ﷲ އަށް އީމާންވުން

ﷲ سبحانه وتعالى އުޑުތަކާއި ބިން ހަ ދުވަހުގެ މުއްދަތުގައި ހެއްދެވުމުގެ ޙިކްމަތް - العلامة الشيخ صَالِح الفَوْزَان حفظه الله

ކެޓަގަރީ ﷲ އަށް އީމާންވުން

ސުވާލު: ޝެއިޚް އެވެ. މި ބަރަކާތްތެރި ވެގެންވާ އާޔަތުގައި ވެ އެވެ. ﴿إِنَّ رَبَّكُمْ اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى عَلَى الْعَرْشِ﴾ الأعراف 54 "ހަމަކަށަވަރުން ތިޔަބައިމީހުންގެ ވެރި އިލާހުއީ، ހަ ދުވަހުގެ ތެރޭގައި، އުޑުތަކާއި ބިން ހެއްދެވި އިލާހެވެ. އެއަށްފަހު އެ އިލާހު ޢަރުޝީގެ މައްޗަށް އިސްތަވާވެ ވޮޑިގެންނެވި އެވެ."

ޖަވާބު: އާއެކެވެ. އާޔަތުގެ މާނަ ސާފުކޮށް ބަޔާންވެގެންވެ އެވެ. އެއީ، ﷲ އުޑުތަކާއި ބިންތައް 6 ދުވަހުގައި ޚަލްޤު ކުރެއްވި ކަމެވެ. ހިނދުކޮޅެއްގެ ތެރޭގައި ނުވަތަ އެންމެ ދުވަހަކުން އުޑުތަކާއި ބިން ހެއްދެވުމަށް ﷲ ކުޅަދުންވަންތަވެ ވޮޑިގެންވެ އެވެ. އެހެނަސް އެ އިލާހު، ބޭނުންވޮޑިގެންނަވަނީ، އެ އިލާހުގެ އަޅުތަކުންނަށް ޢަމަލު ކުރުމުގައި މަޑުމައިތިރި ކަމާއި އަވަސްވެ ނުގަނެ އަދި އެ ޢަމަލެއް އެންމެ ފުރިހަމަކޮށް ކުރުމަށް އުނގަންނަވައިދެއްވުމެވެ.
އެއަށްފަހުގައި އިސްތަވާވެ ވޮޑިގެންވި އެވެ. މާނައީ، އެންމެހައި ތަކެއްގެ މަތީގައި އަދި ޢަރުޝުގައި ވޮޑިގެންނެވި އެވެ. ޢަރުޝީ އަކީ އެންމެހައި މަޚްލޫޤުތަކެއްގެ މަތީގައިވާ މަޚްލޫޤު އެވެ. ޤުރުއާނާއި ސުންނަތުން ޢަރުޝީ ޘާބިތުވެގެންވެ އެވެ. އަދި ﷲ سبحانه وتعالى އޭގެ ޚަބަރު ދެއްވާފައިވެ އެވެ. އޭގެ ސިފަތަކާއި އަދި މަތިވެރިކަމާއި ހެޔޮކަން ބަޔާންކުރުމަށް ﷲ މެނުވީ އެހެން ފަރާތަކަށް ކުޅަދާނަވެގެންނުވެ އެވެ. އާއެކެވެ.


ފަތުވާ ނަގާފައިވަނީ : https://goo.gl/VR6QvS

Like what you see?

Close

Hit the buttons below to follow us, you won't regret it...