ޢާލަމްތަކަށް ޙުއްޖަތެއް ކަމުގައި އެ އިލާހުގެ ރަސޫލުންގެ މައްޗަށް، ﷲ ފޮތްތައް ބާވައިލެއްވިކަމަށް އީމާންވުން - العَلاَّمَة الشَّيْخ مُحمَّد بن صَالح العُثَيمِين رحمه الله

ޢާލަމްތަކަށް ޙުއްޖަތެއް ކަމުގައި އެ އިލާހުގެ ރަސޫލުންގެ މައްޗަށް، ﷲ ފޮތްތައް ބާވައިލެއްވިކަމަށް އީމާންވުން
كُتُب އަކީ كِتَاب ގެ ޖަމްޢު އެވެ. އޭގެ މާނައަކީ ލިޔެފައިވާ އެއްޗެވެ. މިތަނުގައި އޭގެ މުރާދަކީ : ﷲ އެއިލާހުގެ ރަސޫލުންގެ މައްޗަށް، ޚަލްޤުތަކުންގެ މައްޗަށް ރަޙްމަތެއްގެ ގޮތުގައި، އަޅުތަކުންނަށް ހިދާޔަތެއްގެ ގޮތުން އަދި ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ހޯދުމަށްޓަކައި ބާވައިލެއްވި ފޮތްތަކެވެ.
ފުރަތަމައީ : އެ ފޮތްތަކަކީ ޙައްޤުގޮތުގައި ﷲ ގެ ޙަޟުރަތުން ބާވައިލެއްވުނު ފޮތްތަކެއް ކަމުގައި އީމާންވުމެވެ.
ދެވަނައީ : އެ ފޮތެއްގެ ނަން އަހަރުމެންގެ ބަޔާންވި ކޮންމެފޮތެއްގެ ނަމަށް އީމާންވުމެވެ. މިޘާލަކަށް القُرآن، التَّورَاة، الإِنجِيل، الزَّبُور އަދި އެފޮތެއްގެ ނަން އަހަރުމެންނަށް ނޭގޭކަމުގައިވާނަމަ ޖުމްލަކޮށް އެފޮތަށް އީމާންވާނީ އެވެ.
ތިންވަނައީ : އެ ފޮތްތަކުގައިވާ އެންމެހައި ޚަބަރުތައް ތެދުކުޅައުމެވެ. އެގޮތުން . ގެ އެންމެހައި ޚަބަރުތަކެއް ތެދުކުރުމެވެ. އެއީ އެ ޚަބަރުތައް ބަދަލުކުރެވި ނުވަތަ އޭގެ ކުރީ ފޮތްތަކުން ތަޙްރީފް (ބަދަލު ކުރެވިފައި) ނުވާ އެންމެހައި ކަންތައްތަކެއް ތެދުކުރުމެވެ.
ހަތަރުވަނައީ : އެ ފޮތްތަކުން މަންސޫޚު ކުރެވިފައިނުވާ އެންމެހައި ޙުކުމްތަކެއްގެ ޢިލްމު ލިބިގަތުމެވެ. އަދި އެ އެންމެހައި ޙުކުމްތަކުގެ މައްޗަށް ރުހި ޤަބޫލުވުމެވެ. އެއީ އެ ޙުކުމްތަކުގެ ޙިކްމަތް އަހަރެމެންނަށް އޮޅުންފިލައިފައިވީ ކަމުގައިވިޔަސް އަދި އޮޅުން ނުފިލި ކަމުގައިވިޔަސް އެވެ.
ﷲ ބާވައިލެއްވި ފޮތްތަކުގެ މައްޗަށް މީސްތަކުން 3 ބާވަތަކަށް ބެހިފައިވެ އެވެ.
1. އެ އެންމެހައި ފޮތްތަކެއް ދޮގުކުރި މީސްތަކުންނެވެ. މި މީސްތަކުންނަކީ ރަސޫލުންގެ ޢަދާވާތްތެރިން ކަމުގައިވާ ކާފަރުން، މުޝްރިކުން އަދި ފަލާސިފާއިންނެވެ.
2. އެ އެންމެހައި ފޮތްތަކަށް އީމާންވި މީސްތަކުންނެވެ. އެބައިމީހުންނަކީ އެންމެހައި ރަސޫލުންނަށް އީމާންވި މުއުމިން އަޅުތަކުންނެވެ. އަދި އެ އެންމެހައި ރަސޫލުންގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށް އެބައިމީހުން އީމާންވި އެވެ.
3. އޭގެ ތެރެއިން ބައެއް ފޮތްތަކަށް އީމާންވެ އަދި އަނެއްބައި ފޮތްތަކަށް ކާފަރުވި މީސްތަކުންނެވެ. އެބައިމީހުންނަކީ ޔަހޫދީން އަދި ނަޞާރާއިންނާއި އެބައިމީހުންގެ މަގު އިޚްތިޔާރު ކުރި އެންމެހައި ފަރާތްތަކެވެ.
ކުރީގައި ބާވައިލެއްވުނު ފޮތްތަކަށް އީމާންވުންއޮތީ އެ އެއެންމެހައި ފޮތްތަކަށް ޖުމްލަކޮށެވެ. އެގޮތުން އެމީހެއްގެ ދުލުން އަދި ހިތުން އެފަދައިން އީމާންވުމެވެ.
އެހެނަސް القُرآن އަށް އީމާންވާން ޖެހޭނީ ތަފްޞީލުކޮށެވެ. ފަހެ، އެ ގޮތުން ހިތުން އަދި ދުލުން އިޤްރާރު ވުމާއެކު، އެފޮތުގައި ބަޔާންކުރެވުނު ތަކެއްޗަށް ތަބަޢަވުމެވެ. އަދި ކުޑަ، އާދައިގެ އެންމެހައި ކަންކަމުގައި އާއި ބޮޑެތި ކަންކަމުގައިވެސް އެ ފޮތުގެ ޙުކުމަށް ޙުކުމް ކުރުމެވެ. އަދި އެފޮތަކީ ﷲ ގެ ބަސްފުޅު ކަމާއި އެއީ ﷲ ހެއްދެވި އެއްޗެއް ނޫންކަން ޤަބޫލުކޮށް އެފޮތް އެއީ ޙަޤީޤަތުގައި ﷲ ގެ ޙަޟުރަތުން ފޮނުއްވުނު ފޮތެއް ކަމާއި އަދި އަނބުރައި އެފޮތް ﷲ ގެ ޙަޟުރަތަށް ގެންދެވޭނެކަމަށް އީމާންވުމެވެ.
ﷲ ވަޙީބަސްފުޅުގައި ބަޔާންކޮށްފައިވާ ފަދައިން ކުރިން ބާވައިލެއްވުނު އެންމެހައި ފޮތްތަށްވަނީ القُرآن العَظيم އަށްފަހުގައި މަންސޫޚު ކުރެވިފަ އެވެ.
***
ފަތުވާ ނަގާފައިވަނީ : شرح العقيدة أهل السنة و الجماعة للشيخ العثيمين