ޢަރަބި ބަހުގެ ޤަވާއިދު – اَلاِسْمُ وَأَنْوَاعُهُ (ނަން އަދި އޭގެ ބައިތައް)

ކުރީ ފިލާވަޅުގައި ބަޔާންކުރެވުނު ފަދައިން كلمَاتٌ ޢަރަބި ބަހުގެ ކަލިމަތައް 3 ބަޔަށް ބެހިގެން ދެއެވެ. اَلاسْمُ ނަން، اَلْفِعْلُ ކަން އަދި اَلْحَرْفُ އަކުރެވެ. މި ފިލާވަޅުގައި اَلاسْمُ وَأَنْوَاعُهُ ނަން އަދި އޭގެ ބައިތަކާއި ބެހޭގޮތުން إن شاءالله އުނގެނިގެންދާނެއެވެ. اَلاسْمُ ނަމަކީ އެބަހެއްގެ ޒާތުގައި އެއީ އެއްޗެއްކަން، ތަނެއްކަން، މީހެއްކަން އަންގައިދޭ ކޮންމެ ބަހެކެވެ. ޢަރަބި ބަހުގައި اَلاسْمُ ނަން 6 ބަޔަށް ބެހިގެން ވެއެވެ.
1. اسم الْعَلَمُ - ޚާއްސަ ނަން (މިއީ އެ ނަމެއް ބުނުމުން ރައްދުވާ ފަރާތް އެނގުމާއެކު ޚާއްސަވެފައިވާ ނަންނަމެވެ. މީހުންނަށް، އެއްޗެއްސައް ނުވަތަ ތަންތަނައް ކިޔާ ޚާއްސަ ނަންތަކެވެ. މިސާލަކަށް محمد، وخديجة، السعودية)
2. أَسْمَاءُ الإِشَارَةِ - އިޝާރާތުގެ ނަން (އިޝާރާތުގެ ނަމަކީ އެއްޗެއް ތަނެއް ނުވަތަ މީހަކަށް އަމާޒުކޮށް ބުނެވޭ ނަންނަމެވެ. މިސާލަކަށް؛ هذا ، هذه ، هذان ، هاتان ، هؤلاء ، ذلك ، ذاك ، ذانك ، تانك ، تلك ، أولئك)
3. الاسم المعرف بـ "الـ" - އަލިފް ލާމް އިން ޚާއްސަ ކޮށްދޭ ނަންތައް (މިސާލު؛ الطَّالِبُ)
4. اَلْمُضَافُ إِلَى مَعْرِفَةٍ - ގުޅުވައިލެވިގެން ނުވަތަ ނިޞްބަތްކުރެވިގެން މަޢުރިފާގެ ހާލަތަށް ގެންގޮސްދޭ ނަންތައް (މިސާލަކަށް؛ كِتَابُ الطَّالِبِ
5. اَلضَّمَائِرُ - ބަދަލު ނަން (މިސާލު أَنَا نَحْنُ أَنْتَ كُمَا أَنْتُمَا أَنْتُمْ أَنْتِ كُمَا أَنْتُمَا كُنَّ أَنْتُنَّ هُوَ هِيَ هُما هُمَا هُمْ هُمْ هُنَّ هُنَّ)،
6. اَلأَسْمَاءُ الْمَوْصُولَةُ - (މިސާލަކަށް الذي، التي، اللذان، اللتان، الذين، اللاتي)،
| 1 | 2 | 3 | 4 |
| اسمُ إنسانٍ | اسمُ حيوانٍ | اسمُ نباتٍ |
اسمُ جمادٍ |
| އިންސާނުންގެ ނަން | ޖަނަވާރުތަކުގެ ނަން | ގަސްތަކުގެ ނަން | ދިރުމެއް ނުވާ ތަކެތީގެ ނަން |
| أحمدُ އަޙުމަދު | حصانٌ އަސް |
شجرةٌ ގަސް | جدارٌ ފާރު |
