5  އުފަންދުވަސް ފާހަގަ ކުރުމުގެ ޙުކުމް - الشَّيْخ العَلاَّمَة عَبد العَزِيز بن باَز رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ބިދުޢަވެރި ޚުރާފީ ޢީދުތައް

 އުފަންދުވަސް ފާހަގަ ކުރުމުގެ ޙުކުމް - الشَّيْخ العَلاَّمَة عَبد العَزِيز بن باَز رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ބިދުޢަވެރި ޚުރާފީ ޢީދުތައް

ސުވާލު: ބައެއް ފަރުދުން އެބައިމީހުން އުފަންދުވަސް ފާހަގަކުރެ އެވެ. މިކަމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟
ޖަވާބު: ތިޔަ ކަންތައްތަކަކީ މުންކަރާތެވެ. އޭނާގެ އަމިއްލަ ނަފްސަށް ނުވަތަ އޭނާގެ މަންމަ ނުވަތަ އޭނާގެ އަންހެން ދަރިއަށް ނުވަތަ ފިރިހެން ދަރިއަށް (އުފަންދުވަސް) ފާހަގަ ކުރުމަކީ، ޔަހޫދީންނާއި ނަޞާރާއިންނާ އެއްވަތްތަރު ވުމުގެ ގޮތުން ކުރެވޭ ކަންތައްތަކެވެ. އެއްްވެސް އަޞްލެއްއޮތް ކަމެއް ނޫނެވެ. އެކަންތަކަށް އެއްވެސް އަސާސެއް ނުވެ އެވެ. ބައްޕަގެ އުފަންދުވަސް ނުވަތަ މަންމަގެ އުފަންދުވަސް ނުވަތަ ބޮޑު ބޭބެގެ އުފަންދުވަސް ނުވަތަ އިންސާނާ އޭނާގެ އަމިއްލަ އުފަންދުވަސް ނުވަތަ އޭނާގެ އަންހެން ދަރި ނުވަތަ ފިރިހެން ދަރިފުޅުގެ އުފަންދުވަސް ފާހަގަ ކުރުމަކީ، ފަހެ މިއީ ހައްތަހާވެސް މުންކަރާތްތަކެވެ. މި އެންމެހައި ކަންކަމަކީ ﷲ ގެ ޢަދުއްވުނާއި އެއްވަތްތަރުވެވޭ ކަންކަމެވެ. އެއްވެސް ޙާލެއްގައި މިއިން އެއްވެސް ދުވަހެއް ފާހަގަ ކުރުން ހުއްދައެއް ނުވާނެ އެވެ. ފަހެ، އެމީހެއްގެ މައްޗަށް ބަޔާންވެގެންވަނީ މި ދޮރު ބަންދުކުރުމާއި އަލަށް ގެނެސްފައިވާ މިކަމުގެ މައްޗަށް ސަމާލުވެ އިންޒާރު ލިބިގަތުމެވެ.

 

އެހެނަސް ބައެއް މީހުންނަށް ނިޢުމަތްތައް ގިނަވެ، އޭނާގެ އަތްމަތީގައި މުދާވެރިކަން ގިނަވުމުން އެތަކެތި ހޭދަކުރަންވީ ގޮތެއް ނޭނގެ އެވެ. ﷲ އަށް ކުއްތަންވެވޭ ގޮތުގައި އެތަކެތި ހޭދަކުރުމުގެ ތަޥްފީޤެއް ލިބިފައެއް ނުވެ އެވެ. އެގޮތުން މިސްކިތް ބިނާކޮށް ބެލެހެއްޓުމާއި، ފަޤީރުންނަށް އެހީތެރިވުން ފަދަ ކަންކަމުގައި ހޭދަކުރުމެއް ނޯވެ އެވެ. އަދި އޭނާ މިފަދަ ޢީދުތަކާއި އެފަދަ އެހެނިހެން ކަންކަމުގައި އެ މުދާހޭދަކޮށް ކުޅެހަދަ އެވެ...."
ފަތުވާ ނަގާފައިވަނީ : https://goo.gl/7hMD2A
އަދިވެސް ވިދާޅުވެފައިވެ އެވެ.


އަދިވެސް الشَّيْخ العَلاَّمَة عَبد العَزِيز بن باَز رحمه  الله ވިދާޅުވެފައިވެ އެވެ. "އުފަންދުވަސް ފާހަގަ ކުރުމަކީ ޠާހިރުވެގެންވާ އިސްލާމީ ޝަރީޢަތުގައި އެއަށް އެއްވެސް އަޞްލެއްއޮތް ކަމެއް ނޫނެވެ. އަދި ކިޔެއްތަ! އެއީ ބިދުޢަ އެކެވެ. ނަބިއްޔާ ﷺ ޙަދީޘްފުޅުކުރައްވާފައިވާ ފަދައިންނެވެ. (مَنْ أَحدَثَ فِي أَمرِنَا هَذَا مَا ليْس مِنْه فَهُو رَد) "އަހަރެމެންގެ ދީނުގައި ނުވާކަމެއް، ދީނަށް އަލަސް ގެނެެސްފި މީހާގެ ކިބައިން އެކަމެއް ރައްދުކުރެވިގެންވެ އެވެ." ...

 

އަދިވެސް الشَّيْخ العَلاَّمَة عَبد العَزِيز بن باَز رحمه  الله ވިދާޅުވެފައިވެ އެވެ. "ޤުރުއާން އަދި ސުންނަތުގެ ޝަރުޢީ ދަލީލުތަކުން ދަލީލުކުރެވިގެންވަނީ އުފަންދުވަސް ފާހަގަ ކުރުމަކީ ދީނަށް އަލަށް ގެނެސްފައިވާ ބިދުޢައެއް ކަމެކެވެ. ޠާހިރުވެގެންވާ އިސްލާމީ ޝަރީޢަތުގައި މިކަމަށް އެއްވެސް އަޞްލެއްނުވެ އެވެ. އަދި މިފަދަ ޙަފްލާއަށް ދެވޭ ދަޢުވަތަށް އިޖާބަދިނުން ހުއްދައެއް ނުވާނެ އެވެ. އެއީ ބިދުޢަތަކަށް ހިތްވަރު ދިނުމާއި އެއަށް ބާރު އެޅުވުން އެކަމުގައި ހިމެނިގެންވުމެވެ.... އަދި ހަމަކަށަވަރުން މި ޙަފްލާތަކަކީ ދީނުގައި އެއަށް އެއްވެސް އަޞްލެއްނުވާ ބިދުޢަވެރި މުންކަރާތެއްގެ ގޮތުގައި ވުމުގެ އިތުރަށް މިކަމުގައި ޔަހޫދީންނާއި ނަޞާރާއިންނަށް އެބައިމީހުން ފާހަގަކުރާ އުފަންދުވަސްތަކާއި އެއްވަތްތަރުވުން ހިމެނިފައިވެ އެވެ...."
ފަތުވާ ނަގާފައިވަނީ : https://goo.gl/9Hz549

Like what you see?

Close

Hit the buttons below to follow us, you won't regret it...