ޝަރުޢީ ޒިކުރު الأذكار الشرعية

އިލެކްޓްރޯނިކް، ޑިޖިޓަލް ތަކެތި ބޭނުންކޮށް ﷲ އަށް ޛިކުރުކުރުން - الشَّيْخ العَلاَّمَة عَبدُ المُحسِن العَبَّاد حفظه الله

ކެޓަގަރީ ޝަރުޢީ ޒިކުރު الأذكار الشرعية

ސުވާލު: އިލެކްޓްރޯނިކް ތަސްބީޙަ ބޭނުންކޮށްގެން ޛިކުރު ކުރުން ހުއްދަވާނެތޯ އެވެ؟ މާނައަކީ : ނަންބަރު ޢަދަދު ކުރުމަށްޓަކަ އެވެ.
 

ޖަވާބު: ތަސްބީޙަ (ޢަދަދު) ކުރުންއޮތީ އިނގިލިތަކުންނެވެ. ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުން ޘާބިތުވެގެންވަނީ މިފަދައިންނެވެ. ތަސްބީޙަ ކުރުމަށްޓަކައި ގެންގުޅޭ، އެތިއެތިކޮޅު ލާފައި ހުންނަތަކެތި ނުވަތަ ޢާލާތަކަށް ފިއްތައިގެން އެއިން ޢަދަދުކުރާ އެއްޗެއް ކަމުގައިވީ ނަމަވެސް، ފަހެ މިއިން އެއްވެސް އެއްޗެއް ބޭނުންކުރުމަށް ދަލީލެއް އޮތްކަމެއް އަހަރެމެން ނުދަންނަނަމެވެ. އަދި މިއީ ދީނަށް އަލަށް ގެނެސްފައިވާ ބިދުޢައެއް ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. އެންމެ ކުޑަމިނުން ބުނެވެނީ، މިގޮތްތަކާ ޚިލާފުވުން (މިތަކެތި ދޫކޮށްލުން) އައުލާވެގެންވެ އެވެ. ފަހެ އިންސާނާއަށް އޮތީ މި ޢަމަލުތައް ދޫކޮށް، އޭނާގެ ނަފްސު މިތަކެތީގެ މައްޗަށް މަޝްޣޫލު ނުކުރުމެވެ. އަދި ރަސޫލާ صلى الله عليه وسلم އަށް އިޤްތިދާވުމަށްޓަކައި އޭނާގެ އިނގިލިތަކުން ތަޞްބީޙަ (ޢަދަދު) ކުރުމެވެ.



ފަތުވާ ނަގާފައިވަނީ : شرح سنن أبي داود  121

Like what you see?

Close

Hit the buttons below to follow us, you won't regret it...