މި މެސެޖް 10 މީހުންނަށް ފޮނުވާ! އެ ހިނދު މިވެނި ކަމެއް ދިމާވާނެ! - الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله
ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله
(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)
الإمام العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله
މި މެސެޖް 10 މީހުންނަށް ފޮނުވާ! އެ ހިނދު މިވެނި ކަމެއް ދިމާވާނެ!
ސުވާލު: ﷲ ޝެއިޚް ރައްކާތެރި ކުރައްވާށި އެވެ. މޮބައިލް ފޯނަށް އަންނަ ބައެއް މެސެޖްތަކުގައި ބުނެފައި ހުރެ އެވެ. "ނަބިއްޔާ صلى الله عليه وسلم އަށް ޞަލަވާތް ކިޔާށެވެ. އަދި 10 މީހުންނަށް އެ މެސެޖް ފޮނުވާށެވެ. ތިބާއަށް އެވެނި މިވަނި، ޘަވާބެއް ޙާޞިލްވާނެ އެވެ." މިފަދައިން ޢަމަލު ކުރުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟
ޖަވާބު: މިއީ ބިދުޢަ އެކެވެ. މިއީ ބިދުޢަ އެކެވެ. ނަބިއްޔާ صلى الله عليه وسلم އަށް ޞަލަވާތްކިޔުމަކީ ޝަރީޢަތުގައި ލެވިގެންވާ ކަމެކެވެ. ހެޔޮ ކަމެކެވެ. އެހެނަސް ވަކި ޢަދަދަކަށް ޢަދަދު ކަނޑައަޅައި އަދި އެވަނި މިވަނި ބަޔަކަށް ފޮނުވުމަށް ބުނުމަކީ އެއަށް އެއްވެސް ދަލީލެއް އޮތް ކަމެއް ނޫނެވެ. އާއެކެވެ.
*****
ފަތުވާ ނަގާފައިވަނީ : http://goo.gl/rrlbYo