ޤުރުއާނުގެ އާޔަތްތައް ލިޔެފައި ހުންނަ ތަށިތައް ބޭނުން ކުރުމުގެ ޙުކުމް - الشَّيْخ صَالح بن عَبد العَزيز آل الشيخ حفظه الله

ސުވާލު: ބައެއް ފިހާރަތަކުގައި ވިއްކަން ހުންނަ ތަށިތަކުގައި ޤުރުއާންގެ އާޔަތްތައް ލިޔެފައި ހުރެ އެވެ. މިފަދަ ތަކެތީގެ ޙުކުމްއަކީ ކޮބައިތޯ އެވެ؟
ޖަވާބު: "ހަމަކަށަވަރުން މި ތަށިތައް ބޭނުން ކުރާ ޙާލަތެއްގެ ގޮތުން ތަފާތުވެ އެވެ. އެއްގޮތަކީ މިފަދަ ތަށިތައް ގަންނަނީ އޭގައި ލިޔެފައިވާ އާޔަތްތަކުން ބަރަކާތް ހޯދުމުގެ ބޭނުން ކަމުގައި ވެއްޖެހިނދު، ފަހެ އެގޮތުން އެތަށީގެ ތެރެއަށް ފެން އަޅަ އެވެ. އަދި އެފެން ބޮއެވެ. ސަބަބަކީ އެފެން އެއާޔަތްތަކުގައި އުނގުޅުމުން އެއީ ރުޤްޔާ ކުރުމުގެ ތެރެއަށް ގެންދިއުމެވެ. ފަހެ މިއީ ޝަރީޢަތުގައި ހުއްދަވެގެންނުވާ ރުޤްޔާ ކުރުމެކެވެ. ޝަރީޢަތުގައި ހުއްދަވެގެންވާ ރުޤްޔާއަކީ ފެނުގެ ތެރެއަށް ކިޔެވުމެވެ. ފަހެ އެތަށީގައި ލިޔެފައިވާ އާޔަތްތައް ފެނުގެ ތެރެއަށް (އެކުވެގެން) ނުދެ އެވެ. އަދި ކިޔެއްތަ! އެ އާޔަތްތަށްވަނީ އެ މަޢުދަނުން ނުވަތަ ލޮއިން ހަދައިފައިވާ ތަށީގަ އެވެ. އަދި އެއަށް އޮއްސާލެވޭފެން ލިޔެފައިވާ އާޔަތްތަކުގައި ހޭކިލުމަކީ ނުވަތަ ދުޢާތަކުގައި ހޭކިލުމުން އެފެން ބަރަކާތްތެރި ފެނެއް ކަމުގައި ނުވާނެ އެވެ. ފަހެ، މިފަދަ ބޭނުމުގައި އެތަށިތައް ހޯދައިގަތް ހިނދު، އެރުޤްޔާއަކީ ޝަރީޢަތުގައި ހުއްދަވެގެންވާ ރުޤްޔާއެއް ނޫނެވެ."
***
ފަތުވާ ނަގާފައިވަނީ : التمهيد لشرح كتاب التوحيد 599