5 ޝުކުރުގެ ސަޖިދައަކީ ކޮބައިކަން އަދި ސަޖިދަ ކުރާނެ ސިފަ - الإمام العَلَّامة الشيخُ محمد بن صالح العثيمين رحمه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ޝުކުރުގެ ސަޖިދަ سجود الشكر

ޝުކުރުގެ ސަޖިދައަކީ ކޮބައިކަން އަދި ސަޖިދަ ކުރާނެ ސިފަ - الإمام العَلَّامة الشيخُ محمد بن صالح العثيمين رحمه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ޝުކުރުގެ ސަޖިދަ سجود الشكر

ޝުކުރުގެ ސަޖިދައަަކީ ނިޢުމަތެއް ލިބުމުގެ ސަބަބުން ނުވަތަ މުޞީބާތަކުން ފިއްލެވިގެން ދިއުމުން ކުރާ ސަޖިދަ އެކެވެ. 
އެއީ ޝަރީޢަތުގައި ބަޔާންވެގެންވާ ކަމެކެވެ. ސަބަބަކީ އެއީ رسول الله صلى الله عليه وسلم ގެ ހިދާޔަތުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. ހަމަކަށަވަރުން رسول الله صلى الله عليه وسلم އުފާފުޅުވާ ޚަބަރެއް ލިބިވަޑައިގެންނެވުމުން، ﷲ އަށް ސަޖިދަ ކުރައްވަ އެވެ.

ޝުކުރުގެ ސަޖިދައިގެ ސިފައަކީ: 
 

ތަކްބީރު ކިޔައި، ތިބާގެ ހަތް ގުނަވަނުގެ މައްޗަށް ސަޖިދަ ކުރުމެވެ. އަދި އަންނަނިވި ޛިކުރު ކުރާނީ އެވެ. سبحان ربي الأعلى އެއަށްފަހު ﷲ عزوجل ތިބާއަށް ދެއްވި ނިޢުމަތުގެ މައްޗަށް ޘަނާގެ ބަސްތައް ޛިކުރުކުރާނީ އެވެ. އެގޮތުން މިޘާލަކަށް މިފަދައިން ކިޔާނީ އެވެ. اللهم لَكَ الحَمْدُ على هذه النِّعْمَة (ދެން އެ ނިޢުމަތެއް ޛިކުރު ކުރާނީ އެވެ.) އަދި މިގޮތަށް ތަކުރާރު ކޮށް ކިޔާނީ އެވެ.
 

(މެދުވެރިވި ކަމަކީ މުޞީބާތަކުން ސަލާމަތްވުން ކަމުގައިވާނަމަ) للهم لك الحمد على ما دَفَعْتَ مِنْ نِقْمَةٍ (ދެން އެ މުޞީބާތް ޛިކުރު ކުރާނީ އެވެ.) އަދި މިފަދައިން ތަކުރާރުކޮށް ކިޔާނީ އެވެ.
 

އެއަށްފަހު ސަޖިދައިން ތެދުވާނީ އެވެ. ތަކްބީރު ކިޔުމެއް އަދި ސަލާމް ދިނުމެއް ނުވެ އެވެ. 
ސަޖިދަ ކުރުމަށް ސަބަބެއް މެދުވެރިވެއްޖެ ހިނދުގައި، ކޮންމެ ފަހަރަކު ޝުކުރުގެ ސަޖިދަ ކުރުން ހުއްޓެވެ. އެއީ ދުވާލު ނުވަތަ ރޭނގަޑު ނުވަތަ ކޮންމެ ވަޤުތެއްގައިވީ ނަމަވެސް އެވެ. އަދި ކޮންމެ ޙާލަތެއްގައި ހުރިކަމުގައިވީ ނަމަވެސް އެވެ. އޭނާ ވުޟޫގެއްލިފައިވާ ޙާލަތެއްގައިވީ ނަމަވެސް ސަޖިދަ ކުރުމުގައި މައްސަލައެއް ނެތެވެ. ފަހެ رسول الله صلى الله عليه وسلم އަރިއަހުން ޝުކުރުގެ ސަޖިދަ ކުރުމަށް ޠަަހާރަތުގައި ހުރުން ޝަރުޠު ކުރެވިގެންވާ ކަމުގައި ވާރިދުވެފައެއް ނުވެ އެވެ." 



ފަތުވާ ނަގާފައިވަނީ : فتاوى نور على الدرب : الشريط رقم 191 )

Like what you see?

Close

Hit the buttons below to follow us, you won't regret it...