ބަލިޙާލުގައިވާ މީހާ ރޯދައަށްހުރެ އައިވީ، އައިވީ އިންޖެކްޝަން ބޭނުން ކުރުން - الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله

الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله
ސުވާލު: ރޯދައަށް ހުރި މީހަކު ބަލިވުމުން އޭނާ އެހިނދުގައި އައިވީ އިންޖެކްޝަން އޭނާގެ ހަށިގަނޑުގެ ނާރަށް ބޭނުން ކުރުން ނުވަތަ ހަށިގަނޑުގެ މަސްގަނޑަށް ޖެހުން ހުއްދަވާނެ ހެއްޔެވެ؟ وفقكم الله.
ޖަވާބު: އައިވީ އިންޖެކްޝަނަކީ، މިހާ ކެއުމާއި ބުއިމުން ފުއްދައިދޭ އެއްޗެކެވެ. ބަލިމީހާ މި އިންޖެކްޝަން އޭނާ ޒަރޫރީ ޙާލަތުގައި ނޫނީ ބޭނުންކޮށްގެން ނުވާނެ އެވެ. އެގޮތުން އޭނާ އެ އިންޖެކްޝަން ބޭނުންކުރަން ކޮންމެހެން ޖެހިއްޖެ ހިނދުގައި އެބޭނުންކުރާށެވެ. އަދި އެ ދުވަހުގެ ރޯދަ ފަހުން ޤަޟާކުރަން ޖެހޭނެ އެވެ. ސަބަބަކީ، އައިވީ އިންޖެކްޝަނަކީ ކެއުމާއި ބުއިމުގެ މަޤާމުގައިވާ އެއްޗެކެވެ. އަދި އެ އިންޖެކްޝަން ބޭނުންކުރުމުން ކެއިންބުއިމަކަށް ބޭނުމެއް ނުވާނެ އެވެ. ޙަޤީޤަތުގައި އެއީ ކެއުމާއި ބުއިމުގެ މާނައިގައިވާ އެއްޗެކެވެ. ފަހެ، އެހިނދުގައި އެ އިންޖެކްޝަނުން ކެއުމާއި ބުއިމުގެ ޙުކުމް ނަގާނެ އެވެ.
އެހެނަސް ބޭސްފަރުވާގެ ގޮތުން ބޭނުންކުރާ އެކިއެކި އިންޖެކްޝަން އަދި ހަށިގަނޑު ހަރަކާތްތެރި ކުރުވުމުގެ ގޮތުން ދެވޭ އިންޖެކްޝަން، ފަހެ މިއިންޖެކްޝަން ތަކަކީ ކެއުމާއި ބުއިމުގެ މަޤާމަށް ވާޞިލްކޮށްދޭނެ އެއްޗެއް ނޫނެވެ. އަދި ކެއުމާއި ބުއިން ފުއްދައިދޭނެ އެއްޗެއް ނޫނެވެ. ފަހެ މިފަދަ އިންޖެކްޝަނަކީ ރޯދަ ގެއްލުވާނެ އެއްޗެއް ނޫނެވެ. އެއީ މިފަދަ އިންޖެކްޝަނެއް ހަށިގަނޑުގެ ނާރަކަށް ނުވަތަ މަސްގަނޑަށް ޖެހިކަމުގައިވިޔަސް އެވެ. އަދި މިފަދަ އިންޖެކްޝަނެއް ބޭނުންކޮށް ކަރުތެރޭގައި އޭގެ ރަހަދިން ކަމުގައި ވިޔަސް ނުވަތަ ރަހަ ނުދިން ކަމުގައިވިޔަސް އޭނާގެ ރޯދައެއް ނުގެއްލޭނެ އެވެ.
***
ފަތުވާ ނަގާފައިވަނީ : https://goo.gl/Y2e070