 ނަމާދުގައި ޤުރުއާން ކިޔަވަން ފެށުމުގެ ކުރިން އިސްތިޢާޛަ (އަޢޫޛު) ކިޔުން - الشيخُ أُسَامَة العَمري حفظه الله

ކެޓަގަރީ ނަމާދުގެ ސުންނަތްތައް سنن الصلاة

މި މައްސަލައިގައި އެންމެ ރާޖިޙް ޤައުލަކީ –ޢިލްމުވަނީ الله ގެ ޙަޟުރަތުގަ އެވެ.- ޖުމްހޫރު ޢިލްމުވެރިންގެ ޤައުލެވެ. އެއީ أَعُوذ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ ނަމާދުގައި ޤުރުއާން ކިޔަވާ ކޮންމެ ހިނދެއްގައި ކިޔުން ސުންނަތްވުމެވެ... އަހަރެމެން މިތަނުގައި ޛިކުރުކުރި ބަސްފުޅަށް އޮތް ދަލީލަކީ، ކީރިތި ޤުރުއާންގައި ﷲ ވަޙީކުރައްވާފައިވާ އެއިލާހުގެ ވަޙީބަސްފުޅެވެ. فَإِذَا قَرَأْتَ الْقُرْآنَ فَاسْتَعِذْ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ "ފަހެ ނަބިއްޔާ ޤުރުއާންކިޔަވައި ވިދާޅުވާނަމަ، ރަޙްމަތުން ބޭރުކުރައްވާފައިވާ ޝައިޠާނާގެ ކިބައިން ދުރުކުރެއްވުން އެދި، ﷲ ގެ ރައްކާތެރިކަމަށްއެދި ދަންނަވާށެވެ." މިއީ ޤުރުއާންކިޔަވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ގޮތެވެ. މި އާޔަތުގައި ފަރުޟު ނަމާދެއްގައި ޤުރުއާން ކިޔެވުން އަދި އެނޫން ނަމާދެއްގައި ޤުރުއާން ކިޔެވުން ތަފާތު ކުރައްވާފައިނުވެ އެވެ. 


އަދި ހަމައެފަދައިން أَبِي سَعِيد ގެ ޙަދީޘްގައިވެ އެވެ. (أنه كان إذا قام إلى الصلاة استفتح ثم يقول: أعوذ بالله السميعِ العليم من الشيطانِ الرجيم؛ مِن هَمزِه ونَفْخِه ونَفْثِه) "ހަމަކަށަވަރުން ނަބިއްޔާ ނަމާދަށް ޤާއިމްވެވަޑައިގަންނަވާ ހިނދު، ދުޢާއުލް-އިސްތިފްތާޙް ވިދާޅުވެ އެވެ. އެއަށްފަހު، أعوذ بالله السميعِ العليم من الشيطانِ الرجيم؛ مِن هَمزِه ونَفْخِه ونَفْثِه ވިދާޅުވެ އެވެ."

މިފަދައިން أبوداود، الترمذي، ابن ماجه އަދި މިނޫން ފޮތްތަކުގައި ވާރިދުވެގެންވެ އެވެ

.
ފަތުވާ ނަގާފައިވަނީ : شرح صفة صلاة النبي  

Like what you see?

Close

Hit the buttons below to follow us, you won't regret it...