ހުކުރު ދުވަހުގައި ރަވާތިބު ސުންނަތުގެ 12 ރަކުޢަތް ހަމަކުރަނީ ކިހިނަކުން؟ - الشيخُ العلاَّمة عَبْدُ المُحسن العبَّاد حفظه الله

ސުވާލު: ރަވާތިބު ސުންނަތުގެ ޢަދަދަކީ ބާރަ ރަކުޢަތެވެ. ހުކުރު ދުވަހުގައި 12 ރަކުޢަތް ހަމަކުރަނީ ކިނަކުންތޯ އެވެ؟ ސަބަބަކީ ހުކުރު ނަމާދުގެ ކުރިއަށް ސުންނަތެއް ކުރުމެއް ނޯންނާނެތީ އެވެ؟
ޖަވާބު: ހުކުރު ދުވަހުގައި ހުކުރު ނަމާދުގެ ކުރިން ޚާއްޞަ ރަވާތިބު ސުންނަތެއް ނޯވެ އެވެ. އެހެނަސް އިންސާނަކު އެދުވަހު މިސްކިތަށް ވަނުމަށްފަހުގައި އޭނާއަށް ﷲ ކުޅަދާނަކަން ދެއްވި މިންވަރަކަށް އޭނާ ރަކުޢަތްތައް ކުރުންވެ އެވެ. އެއަށްފަހު މިސްކިތުގައި އިށީންނާނީ އެވެ. އަދި ފަރުޟު ހުކުރު ނަމާދު ކުރުމަށް މެނުވީ އޭނާ ތެދުވުމެއް ނުވެ އެވެ. ސަބަބަކީ ޞަޙާބީން رضي الله عنهم و أرضاهم އެބޭފުޅުން މިފަދައިން ޢަމަލު ކުރައްވާފައިވުމެވެ.
ހުކުރު ނަމާދު ކުރިން ވަކި ޚާއްޞަ ޢަދަދަކަށް ރަކުޢަތް ކުރުމަށް ކަނޑައެޅިފައި ނުވެ އެވެ. އެހެނަސް ހުކުރު ނަމާދަށްފަހު، 2 ރަކުޢަތް އަދި 4 ރަކުޢަތް ކުރުން ވާރިދުވެގެންވެ އެވެ. އެއީ، އެނބުރި ގެއަށް އައިސް ގޭގައި ކުރާމީހާއަށް 2 ރަކުޢަތެވެ. ހުކުރު ނަމާދަށްފަހު މިސްކިތުގައި ކުރާ މީހާއަށް 4 ރަކުޢަތެވެ. ފަހެ، މި ފަދައިން ބަޔާންވެފައިވާ ޙަދީޘްތައް ކުރިން އަހަރެމެން ކިޔަވާފައިވާނެ އެވެ.
ވުމާއެކު، އިސްވެ ބަޔާންވެދިޔަ ފަދައިން، ހުކުރު ދުވަހު މިސްކިތައް ވަނުމަށްފަހު 4 ރަކުޢަތަށްވުރެ އިތުރަށް ރަކުޢަތްކޮށްފި ހިނދުގައި، އެމީހަކުވަނީ ހަތަރު ރަކުޢަތް އަދި އިތުރަށްވެސް ރަކުޢަތް ކޮށްފަ އެވެ. އަދި 4 ރަކުޢަތްކޮށް އެވަރަށް ފުއްދައިފި މީހާވަނި (ރަވާތިބު ސުންނަތުގެ މައްޗަށް) ރައްކާތެރިވެފަ އެވެ.
****
ފަތުވާ ނަގާފައިވަނީ : شرح السنن النسائي، كتاب قيام الليل و تطوع النهار