5 ފިރިމީހާ އަނބިމީހާ ގާތުގައި ހުންނައިރު، އަނބިމީހާ ސުންނަތްރޯދަ ހިފުން - العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ފިރިމީހާ އަނބިމީހާ ގާތުގައި ހުންނައިރު، އަނބިމީހާ ސުންނަތްރޯދަ ހިފުން - العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ރޯދަ

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށްފައި)


الإمام العَلَّامة  الشَّيْخُ صَالِح الفَوْزَان حفظه الله

ފިރިމީހާ އަނބިމީހާ ގާތުގައި ހުންނައިރު، އަނބިމީހާ ސުންނަތްރޯދަ ހިފުން

 

ފިރިމީހާ އަނބިމިހާ ގާތުގައި ޙާޟިރުވެ ހުންނަ ހިނދުގައި، ފިރިމީހާގެ ހުއްދަ ނުހޯދައި އަނބިމީހާ ސުންނަތް ރޯދަ ހިފުން ހުއްދައެއް ނުވާނެ އެވެ. أبوهريرة رضي الله عنه އަރިހުން البخاري އަދި مسلم މިކަމަށް ޙަދީޘް ރިވާކޮށްފައި ވުމުންނެވެ.  (لا يحل لإمرأة أن تصوم و زوجها شاهد إلا بإذنه) "ފިރިމީހާ އަނބިމީހާގެ ގާތުގައި ޙާޟިރުވެ ދެމިހުންނަ ހިނދެއްގައި، ފިރިމީހާގެ އިޛުނަ ނުހޯދައި އަނބިމީހާ ސުންނަތް ރޯދަ ހިފުން ޙަލާލެއް ނުވާނެ އެވެ." أحمد އަދި أبوداود ރިވާކޮށްފައިވާ ބައެއް ރިވާޔަތްތަކުގައިވެ އެވެ. (إلا رمضان) "ރަމަޟާން މަސް ފިޔަވަ އެވެ." އެހެނަސް ފިރިމީހާ، އަނބިމީހާއަށް ސުންނަތް ރޯދަ ހިފުމަށް ހުއްދަ ދީފައިވުމުން ނުވަތަ އަނބިމީހާ ގާތުގައި ޙާޟިރުވެ ނޫޅޭނަމަ ނުވަތަ ފިރިޔަކު ނުހުންނަ ހިނދުގައި، ފަހެ، އެހިނދުގައި ސުންނަތް ރޯދަ ހިފުން މުސްތަޙައްބުވެގެންވެ އެވެ. ޚާއްޞަކޮށް ސުންނަތް ރޯދަ ހިފުމަށް މުސްތަޙައްބުވެގެންވާ ދުވަސްތަކުގަ އެވެ. މިޘާލަކަށް ހޯމަ ދުވަހާއި، ބުރާސްފަތި ދުވަހާއި، ކޮންމެ މަހެއްގެ ތިން ދުވަސް ރޯދަ ހިފުމާއި، ޝައްވާލުމަހުގެ ހަ ރޯދަ ހިފުމާއި، ޛުލްޙިއްޖާ މަހުގެ ދިހަ ރޯދަ ހިފުމާއި، ޢަރަފާތް ދުވަހުގައި ރޯދައަށް ހުރުމާއި އަދި ޢާޝޫރާ ދުވަހާއި އެދުވަހުގެ ކުރިއަށް އެއް ދުވަސް ނުވަތަ ފަހަތަށް އެއްދުވަސް ރޯދައަށް ހުރުމެވެ. އެއީ ރަމަޟާން މަހުގެ ރޯދަތައް ޤަޟާކުރުމަށް ނެތް ކަމުގައިވާ ހިނދުގަ އެވެ. ސަބަބަކީ ޤަޟާކުރުމަށް ރޯދަތައް ހުއްޓާ، އެ ރޯދަތައް ޤަޟާނުކޮށް ސުންނަތް ރޯދައަށް ހުރުމަކީ އެދެވިގެންވާ ގޮތެއް ނޫނެވެ.

 

❆❆❆
ފަތުވާ ނަގާފައިވަނީ : تنبيهات على أحكام تختص بالمؤمنات ص 66

 

ރޯދަ: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

 ރަމަޟާން މައްސަރުގެ ބޮޑުބައި ފާއިތުވެއްޖެ! ﷲ އަށްޓަކައި ރޯދަހިފާ ފަރާތްތަކަށް އޮތީ ކޮން ގޮތެއް؟ - الشَّيخ الإِمَام ابن بَاز رحمه الله | 12 މެއި 2020

ރޯދައަށް ހުރި ދުވަހެއްގައި މަޣްރިބް ފަހުން އަންހެނަކު ޙައިޟުވުން - سَماحة الشَّيخُ الإِمَامُ العَلَّامة عَبْدُ العَزِيز بن بَاز رحمه الله كتب بوا | 01 މެއި 2020

ރޯދަވެރިޔާ އަނދުން އެޅުން އަދި ރޯދައަށް ހުންނަ އަންހެނާ މޭކަޕް ކުރުން - الشَّيْخُ الإِمَامُ عَبدُ العَزِيْز بن عَبد الله بن بَاز رحمه الله | 01 މެއި 2020

 ރޯދަވެރިޔާ ޤިޔާމަތް ދުވަހު ރޯދައިގެ ޘަވާބާއި ދަރުމަ ފެނި އުފާވާނެ ކަން - الشَّيخ عَبْدُ الرزَّاق بن البدر حفظه الله | 30 އޭޕްރީލް 2020

 ރޯދަވެރިންގެ ރޯދައިގެ ޘަވާބު އުނިކުރާނެ އެންމެހައި ކަންތައްތަކުން ދުރުވުން - الشَّيخ خَالد بِنْ ضَحْوِي الظّفيْرِي حفظه الله | 30 އޭޕްރީލް 2020

العَلَّامَةَ الإِمَام ابْن العُثَيْمِيْن رحمه الله ގެ ފަރާތްޕުޅުން ރަމަޟާން މަހަށް އިސްތިޤުބާލުގައި އިޚުވާނުންނަށް ބަޔާންކޮށްދިވި ކަލިމަތަކެއް | 23 އޭޕްރީލް 2020

ޞަޙާބީން އަދި އުއްމަތުގެ ސަލަފުއް ޞާލިހުން ރަމަޟާން މަހާއި ބައްދަލު ކުރާގޮތް - الشَّيْخُ العَلَّامة صَالح الفوزان حَفِظَه الله | 22 އޭޕްރީލް 2020

ރަމަޟާންމަހަށް އިސްތިޤްބާލުކޮށް ތަހުނިޔާ ކިޔުން - الإِمَامُ محمد ابن العثيمين رَحِمَه الله | 25 އޭޕްރީލް 2019

 ޤަޟާ ރޯދަތަކެއް ހިފަންޖެހިފައިވާ މީހާ ޝައްވާލު މަހުގެ 6 ރޯދަ ހިފުން - الإمام العلامة الشيخ صالح الفوزان حفظه الله | 15 ޖޫން 2018

 ފަރުޟު ރޯދަ ޤަޟާ ކުރަން ޖެހިފައިވާ މީހަކު ސުންނަތް ރޯދަހިފުމުގެ ޙުކުމަކީ ކޮބާހެއްޔެވެ؟ - الإِمَامُ محمد بن صالح العثيمين رَحِمَه الله | 15 ޖޫން 2018

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...