ރަމަޟާންމަހުގެ ހަނދުގެ މައްސަލައާ މެދުގައި ޢަމަލު ކުރަންޖެހޭނެ ގޮތް - الإِمَامُ عَبدُ العَزِيْز بن عَبد الله بن بَاز رحمه الله
ތަރުޖަމާކުރީ: އަބޫ އަނަސް މުހައްމަދު ހަސަން
الشَّيْخُ الإِمَامُ عَبدُ العَزِيْز بن عَبد الله بن بَاز رحمه الله
"ރަމަޟާންމަހުގެ ހަނދު އެމީހަކަށް ފެނުނު އެހެނަސް މީސްތަކުން އޭނާއަށް ފެނުނު ހަނދު ބަލައިނުގަނޭ ނުވަތަ މީސްތަކުންނަށް ހަނދު ޘާބިތު ނުވޭ، ފަހެ މިޙާލުގައި އޭނާ އެދުވަހު ރޯދައަށް ހުރެގެން ނުވާނެ އެވެ. އަދި އޭނާ ރޯދަ ހިފަންޖެހޭނީ މީސްތަކުން ރޯދާ ހިފާ ދުވަހުގަ އެވެ. އެއީ ޙަދީޘްގައިވާ ފަދައިންނެވެ. ރޯދަހިފުން ވަނީ މީސްތަކުން ރޯދަހިފާ ދުވަހުގަ އެވެ".
فوائد من دروس سماحة الشيخ عبد العزيز بن باز 41