5 ހަނގުރާމައިގައި މަރުވާ މީހާއަށް އެއީ ޝަހީދެއް ކަމުގައި ބުނުމުގެ ޙުކުމް - الشيخ العلامة ربيع بن هادي المدخلي حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ޝަހީދުންގެ ދުވަހުގެ ބިދުޢަ

ހަނގުރާމައިގައި މަރުވާ މީހާއަށް އެއީ ޝަހީދެއް ކަމުގައި ބުނުމުގެ ޙުކުމް - الشيخ العلامة ربيع بن هادي المدخلي حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ޝަހީދުންގެ ދުވަހުގެ ބިދުޢަ

الشيخ العلامة ربيع بن هادي المدخلي حفظه الله އާ ސުވާލު ކުރެވުނެވެ.

ސުވާލު: އެވެނި މިވެނި މީހަކަށް ނިޞްބަތްކޮށް އެއީ ޝަހީދެކޭ ބުނެވޭނެ ހެއްޔެވެ؟


ޖަވާބު:  ޔަޤީންކަމާ އެކީގައި (ޖަޒްމުކޮށް) ނުބުނެވޭނެ އެވެ. ސަބަބަކީ އަހަރުމެން އެކަމަށް އިޤްރާރުވާފަދައިން އެއްވެސް މީހަކަށް އެމީހަކީ އެއީ ސުވަރުގެވަންތަ ނުވަތަ ނަރަކަވަންތަ ވެރިއެކޭ ނުބުނެވޭނެ އެވެ. ސަބަބަކީ އަހަރެމެން އެމީހަކަށް ނިޞްބަތްކޮށް އެއީ ޝަހީދެކޭ ބުނެފިނަމަ، އެމީހަކީ ސުވަރުގެވަންތަ ވެރިއެއްކަމުގައި ކަޑައެޅުނީ އެވެ. ފަހެ، ﷲ އެމީހަކު ސުވަރުގެ ވަންނާނެކަމަށް ހެކިވެވޮޑިގަންނަވާފައިވާ މީހަކަށް ނުވަތަ އެކަލާނގެ ރަސޫލާ ﷺ އެމީހަކަށް އެފަދައިން ޙަދީޘްކޮށްފައިވާ ފަރާތަކަށް ނޫނީ އަހަރެމެން އެއީ ސުވަރުގެވަންތަ ފަރާތެއް ކަމުގައި އަހަރުމެންނަށް ހެކި ނުވެވޭނެ އެވެ. މިޘާލަަށް، ސުވަރުގެ ވަންނާނެކަމުގައި ބަޔާންކޮށްފައިވާ ދިހަ ޞަޙާބީން އަދި ބަދުރު ހަނގުރާމައިގެ އަހުލުވެރިން އަދި ބައިޢަތުއް ރިޟްވާނުގެ އަހުލުވެރިން އަދި ހޭނެތުމުގެ (ބަލިކަން) ދިމާވަމުން ދިޔަ އަންހެނާއަށް ނަބިއްޔާ ﷺ އެ އަންހެނާއަކީ ސުވަރުގޭގެ އަހުލުވެރިއެއް ކަމުގައި ޚަބަރުދެއްވި އަންހެނާއަކީވެސް (އެފަދަ މިޘާލެކެވެ.) އަދި އަބްދުއް ﷲ ބިން ސަލާމް ފަދަ ފަރާތްތަކަކީ ސުވަރުގޭގެ އަހަުލުވެރިން ކަމުގައި ބުނެވޭނެ އެވެ. އެނޫން މީސްތަކުންނަށް އަހަރެމެން އެބައިމީހުންނަކީ ޞާލިޙު ބައެއްކަމުގައިވާ ހިނދުގައި އެބައިމީހުންނަށް ސުވަރުގެ ލިބޭނެ ކަމުގައި އުއްމީދު  ކުރަމެވެ. އަދި ހަމަ އެވަޤުޠުގައި އެބައިމީހުންގެ މައްޗަށް ބިރުވެތިވާ ޙާލުގައި އެވެ. (އެއްވެސް މީހަކަށް) އެމީހަކީ ސުވަރުގޭގައި އަދި (އެއްވެސް މީހަކަށް) އެމީހަކީ ނަރަކައިގެ އަހުލުވެރިއެއް ކަމުގައި ނުނިންމޭނެ އެވެ. شرح أصول السنة ص 81

 

***


الشَّيْخُ مُحَّمَدُ بِنْ عُمَر بَازْمُوْل حفظه الله ނުހަނު ގިނަ ދަލީލުތައް ބަޔާންކުރައްވާ ވިދާޅުވެފައިވެ އެވެ. "މި އެންމެހައި ސަބަބުތަކަށްޓަކައި أهل السنة و الجماعة ގެ ޢަޤީދާއަކީ ހަނގުރާމައެއްގައިވެސް ޤަތުލުގެވެންދާ ޚާއްޞަ މީހަކަށް ނިޞްބަތްކޮށް އެއީ ޝަޙީދެއް ކަމުގައި ނުބުނެވޭނެ އެވެ. އެހެނަސް ބުނެވޭނީ : ޝަހީދެއްކަމުގައި ވެދާނެ ކަމަށް އުއްމީދު ކުރުމެވެ. ސަބަބަކީ ޝަޙިދެއްކަމުގައި ވުމަށް އެންމެހައި ޝަރުތުތަކެއް އޭނާއަށް ލިބިފައިވާކަމެއް ނޭނގެ އެވެ. އަދި ޝަހީދެއްކަމުގައި ވުމަށް މަނާވެދާ ކަންތައްތަކުން އޭނާ އެއްކިބާވެފައިވާކަމެއް ނުވަތަ ނޫންކަމެއްވެސް ނޭނގެ އެވެ. އިމާމް ބުޚާރީ ގެ ޖާމިޢުގައި ޖިހާދު (ބަޔާންކޮށް ލިޔުއްވާފައިވާ) ފޮތުގައި ބާބެއް ބަންނަވާފައިވެ އެވެ. (ބާބުގައިވެ އެވެ.) "ވަކިޚާއްޞަ މީހަކަށް އެއީ ޝަހީދެކޭ ނުބުނެވޭނެ އެވެ." المحكم و المتشابه في التكفير و الجهاد ص 81

 

ލޮވުބެތި އަޚުންނޭވެ! އައިއެސް، އަލްޤައިދާ އަދި އިޚްވާން އަލް-މުސްލިމީން އަށް ނިޞްބަތްވާ މީހުން، ތައުޙީދުގެ މި ބާބަށް ކިހާ އިޙްތިރާމެއް ކޮށްފައިވޭތޯއެވެ. އިޚްވާނުލް މުސްލިމީންގެ ލީޑަރު ސައްޔިދު ޤުތުބް އާއި މެދު އެބައިމީހުން ކަޑައެޅިގެން ބުނަނީ އެއީ "ޝަހީދެއް" ކަމުގައެވެ. އަދި އަލް-ޤާއިދާގެ ލީޑަރު އުސާމާ ބިން ލާދިން އަށް އެބައިމީހުން ބުނަނީ އެއީ "ޝަހީދެއް" ކަމުގައެވެ. އަދި އައި.އެސް ޖަބަހަތުއް ނުޞްރާ އިން ހަނގުރާމަތަކުގައި މަރުވާ މީހުންނަށް ދޭ ލަޤަބަކީ ޝަހީދުންގެ ލަޤަބެވެ. މިބައިމީހުން ގެ ޖާހިލުކަން އިންތަހާއަށް ބޮޑުވެގެންވެއެވެ. އެހެނަސް، ތައުޙީދޭ ކިޔައި އަޑުން އަޑު ނަގައި މިބައިމީން ގޮވައެވެ. މިބައިމީހުންގެ ތައުޙީދަކީ މިއީތޯއެވެ؟ ސުވަރުގެއަށް ދާނެ މީހުން ކަޑައެޅުމަށް މިބައިމީހުންނަކީ ކޮންބައެއް ހެއްޔެވެ؟ މިބައިމީހުންނަށް ﷲ ވަޙީ ބާވައިލެއްވީ ހެއްޔެވެ؟ ވަކި މީހެއް ޚާއްސަކޮށް ޝަހީދެކޭ ބުނުމަކީ އެމީހަކު ސުވަރުގެވަންތަ ވެރިއެއްކަމުގައި ކަޑައެޅުމެވެ. އާނއެކެވެ. މިބައިމީހުން އެ އަރައިގަންނަނީ ﷲ ގެ ހައްޤު ތަކުގެ ތެރެއިން ހައްޤަކަށެވެ.

 

މިއީ ދީނަށް ނިޞްބަތްވާ ކަމަށް ދަޢުވާކުރާ މީހުން "ޝެއިޚުން" "ދަންނަބޭކަލުން" "ޖަމްޢިއްޔާ ޖަމާޢަތްތަކުގެ" ހާލަތު ހުރިގޮތެވެ. ދެންފަހެ، އެއަށްވުރެ ދަށްފަންތީގެ މީހުންގެ ހާލަތާއިމެދު ތިބާ ވިސްނާލުން ހުއްޓެވެ. މިއަދު އެކި އެކި އިމާރާތްތަކަށާއި މިސްކިތްތަކަށް ނަން ދެވިފައިވަނީ މިވެނި އެވެނި ޝަހީދެއްގެ ނަމުންނެވެ. "މަސްޖިދު ޝަހީދު......." "ޝަހީދު.... ބިލްޑިން" މިފަދައިންނެވެ. ﷲ އަށް އިޚްލާސްތެރިކަމާއެކު، އަޅުކަންކުރުމަށް ހެދިފައިވާ މިސްކިތްތަކުގެ ބޯޑުތަކުން ތައުޢީދުގެ މި އަޞްލާ ޚިލާފުވެގެންވާތަން ފެނުމަކީ ތައުޙީދު މަތިވެރިކުރާ މީހެއްގެ ހިތައް ކިތައްމެހާވެސް އަސަރު ކުރާނެ ކަމެކެވެ. ޖަހިލުމީހާ ޖަހާލު ކަމުގައިވިޔަސް، ޢިލްމަށް ނިޞްބަތްވާކަމަށް ބުނާ މީހުން ޒަމާނަކުންކުރެ ޒަމާނެއްގައި، މިވާހަކަތައް މީސްތަކުންނަށް ބަޔާންކޮށްދީފައި ނުވެއެވެ. އޭގެ ސަބަބުން މިއަދު ބަޔަކު މިވާހަކަ ދައްކައިފިނަމަ، އެވެގެންދާހުށީ އެންމެ ބީރައްޓެހި ކަންތައްތަކުގެ ތެރެއިން ކަމަކަށެވެ. މުޅިން އާ ވާހަކަތަކެއް ކަމަށެވެ. އެހެނަސް، މީހަކަށް ސުވަރުގެއާއި ނަރަކަ ކަޑައެޅުމަކީ އަހަރުމެންނަށް އޮތް ކަމެއް ނޫން ކަން ޤަބޫލު ކުމަކީ ސުންނަތް ޖަމާޢަތުގެ އަހުލުވެރިން އެ އަޤީދާ އެއްގައި އެންމެ ކުރީ ޒަމާނުއްސުރެ އިއްތިފާޤުވެގެންވި އަޤީދާއެވެ.

 

"މިއަދު ޝަހީދުންގެ ދުވަސް ފާހަގަ މިކުރެވެނީ މި ޢަޤީދާގެ މަތީގައި ތޯ އެވެ؟ ޝަހީދުންގެ ގޮތުގައިވެ އެ ސުވަރުގެއަށް ވަނީ ކާކު ބާ އެވެ؟ އެބަޔަކަށް ޓަކައި ތިބާ މި ދުވަސް ފާހަގަ ކުރަނީ ހެއްޔެވެ؟ ތިބާ ދީނީ ޢިލްމަށް ނިޞްބަތްވެ ހުރެ މިފަދަ ދުވަހެއް ފާހަގަކުރުމުން އާންމުންނަށް ބަޔާންކޮށްދެނީ މި އަޤީދާތޯއެވެ؟"

މި އަޤީދާއާއި ޚިލާފްވި އަހުލުވެރިން ތަޞްވީރުގެ ޒަރީޢާއިން

Like what you see?

Close

Hit the buttons below to follow us, you won't regret it...