިއީ ޝައިޠާނާގެ މަގަށް މީސްތަކުން ގެންދާ ގޮތެކެވެ. ނަރަކައަށް ވަނުމަށް މީސްތަކުންނަށް ދެވޭ ދަޢުވަތެކެވެ.

ﷲ ވަޙީކުރެއްވިއެވެ. "އަދި ނަރަކައަށް ވަނުމަށް މީސްތަކުންނަށް ގޮވާ ދަޢުވަތްދޭ ބައެއްކަމުގައި ތިމަން ﷲ އެބައި މީހުން ލެއްވީމެވެ." އަދިވެސް ﷲ ވަޙީކުރެއްވިއެވެ.

"އެބައިމީހުން އެ ގޮވަނީ ނަރަކައަށް ވަނުމަށެވެ. ﷲ ވަޙީކުރައްވަނީ އެކަލާނގެ އިރާދަފުޅުން ތިޔަބައިމީހުން ސުވަރުގެއަށް ވަނުމަށެވެ."

ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވާ ފަދައިން މީސްތަކުންނަށް ދެވޭ ދަޢުވަތަކީ މަގުފުރެދުމަށާއި ނަރަކައަށް ވަނުމަށް ދެވޭ ދަޢުވަތަކަށް ވެދާނެއެވެ. والعياذ بالله. ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ.  "ومن دعا إلى ضلالةٍ ، كان عليه من الإثمِ مثلُ آثامِ من تبِعه ، لا يُنقِصُ ذلك من آثامِهم شيئا" "މަގުފުރެދުމަކަށް ގޮވައިލި މީހާއަށް އެކަމުގެ ފާފަ ލިބިގެންވެއެވެ. އަދި އޭނާއަށް އެކަމަށް ތަބަޢަވި އެންމެހައި މީސްތަކުންގެ ފާފަ ލިބިގެންވެއެވެ. އެއީ އެބައިމީހުންނަށް ވެސް އެ ފާފަތައް މަދުކުރުމެއް ނެތިއެވެ." ފަހެ، ދަޢުވަތަކީ ޙައްޤުން އެއްކިބާވެ މަގުފުރެދުމަށް ދެވޭ ދަޢުވަތެއް ކަމުގައި ވެދާނެއެވެ.
****
ފަތުވާ ނަގާފައިވަނީ : الفتاوى الشرعية في القضايا العصرية ص 39

 

ޖާނުން ފިދާވުމަށް ގޮވާލުމާއި، އެފަދަ ހަމަލާތައް ދިނުމަކީ އެއީ ހުއްދަވެގެންވާ ކަމެއްގެ ގޮތުގައި މިއަދު ޝަރުޢީ ޙައްދުތަކުން ބޭރުވެފައިވާ ޖަމާޢަތްތައް ޖިހާދުގެ ނަމުގައި ކުރަމުން ގެންދެ އެވެ. މި މީސްތަކުން މިކަން ހުއްދަކޮށް، ކުރެވޭނެ ކަމެއް ކަމުގައި ފަތުވާ ދިނުމަށްފަހުގައި، މިއަދު މަދީނާ އަދި މައްކާގައި ޖާނުން ފިދާވެ ޙަމަލާތައް ދިނުމުން އެ ކުށްވެރިކުރަނީ ފަހެ ކިހިނަކުންތޯ އެވެ؟

އަޚުންނޭވެ. މި އުއްމަތުގައި ޢީލުމވެރިންގެ ތެރެއިން މިބައިމީހުންނަށް ޖާނުން ފިދާވާ ޙަމަލާތަކަކީ، މިހާ ފަސޭއިން ހުއްދަވެގެންވާ އެއްޗެއ ކަމުގައި، އެއީ ދީނުގައި ކުރެވިދާނެ ކަމަކަށް ސުންނަތުގެ އިމާމުންގެ ތެރެއިން ވިދާޅުވެފައިވަނީ ކޮން އިމާމެއް ތޯ އެވެ؟ ދީނުގައި ޙައްދު ފަހަނައަޅައިފައިވާ، ތަކްފީރީ، ޖިހާދީ އަހުލުވެރިންގެ ފަތުވާތައް ނަގައި، ސުންނީ އިމާމުން އަދި ޢިލްމުވެރިންގެ ފަތުވާތައް ނަގައިފައިވާ މި ޖަމިއްޔާ ޖަމާޢަތްތަކުގެ އަހުލުވެރިންގެ ނުބައިކަމާ އެވެ؟

20161109-adam-nishaan-ikhwani.jpg

20161109-adadhanu-fidhaaee.jpg

الإِمَامُ العَلاَّمة عَبد العَزِيز بن عبْدُ الله بن بَاز رحمه الله 

ކާފަރުން، ޔަހޫދީން މަރާލުމަށްޓަކައި ޖާނުން ފިދާވާ ޙަމަލާ ދިނުން

ސުވާލު : ޔަހޫދީންގެ ބޮޑު ބައިގަނޑެއް ޤަޠުލު ކުރުމަށްޓަކައި އޭނާގެ ނަފްސު ޤަތުލުކޮށްލާ މީހާގެ ޙުކުމަކީ ކޮބައިތޯއެވެ؟
ޖަވާބު : އަހަރެން ތިކަމުގައި ދެކޭގޮތް އެއްފަހަރަށް ވުރެ ގިނަފަހަރު ބަޔާންކޮށްފައި ވާނެއެވެ. ތިޔައީ ހުއްދަވެގެންވާނެ ކަންތަކެއް ނޫނެވެ. ސަބަބަކީ އޭނާ ވެގެންދާނީ އަމިއްލައަށް ނަފްސު ޤަޠުލު ކުރި މީހެއް ކަމުގައެވެ. ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿وَلَا تَقْتُلُوا أَنْفُسَكُمْ﴾ "ތިޔަބައި މީހުންގެ ނަފްސުތައް ޤަޠުލު ނުކުރާށެވެ." ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ. (من قتل نفسه بشيئ عذب به يوم القيامة) "އެއްޗަކުން އެމީހެއްގެ ނަފްސު ޤަޠުލުކޮށްފި މީހާއަށް ޤިޔާމަތް ދުވަހުގައި  އެ އެއްޗަކުން ޢަޛާބު ދެވޭނެއެވެ." އެބައި މީހުންނަށް ހިދާޔަތް ހޯދައި ދިނުމުގައި މަސައްކަތް ކުރާށެވެ. ޖިހާދު ކުރުން ޝަރުޢު ވުމުން މުސްލިމުންނާ އެކުގައި ޖިހާދު ކުރާށެވެ. އެ ޖިހާދުގައި އޭނާ މަރުވެއްޖެ ނަމަ الحمد لله އެވެ. އެހެނަސް ގޮވާ ތަކެތި އޭނާގެ ހަށިގަނޑުގައި ބަނދެ އެމީހުންގެ ތެރެއަށް ގޮސް އެމީހުންނާ އެކުގައި އަމިއްލަ ނަފްސު ގޮއްވާލުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އެކަން ހުއްދައެއް ނުވާނެއެވެ. ނުވަތަ އެމީހުންނަށް ހަމަލާ ދިނުމަށްފަހުގައި އަމިއްލަ ނަފްސަށް ހަމަލާ ދިނުންވެސް ހުއްދައެއް ނުވާނެއެވެ. ނަމަވެސް ޖިހާދު ކުރުން އޮތީ މުސްލިމުންނަށް ޖިހާދު ޝަރުޢު ވެފައިވާ ގޮތަށެވެ. އެހެނަސް ފަލަސްޠީނުގެ ދަރިން ޢަމަލުކުރާ ގޮތަކީ ކޮށްގެންވާނެ ކަންތަކެއް ނޫނެވެ. އެބައި މީހުންގެ މައްޗަށް ވާޖިބު ވެގެންވަނީ ﷲ އަށްޓަކައި ދަޢުވަތު ދިނުމެވެ. އަދި އުގަންނައި ދިނުމެވެ. މިފަދަ ޢަމަލުތައް ނުކޮށް، އެމީހުންނަށް އިރުޝާދުދީ ނަޞޭޙަތްތެރި ވުމެވެ.
*****
ފަތުވާ ނަގާފައިވަނީ : الفتاوى الشرعية في القضايا العصرية ص 125

ޖާނުން ފިދާވާ ޙަމަލާތައް ދިނުން ހުއްދަކޮށްފަ، އޭގެ ނުކުން މޭވާ ނުކުތުމުން އެއަށްފަހުގައި މި ޖަމްޢިއްޔާ ޖަމާޢަތްތައް އެކަމަށް އިންކާރު ކޮށް ބަސްތައް ބުނަނީ ކިހިނަކުން ހެއްޔެވެ؟
 

މި މީސްތަކުންވަނީ، ވެރިންނާ ދެކޮޅަށް ނުކުތުމަށް ފަތުވާދީފަ އެވެ. ޤައުމުތަކުގެ ސިފައިންނާއި ލަޝްކަރުތަކަކީ ކުފުރުވެފައިވާ ބައެއް ކަމުގައި ހަދައިފަ އެވެ. މީސްތަކުން ކާފަރުވާނެ ބަސްތައް އެމީސްތަކުންނަށް ނިސްބަތްކޮށް ބުނެފަ އެވެ. ޖާނުން ފިދާވުމަކީ ހުއްދަ ކަމެއްގެ ގޮތުގައި ހަދައިފަ އެވެ. މިއީ ޢިލްމުވެރިންތޯ އެވެ؟ ނުވަތަ ޓެރެރިސްޓު ހައްދުފަހަނަ އަޅައިފައިވާ ބައެއްތޯ އެވެ؟

الشَّيْخ مُحمَّد غَالب العُمَري حفظه الله   ވިދާޅުވެފައިވެ އެވެ.
"ވެރިންނާ ދެކޮޅަށް ނުކުތުމަށް ހިތްވަރުދީ، ވެރިންނާ ދެކޮޅަށް ނުކުތުމަށް މީސްތަކުންނަށް ފަތުވާދީ އަދި ޖާނުން ފިދާވާ ޙަމަލާތައް ދިނުމަށް ފަތުވާ ދިނުމަށްފަހުގައި އަދި މީސްތަކުން ކާފަރު ކުރުމުގެ ބަސްތައް ބުނެފައިވާ ބަޔަކު، މި ހިނގަމުންދާ ކަންތައްތައް ހިނގައި ދިއުމަށްފަހު، އިންކާރު ކުރުމަކުން ނުފުދޭނެ އެވެ.
ތިޔަބައިމީހުން ދަނޑުގޮވާން އިންދުމަށް ފަހުގައި، އެއިން ނުކުންނަ މޭވާއިން ބަރީއަވަނީ ތޯ އެވެ؟"

العَلاَّمة الشَّيخ صَالح الفَوْزان حفظه الله

ކާފަރުންނޭ ބުނެ، ކާފަރުން މަރާލުމަށް ފަތުވާ ދިނުން

ސުވާލު : އެންމެހައި ޤައުމުތަކެއްގައިވާ އެމެރިކާ މީހުން ޤަތުލުކުރުމަށް ފަތުވާ ދިންބަޔަކު ފަތުވާ ދީފައިވެއެވެ. އެބައި މީހުން ބުނަނީ އެމެރިކާ މީހުންނަކީ ހަނގުރާމަވެރިން ކަމުގައެވެ. ފަޟީލަތުއް ޝެއިޚް މިކަމާމެދު ވިދާޅުވަނީ ކީކޭތޯއެވެ؟


ޖަވާބު : ތިއީ ތަންދޮރު ފިލައިފައި ނުވާ ޖާހިލު މުފްތީއެކެވެ. ތިޔައީ އެކަމެއްގައި ތަފްސީލު އެކުލެވިގެންވާ ކަމެކެވެ. އަހަރެމެން އެބައި މީހުންނަށް އަހަރެމެންގެ ޤައުމަށް ވަނުމުން އަމާންކަން ލިބިގެންވާ ކަމުގައި އަދި އެކަމަށް އެބައި މީހުންނާ އެއްބަސްވީމެވެ. ނުވަތަ އަހަރެމެން އެބައިމީހުން އެކިއެކި ޢަމަލުތަކަށްޓަކައި، އެކަންތަކަށް އަހަރުމެން ބޭނުން ޖެހިފައި ވުމުން އަހަރެމެންގެ ޤައުމަށް ގެނައީއެވެ. އެހިނދު އެބައި މީހުންވަނީ އަހަރެމެންގެ އެއްބަސްވުމުގެ ދަށުގައެވެ. މިގޮތުން އެބައި މީހުންގެ މައްޗަށް މަކަރުހަދާ އެއްބަސްވުންތަކާ ޚިލާފްވެގެން ނުވާނެއެވެ. އެބައި މީހުން ޤަޠުލުކޮށްގެން ނުވާނެއެވެ. އަހަރުމެންނާ އެހެނިހެން ދައުލަތްތަކާ ދެމެދުގައި ސިޔާސީ  ގުޅުންތަކުން ގުލިފައިވާ އެއްވެސް ބަޔަކަށް އަހަރެމެން އަނިޔާވެރިވެ، އެ އެއްބަސްވުންތަކާ ޚިލާފްވެގެން ނުވާނެއެވެ. އަހަރެމެންގެ އިޒުނައާ އެކުގައި އަހަރެމެންގެ ޤައުމުގެ ތެރެއަށް ވަދެފައިވާ އެއްވެސް ކާފަރަކަށް އަހަރެމެން އަނިިޔާ ވެރިވެގެން ނުވާނެއެވެ.

ﷲ ވަޙިީކުރައްވާފައި ވެއެވެ. "އަދި މުޝްރިކުންގެ ތެރެއިން އެއްވެސް މީހަކު އިބަ ނަބިއްޔާގެ އަރިއަހުން ރައްކައުތެރިކަމަށް އެދިއްޖެނަމަ، ފަހެ، އެމީހަކު ﷲ ގެ ކަލާމްފުޅު އަހައިފުމަށް ދާންދެން އެމީހަކަށް ރައްކައުތެރިކަން ދެއްވާށެވެ. ދެންފަހެ، އަމާންކަން ލިބިގެންވާ ތަނަކާ ހަމަޔަށް އެމީހަކު ގެންގޮސްދެއްވާށެވެ."

މުސްލިމުންގެ އިޒުނައާ އެކުގައި މުސްލިމުންގެ ޤައުމުތަކަށް ވަދެފައިވާ އެއްވެސް މީހަކަށް އަނިޔާވެރިވެގެން ނުވާނެއެވެ. ނުވަތަ މުސްލިމުން އެބައި މީހުންގެ ޤައުމަށް ގެނެސްފައިވާ އެކަކަށްވެސް އަނިޔާވެރި ވެގެން ނުވާނެއެވެ. މިފަދަ ބަސްތަކަކީ ބުނުން ހެޔޮވެގެންވާ ބަސްތަކެއް ނޫނެވެ. ފަހެ، ހަނގުރާމަ ވެރިންނަކީ އަހަރެމެންނީ އެބަޔަކާއި ދެމެދުގައި އެއްވެސް އެއްބަސްވުމެއް އަދި އަމާންކަމެއް ލިބިދީފައި ނުވާ މީހުންނެވެ. ހަގުރާމަވެރިންނަކީ މިއެވެ.
****
ފަތުވާ ނަގާފައިވަނީ : الفتاوى الشرعية في القضايا العصرية ص 89


ޢިލްމުވެރިންގެ ފަތުވާތަކާއި، ބަސްފުޅުތަކާއި، ނަޞޭޙަތްތައް ދޫކޮށް، އުއްމަތް ތިމަންމެންގެ އަމިއްލަ ބަސްތަކާއި ފަތުވާތަކުގެ މައްޗަށް ގެންދާ ކޮންމެ މީހަކީ، ޣައްދާރުވެފައިވާ، ހައްދުފަހަނައަޅައިފައިވާ، މުފްސިދެކެވެ. މިފަދަ ކޮންމެ މީހެއްގެ ކިބައިން ރައްކާތެރިވެ ސަލާމަތްވުން ހުއްޓެވެ. ޓެރެރިސްޓުން، ޓެރެރިސްޓުންނަށް ޘަނާ ކިޔާނެ އެވެ. އެއީ ޓެރެރިސްޓެއް ކަމުގައި ބަޔާންވެގެންވާ ކޮންފަދަބޮޑު ހެއްކެއްތޯ އެވެ؟


އަޚުންނޭވެ! މިއީވެސް ސުންނަތް ފަތުރާ ބައެއްގެ ނަމުގައި ހެދިފައިވާ ޖަމާޢަތެއް ރައީސެއް އުއްމަތުގެ އެންމެހައި ޢިލްމުވެރިން، ފްރާންސުގައި ހިންގަމުންދިޔަ ނޫސް އަށް ހަމަލާ ދިނުމަކީ ޓެރެރިސްޓު ޢަމަލެއް ކަމުގައި ބަޔާންކޮށްފައިވީ އިރުގައި، ޖަމިއްޢިއްޔާގެ ރައީސް ސިފަކޮށްފައިވާ ގޮތެވެ.
މިއީ ޢިލްުވެރިންގެ މަގުގައިތިބި ބައެކަން ތިބާ ބުނަނީ ކިހިނަކުންތޯ އެވެ؟

20161109-abdulla-franceattack.jpg

العَلاَّمة الشَّيخ صَالح الفَوْزان حفظه الله 

ސުވާލު: ނަބިއްޔާ ﷺ ގެ މައްޗަށް ކާޓޫން ކުރެހި ކަމުގައި އެނގިފައިވާ ކާފަރު މީހާ ޤަތުލުކޮށްލުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟  
 

ޖަވާބު: ކާފަރު މީހާ ޤަޠުލުކުރުމަކީ އެއީ ހެޔޮވެގެންވާ މަގެއްނޫނެވެ. ތިއިން ނުކުންނާނެ ނަތީއްޖާއަކީ މުސްލިމުންގެ މައްޗަށް ނުބައިކަންތައްތައް އިތުރު ވެގެން ދިއުމާއި މުސްލިމުންގެ މައްޗަށް ރުޅިވެރިކަން އިތުރުވުމެވެ.


އެހެނަސް އެކަންތަކުން ސަލާމަތްވުމަށް އެންމެ އެކަށީގެންވާ ގޮތަކީ، އެބައިމީހުންގެ ޝުބުހާތްތަކަށް ރައްދު ދިނުމާއި، އެބައިމީހުންގެ ނުބައި މުޑުދާރުކަން ބަޔާންކޮށްދިނުމެވެ.


އެހެނަސް އަތުން (ބާރުގެ ބޭނުންކުރުން) ނަސްރުވެރިކަން ހޯދުމާއި، ހަތިޔާރުގެ ބާރުން ނަސްރުވެރިކަން ހޯދުމަކީ މުސްލިމް ވެރިންނަށް އޮތް ކަމެކެވެ. އަދި އެއީ ﷲ ގެ މަގުގައި ޖިހާދުކޮށްގެން ހޯދަން ޖެހޭ ކަމެކެވެ.
****

 

ފަތުވާ :   http://goo.gl/qNOJca

Like what you see?

Close

Hit the buttons below to follow us, you won't regret it...