5 ބަންގި ގޮވައި ނިމުމުން ދުޢާ ކުރުމަށް އަތް އުފުލުމުގެ ޙުކުމް - اللجنة الدائمة للبحوث العلمية والإفتاء ( ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީ) - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ބަންގިއާއި ޤަމަތް أذان واقامة

ބަންގި ގޮވައި ނިމުމުން ދުޢާ ކުރުމަށް އަތް އުފުލުމުގެ ޙުކުމް - اللجنة الدائمة للبحوث العلمية والإفتاء ( ސަޢުދީ ޢަރަބިއްޔާގެ ފަތުވާ ކޮމެޓީ)

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ބަންގިއާއި ޤަމަތް أذان واقامة

ސުވާލު: ބަންގި ގޮވުމަށްފަހު ދުޢާކުރުމަށް ދެއަތް އުފުލުމަކީ ބިދުޢައެއް ކަމުގައިވާނެތޯ އެވެ؟

ޖަވާބު: ބަންގި ގޮވުމަށް ފަހުގައި ޢަމަލު ކުރުމަށް ޝަރީޢަތުގައި ބަޔާންކުރެވިފައިވަނީ، ބަންގި ގޮވާމީހާގެ ބަންގިއަށް އިޖާބަ ދިނުމަށްފަހު ނަބިއްޔާގެ މައްޗަށް ޞަލަވާތް ކިޔުމެވެ. އަދި އެއަށްފަހު ވާރިދުވެގެންވާ ޛިކުރު ކިޔުމެވެ.  اللهمَّ ربَّ هذهِ الدعوةِ التامَّةِ، والصلاةِ القائمةِ، آتِ محمدًا الوسيلةَ والفضيلةَ، وابعثْهُ مقامًا محمودًا الذي وعدْتَهُ

ސަބަބަކީ صحيح البخاري ގައި (މިފަދައިން) جابر بن عبد الله الأنصاري رضي الله عنهما، النبي صلى الله عليه وسلم އަރިހުން ރިވާކޮށްފައިވާ ޘާބިތު ރިވާޔަތުގައިވެ އެވެ. އެއީ އަތް އުފުލުމެއް ނެތި އެވެ. އަދި މިތަނުގައި އަތް އުފުލުމަށް އެއްވެސް ދަލީލެއް ވާރިދުވެފައި ނުވެ އެވެ. ފަހެ، އެގޮތުން (ބަންގިއަށްފަހުގައި ދުޢާކުރުމަށް) އަތް އުފުލުމުގެ ޢަމަލަކީ ބިދުޢަ އެކެވެ.
***
ފަތުވާ ނަގާފައިވަނީ : https://goo.gl/BAXM6K

Like what you see?

Close

Hit the buttons below to follow us, you won't regret it...