ޤަޟާ ޤަދަރަށް އީމާންވުން

 ލިބުނު މިންވަރަށް ރުހިގަތުން އެމީހެއްގެ ހިތުން ގެއްލިއްޖެ މީހާއަކީ ފަޤީރެކެވެ. - الشيخُ العلاَّمة ابن العُثَيمِين رحمه الله

ކެޓަގަރީ ޤަޟާ ޤަދަރަށް އީމާންވުން

العَلاَّمَة محمد بن صالح العثَيمين  رحمه الله ވިދާޅުވެފައިވެ އެވެ.


"އިންސާނަކަށް ޤަނާޢަ (ލިބުނު މިންވަރަށް ރުހިގަތމުގެ) ގެ ސިފަ ލިބިއްޖެ ހިނދުގައި އޭނާއަކީ މުއްސަންޖެއްގެ ގޮތުގައިވެ އެވެ. އަދި ހިތް ތަނަވަސް މީހެއްގެ ގޮތުގައިވެ އެހެން މީހުންނަށް އޭނާގެ ނަޟަރު ނުހުއްޓޭނެ އެވެ. މިކަމުގެ މައްޗަށް ދަލީލުކޮށްދެނީ ސުވަރުގޭގެ އަހުލުވެރިންގެ ނިޢުމަތްތައް ފުރިހަމަވެގެންވާކަން ބަޔާންވެފައިވާ ގޮތުންނެވެ. ހަމަކަށަވަރުން އެބައިމީހުން ﴿لاَيَبْغُون عَنها حِولا﴾ "އެބައިމީހުން އެތަންފިޔަވައި، އެހެންފަރާތަކަށް އެނބުރި ދިއުމަށް ނޭދޭނެ އެވެ."

 

އެތަނުގައިވާ އެންމެ ދަށުދަރަޖައިން ނިޢުމަތްލިބޭ މިހާވެސް އެތަން ދޫކޮށް އެހެންތަނަކަށް ދިއުމަށް ބޭނުމެއް ނުވާނެ އެވެ. އަދި ސުވަރުގޭގައި އޭނާއަށްވުރެ ނިޢުމަތުގައި އުޅޭ އެހެން މީހަކު ވާކަމަށް ނުދެކޭނެ އެވެ.
 

ފަހެ، މިއީ ﷲ އެ އިލާހުގެ އަޅުތަކުންނަށް ދެއްވާ ނިޢުމަތްތަކުގެ ތެރެއިން ނިޢުމަތެކެވެ. އޭނާއަށް ޤަނާޢަ (ލިބުނު މިންވަރަށް ރުހިގަތުމަށް) ﷲ ތަޥްފީޤު ދެއްވި އެވެ. އެއީ އޭނާ ގެދޮރު ކަމުގައިވީނަމަވެސް، ނުވަތަ އޭނާގެ ފޭރާމުގައި ނުވަތަ އޭނާގެ ސަވާރީ ނުވަތަ އޭނާގެ ދަރިންކަމުގައިވީނަމަވެސް އެވެ.
އެހެނަސް އޭނާގެ ހިތުން ޤަނާޢަ (ލިބުނު މިންވަރަށް ރުހިގަތުން) ގެއްލިއްޖެ ހިނދުގައި އޭނާއަކީ ފަޤީރެއް ކަމުގައިވެ އެވެ.
***
ފަތުވާ ނަގާފައިވަނީ : فتح ذي الجلال والإكرام (٢٧٢/٥)

Like what you see?

Close

Hit the buttons below to follow us, you won't regret it...