5 ކާފަރުންގެ ބިދުޢަވެރި ޢީދުތައް (ކުރިސްމަސް، އައު އަހަރު) ފާހަގަ ކުރާ މީހާ ބުނެ އެވެ. "އަހަރެމެން ކާފަރުންނާ އެއްގޮތްވާކަށް، އެއްވަތްތަރު ވާކަށް ނުކުރަމެވެ." - الإِمَامُ العَلاَّمَة الشَّيْخُ العُثَيمين رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ކުރިސްމަސް ފާހަގަކުރުން

ކާފަރުންގެ ބިދުޢަވެރި ޢީދުތައް (ކުރިސްމަސް، އައު އަހަރު) ފާހަގަ ކުރާ މީހާ ބުނެ އެވެ. "އަހަރެމެން ކާފަރުންނާ އެއްގޮތްވާކަށް، އެއްވަތްތަރު ވާކަށް ނުކުރަމެވެ." - الإِمَامُ العَلاَّمَة الشَّيْخُ العُثَيمين رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ކުރިސްމަސް ފާހަގަކުރުން

الإِمَامُ العَلاَّمَة الشَّيْخُ العُثَيمين  رحمه الله ވިދާޅުވިއެވެ. "މީހަކު ބުނެ އެވެ. "އަހަރެން ކާފަރުންނާ އެއްވަތްތަރު ވުމަށް ޤަޞްދެއް ނުކުރަމެވެ." ފަހެ އަހަރެމެން ބުނަމެވެ. ހަމަކަށަވަރުން ތަޝައްބުހުވުމަކަށް ނިޔަތްް ބޭނުން ނުވެ އެވެ. ސަބަބަކީ ތަޝައްބުހު (އެއްގޮތް، އެއްވައްތަރު) ވުމަކީ އެ ޞޫރައިގައި އަދި ކުރެވޭ ކަންތަކުގައި އެއްވަތްތަރުވުމެވެ.
 

ފަހެ، މިކަން ޙާސިލްވެއްޖެ ނަމަ ނިޔަތް ނުގަތަސް އަދި ނިޔަތްގަތް ކަމުގައިވިޔަސް އެއްވަތްތަރުވީ އެވެ. އެހެނަސް އެކަމަށް ނިޔަތް ގަނެފި ހިނދުގައި އޭގެ ނުބައިކަން އަދި ނުރައްކާތެރިކަން އިތުރުވެ ބޮޑުވެގެންވެ އެވެ. ސަބަބަކީ ތިބާ އެކަމަށް ނިޔަތް ގަނެފި ހިނދުގައި، ތިބާ އެކަންތައް ކޮށްފައިވަނީ އެބަޔަކު އެތިބި ގޮތުގެ މައްޗަށް ލޯބިވެ، އެކަން މަތިވެރިކުރުމުގެ ގޮތުންނެވެ.
 

ފަހެ، އެއްވެސް އިންސާނަކު އޭނާގެ ބޭރުފުށުން އެބައިމީހުންނާ އެއްވައްތަރު ވެގެންވާތަން ފެނުމުން އަހަރެމެން އެމީހާގެ މައްޗަށް އެބައިމީހުންނާ އެއްވަތްތަރު ވުމުގެ މައްޗަށް ނަހީ ކުރަމެވެ. އެއީ އެމީހަކު އެކަމަށް ޤަޞްދުކުޅަ ކަމުގައިވީ ނަމަވެސް ނުވަތަ ޤަޞްދެއް ނުކުރި ކަމުގައިވިޔަސް އެވެ.
އަދި އެކަމުގެ ސަބަބަކީ، ނިޔަތަކީ ބޭރުފުށަށް ނުފެންނަ ވަންހަނާވެފައިވާ ކަމެއްކަމުގައިވުމެވެ. އަދި އެއްވަތްތަރު ވުމަކީ ބޭރުފުށަށް ފެންނަންއޮތް ކަމެކެވެ. ފަހެ އެހިނދު ބޭރުފުށުން ފެންނަ ޞޫރައިން އެއްވަތްތަރު ވެގެންވާތަން ފެނުމުން ނަހީކުރެވެ އެވެ."   
****
ފަތުވާ ނަގާފައިވަނީ : الشرح الممتع 195-196

Like what you see?

Close

Hit the buttons below to follow us, you won't regret it...