5  އިރު އެރުމަށްފަހު މުޒްދަލިފާއަށް ވާޞިލުވި މީހާގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن بَاز رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

 އިރު އެރުމަށްފަހު މުޒްދަލިފާއަށް ވާޞިލުވި މީހާގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن بَاز رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو نوح محمد رفاد حفظه الله. ކެޓަގަރީ ޙައްޖު

ސުވާލު: ސުވާލުކުރާ މީހާ أبو رامي އަހައެވެ: މީގެ އެއް އަހަރު ކުރިން އަޅުގަނޑާއި އަޅުގަނޑުގެ ދަރިން ޙައްޖުގެ އަޅުކަމަގައިގެން ޤާއިމްވީމެވެ. އަދި ޢަރަފާތް ދުވަހު، އަޅުގަނޑުމެންނަށް ކާރެއް ނުލިބި ލަސްވެގެންދިޔައެވެ. އަދި އޭގެ ސަބަބުން ފަތިހާ ގާތްވަންދެން ޢަރަފާތުގައި ތިބުމަށް މެދުވެރިވިއެވެ. އަދި އެއަށްފަހު އަޅުގަނޑުމެން ކާރެއް ހޯދީމެވެ. އަދި އިރު އެރުމުން މެނުވީ މުޒްދަލިފާއާ ހަމައަށް މި ކާރަކަށް އަޅުގަނޑުމެން ނުގެންދެވުނެވެ. ދެން އެތަނުގައި މަޣްރިބާއި ޢިޝާ ނަމާދު ޤަޟާކޮށް އަދި ފަތިސް ނަމާދު ވެސް ކުރީމެވެ. އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ މައްޗަށް (ވާޖިބު) ވަނީ ކޮން ކަމެއްތޯ އެވެ؟ އަދި އަޅުގަނޑުމެންގެ މައްޗަށް ކަމެއްވާ ނަމަ، ފަހެ ތުއްތު ދަރިންގެ މައްޗަށް ވެސް އެއްވެސް ކަމެއް ވޭތޯ އެވެ؟
 

ޖަވާބު: ތިޔަބައިމީހުންގެ މައްޗަށް ވާޖިބުވެގެންވަނީ މުޒްދަލިފާއަށް އަވަހަށް ދިއުމެވެ. އެހެން ނަމަވެސް ޝަރުޢީ އުޒުރަކާ ހުރެ އެތަނަށް ނުފޯރައިފި ނަމަ، ތިޔަބައިމީހުން ގެންގޮސްދޭނެ ކާރުތަކެއް ތިބާއަށް ނުލިބިއްޖެ ނަމަ، ފަހެ ތިޔަބައިމީހުންގެ މައްޗަށް ފާފައެއް ނެތެވެ. والحمد لله އެވެ. ސަބަބަކީ ތިޔަބައިމީހުންނީ އުޒުރުވެރިން ކަމުގައިވާތީ އެވެ. އެހެން ނަމަވެސް، ރޭގަނޑުގެ ދެބައިކުޅަ އެއްބައި ހަމަވުމުގެ ކުރިން، ނަމާދުގެ ވަގުތުގައި، މަޣްރިބާއި ޢިޝާ ނަމާދު އޭގެ ވަގުތުގައި ޖަމްޢުކޮށް އަދި ޤަޞްރުކޮށް އަދާކުރުން ތިޔަބައިމީހުންގެ މައްޗަށް ވާޖިބުވެގެންވެ އެވެ. ޢަރަފާތް ބިމުގައި ނަމަވެސް ނުވަތަ މަގުމަތީގައި ނަމަވެސްމެ އެވެ. ރޭގަނޑުގެ ދެބައިކުޅަ އެއްބަޔަށް ވުރެ އެ ނަމާދު ފަސް ނުކުރާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ވަނީ އެ ފަސްކުރުމުގައި ކުށްކޮށްފައެވެ. ފަހެ އެކަމުގެ ސަބަބުން ތިޔަބައިމީހުންގެ މައްޗަށް ވަނީ الله އަށް ތައުބާވުމެވެ. ކާރު ނުލިބުމުގެ ސަބަބުން އެތަނަށް ނުފޯރާ މީހުންގެ މައްޗަށް އޮތް ވާޖިބަކީ ނަމާދު އޭގެ ވަގުތުގައި ކުރުމެވެ. އަދި މަގުމަތީގައި ބައިބޯވި ނަމަވެސް ހަމަ މިފަދައިންނެވެ. ނަމާދު ފަސްކޮށްގެން ނުވާނެ އެވެ. ރޭގަނޑުގެ ދެބައިކުޅަ އެއްބައިގެ ކުރިން އެ ނަމާދު ކުރަންޖެހޭނެ އެވެ. މަޣްރިބާއި ޢިޝާ ނަމާދު ޤަޞްރުކޮށް އަދި ޖަމްޢުކޮށެވެ. އަދި ޝަރުޢީ އުޒުރެއްގެ ސަބަބުން، އެބަހީ ކާރުތައް ލަސްވުމުން އަދި މުޒްދަލިފާއަށް ވާސިލުވުމަށް ނުކުޅަދެންތެރިވުމުގެ ސަބަބުން، މުޒްދަލިފާގައި ރޭކުރުން ފާއިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް އެއްވެސް ކަމެއް ނެތެވެ. ފާފައެއް ނެތެވެ. (الله ވަޙީ ކުރެއްވި އެވެ:) ﴿ فَاتَّقُوا اللَّهَ مَا اسْتَطَعْتُمْ ﴾،] التغابن: 16[، މާނައީ: "އަދި ތިޔަބައިމީހުންނަށް ކުޅަދާނަވީ މިންވަރުން ތިޔަބައިމީހުން الله އަށް ތަޤްވާވެރިވާށެވެ."

◇  ◇  ◇

ފަތުވާ ނަގައިފައިވަނީ: فتاوى نور على الدرب، المجلد السابع عشر، كتاب الحج، حكم من لم يصل إلى مزدلفة إلا بعد الشروق، ج17، ص422، فتوى رقم: 235.
ސައިޓް ލިންކް: http://goo.gl/umKPS5

ޙައްޖު: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 ޙައްޖުގައިވާ ރުކުންތަކާއި، ވާޖިބުތަކުގެ މެދުގައިވާ ފަރަޤު ބަޔާންކޮށްދިނުން - الشَّيْخ عَبْدُ العَزِيز بن عَبْدِ الله بن بَاز رحمه الله | 29 ޖުލައި 2019

 ޙައްޖުވެރިޔާ ދުވާލުގެ ވަގުތުގައި މިނާއިން ނުކުތުމުގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن بَاز رحمه الله | 30 އޮގަސްޓު 2017

 އަންހެނަކު ޙައްޖާއި ޢުމްރާ އަދާކުރާ ހިނދު ދުވަސްވަރުގެ ލޭ މަނާކުރާ ބޭސް ބޭނުންކުރުމުގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن بَاز رحمه الله | 28 އޮގަސްޓު 2017

 އަޚާ އެވެ! ތިބާވަނީ ޙުރުމަތްތެރިވެގެންވާ މައްސަރެއްގައި ކަމުގައި ދަންނަމު ހެއްޔެވެ؟ - الإِمَام ابن رَجب الحَنبَلِي رحمه الله | 05 އޮގަސްޓު 2017

ޕީޑީ އެފް: ހައްޖުގެ ފަތުވާ | ތަރުޖަމާ ކުރީ: އުސްތާޛް މުޙައްމަދު ރިފާދު حفظه الله | 16 ސެޕްޓެމްބަރ 2016

ޖަމްރާތަކަށް ހިލަ އުކުމަށް ވަކީލަކު ހަމަޖެއްސުމުގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن عَبْدِ الله بن بَاز رحمه الله | 11 ސެޕްޓެމްބަރ 2016

މުޒްދަލިފާގައި ރޭކުރާއިރު ވާޖިބު އުފުލޭ މިންވަރު ބަޔާންކުރުން - الشَّيْخ عَبْدُ العَزِيز بن عَبْدِ الله بن بَاز رحمه الله | 10 ސެޕްޓެމްބަރ 2016

ފޮޓޯ: ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން އަދި އޭގެ އަޙްކާމްތައް | 23 ސެޕްޓެމްބަރ 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...