ޢަރަބި ބަހުގެ ޤަވާއިދު – اِسْمُ الْإِشَارَةِ - هَـٰذَا | އިޝާރާތުގެ ނަން - މިއީ
މި ފިލާވަޅުގައި ބަޔާންކުރަނީ ނަމުގެ أَنْوَاعُهُ (ވައްތަރުތަކުގެ) ތެރެއިން ވައްތަރެއް ކަމުގައިވާ اِسْمُ الْإِشَارَةِ އިޝާރާތުގެ ނަމާއި ބެހޭގޮތުންނެވެ. اِسْمُ الْإِشَارَةِ (އިޝާރާތުގެ ނަމަކީ) އަތްލެވޭ އެއްޗެއް، ތަނެއް، މީހަކަށް ނުވަތަ ޣައިބުގައިވާ ފިކުރަކަށް (ޢިލްމަށް) އަމާޒުކޮށް (އިޝާރާތްކޮށް) ބުނެވޭ ނަމެވެ. ޣައިބުގައިވާ ފިކުރުގެ މިސާލަކަށް هَـٰذَا عِلْمٌ نَافِعٌ "މިއީ ފައިދާކުރަނިވި ޢިލްމެވެ." هَـٰذَا އަކީވެސް އިޝާރާތް ކުރުމަށް ބޭނުންކުރާ ނަމެކެވެ. هَـٰذَا ކިޔާއިރު ކިޔާނީ هَاذَا މިފަދައިންނެވެ. އެހެނަސް ލިޔާއިރު ލިޔަންޖެހޭނީ ه (ހާ) ޖެހިގެން އޮތް ا (އަލިފު) ނުލައެވެ. هَـٰذَا މިފަދައިންނެވެ.
هَاْ އަކީ حَرْفُ لِلتَنْبِيْهِ ސަމާލުކަން ގެނެސްދޭ حَرْفُ އެވެ.
ذَا އަކީ اِسْمُ الْإِشَارَةِ އިޝާރާތުގެ ނަމެވެ.
هَـٰذَا
هَـٰذَا ގެ މާނަ އަކީ 'މިއީ' އެވެ.
هَـٰذَا ބޭނުންކުރަނީ قَرِيْب (ކައިރިއަށް) އިޝާރާތް ކުރާ އިރުގައެވެ.
هَـٰذَا އަކީ مُذَكّرٌ (ފިރިހެން ޖިންސުގެ) ނަމެކެވެ.
هَـٰذَا އަކީ مُفْرَدٌ އެކަހެރި (އެންމެ ފަރާތަކަށް) ބޭނުންކުރާ ނަމެކެވެ.
اِسْمُ الْإِشَارَةِ (އިޝާރާތުގެ ނަމަކީ) مَعْرِفةٌ (ވަކިއެއްޗެއް ޚާއްސަކޮށްދޭ ނަމެއް) އެވެ. އެހެންކަމުން هَـٰذَا އަކީ ވެސް مَعْرِفةٌ އެވެ.
اِسْمُ الْإِشَارَةِ (އިޝާރާތުގެ ނަން) عَاقِلٌ (ބުއްދިހުރި ފަރާތްތަކަށް (މަލާއިކަތުން، ޖިންނީން އަދި އިންސާނުން)) އަދި غَيْرُ عَاقِلٍ (ބުއްދި ނެތް ފަރާތަކަށް (ޖަނަވާރު، އެއްޗެސް، ދިރޭތަކެތި، ތަންތަނަށް)) ވެސް ބޭނުން ކުރެވެއެވެ. އެގޮތުން هَـٰذَا ވެސް މި ދެފަރާތަށް ބޭނުން ކުރެވެއެވެ.
هَـٰذَا ގެ މިޘާލުތައް:
|
|
|
|
هَـٰذَا كِتَابٌ | هَـٰذَا مَسْجِدٌ | هَـٰذَا بَابٌ | هَـٰذَا بَيْتٌ |
މިއީ ފޮތެއް |
މިއީ މިސްކިތެއް |
މިއީ ދޮރެއްް |
މިއީ ގެއެއް |
مَا هَـٰذَا؟
مَا ގެ މާނަ އަކީ 'ކޮން އެއްޗެއް؟' މިއެވެ.
مَا އަކީ اِسْمٌ إِسْتِفْهَامٌ (ސުވާލު ކުރުމުގެ ނަން) މިއެވެ.
مَا ބޭނުންކުރެވެނީ غَيْرُ عَاقِلٍ ބުއްދި ނެތް ފަރާތަކަށެވެ. މިސާލަކަށް ޖަނަވާރު، އެއްޗެސް، ދިރޭތަކެތި އަދި ތަންތަނެވެ.
مَا އަބުދުވެސް އަންނާނީ ޖުމްލައިގެ ކުރީކޮޅުގައެވެ. ޖުމްލައިގެ ކުރިޔަށް އަކުރެއް އައިސްފައިވާ ޖުމްލައަށް ކިޔަނީ صَدْرُ جُمْلَةٌ އެވެ.
مَا هَـٰذَا ގެ މާނަ އަކީ 'މިއީ ކޮންއެއްޗެއް؟' މިއެވެ.
أَهَـٰذَا؟
أَ ގެ މާނަ އަކީ 'ހެއްޔެވެ؟' މިއެވެ.
أَ އަކީ حَرْفُ الإِسْتِفْهَامِ (ސުވާލު ކުރުމުގެ އަކުރު) އެވެ. އަދި މިއަށް هَمْزَةُ الإِسْتِفْهَامِ (ސުވާލު ކުރުމުގެ ހަމްޒާ) ވެސް ކިޔައެވެ.
هَمْزَةُ الإِسْتِفْهَامِ (ސުވާލު ކުރުމުގެ ހަމްޒާ) އަބުދުވެސް އަންނާނީ އެހެނިން ސުވާލުކުރުމުގެ ނަމާއި އަކުރުތައް އަންނަ ފަދައިން ޖުމްލައިގެ ކުރިއަށެވެ.
أَ ބުއްދިހުރި އެއްޗެއްސައް عَاقِلٍ އަދި ބުއްދިނެތް އެއްޗެއްސަށް غَيْرُ عَاقِلٍ ބޭނުން ކުރެވެއެވެ.
أَهَـٰذَا ގެ މާނަ އަކީ 'މިއީ ހެއްޔެވެ؟' މިއެވެ.
نَعَمْ އަކީ حَرْفُ جوَابٍ ޖަވާބުގެ އަކުރެވެ.
لا އަކީ حَرْفُ جوَاب و نَفِيْ ޖަވާބުގެ އަދި ނަފީގެ އަކުރެވެ.
مَا هَـٰذَا އަދި أَهَـٰذَا ގެ މިޘާލުތައް:
ފޮޓޯ |
ޖަވާބު |
ސުވާލު |
|
هَـٰذَا بَيْتٌ މިއީ ގެއެއް |
مَا هَـٰذَا؟ މިއީ ކޮން އެއްޗެއް؟ |
|
هَـٰذَا قَمِيصٌ މިއީ ޤަމީހެއް |
مَا هَـٰذَا؟ މިއީ ކޮން އެއްޗެއް؟ |
|
لا، هَـٰذَا قَلَمٌ ނޫނެކޭ، މިއީ ޤަލަމެއް |
أَهَـٰذَا مِفْتَاحٌ؟ މިއީ އާފަލެއް ހެއްޔެވެ؟ |
|
نَعَمْ، هَـٰذَا بَيْتٌ އާނއެކޭ، މިއީ ގެއެއް |
أَهَـٰذَا بَيْتٌ؟ މިއީ ގެއެއް ހެއްޔެވެ؟ |
|
لا، هَـٰذَا كُرْسِيٌّ ނޫނެކޭ، މިއީ ގޮޑިއެއް |
أَهَـٰذَا سَرِيرٌ؟ މިއީ އެދެއް ހެއްޔެވެ؟ |
|
هَـٰذَا نَجْمٌ މިއީ ތަރިއެއް |
مَا هَـٰذَا؟ މިއީ ކޮން އެއްޗެއް؟ |
مَنْ هَـٰذَا؟
مَنْ ގެ މާނަ އަކީ 'ކާކު؟' މިއެވެ.
مَنْ އަކީވެސް اِسْمٌ إِسْتِفْهَامٌ (ސުވާލު ކުރުމުގެ ނަން) މިއެވެ.
مَنْ ބޭނުން ކުރެވެނީ عَاقِلٍ ބުއްދިހުރި ފަރާތްތަކަށެވެ. އެބަހީ އިންސާނުން، ޖިންނީން އަދި މަލާއިކަތުންނަށެވެ..
مَنْ هَـٰذَا ގެ މާނަ އަކީ 'މިއީ ކާކު؟' މިއެވެ.
مَنْ هَـٰذَا ގެ މިޘާލުތައް:
ފޮޓޯ |
ޖަވާބު |
ސުވާލު |
|
هَـٰذَا طَبِيبٌ މިއީ ޑޮކްޓަރެއް |
مَنْ هَـٰذَا؟ މިއީ ކާކު؟ |
|
هَـٰذَا وَلَدٌ މިއީ ފިރިހެން ކުއްޖެއް |
مَنْ هَـٰذَا؟ މިއީ ކާކު؟ |
|
هَـٰذَا طَالِبٌ މިއީ ކިޔަވާކުއްޖެއް |
مَنْ هَـٰذَا؟ މިއީ ކާކު؟ |
|
هَـٰذَا رَجُلٌ މިއީ ފިރިހެން މީހެއް |
مَنْ هَـٰذَا؟ މިއީ ކާކު؟ |