ޢަރަބި ބަހުގެ ޤަވާއިދު – خصائص الاسم (ނަމުގެ ޚަޞާއިޞްތަކާއި ޞިފަތައް)

ޝާއިޢުކުރީ: މައްކްތަބާ ސަލަފިއްޔާ. ކެޓަގަރީ ޢަރަބި ބަހުގެ ޤަވާއިދު

Arabic_Lessons_3.jpg

ޢަރަބި ބަހުގައި اسم އަށް ޚަޞާއިޞްތަކާއި ޞިފަތައް ލިބިގެންވެއެވެ. ތިރީގައިވާ ޓޭބަލްގައި މިސާލުތަކާއެކު ޚުލާސާކޮށް އެކަންތައްތައް ބަޔާންކުރެވިފައި ވާނެއެވެ.

ޞިފަތައް ޞިފަތަކުގެ މާނަ މިސާލު މިސާލުގެ މާނަ
އާންމުވުމާއި ޚާއްސަވުމުން
نَكِرَةٌ  (ވަކި އެއްޗެއް، ތަނެއް، މީހެއް ޚާއްސަކުރެވިފައި ނުވާ ނަން) ޢާންމު ނަން
طَالِبٌ ކިޔަވާކުުއްޖެއް (ކޮންމެވެސް)
مَعْرِفةٌ ކަށަވަރު ޚާއްސަ ނަން (ވަކި އެއްޗެއް، ތަނެއް، މީހެއް ޚާއްސަކުރެވިފައިވާކަން އެނގިގެންވާ ނަން) الطَّالِبُ ކިޔަވާކުއްޖާ (ވަކި ކިޔަވާ ކުއްޖަކަށް ޚާއްސަކޮށްފަ)
ޖިންސުން
مُذَكّرٌ  ފިރިހެން ޖިންސުގެ ނަން
طَالبٌ ފިރިހެން ކިޔަވާކުއްޖާ
مُؤنَثٌ  އަންހެން ޖިންސުގެ ނަން طَالبةٌ އަންހެން ކިޔަވާކުއްޖާ
ޢަދަދުން
مُفْرَدٌ  އެއްމެ އެއްޗަކަށް / ފަރާތަކަށް ނިޞްބަތްކޮށް ބުނާ ނަން (އެކަހެރި ނަން) طالبٌ ކިޔަވާކުއްޖެއް
مُثَنَّى  ދެ އެއްޗަކަށް / ފަރާތަކަށް ނިޞްބަތްކޮށް ބުނާ ނަން طَالِبَانِ ދެ ކިޔަވާކުދިން
 جَمْعٌ  ގިނަ އެއްޗަކަށް / ފަރާތަކަށް ނިޞްބަތްކޮށް ބުނާ ނަން (ގިނަ ނަން) طُلاَّبٌ  ކިޔަވާކުދީން
ބުއްދި ހުރުމާއި ނެތުމުން
عَاقِلٌ  ބުއްދި ހުރި ފަރާތްތަކަށް ބޭނުންކުރާ ނަން طَالِبٌ ކިޔަވާކުއްޖެއް
غَيْرُ عَاقِلٍ ބުއްދި ނެތް ފަރާތްތަކަށް ބޭނުންކުރާ ނަން  بَيْتٌ ގެއެއް

Like what you see?

Close

Hit the buttons below to follow us, you won't regret it...