5 ފަތިސް ނަމާދަށް ރައްކާތެރިވެއްޖެ މީހާއަށް، ބަޔާންވެގެންވާ އުފާވެރިކަމުގެ ދިހަ ޚަބަރު - ނަބިއްޔާ صلى الله عليه وسلم - Maktaba Salafiyyah Maldives - Connecting you to the Major Scholars of the Ummah

ފަތިސް ނަމާދަށް ރައްކާތެރިވެއްޖެ މީހާއަށް، ބަޔާންވެގެންވާ އުފާވެރިކަމުގެ ދިހަ ޚަބަރު - ނަބިއްޔާ صلى الله عليه وسلم

ލިޔެ ތައްޔާރުކުރީ: أُسْتَاذ أبو أنس محمد حسن حفظه الله. ކެޓަގަރީ ނަމާދު

ފުރަތަމައީ:
ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ.
(بشر المشائين في الظلم إلى المساجد بالنور التام يوم القيامة)
رَوَاه أَبوداود و الترمذي و صححه الألباني
"ރޭގަނޑުގެ އަނދިރީގައި މިސްކިތްތަކަށް ހިނގާފައިދާ މީހުންނަށް، ޤިޔާމަތް ދުވަހުގައި ފުރިހަމަ ވެގެންވާ ނޫރެއް ލިބޭނެކަމުގެ އުފާވެރި ޚަބަރު ދެއްވާށެވެ."


ދެވަނައީ :
ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ.
(ركعتا الفجرِ خيرٌ من الدنيا وما فيها)
رَوَاه مسلم
"ފަތިސްނަމާދުގެ ކުރީ ދެރަކުޢަތް، ދުނިޔެއާ ދުނިޔޭގެ ވާހާ ތަކެއްޗަކަށްވުރެ ހެޔޮކަންބޮޑުވެގެންވެ އެވެ."


ތިންވަނައީ :
ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ.
(إذا تطَّهَّرَ الرَّجلُ ثمَّ أتى المسجِدَ يَرعى الصَّلاةَ، كتَب لهُ كاتِباه أو كاتبُهُ بكلِّ خُطوةٍ يَخطوها إلى المسجِدِ عشْرَ حسَناتٍ والقاعِدُ يرعى الصَّلاةَ كالقانِتِ، ويُكتَبُ من المصَلِّينَ، مِن حينِ يخرجُ من بيتِه حتَّى يرجِعَ إليهِ)
رَوَاه أحمد
"ނަމާދަށްޓަކައި ޠާހިރުވެގެން މިސްކިތަށް ދިއުމަށްޓަކައި ނުކުމެއްޖެ މީހާއަށް، އޭނާ އަޅާ ކޮންމެ ފިޔަވަޅަކަށް އޭނާގެ (ޢަމަލުތައް) ލިޔުއްވާ ފަރާތުން އޭނާއަށްޓަކައި ދިހަ ހެޔޮކަން ލިޔުއްވާ ހުއްޓެވެ. އަދި ނަމާދަށް އިންތިޒާރުގައި އިންނަ މީހާއަކީ ﷲ އަށް އަޅުކަންކުރުމުގައި ދެމިހުރި މީހެއް ފަދަ މީހެކެވެ. އަދި އޭނާ ގެއިން ނުކުތް ވަޤުތުން ފެށިގެން އަނބުރާ ގެއަށް އައުމަށް ދާންދެން ނަމާދުގައި ދެމިހުރި މީހެއްގެ ގޮތުގައި ލިޔުއްވޭނެތެވެ."


ހަތަރުވަނައީ :
ﷲ ވަޙީކުރައްވާފައިވެ އެވެ.
(أَقِمِ الصَّلَاةَ لِدُلُوكِ الشَّمْسِ إِلَىٰ غَسَقِ اللَّيْلِ وَقُرْآنَ الْفَجْرِ إِنَّ قُرْآنَ الْفَجْرِ كَانَ مَشْهُودًا)
"އިރު މެދުން ފިލުމުން، ރޭގަނޑުގެ އަނދިރިކަމާ ހަމައަށް، ނަބިއްޔާ ނަމާދު ޤާއިމް ކުރައްވާށެވެ. އަދި ފަތިސް ނަމާދު ކުރައްވާށެވެ. ހަމަކަށަވަރުން ފަތިސްނަމާދަކީ ހެކި ހިލިބިގެންވާ ނަމާދެއް ކަމުގައިވި އެވެ."


ފަސްވަނައީ :
ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ.
(لن يلجَ النارَ أحدٌ صلى قبل طلوعِ الشمسِ وقبل غروبها يعني الفجرَ والعصرَ)
رَوَاه مسلم
"އިރު އެރުމުގެ ކުރިންނާއި އަދި އިރު އޮއްސުމުގެ ކުރިން ނަމާދު ކޮށްފި އެކަކުވެސް ނަރަކައަށް ނުވަންނަ ހުއްޓެވެ. ޔަޢުނީ : ފަތިސްނަމާދާއި ޢަޞްރު ނަމާދެވެ."

 

ހަވަނައީ :
ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ.
(من صلى العشاءَ في جماعةٍ فكأنما قام نصفَ الليلِ. ومن صلى الصبحَ في جماعةٍ فكأنما صلى الليلَ كلَّهُ)
رَوَاه مسلم
"ޢިޝާ ނަމާދު ޖަމާޢަތުގައި ކޮށްފިމިހާ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައި ރޭއަޅުކަން ކުރިފަދަ އެވެ. އަދި ފަތިސް ނަމާދު ޖަމާޢަތުގައި ކޮށްފި މީހާ މުޅިރޭގަނޑު އެކުއެކީގައި އަޅުކަމުގައި ޤާއިމްވެހުރި މީހެއްފަދަ އެވެ."


ހަތްވަނައީ :
ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ.
(مَنْ صلى الفجرَ ثم جلس في مُصلَّاه صلتْ عليه الملائكةُ وصلاتُهم عليه : اللهم اغفرْ له اللهم ارحمْه)
رَوَاه أحمد
"ފަތިސްނަމާދު ކުރުމަށްފަހު، އޭނާ ނަމާދުކުރި ތަނުގައި އިންނަމީހާއަށް މަލާއިކަތުން ޞަލަވާތް ލައްވަތެވެ. އޭނާއަށް މަލާއިކަތުން ޞަލަވާތް ލެއްވުމަކީ : ﷲ އޭނާއަށް ފާފަ ފުއްސަވާނދޭވެ. ﷲ އޭނާއަށް ރަޙްމަތް ލައްވާނދޭވެ. (މިފަދައިން ދުޢާ ދެންނެވުމެވެ.)"


އަށްވަނައީ :
ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ.
(من صلَّى الغداةَ في جماعةٍ ثم قعد يذكرُ اللهَ حتى تطلعَ الشمسُ ثم صلَّى ركعتيْنِ كانت لهُ كأجرِ حجَّةٍ وعمرةٍ)
رَوَاه الترمذي و صححه الألباني
"ފަތިސް ނަމާދު ޖަމާޢަތުގައި ކޮށް، އެއަށްފަހު އިރުއަރަންދެން ޛިކުރު ކުރުމަށްޓަކައި އިނުމަށްފަހު، ދެ ރަޢުޢަތް ނަމާދެއް ކޮށްފިމީހާއަށް ޙައްޖެއް އަދި ޢުމުރާއެއް ކުރުމުގެ އަޖުރު ހުއްޓެވެ."


ނުވަވަނައީ :
ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ.
(مَن صلَّى الصُّبحَ فَهوَ في ذمَّةِ اللَّهِ تبارَكَ وتعالى فلا تُخفِروا اللَّهَ تبارَكَ وتعالى في ذمَّتِهِ ; فإنَّهُ مَن أخفرَ ذمَّتَهُ طلبَهُ اللَّهُ تبارَكَ وتعالى حتَّى يكُبَّهُ علَى وجهِهِ)
رَوَاه مسلم
"ފަތިސްނަމާދު ކޮށްފި މީހާވަނީ ﷲ ގެ ރައްކާތެރިކަމުގެ ދަށުގަ އެވެ. ފަހެ، އެމީހާއަށް ލިބިގެންވާ ﷲ ގެ ރައްކާތެރިކަމުގެ މައްޗަށް ތިޔަބައިމީހުން ފަރުވާކުޑަވެ، އިހުމާލު ނުވުން ހުއްޓެވެ. ފަހެ، ހަމަކަށަވަރުން ﷲ ލައްވާފައިވާ ރައްކާތެރިކަން ނިގުޅައި އިހުމާލުވެއްޖެ މީހާ މޫނު ވަތަށް ނަރަކައިގެ ތެރެއަށް އެއްލާލައްވާނެ ތެވެ."


ދިހަވަނައީ :
جَرِير بن عَبدُ الله رضي الله عنه ވިދާޅުވެފައިވެ އެވެ. (كنَّا جُلوسًا عند النَّبيِّ صلَّى اللهُ عليه وسلَّم إذ نظر إلى القمرِ ليلةَ البدرِ، فقال : إنَّكم سترون ربَّكم  عزَّ وجلَّ كما ترون هذ، لا تُضامون في رؤيتِه، فإن استطعتم ألَّا تُغلَبوا على صلاةٍ قبل طلوعِ الشَّمسِ وقبل غروبِها فافعَلوا، ثمَّ قرأ : وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ غُرُوبِهَا)
رَوَاه مسلم
" އަހަރެމެން ނަބިއްޔާ صلى الله عليه وسلم އަރިހުގައި އިށީނދެ ތިއްބަވަނިކޮށް، ނަބިއްޔާ ސާދަވިލޭރޭގެ ހަނދަށް ބެއްލެވި އެވެ. އަދި ޙަދީޘް ކުރެއްވި އެވެ. "މި ހަނދު ތިޔަބައިމީހުންނަށް ފެންނަ ފަދައިން ތިޔަބައިމީހުންގެ ރައްބު ތިޔަބައިމީހުންނަށް ފެންނާނެ އެވެ. ތިޔަބައިމީހުންނަށް އެކަމުގައި އެއްވެސް ދަތި އުނދަގުލެއް (ފެނުމަށްޓަކައި ތޮތްޖެހުމެއް) ނުވެ އެވެ. އިރު އެރުމުގެ ކުރިން ކުރާ ނަމާދާއި އަދި އިރު އޮއްސުމުގެ ކުރިން ކުރާ ނަމާދުގެ މައްޗަށް (ފަރުވާކުޑަވެ ދިއުމަށް) އެއްވެސް ކަމެއް ގަދަވެނުގަންނާނެ ގޮތް މެދުވެރިކުރުމަށް ތިޔަބައިމީހުންނަށް ކުޅަދާނަވެގެންވާނަމަ އެކަމެއް ކުރުން ހުއްޓެވެ." އަދި އެއަށްފަހު މި އާޔަތް ކިޔަވާ ވިދާޅުވި އެވެ. (وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ غُرُوبِهَا) "އަދި އިރު އެރުމުގެ ކުރީގައްޔާއި އަދި އިރުއޮއްސުމުގެ ކުރީގައި ނަބިއްޔާގެ ވެރިއިލާހުއަށް ޙަމްދާއެކު ތަސްބީޙަ ވިދާޅުވާށެވެ."
****

ނަމާދު: މި ކެޓަގެރީގެ އެހެނިހެން ލިޔުންތައް

ނަމާދު ނުކޮށް އެހެން އަޅުކަން ކުރާ މީހާގެ ޙުކުމް - الشَّيْخ الإِمَام العَلامة عَبد العَزِيز بن باز رحمه الله | 26 އޭޕްރީލް 2020

 ނަމާދުގައި ހުންނަ މީހާ މައްޗަށް (އުޑަށް) ބެލުން ނަހީ ކުރެވިގެން ވުން، ބޮޑުވެގެންވާ ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް - الشَّيْخ العَلاَّمة مُحمَّد بن صالح العُثَيمِين رحمه الله | 03 މާރޗް 2019

 ބޮޑުކަމު ނުވަތަ ކުޑަގިފިއްޔަށް ދާން ޖެހިފައިވާ މީހަކު، އެ ހިފައްޓައިގެން ހުރެ ނަމާދު ކުރުމުގެ ޙުކުމް - الشَّيْخ العَلاَّمة مُحمَّد بن صالح العُثَيمِين رحمه الله | 01 މާރޗް 2019

 ނަމާދަށް ހުއްޓާ ޙަދަޘަވެރިވީ، އެހެނަސް މީހުން އޭނާއަށް ބަލާނެތީވެ ލަދުން ނަމާދުން ނުނިކުންނަ މީހާގެ ޙުކުމް - الشيخُ العلاَّمة صَالح الفَوزَان حفظه الله | 17 ޑިސެމްބަރ 2017

 މައުމޫމުން ނަމާދުކޮށް އަވަދިވުމުން ތެދުވާނީ ކޮންއިރަކުން - شَّيْخ الإِسلاَم ابن تَيْميَّة رحمه الله | 16 ޑިސެމްބަރ 2017

ޖުނުބުވެރިވެފައިވާކަން ނޭނގިހުރެ ނަމާދުކުރި މީހާގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن بَاز رحمه الله | 15 އޮކްޓޯބަރ 2016

ގަމަތް ދެވުމަށް ފަހު ސުންނަތް ނަމާދު އަދާކުރުމުގެ ޙުކުމް - الشَّيْخ عَبْدُ العَزِيز بن بَاز رحمه الله | 09 އޮކްޓޯބަރ 2016

ދަރިން ފަތިސްނަމާދަށް ހޭލެއްވުން - الشَّيْخُ العلامة عَبْدُ العَزِيْزِ آلُ الشَّيْخ حفظه الله | 07 މެއި 2016

ކަޢުބާ ކުރަހާފައި ހުންނަ މުސައްލާތަކުގައި ނަމާދުކުރުން - الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله | 15 ޖެނުއަރީ 2016

ފަރުޟު ނަމާދު ކުރާތަން ނޫންތަނަކަށް ގޮސް ސުންނަތް ނަމާދު ކުރުން - الإِمَامُ العَلَّامة سَماحة الشَّيخُ عَبْدُ العَزِيز بن بَاز رحمه الله | 23 ނޮވެމްބަރ 2015

- ކެޓަގެރީ އެކުއެކީގައި ބެއްލެވުމަށް -

Like what you see?

Close

Hit the buttons below to follow us, you won't regret it...