 ބޮޑުކަމު ނުވަތަ ކުޑަގިފިއްޔަށް ދާން ޖެހިފައިވާ މީހަކު، އެ ހިފައްޓައިގެން ހުރެ ނަމާދު ކުރުމުގެ ޙުކުމް - الشَّيْخ العَلاَّمة مُحمَّد بن صالح العُثَيمِين رحمه الله

ކެޓަގަރީ ނަމާދު

ސުވާލު : ނަމާދަށް ރައްކާތެރިވުމަށާއި އަދި ވުޟު މަތީގައި އަބަދު ދެމިހުރުމަށްޓަކައި ކުޑަކަމު ނޮގޮސް އެ ހިފަހައްޓައިގެން ހުންނަ މީހާގެ މައްޗަށް ޝެއިޚް ވިދާޅުވަނީ ކީކޭތޯ އެވެ؟ މިގޮތަށް ހިފަހައްޓައިގެން ހުންނަނީ ގަދަ ފިނީގެ ސަބަބުން ނުވަތަ އެހެނިހެން ސަބަބެއްގެ ގޮތުން ކަމުގައިވެއްޖެހިނދު އޭނާގެ މައްޗަށް އެކަމުގައި ކުށެއްވޭ ހެއްޔެވެ؟


ޖަވާބު : "އޭނާގެ މައްޗަށް ކުށެއްވެ އެވެ. ސަބަބަކީ އެނާވަނީ ނަބިއްޔާ ﷺ އަށް އުރެދިގެންނެވެ. ފަހެ، ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެ އެވެ. (لا صَلَاةَ بحَضْرَةِ الطَّعَامِ، ولَا هو يُدَافِعُهُ الأخْبَثَانِ) "ކާތަކެތި ޙާޟިރުވެފައިވާހިނދު އަދި ކުޑަކަމު އާއި ބޮޑުކަމު ދިއުން ހިފަހައްޓައިގެން ހުންނަ މީހާގެ މައްޗަށް ނަމާދެއް ނުވެ އެވެ." (އެބަހީ : ނުހަނު ބޮޑަށް ބަނޑުހައިވެފައިވެ، އެފަދަ ޙާލަތެއްގައިވާ މީހާ، ކެއުމަށް ކާތަކެތި ޙާޟިރު ކުރެވިއްޖެހިނދު، އޭނާ ކާތަކެތި ކެއުން ހުއްޓެވެ. އެ ޙާލުގައި ކާތަކެތި ކެއުމަށްފަހު ނަމާދަށް ދިއުމެވެ.)


ފަހެ، އިންސާނަކު ނަމާދު ކުރީ، ކުޑަކަމު ދިއުން ނުވަތަ ބޮޑުކަމު ދިއުން ހިފަހައްޓައިގެން ހުރެ ކަމުގައިވެއްޖެހިނދު، އޭނާވަނީ ﷲ ގެ ރަސޫލާއަށް އުރެދިފަ އެވެ. އަދި ކިޔެއްތޯ! ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެއްވެސް ޙާލެއްގައި އޭނާ އެހިނދު ނަމާދު ކޮށްގެން ނުވާނެ ކަމެވެ.


އޭނާއަށް ވާޖިބުވެގެންވަނީ، ޤަޟާޙާޖަތްކޮށް -ކުޑަކަމުދިއުމެވެ. ބޮޑުކަމު ދިއުމެވެ.- އެއަށްފަހު ފެން ބޭނުން ކުރުމަށް، ފެން ބޭނުން ކުރުމުން އޭގައި ނުރައްކަލެއް ނުވާނަމަ ފެން އިސްތިޢުމާލުކޮށް ޠާހިރުވުމެވެ. އަހަރެމެން ބުނެމެވެ. އާނއެކެވެ. ފެން ބޭނުން ކޮށްގެން ގެއްލުމެއް ނެތްނަމަ، ކުޅަދާނަވީ ވަރަކަށް ފެން ބޭނުން ކުރާނީ އެވެ. އަދި ފެން ފެން ނުލިބިއްޖެހިނދު ނުވަތަ ފެން ބޭނުން ކުރުމުން ގެއްލުމެއް ލިބިދާނެ ކަމުގެ މައްޗަށް ބިރުއޮތްހިނދު، އެހިނދު އެކަމުގައި ތަނަވަސްވެގެންވެ އެވެ. ތަޔައްމަމު ކުރާނީ އެވެ. ކުޑަކަމު ދިއުމުން ނުވަތަ ބޮޑުކަމު ދިއުން ހިފަހައްޓައިގެން ހުރުމަށްވުރެ، ޤަޟާޙާޖަތް ކޮށް ވުޟޫކޮށްގެން ނަމާދުކުރުން އޭނާއަށް ހެޔޮކަން ބޮޑުވެގެންވެ އެވެ. 


އޭނާ، ކުޑަކަމު ދާން ޖެހިފައިހުރެ ނުވަތަ ބޮޑުކަމު ދާން ޖެހިފައިހުރެ، ނަމާދަށް އެރުމަށް ނަފްސު އެދޭނަމަ، އޭނާ ނަބިއްޔާ ﷺ ގެ ޙަދީޘްފުޅު މަތިން ހަނދުމަ ކުރުން ހުއްޓެވެ. 


ފަހެ، މި ބަސްފުޅު އޭނާ ހަނދުމަކޮށްފި ހިނދު، (لا صَلَاةَ بحَضْرَةِ الطَّعَامِ، ولَا هو يُدَافِعُهُ الأخْبَثَانِ) "ކާތަކެތި ޙާޟިރުވެފައިވާހިނދު އަދި ކުޑަކަމު އާއި ބޮޑުކަމު ދިއުން ހިފަހައްޓައިގެން ހުންނަ މީހާގެ މައްޗަށް ނަމާދެއް ނުވެ އެވެ." 


ހަމަކަށަވަރުން ދެ ގިފިއްޔަށް ދާން ޖެހިފައިވެ، އެ ހިފަހައްޓައިގެންހުރެ އޭނާ ނަމާދަށް ނާރާނެވެ. އާނއެކެވެ."
*****
ބަސްތައް ނަގާފައިވަނީ : فتاوى نور على الدرب 5589

 

ނަމާދު: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

ނަމާދު ނުކޮށް އެހެން އަޅުކަން ކުރާ މީހާގެ ޙުކުމް - الشَّيْخ الإِمَام العَلامة عَبد العَزِيز بن باز رحمه الله | 26 އޭޕްރީލް 2020

 ނަމާދުގައި ހުންނަ މީހާ މައްޗަށް (އުޑަށް) ބެލުން ނަހީ ކުރެވިގެން ވުން، ބޮޑުވެގެންވާ ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް - الشَّيْخ العَلاَّمة مُحمَّد بن صالح العُثَيمِين رحمه الله | 03 މާރޗް 2019

 ނަމާދަށް ހުއްޓާ ޙަދަޘަވެރިވީ، އެހެނަސް މީހުން އޭނާއަށް ބަލާނެތީވެ ލަދުން ނަމާދުން ނުނިކުންނަ މީހާގެ ޙުކުމް - الشيخُ العلاَّمة صَالح الفَوزَان حفظه الله | 17 ޑިސެމްބަރ 2017

 މައުމޫމުން ނަމާދުކޮށް އަވަދިވުމުން ތެދުވާނީ ކޮންއިރަކުން - شَّيْخ الإِسلاَم ابن تَيْميَّة رحمه الله | 16 ޑިސެމްބަރ 2017

 الْفَضِيْحَة وَالنَصِيْحَة 01 - ފިކުރީ ހަނގުރާމައިގެ ވިހައިގެ ސަބަބުން ފަސާދަވެފައިވާ އިސްލާމީ އުންމަތް (އިސްލާމް ދީނުގައި ނަމާދުގެ މަޤާމް) - الأخ حسين رشيد بن محمود حفظه الله | 31 އޮކްޓޯބަރ 2017

ފަތިސް ނަމާދަށް ރައްކާތެރިވެއްޖެ މީހާއަށް، ބަޔާންވެގެންވާ އުފާވެރިކަމުގެ ދިހަ ޚަބަރު - ނަބިއްޔާ صلى الله عليه وسلم | 13 ޖުލައި 2017

ޖުނުބުވެރިވެފައިވާކަން ނޭނގިހުރެ ނަމާދުކުރި މީހާގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن بَاز رحمه الله | 15 އޮކްޓޯބަރ 2016

ގަމަތް ދެވުމަށް ފަހު ސުންނަތް ނަމާދު އަދާކުރުމުގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن بَاز رحمه الله | 09 އޮކްޓޯބަރ 2016

ދަރިން ފަތިސްނަމާދަށް ހޭލެއްވުން - الشَّيْخُ العلامة عَبْدُ العَزِيْزِ آلُ الشَّيْخ حفظه الله | 07 މެއި 2016

ކަޢުބާ ކުރަހާފައި ހުންނަ މުސައްލާތަކުގައި ނަމާދުކުރުން - الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله | 15 ޖެނުއަރީ 2016

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...