5 ވާރޭ ވެހޭ ހިނދު ނަމާދު ޖަމްޢު ކުރުން - الإِمَامُ العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ޤަޞްރު އަދި ޖަމްޢުކުރުން

ވާރޭ ވެހޭ ހިނދު ނަމާދު ޖަމްޢު ކުރުން - الإِمَامُ العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ޤަޞްރު އަދި ޖަމްޢުކުރުން

ތަރުޖަމާކުރީ: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله

(މަދީނާ ޔުނިވާސިޓީގެ ކުއްލިއްޔަތުއް ދަޢުވާ ވަ އުޞޫލުއްދީން އިން ޑިގްރީ ހާޞިލްކޮށް، މަދީނާގެ ބޮޑެތި ސަލަފީ މަޝައިޚުންގެ އަރިއަހުން ޢިލްމު ހާޞިލްކޮށްފައި)


الإِمَامُ العَلَّامة الشَّيْخُ صَالِح الفَوْزَان حفظه الله

ވާރޭ ވެހޭ ހިނދު ނަމާދު ޖަމްޢު ކުރުން

ސުވާލު: މި ސުވާލުގައިވެ އެވެ. ﷲ ތަޢާލާ، ޝެއިޚް ރައްކައުތެރި ކުރައްވާނދޭވެ. މިހާރު މި ހޭދަކުރާ ވާރޭ ވެހޭ ޙާލަތްތަކުގައި، ނަމާދު ޖަމްޢުކޮށް އަދި ޤަޞްރު ކުރުމުގެ ޝަރުއީ ޤަވާޢިދަކީ ކޮބައިތޯ އެވެ؟

 

ޖަވާބު: ވާރޭވެހޭ ހިނދުގައި ޤަޞްރު ކުރުމެއްނޯވެ އެވެ. ޤަޞްރު ކުރުމަކީ ދަތުރުކުރުމުގެ ޙުކުމްތަކުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. ﴿وَإِذَا ضَرَبْتُمْ فِي الأَرْضِ فَلَيْسَ عَلَيْكُمْ جُنَاحٌ أَن تَقْصُرُواْ مِنَ الصَّلاَةِ﴾ "ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭއިރު، ނަމާދު ޤަޞްރު ކުރުމަކުން ތިޔަބައިމީހުންނަކަށް ކުށެއް ނެތެވެ." (މި އާޔަތުގައިވާ) ضَرَبْتُمْ فِي الأَرْضِ ގެ މާނައަކީ ދަތުރުފަތުރު ކުރުމެވެ.


އެހެނަސް ޙާޟިރުވެ (ތަނެއްގައި ޤާއިމްވެ ހުންނަ ހިނދުގައި) ޖަމްޢުކުރުން، 2 ޙާލަތެއްގައި ހުއްދަވެގެންވެ އެވެ. ފުރަތަމައީ ބަލި ޙާލަތުގަ އެވެ. ދެ ނަމާދު އެކުގައި ޖަމްޢުނުކޮށްފި ހިނދުގައި އެކަމުން އުނދަގޫތަކެއް އުފުލަން ޖެހޭހިނދުގައި، އޭނާއަށް މަޣްރިބް ނަމާދާއި ޢިޝާ ނަމާދު އަދި މެންދުރު ނަމާދާއި ޢަޞްރު ނަމާދު ޖަމްޢު ކުރުން ހުއްދަވެގެންވެ އެވެ. އެގޮތުން އޭނާއަށް ދެ ނަމާދު ކުރުމަށް ފަސޭހަވެގެންވާ ވަޤުތުގައި ޖަމްޢުކޮށް ކުރުން ހުއްދަވެގެންވެ އެވެ. ނުވަތަ، ކޮންމެ ވަޤުތަކަށް ތަކުރާރުކޮށް ވުޟޫކުރުމަށް ކުޅަދާނަ ނުވާ މީހާ އަށް އެއްވަޤުތުގައި ވުޟޫކުރުމަށް ފަހުގައި އެވަޤުތުގެ ނަމާދު ކުރުމާއި އެކު އަނެއް ނަމާދު ޖަމްޢުކޮށް ކުރާނީ އެވެ. އެއީ އިސްކޮށް ނުވަތަ ފަސްކޮށް ކަމުގައިވީ ނަމަވެސް އެވެ. މި ޖަމްޢުކުރުމަކީ ބަލިޙާލުގައި ޖަމްޢު ކުރުމެވެ.


ޤާއިމްވެ ހުންނަ ހިނދުގައި ޖަމްޢު ކުރުން ހުއްދަވެގެންވާ 2 ވަނަ ޙާލަތަކީ، ލައިގެން ހުންނަ ފޭރާން ތެމި ފޯވާވަރަށް ވާރޭ ވެހޭ ހިނދުގަ އެވެ. އެއީ ބޯކޮށް ވާރޭވެހޭ ހިނދުގަ އެވެ. މިސްކިތަށް ދާން ނިކުމެއްޖެ ނަމަ، ނުވަތަ އަނބުރާ އެބައިމީހުންގެ ގެތަކަށް އަންނަ ހިނދުގައި، ފޭރާން ތެމި ފޯވާވަރަށް ވާރޭވެހޭ ހިނދުގަ އެވެ. ފޭރާން ތެމިފޯވެ އޭގެ ސަބަބުން އުނދަގުލާ ދިމާވެ، ދަތިތަކާ ކުރިމަތިލާން ޖެހުމެވެ. ނުވަތަ ފިނިން އުނދަގޫ ތަޙައްމަލު ކުރަންޖެހުމެވެ. އެ ޙާލަތުގައި މަޣްރިބް ނަމާދާއި އިޝާ ނަމާދު ޖަމްޢު ކުރާނީ އެވެ.


އެހެނަސް މުޖައްރަދު ވިލާބޯވެ، ވިއްސާރަ ފެނުމާއެކުގައި ޖަމްޢުކުރާ މީހާ އަކީ، ނުވަތަ ކުޑަކޮށް ކެރިޖަހަން ފެށުމުން ޖަމްޢުކުރުމަކީ، މިއީ ޖަމްޢު ކުރުމަށް އޭނާއަށް ހުއްދަވެގެންވާ ޙާލަތެއް ނޫނެވެ. އަޞްލަކީ ކޮންމެ ނަމާދެއްވެސް އެ ނަމާދުގެ ވަޤުތުގައި އަދާކުރުމެވެ. ﷲ ވަޙީކުރެއްވި އެވެ. ﴿إِنَّ الصَّلاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَاباً مَوْقُوتاً﴾ "ހަމަކަށަވަރުން ނަމާދަކީ މުއުމިންތަކުންގެ މައްޗަށް ވަޤުތު ކަނޑައެޅިގެން އޮތް ފަރުޟެއްކަމުގައިވެ އެވެ."


އެ ނަމާދެއްގެ ވަޤުތުގައި އެ ނަމާދެއް ކުރުމުން މެނުވީ ނަމާދެއް ޤަބޫލެއް ނުކުރެވޭނެ އެވެ. ޖަމްޢުކުރުމަށް ޝަރުޢީގޮތުން ހުއްދަވެގެންވާ ޙާލަތެއްގައި މެނުވީ އެވެ. ވުމުން، ސަބަބެއްނެތި ޖަމްޢުކުރުމަކީ، ޝަރުޢީގޮތުން ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެފަދައިން އެ ނަމާދުގެ ވަޤުތުން ނަމާދު އިސްފަސް ކޮށްފި ހިނދުގައި އޭނާގެ ނަމާދު ޤަބޫލުވޮޑިއެއް ނުގަންނަވާނެ އެވެ. ފަހެ، މި ނަމާދުތައް ކުޅިވަރެއް ފަދައިން ހަދައި ޢަމަލުކުރާ އިމާމުން މިކަމަށް ސަމާލުވުން ހުއްޓެވެ. އެބައިމީހުންގެ ފަހަތުގައި ނަމާދުކުރާ މީސްތަކުންގެ ނަމާދު، މި އިމާމުންތައް ތަޙައްމަލު ކުރަންޖެހޭނެ އެވެ. ސަބަބަކީ މި އިމާމުންތައް ވަނީ އެހެން މީސްތަކުން އެބައިމީހުންގެ އަވައިގައި ޖައްސާފަ އެވެ. މި އިމާމުންނަށް އޮތީ ﷲ އަށް ބިރުވެތިވުމެވެ. އަދި ޖަމްޢުކުރުމަށް ޙާޖަތް މެދުވެރިވެ، ޖަމްޢު ކުރުމަށް ފާޅުކޮށް ބަޔާންވެގެންވާ ޙާޖަތްމެދުވެރިވެއްޖެ ހާލަތުގައި ނޫނީ ޖަމްޢު ނުކުރުމެވެ. އާނއެކެވެ.


ސުވާލު : އެބައިމީހުންގެ ތެރެއިން އެއްބަޔަކު ބުނަނީ "ސުންނަތް ދިރުވުމަށްޓަކަ އެވެ." بارك الله فيكم.
ޖަވާބު : މިއީ ސުންނަތެއް ނޫނެވެ. މިއީ މުބާޙް ކަމެކެވެ. ޖަމްޢު ކުރުމަކީ މުބާހް ކަމެކެވެ. އެއީ ސުންނަތެއް ނޫނެވެ. ޤަޞްރުކުރުން، އެއީ ސުންނަތެކެވެ. އެހެނަސް ޖަމްޢުކުރުމަކީ ހާޖަތަކަށްޓަކައި ހުއްދަވެގެންވާ (މުބާހް) ކަމެކެވެ. އާނއެކެވެ.  
****
ފަތުވާ ނަގާފައިވަނީ : https://goo.gl/94j1Kd

 

Like what you see?

Close

Hit the buttons below to follow us, you won't regret it...