5 ބައެއް ޑޮކްޓަރުން ބުނާފަދައިން މާމުއި އަކީ ހަކުރުބަލީގެ މީހުންނަށް ގެއްލުންހުރި އެއްޗެއް ހެއްޔެވެ؟ - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ބައެއް ޑޮކްޓަރުން ބުނާފަދައިން މާމުއި އަކީ ހަކުރުބަލީގެ މީހުންނަށް ގެއްލުންހުރި އެއްޗެއް ހެއްޔެވެ؟

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ބޭސްވެރިކަމާއި ސިއްޚަތު

ސުވާލު: އަހަރެމެންގެ ތެރޭގައި ޑޮކްޓަރުންގެ ގާތުން ހަކުރުބައްޔަށް ބޭސްފަރުވާކުރާ މީހަކުވެ އެވެ. އެ ޑޮކްޓަރުން، ބަލިމީހާއަށް ހުރިހައި ބާވަތެއްގެ ފޮނި ކާތަކެތި މަނާކޮށްފައިވެ އެވެ. އޭގެ ތެރޭގައި މާމުއިވެސް ހިމެނެ އެވެ. ފަހެ މިއީ ޤުރުއާނުގައި ވާރިދުވެގެންވާ ވަޙީބަސްފުޅާ ޚިލާފްވެގެންވާ ގޮތެކެވެ. ސަބަބަކީ ﷲ سبحانه و تعالى ބަސްވަޙީ ކުރައްވާފައިވަނީ މާމުއިގައި ޝިފާ އެކުލެވިފައިވާ ކަމެވެ. ފަހެ، އަހަރެމެންނަށް އޮތީ މި ޑޮކްޓަރުންގެ ބަސްތައްނަގައި އޭގައި ހިފެހެއްޓުން ހެއްޔެވެ. ނުވަތަ ﷲ سبحانه و تعالى ގެ ބަސްފުޅުގައި ހިފެހެއްޓުން ތޯ އެވެ؟ މިކަމުގައި އަހަރެމެން ޢަމަލުކުރަންވީ ގޮތް ބަޔާންކޮށްދިނުން ހުއްޓެވެ.
 

ޖަވާބު: ﷲ تعالى ގެ ބަސްފުޅު ޑޮކްޓަރުންގެ ބަހަށްވުރެ މާތްވެ މަތިވެރިވެގެންވެ އެވެ. ﷲ سبحانه و تعالى ވަޙީކުރައްވާފައިވެ އެވެ. :(وَأَوْحَىٰ رَبُّكَ إِلَى النَّحْلِ أَنِ اتَّخِذِي مِنَ الْجِبَالِ بُيُوتًا وَمِنَ الشَّجَرِ وَمِمَّا يَعْرِشُونَ ثُمَّ كُلِي مِن كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلًا يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاءٌ لِّلنَّاسِ)  النحل68-69  "ނަބިއްޔާގެ ވެރި އިލާހު ކުޅަނދުރަށް އިލްހާމް ކުރައްވައި އެންގެވި އެވެ. ފަރުބަދަތަކުގައްޔާއި، ގަސްގަހާގެހީގައި އަދި މީހުން ހަދައިދޭ ބިންތަކުގައި ހަތާހަދައި އުޅޭށެވެ. ދެން ތިޔަ ކުޅަދުރު ހުރިހައި މޭވާތަކުން ކައި އުޅޭށެވެ. ފަހެ، ތިޔަ ކުޅަނދުރުގެ ވެރި އިލާހު ފަސޭހަކޮށްދެއްވާފައިވާ މަގުތަކުން ހިނގާށެވެ. އެ ތަކެތީގެ ބަނޑުން ކުލަތައް ތަފާތު ބުއިމެއް ނުކުމެގެން އާދެތެވެ. އޭގައި (އެ މާމުއިގައި) މީސްތަކުންނަށް ބަލި ފަސޭހަވުން (ބަލިތަކަށް ޝިފާ) ވެ އެވެ.
 

އެއްވެސް ޝައްކެތްނުވާ ކަމަކީ، މާމުއިގައި ޝިފާވެ އެވެ. އެހެނަސް ގިނަފަހަރު މާމުއި އޭގެ ޚާލިޞް ގޮތުގައި ނުލިބޭކަމެވެ. އަދި ކިޔެއްތަ! އޭގެ އިތުރަށް މާމުއިގެ ތެރެއަށް އެކިކަހަލަ ތަކެތި އެއްކޮށް އޭގެ ޚާލިޞްކަންވަނީ ގެއްލިފަ އެވެ.
އެހެނަސް އެއްވެސް ޝައްކެތްނުވާ ކަމަކީ، ޚާލިޞް ސާފު މާމުއި އަކީ އެއިން ޝިފާ ލިބޭނެ އެއްޗެއް ކަމުގައި ވުމެވެ. އަދި މިފަދަ މާމުއި އަށް ﷲ سبحانه و تعالى ގެ ވަޙީބަސްފުޅު، އެ ޑޮކްޓަރުންނަކީ ކޮންމެފަދަ ޑޮކްޓަރުން ކަމުގައިވިޔަސް ޑޮކްޓަރުންގެ ބަސްތަކުގެ މައްޗަށް މާތްކަމާއި މަތިވެރިކަން ލިބިގެންފައިވެ އެވެ. ޑޮކްޓަރުންގެ ބަސްތަކުގެ މައްޗަށް އުފުލިފައިވެ އެވެ. و الله أعلم"    
*** 

ފަތުވާ ނަގާފައިވަނީ : فتاوى نور على الدرب للعلامة عبد الله بن حميد ص153

Like what you see?

Close

Hit the buttons below to follow us, you won't regret it...