އަންހެނަކު ޙައްޖާއި ޢުމްރާ އަދާކުރާ ހިނދު ދުވަސްވަރުގެ ލޭ މަނާކުރާ ބޭސް ބޭނުންކުރުމުގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن بَاز رحمه الله

ސުވާލު: އަންހެނާ ޙައްޖު އަދާކުރަން ބޭނުންވެއްޖެ ނަމަ، ޝަރުޢީ އުޒުރު (ޙައިޟު) އޭނާގެ ކިބައިން މަނާކޮށްދޭނެ ފަރުވާއެއް ހޯދުން ހުއްދަވެގެންވޭތޯ އެވެ؟
ޖަވާބު: ތިކަން މަނާކުރުވާ ކަމެއް އަހަރެންނަކަށް ނޭނގެ އެވެ. ޙައްޖާއި ޢުމްރާގައި، ނުވަތަ ރަމަޟާން މަހު މީސްތަކުންނާ އެކު ރޯދަ ހިފުމަށްޓަކައި ޙައިޟު މަނާކުރުވާ އެއްޗެއް ބޭނުންކުރާނީ އެވެ. އެކަމުގެ މައްޗަށް ގެއްލުމެއް ބިނާ ނުވާ ނަމަ، إِن شَاءَ الله މިއިން އެއްވެސް ކަމެއްގައި މައްސަލައެއް ނެތެވެ. އެއީ އޭނާ ބޭނުންކުރާ ބޭސްގުޅަތަކުގެ މައްޗަށް ގެއްލުމެއް ބިނާ ނުވާ ނަމަ އެވެ.
◇ ◇ ◇
ފަތުވާ ނަގައިފައިވަނީ: فتاوى نور على الدرب، المجلد السابع عشر، كتاب الحج، حكم أخذ المرأة حبوب منع نزول الدورة أثناء أداء الحج أو العمرة، ج17، ص489، فتوى رقم: 288.
ސައިޓް ލިންކް: http://goo.gl/wGOAC3