ޢާޝޫރާ ދުވަހުގައި ރޯދަ ހިފުމާއި، ޢާޝޫރާ ދުވަހުގައި ރޯދަ ހިފުން އެންމެ ހެޔޮގޮތް - الإمام العلامة الشيخ صالح الفوزان حفظه الله

ސުވާލު: ޢާޝޫރާ ދުވަހުގައި (މުޙައްރަމް 10) ރޯދަހިފުމަށް އެދުވަހާ އެކުގައި މުޙައްރަމް 9 ގައި ރޯދަ ހިފުމުން ފުދޭނެ ހެއްޔެވެ؟ ނުވަތަ 11 ވަނަ ދުވަހުގައިވެސް ރޯދަ ހިފުންވޭ ހެއްޔެވެ؟
ޖަވާބު: ޢާޝޫރާ ދުވަހުގައި ރޯދަ ހިފުންވަނީ 3 ގޮތަކަށެވެ.
(1) އެއްގޮތަކީ ހަމައެކަނި ޢާޝޫރާ ދުވަހުގައި ރޯދަ ހިފުމެވެ. މިއީ ހުއްދަގޮތެކެވެ.
(2) އަނެއްގޮތަކީ، ޢާޝޫރާ ދުވަހުގެ ކުރީގެ ދުވަހާއި އެކުގައި ރޯދަ ހިފުމެވެ. މިއީ އެއަށްވުރެ ހެޔޮގޮތެކެވެ. ނުވަތަ ޢާޝޫރާ ދުވަހުގެ ރޯދައާ އެކު ވިދިގެން އަންނަ ދުވަހުގައި ރޯދަ ހިފުމެވެ. މިގޮތްވެސް ހުއްދަވެގެންވެ އެވެ.
(3) އަނެއް ގޮތަކީ، ވިދިވިގެން 3 ދުވަހު އެކުގައި ރޯދަ ހިފުމެވެ. (9،10 އަދި 11) އެއީ ޢާޝޫރާ ދުވަހާއި އޭގެ ކުރީ ދުވަހާއި އޭގެ ފަހު ދުވަހުގައި ރޯދައަށް ހުރުމެވެ. 3 ދުވަސް އެކުގައި ރޯދައަށް ހުރުމެވެ. މިއީ އެންމެ ހެޔޮވެގެންވާ ގޮތެވެ.
މި ގޮތާއި ޖެހިގެން ދެން އެންމެ ހެޔޮކަން ބޮޑުގޮތަކީ ޢާޝޫރާ ދުވަހާ އެކުގައި އޭގެ ކުރީ ދުވަހުގައި ރޯދަ ހިފުމެވެ. ތިންވަނައީ، ޢާޝޫރާ ދުވަހާ އެކުގައި އޭގެ ފަހުން އަންނަ ދުވަހުގައި ރޯދައަށް ހުރުމެވެ. މި އެންމެހައި ގޮތްތަކަކީވެސް ހުއްދަވެގެންވާ ގޮތްތަކެވެ. الحمد لله އެވެ.
****
ފަތުވާ ނަގާފައިވަނީ : http://goo.gl/MDjfxU