ޝަހުވަތްތެރިކާމައި އެކުގައި ނޫންގޮތުގައި ރަމަޟާންމަހުގެ ދުވާލުވަގުތުގައި އަނބިމީހާއަށް ބޮސްދިނުން - الشَّيْخُ الإِمَامُ عَبدُ العَزِيْز بن عَبد الله بن بَاز رحمه الله
ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން
الشَّيْخُ الإِمَامُ عَبدُ العَزِيْز بن عَبد الله بن بَاز رحمه الله
ސުވާލު: ޝަހުވަތްތެރިކާމައި އެކުގައި ނޫންގޮތުގައި ރަމަޟާންމަހުގެ ދުވާލުވަގުތުގައި އަނބިމީހާއަށް ބޮސްދިނުން ހުއްދަވާނެތޯ އެވެ؟
ޖަވާބު: ރޯދައަށް ހުންނަމީހަކު އަންހެނުންނަށް ބޮސްދިނުމަކީ ރޯދަ ގެއްލޭނެ ކަމެއް ނޫނެވެ. ސަބަބަކީ ނަބިއްޔާ صلى الله عليه وسلم ރޯދައަށް ހުންނަވާ ހިނދުގައި އަނބިކަބަލުންނަށް ބޮސްދެއްވަ އެވެ. އެހެނަސް އެމީހެއްގެ ނަފްސަށް ޝަހުވަތްތެރިކަން ވަދެ، އެގޮތުގައި ކަންތައް މެދުވެރިވެދާނެ ކަމަށް ބިރުގަންނަ މީހާ، ބޮސްދީގެން ނުވާނެ އެވެ. އެއީ އޭނާގެ ރޯދައަށް ރައްކާތެރިވުމުގެ ގޮތުންނެވެ.
وبالله التوفيق، و صلى الله على نبينا محمد وآله و صحبه و سلم.
ސަޢުދީ ޢަރަބިއްޔާގެ ލަޖްނާގެ ފަތުވާ ނަންބަރ (16061)