ޢާޝޫރާ ދުވަހުގައި ރޯދަ ހިފުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟ - الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

ކެޓަގަރީ محرم މުޙައްރަމް

ސުވާލު: ޢާޝޫރާ ދުވަހުގައި ރޯދަ ހިފުމުގެ ޙުކުމަކީ ކޮބައިތޯ އެވެ؟

ޖަވާބު: ނަބިއްޔާ صلى الله عليه وسلم މަދީނާއަށް ހިޖުރަކުރެއްވި ހިނދުގައި، ޔަހޫދީން މުޙައްރަމް މަހުގެ ދިހަވަނަ ދުވަހުގައި ރޯދަހިފުގައި ދެމިތިބޭތަން ފެނިވަޑައިގެންނެވި އެވެ. އަދި ޙަދީޘް ކުރެއްވި އެވެ. (أَنَا أَحقُّ بِمُوسَى مِنْكُم، فَصَامَه وَ أَمَرَ بِصِيَامَهِ) "ތިޔަބައި މީހުންނަށްވުރެ ތިމަން ނަބިއްޔާ މޫސާއަށް ޙައްޤުކަން ބޮޑުވެގެންވެ އެވެ.

އަދި އެދުވަހުގައި ރޯދައަށް ހުންނަވާ މީސްތަކުންނަށް ރޯދަހިފުމަށް އަމުރުފުޅު ކުރެއްވި އެވެ." 

 

ابن عَبَّاس رضي الله عنه އަރިހުން ރިވާގެންވާ، ޢިލްމުވެރިން ޞައްޙަވެގެންވާ ކަމުގައި އިއްތިފާޤުވެވަޑައިގެންފައިވާ ޙަދީޘްގައިވެ އެވެ. "ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ޢާޝޫރާ ދުވަހުގައި ރޯދައަށް ހުންނަވަ އެވެ. އަދި މީސްތަކުންނަށް އެދުވަހުގައި ރޯދަހިފުމަށް އަމުރުފުޅު ކުރެއްވި އެވެ." އަދި އެދުވަހުގެ ރޯދައިގެ މަތިވެރިކަމާއި، ޘަވާބުގެ މައްޗަށް ސުވާލު ކުރެވުނެވެ. އެހިނދު ޙަދީޘް ކުރެއްވި އެވެ. (أحتسب على الله أن يكفر السنة التي قبله) "އިސްވެ ގޮސްފައިވާ އެއް އަހަރުގެ ފާފަ ފޮހެވިގެންދާނެ އެވެ."


އެހެނަސް ނަބިއްޔާ صلى الله عليه وسلم މި ދުވަހުގައި ޔަހޫދީންނާއި ޚިލާފް ވުމަށްޓަކައި، ދިހަވަނަ ދުވަހުގެ ރޯދަ ހިފުމާއި އެކުގައި އޭގެ ކުރިއަށް އެއްދުވަސް ނުވަތަ ދިހަވަނަ ދުވަހަށް ފަހުގައި (އެއީ އެގާރަވަނަ ދުވަސް) އެއްދުވަސް ރޯދަ ހިފުމަށް އަމުރުފުޅު ކުރެއްވި އެވެ.


އެގޮތުން ހެޔޮކަންބޮޑުވެގެންވަނީ ދިހަވަނަދުވަހު ރޯދަހިފުމާއި އެކުގައި އޭގެ ކުރިއަށް އެއްދުވަސް ނުވަތަ އޭގެ ފަހަތައް އެއްދުވަސް އިތުރުކޮށް ރޯދަ ހިފުމެވެ.
(ދިވަހަނަ ދުވަހުގެ ތެރެއަށް އިތުރުކުރެވޭ ދުވަކީ އެގާރަވަނަ ދުވަހުގެ ބަދަލުގައި ނުވަވަނަ ގޮތުގައި ހެދުން ހެޔޮކަން ބޮޑުވެގެންވެ އެވެ. ފަހެ، އެހެންވުމުން މުސްލިމް އަޚާ އެވެ. ޢާޝޫރާ ދުވަހުގައި (މުޙައްރަމް މަހުގެ ދިހަވަނަ ދުވަސް) އަދި ހަމައެގޮތަށް ނުވަވަނަ ދުވަހުގައި ރޯދަހިފުން ހުއްޓެވެ.

 

ފަތުވާ ނަގާފައިވަނީ : فتاوى في أحكام الصيام ص 424

Like what you see?

Close

Hit the buttons below to follow us, you won't regret it...