އުޛުރު ތަކުގެ އަހުލުވެރިން، ދޫކޮށްފައިވާ ރޯދަތައް قَضَاء ކުރާނެ ގޮތް - الشَّيخ د. عَبد الله بن صَلْفِيق الظفيري حفظه الله

"ޤަޟާ ކުރުމުގެ ޙުކުމްތައް:
ބަލިވެގެން، ދަތުރުވެރިއެއްގެ ގޮތުގައިވެ ނުވަތަ ޙައިޟު އަދި ނިފާސްގެ އަހުލުވެރިއެއްގެ ގޮތުގައިވެ، ރޯދަ ދޫކުރި އަހުލުވެރިންނަށް އެ ރޯދަތައް ޤަޟާކުރުން ނޫން އެހެން ޙުކުމެއްނުވެ އެވެ.
މެދުކެނޑިމެއްނެތި، ހަށިގަނޑާ ވަކިނުވާނެ ފަދަ ސަބަބެއް މެދުވެރިވެގެން، މިޘާލަކަށް މުސްކުޅި ބަލީގައި، ނުވަތަ އެބައްޔެއްގެ ސަބަބުން ޝިފާލިބުމަށް އުއްމީދު ކެނޑިފައިވާ އަހުލުވެރިޔާއަށް އޮތީ ކޮންމެ ރޯދައަކަށް މިސްކީނަކަށް ކާންދިނުމެވެ. އެއީ ޞާޢުއެއްގެ ދެބައިކުޅަ އެއްބައިގެ ކާބޯ ތަކެއްޗެވެ. އަދި ދޫކުރި ރޯދައިގެ ޢަދަދަށް މީސްކީނުންނަށް ދަޢުވަތުދީގެން ގެނެސް އެބައިމީހުން ބަނޑުފުރޭވަރަށް ކާންދިން ކަމުގައިވިޔަސް އެއީ ދޫކޮށްފައިވާ ރޯދަތަކަށް ފުދޭނެ މިންވަރެކެވެ.
ޖިމާޢު ވުމުގެ ސަބަބުން ރޯދަ ގެއްލުނުމީހާއަށް އޮތީ، ﷲ އަށް ތަޥްބާވުމެވެ. އަދި އެ ރޯދަ ޤަޟާކޮށް ބޮޑުވެގެންވާ ކައްފާރާ ދިނުމެވެ. އެއީ އަޅެއް މިނިވަން ކުރުމެވެ. އެކަމަށް ކުޅަދާނަވެގެންނުވާ މީހާއަށް އޮތީ، ވިދިވިދިގެން ދެމަސްދުވަހު ރޯދަ ހިފުމެވެ. އެކަމަށް ކުޅަދާނަވެގެންނުވާ މީހާއަށް އޮތީ ފަސްދޮޅަސް މިސްކީނުންނަށް ކާންދިނުމެވެ.
މާބަނޑު އަންހެނާ އަދި ގާތުން ކިރުދޭ އަންހެނާ ރޯދަ ދޫކޮށްފިހިނދު، އެ ދެމީހުންގެ މައްޗަށް އޮތީ ރޯދަ ޤަޟާ ކުރުމެވެ.
އެއްވެސް ޢުޛުރެއްނެތި، ޤަސްތުގައި ރޯދަ ދޫކުރި މީހާއަށްއޮތީ އެ ރޯދަ ޤަޟާކުރުމާ އެކު ﷲ އަށް ތަޥްބާވުމެވެ. ސަބަބަކީ އެއީ ބޮޑުވެގެންވާ ފާފައެއް ކަމުގައިވުމެވެ.
ކުރިން ފާއިތުވެދިޔަ ރަމަޟާން މަހުގެ ރޯދަތައް ޤަޟާކުރަންޖެހިފައިވާ މީހާ، އަވަހަށް އެ ރޯދަތައް އަނެއް ރަމަޟާން މައްސަރު ބައްދަލު ކުރުމުގެ ކުރިން ޤަޟާކުރުން ހުއްޓެވެ. ޢުޛުރެއް ނެތި ރަމަޟާންމަސް އަންނަންދެން ލަސްކޮށްފި ހިނދު ފާފަވެރި ވާނެ އެވެ.
****
ބަސްތައް ނަގާފައިވަނީ : https://goo.gl/9p6fBG