هجر ކުރުން - ގުޅުން ކެނޑުން ދީނުގެ އަސާސެއް (އުޞޫލެއް) ގޮތުގައި އިސްލާމީ ތާރީޚު ފެށުނީއްސުރެ ފެންނަން އެބައޮތް (އުންމަތުގެ ސަލަފުންގެ އިޖްމާޢު) - أُسْتَاذ أبو أنس محمد حسن حفظه الله

"ތިމާގެ މުސްލިމް އަޚާ އާއި ގުޅުންކެނޑުމާއި ރަޙިމުގެ ގުޅުން ކެނޑުން އެއީ އިސްލާމްދީނުގެ އަސާސެއްގޮތަށް އޮތް ޒަމާނެއް އިސްލާމީ ތާރީޚުން ފެންނަން ނެތްކަމަށް ޖަމްޢިއްޔަތުލް-އިޚްވާންގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ވިދާޅުވެއްޖެއެވެ.
ސަންޓީވީ އިން ފޮނުވި ‘ޢިލްމީ ޚަޒާނާ’ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވެފައިވަނީ ދީންވެރިކަން ދެއްކުމުގެ ގޮތުން ތިމާގެ މުސްލިމް އަޚާ އާއި ގުޅުން ކެނޑުން އެއީ އިސްލާމްދީނުގެ އަސާސެއްގޮތަށް ދެކިފައި އޮތް ޒަމާނެއް ފެންނަން ނެތްކަމަށާއި އަދި ރަޙިމުގެ ގުޅުން ކެނޑުން އެއީ ތަޤުވާވެރިކަންކަމަކަށް ސަލަފުއްޞާލިޙުން ދެކެވަޑައިގަތްކަން އިސްލާމީ ތާރީޚުން އަޅުގަނޑުމެންނަށް ފެންނަން ނެތްކަމަށެވެ."
ބިދުޢައިގެ އަހުލުވެރިން ހަޖުރުކުރުމަކީ ސުންނަތުގެ ތެރެއިންވާ ކަމެކެވެ. - الشَّيْخُ صَالِح بن فَوْزَان الفَوْزَان حفظه الله